ޑައިޓް ކޯކްގެ އާ ފްލެވާތައް: މިހާރު މީރު މޭވާތަކުގެ ރަހަތައް ހުންނާނެ.
11 ޖެނުއަރީ 2018 - 15:51
ކޮކަކޯލާގެ ވެސް ރަހަތައް ގިނަވީ އެވެ. އެކަމަކު މި ރަހަތައް އައީ ޑައެޓް ކޯކަށެވެ.
މުޅި ދުނިޔޭގައި އެންމެ މަޝްހޫރު އެއް ބުއިން ކަމަށްވާ ކޯކްގެ އާ ހަތަރު ފްލެވާއެއް ހިމެނޭ ޑައިޓް ކޯކް މިހާރު ވަނީ ބާޒާރަށް ނެރެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފިއެސްޓީ ޗެރީ، ޒެސްޓީ ބްލަޑް އޮރެންޖް، ޖިންޖަ ލައިމް އަދި ޓްވިސްޓެޑް މެންގޯ އެވެ.
ޓްރޮޕިކަލް މޭވާގެ ހިތްގައިމު ރަހަތަކާ އެކު މި ވައްތަރުގެ ދަޅުތައް ފަރުމާކޮށްފައި ވަނީ ހިމަކޮށް، ދިގުކޮށެވެ.
literal thirst trap. #SoManyFlavors pic.twitter.com/CpdmTk3lYh
— Diet Coke (@DietCoke) January 10, 2018
ޑައިރެޖްޓޜ
މި އާ ފްލެވާތަކާ ބެހޭ ގޮތުން ކޮކަކޯލާ އިން ނެރުނު ބަޔާނެއްގައި ބުނީ އާ ފްލެވާތައް ބާޒާރަށް މި ނެރުނީ އެތައް ހާސް ބަޔަކާ ވާހަކަ ދައްކައި އެ މީހުންގެ ހިޔާލުތައް ހޯދައި، އަހަރުތަކެއްގެ މަސައްކަތަށް ފަހު ކަމަށެވެ.
"އެހެންވީމާ އަހަރެންމެންނަށް ވަރަށް ޔަގީން ކޯކްގެ މި އާ ފްލެއާވާތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު އިތުބާރެއް ