ރިޕޯޓް / ކުޅުދުއްފުށި ހޮސްޕިޓަލް

ކުޅުދުއްފުށީ ހޮސްޕިޓަލް ސީރިއަސް ހާލަތުގައި، އަވަސް ފަރުވާއެއް ބޭނުން!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ކަނޑައެޅި ޓައިމްލައިނާ އެއްގޮތަށް އެންއައިއައި އަކަށް އެތަން ނުހިންގުނު.

ރަނގަޅަށް ހިންގަމުން އައި ހޮސްޕިޓަލެއްގެ ފެންވަރު ދަށްވެ، ޚިދުމަތް މެދުކެނޑޭ ހިސާބަށް ދިއުމަކީ ކުޑަކަމެއް ނޫނެވެ. މިއީ، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ އެތައް ބަޔަކާ ގުޅިފައި އޮތް މައްސަލައެކެވެ. ހދ. ކުޅުދުއްފުށީ ޜީޖނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ކުރިމަތިވެގެން މި އުޅެނީ މި މައްސަލަ އެވެ. ޓާޝާރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރަން، ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައި)އާ ހަވާލުކުރުމުން، އެތަނުގެ ފެންވަރު ދަށްވީ އެވެ. އެ ހޮސްޕިޓަލުގެ މައްސަލަ މިހާރު އޮތީ "ސީރިއަސް" ހާލަތުގަ އެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިޔުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައި އިން ދިވެހި ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލްގައިވާ ގޮތުން، ހޮސްޕިޓަލް ތަރައްގީ ކުރަން އެ ކުންފުންޏަށް ބޭނުން ވަނީ އަހަރެއްހާ ދުވަހެވެ. އެ މުއްދަތުގައި، 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް އެތަން ބަދަލު ކުރާނެ އެވެ.

އެހެންވެ، ރައްޔިތުން އުއްމީދުކޮށްގެން ތިބީ ކުރު މުއްދަތެއްގެ ތެރޭގައި މާލެއާ، އެއް ފެންވަރުގެ ސިއްޚީ ހިދުމަތް، ކުޅުދުއްފުށީ ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ. އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ، އެންއައިއައިގެ ގާބިލްކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް އޭރަކު ނެތެވެ.

އެކަމަކު ކަންވީ ދިމާ އިދިކޮޅަށެވެ. ހޮސްޕިޓަލް ހަވާލުކުރިތާ ހަ މަސް ވިއިރު ވެސް، އެއްބަސްވުމުގައި ކަނޑައެޅި ޓައިމްލައިނާ އެއްގޮތަށް އެއްވެސް ޚިދުމަތެއް ނުފެށުނެވެ. ޑޮކްޓަރުންނާއި ވަސީލަތްތައް ނުލިބުމުގެ ދަތިތައް ކުރިމަތިވީ އެވެ.

ހެލްތު މިނިސްޓްރީން ކުޅުދުއްފުށީ ހޮސްޕިޓަލާ އަލުން ހަވާލުވާން ޖެހުނީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ރައްޔިތުންނަށް ދެމުން އައި ސިއްޚީ ފަރުވާ މެދުކެނޑިދާނެ ކަމުގެ ބިރު އޮތުމުންނެވެ. އެހެން ނޫން ނަމަ، 50 އަހަރަށް އެހެން ބަޔަަކަށް ދޫކޮށްފައި ވާ ހޮސްޕިޓަލުގެ ހިންގުމާ ގުޅޭ އެއްވެސް ކަމެއް ކުރުމުގެ ގާނޫނީ ހައިސިއްޔަތު ދިވެހި ސަރުކާރަކަށް ނެތެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުންޏާއި ހެލްތު މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބޮޑު "ކޯޅުމެއް،" އާދައިގެ ތުހުމަތުތަކެއް ނޫން!

ކުޅުދުއްފުށީ ހޮސްޕިޓަލަށް ކުރިމަތިވި މައްސަލަ ތިލަވިއިރު، ހޮސްޕިޓަލް ހިންގަން އުފެއްދި ކުންފުނީގެ ހިއްސާދާރުންގެ މެދުގައި މިވަނީ ބޮޑުު "ކޯޅުންގަނޑެއް" ފެށިފަ އެވެ. އެކަން އާއްމުވީ، އެ މީހުންގެ މެދުގައި ހައްލު ނުވުމުންނެވެ.

އެންއައިއައި އުފައްދާފައި ވަނީ ނިމްސް ނޫރުލް އިސްލާމް އެޑިޔުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓްގެ އިތުރުން ދިވެހި ހިއްސާދާރެއްގެ 20 ޕަސެންޓާ އެކުގަ އެވެ. މައްސަލަ އުފެދުނީ، ދިވެހި ހިއްސާދާރު އަލީ އުސައިދާއި އަނެއް ހިއްސާދާރުންގެ މެދުގަ އެވެ.

އެންއައިއައިގެ، މެނޭޖިން ޑިރެކްޓަރު ފައިޒަލް ޚާން ވިދާޅުވެފައިވާ ގޮތުގައި، އެއްބަސްވުމުގައި ކަނޑައެޅި ޓައިމްލައިނާ އެއްގޮތަށް ޚިދުމަތް ނުފެށުނީ، ދިވެހި ޑިރެކްޓަރު އުސައިދުއާ ހެދި އެވެ. ހޮސްޕިޓަލް ހިންގަން ފޮނުވި ފައިސާ އަށް ޚިޔާނާތްތެރިވެ، ޑޮކްޓަރުންގެ ވިސާ އާއި ދިވެހި ސަރުކާރުން ހޯދަން ޖެހޭ އެހެނިހެން ހުއްދަތައް ހޯދަން އިހުމާލުވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ. އަދި ހޮސްޕިޓަލަށް ފޮނުވި އެމްއާރުއައި މެޝިން ފަދަ އަގުބޮޑު ސާމާނު ކަސްޓަމްސްއިން ނުނެރެވި ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މި ތުހުމަތުތައް ދޮގު ކުރައްވަމުން އުސެއިދު ދެއްކެވީ، ކުންފުންޏެއް ހިންގަވަން ފައިޒަލް ޚާންގެ ގާބިލް ކަމެއް ނެތުމާއި އާސަންދަ އިން އޮޅުވާލައިގެން އެ ކުންފުނިން ފައިސާ ނަގާފައިވާ ކަމުގެ މައްސަލަތަކެވެ. އޭނާ ވަނީ، މި މައްސަލަ ތަހުގީގުކުރަން ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅައިފަ އެވެ.

މާނައަކީ، ކުންފުނީގެ ހިއްސާދާރުންގެ މެދުގައި އުފެދިފައި މިއޮތް މައްސަލަ ފަސޭހަ އިން ހައްލުވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ދޫ ދިނުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ. އެހެންވެ، ބައްދަލުވުންތަކެއް ބާއްވައިގެން ހައްލުކުރެވޭ ވަރަށް ވުރެން ހުރިހާ ކަމެއް ވެސް އޮތީ ބޮއްސުންލައިފަ އެވެ.

ރައްޔިތުންނަށް މާޔޫސްކަން!

ކުޅުދުއްފުށީގެ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވީ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ހާލަތުން، ހއ. ހދ. އަދި ށ އަތޮޅުގެ ރައްޔިތުންގެ ޝަކުވާ ބޮޑު ކަމަށެވެ. ސަބަބަކީ އެ ތިން އަތޮޅުގެ ސިއްހީ ޚިދުމަތް ބަރޯސާވެފައި އޮތީ އެ ހޮސްޕިޓަލަށް ކަމަށް ވާތީ އެވެ.

އެ ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލެއް ގާއިމްކުރުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ ވައުދު ނުފުއްދެވި ދައުރު ނިމެން ކައިރިވެފައިވާއިރު، ހޮސްޕިޓަލުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަމަށެވެ. ހެއްކެއް ދައްކަވަމުން ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކު ނެތިގެން އެހެން ރަށަކަށް ދަތުރުކުރަން ޖެހުމެވެ. އެ މައްސަލަ ހައްލުކޮށް، ހެލްތު މިނިސްޓްރީން ވަނީ އެ ހޮސްޕިޓަލަށް ކުޑަކުދިންގެ ޑޮކްޓަރަކު މިހާރު ފޮނުވައިފަ އެވެ.

"ބައެއް ކަހަލަ ޓެސްޓުތައް ހެދުމަށް ބޭނުންވާ ކެމިކަލްސް ވެސް ހޮސްޕިޓަލުގައި ނެތް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ. މާބަނޑު މީހުން ވިއްސަން ވެސް އެހެން ރަށްތަކަށް ފޮނުވާލަން ޖެހިފައި އެބަހުރި،" އަބްދުއްލަތީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ނިމްސް އިން ބައްދަލުކުރިއިރު 90 ދުވަހުން އަންނާނެ ތަރައްގީ، 180 ދުވަހުން ފަށާނެ ޚިދުމަތްތަކުގެ ތަފްސީލު ދިން. އެހެންވެ ރައްޔިތުން އުއްމީދު ކޮށްގެން، ޓައިމްލައިނާ އެއްގޮތަށް ކަންތައްތައް ވެގެން ދާނެ ކަމަށް. ނަމަވެސް ހަވާލުވި ދުވަހުން ފެށިގެން ވެސް ހޮސްޕިޓަލުގެ ހިދުމަތް ދިޔައީ ދަށަށް."

ހޮސްޕިޓަލް ހިންގަން ހަވާލުކުރީ ގާނޫނީ ގޮތުން އެކަން ކުރެވެން ނެތް ބަޔަކަށް ކަން ފަޅާއެރުމަކީ ވެސް ރައްޔިތުންނަށް މާޔޫސްކަން ލިބިފައިވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫރުލް އިސްލާމް އެޑިޔުކޭޝަނަލް ޓްރަސްޓަކީ އިންޑިއާގައި ދަަރުމައަށް މަސައްކަތް ކުރަން އުފައްދާފައިވާ ޓްރަސްޓެކެވެ. އެ ޓްރަސްޓުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގައި، ވިޔަފާރީގެ ފައިދާ ލިބޭ ގޮތަށް މަސައްކަތްކުރުން އިންޑިއާގެ ގާނޫނުތަކުން މަނާކަމަށް ބައެއް ވަކީލުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

މި މައްސަލައާ ގުޅޭގޮތުން މާ ގިނަ ވާހަކަތަކެއް މީޑިއާ އަށް ނުދެއްކިއަސް އެނގިފައިވާ ގޮތުގައި މައްސަލަ ހައްލުކުރަން ސަރުކާރުން އޮތީ އެންއައިއައި އަށް ފުރުސަތު ދީފަ އެވެ. އެންއައިއައި އިން ބުނަމުން އަންނަނީ މައްސަލަ ހައްލުކޮށް ހޮސްޕިޓަލުގެ ޚިދުމަތްތައް އަލުން ފަށާނެ ކަމަށެވެ. އެކަމަކު، ޓައިމްލައިނާ އެއްގޮތަށް އެއްވެސް ކަމެއް މިހާތަނަށް ކުރިއަށް ގެންގޮސްފައި ނުވާއިރު، އެ ކުންފުނިން ދައްކާ ވާހަކަތަކަށް ދެން އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ؟ ކިތަންމެ ގާބިލް ކުންފުންޏެއްގެ ގޮތުގައި އޮތަސް، ކޭއާރުއެޗް ހިންގުމުގައި އެ ގާބިލްކަމެއް ނުފެނުނެވެ.

އެހެންވެ ދެން އޮތީ ސަރުކާރުން ގޮތެއް ކަނޑައެޅުމެވެ.

13 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 33%
icon angry icon angry 62%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައީދުބެ

09 January 2018

ތިމައްސަލަ މަސްވަރާކޮއްހައްލުވަންދެން ރައްޔިތުންތިބެންވީ ބޭސްފަރުވާނުލިބިތޯ ސަރުކާުން ހިދުމަތްފުޅާކުރަންޖެހޭނޫންތޯ އެގުރިމެންޓްބާތިލްކުރެވޭނެމިހާލަތުގަ ކުޅުދުއްފުށީ ރައްޔިތުން ނައް މާބޮޑުލާބަޔެއް މެންބަރުންކިބައިން ލިބިފަނެތަސް ކުއްޓިވެސް ގޮވާލައްވަިފިނޫތޯ އެގުރިމެްންޓް ބާތިލުކުރަން

The name is already taken The name is available. Register?

ައަލީ

09 January 2018

ތިތަން އެ ފެންވަރަށް ތަރައްޤީ ކުރާކައް ސަރުކާރުންވެސް ބޭނުމެއް ނުވާނެ. ސަބަބަކީ ތި ސަރަހައްދުގެ މީހުން މާލެއަށް ނުގޮސްދާނެތީ. މާލޭގަ ތިބި ބޮޑުންނައް ލިބޭވަރު މަދުވާނެތީ.

The name is already taken The name is available. Register?

އަލިހޮއްކޮ

09 January 2018

ކުޅުދުއްފުށީ އަންހެނުންގާތު ބުނޭ ފަރިވަޅު ހަދައިގެން އަންބާ ކިޔާފަ ދާށޭ

The name is already taken The name is available. Register?

ފަރިވަޅު

09 January 2018

މިފަހަރު ހދ ސ އަތޮޅުން ޔާމިނައް ހަރުއަޑުން ނޫނެކޭބުނާނެ އިންޝާ ﷲ

The name is already taken The name is available. Register?

ރޯނާ

09 January 2018

އެއްބަޔަކު ލާރިގަނޑު ކާލާ ނިމުނީ. އަނެއްބަޔަކު އަތުން ރިޝްވަތު ނަގާފަ ތަން ޙަވާލުކުރަންވީ. ކޮންމެފަހަރަކުވެސް ކޮންމެސް ބަޔެއްގެ ޖީބުތައް ފުރިގެންދެ. ޙާލުގަ ޖެހެމުން ދަނީ އަހަރުމެން ނިކަމެތި ރައްޔަތުން. ތިޔަށްވުރެ މާރަގަޅެންނު ލާމަރުކަޒީހަދާފަ މިއަތޮޅުމީހުން ބޭނުން ގޮތަކަށް މިކަން ކުރަން ހަވާލުކުރިއްޔާ. އޭރުން އަހަރުމެން އަމިއްލަޔަށް އެއަރޕޯރޓްވެސް އަޅާނަން. ހޮސްޕިޓަލްވެސް ހިންގާނަން. ދަތުރު ފަތުރުގެ ނިޒާމުވެސް ހަމަޖައްސާނަން. ތި މާލޭ ބޭފުޅުންނަށް ސަލާން ޖަހާކަށް ނުދާނަން. މީ ކިހާ ވަރުގަދަ ވެއްޖެކަމެއް.

The name is already taken The name is available. Register?

ރޯޒް ރައީސް

09 January 2018

މައްސަލައަކީ ސަރުކާރުގެނުކުޅެދުންތެރިކަން. ތިތަން ތިބަޔަކަށްދިނުމުގައިވެސް މައްސަލަތަކެއްއުޅުނު. ދިވެހިގައުމު މިއޮތީ އެތަނެއްގައިކަރަޕްޝަނާ ޚިޔާނާތްތެރިކަން އަށަގަންނާނެ އެންމެމަތީދަރަޖައިގަ. ގައުމުގެއެއްވެސް މުއައްސަސާއެއްހިގަމުންދަނީކިހިނެތްތޯބަލައިލުމެއްނެތް. ހެލްތްމިނިސްޓްރީވެސް އޮތީހަމައެކަނިސަރުކާރު ދެމެހެއްޓުމަށް. ކޮންމެތާކަށް ކަމާނުބެހޭ ނުކިޔަވާތިބި އެތައްކޯޑިނޭޓަރުންނެއް ލައިގެންވާކަމެއްނެތް. އިންޑިޔާ އަކަސް އެހެންބަޔަކަސްކަމެއްހަވާލުކުރާނީ ފުރިހަމަ އެއްބަސްވުމެއްގެ ދަށުން. އެހެން ކަމުން ތިހާވަރަށް ހޮސްޕިޓަލެއްގެ ފެންވަރު ދާއިރު އެކަންކަން ނުބެލެހެއްޓޭނީ ކޮންމެވެސް ބަޔަކު ޒިންމާ ނަގަންޖެހޭ ޒިންމާ ނުނެގީމަދޯ. އަދި އާސަންދައިންވެސް އެހާބޮޑެތި މަކަރު ތަކެއް ހަދަމުން ދާއިރު ތިޔަށްވުރެ ބޮޑަށް ބެލެހެއްޓޭނެ ގޮތެއް ހޯދަން ވެއްޖެނޫންތޯ. ދެން މިސަރުކާރު ކުރާކަންތައްފޮރުވަން ޓާޓާއޭ އިންޑީޔާއޭ ބާރަށްގޮވިޔަސް އެސަރުކާރަށް5އަހަރުގެ ދައުރެއްނިންމަން ނުލިބުނުކަން އެއީ ފެންނަން އޮތް ހަގީގަތެއް.

The name is already taken The name is available. Register?

66666

09 January 2018

މާލޭގެ މެޑިކަލް ޓުއަރިޒަމަށް ގެއްލުންވާނެ ކަމެް މިސަރުކާރުން ނުކުރާނެ. ކުލި މާލޭ ބިންވެރިންނަށް ނުލިބޭނެ ގޮތެއް މިސަރުކާރުން ނަހަދާނެ. ހިތަދޫގަވެސް މީގެ 14 އަހަރުކުރިން ޕްލޭންކުރި 100 ހޮސްޕިޓަލް މިހާރު އާބާދީ ބޮޑުވީމަވެސް 100 އެނދު. އެވެސް އެއަޅަނީ ތަނެއް ތަޅާލާ ނައްތާލުމުގެ ބޭނުމުގައި ބިން ދިނީމަވެސް. މިނޫން ވެރިކަމެއް ބޭނުން

The name is already taken The name is available. Register?

ތެއާސާ.

09 January 2018

ކުރުކޮށް ބުނަންޏާ މިސަރުކާރުގެ އެހެންކަންކަމެކޭ އެއްގޮތަށް ތިޔަކަންވެސް ތިޔައޮތީ މުއިއްޒުވެފަ.

The name is already taken The name is available. Register?

އަބޫ ރަހާ

09 January 2018

މި ކަން ފުރަތަމަ ކުރީވެސް ގޯސްކޮށެވެ.ޓްރަސްޓަކާއި ތަން ޙަވާލު ކުރާއިރު އަމުދުން އިންޑިޔާގެ މަސްލަހަތު އޮތް ފަރާތަކާއި ޙަވާލު ކުރާއިރު ޤާނޫނީ ގޮތުން ސްކްރީން ކުރުމުގައި އޮތީ ފަރުވާ ކުޑަކޮށްފައެވެ.ދެވަނަ ކަމަކީ ޚަބަރުތަކުން ފެންނަގޮތުން ތިޔަ ޓްރަސްޓަށް ރާއްޖެއިން ރިސޯޓެއް ހެދުމަށް ރަށެއްވަނީދީ ނިންމާފައެވެ.ނޫސްވެރިން ހޮސްޕިޓަލުގެ މައްސަލައާއި އެއްވަރަށް މި ރިސޯޓް ހެދުމުގެ ކަންކަންވެސް ހިގާފައި އޮތްގޮތެއް ތިލަކޮށްދޭން ވާނެއެވެ.

The name is already taken The name is available. Register?

ބޮލިހިލާ

09 January 2018

އިންޑިއާގެ ކިބަޅީ ކުންފުންނަކަށް ކުޅުދުއްފުށީ ހޮސްޕިޓާ ދީގެން ކަޓް ކާލި މީހުންނަށް މިހާރު ހުންނާނެ ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ. ތަމެން ދެން ދަގަ ދިގު ފަރަށް ބޮލި ހިލަން. ބޮލިހިލާ ދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454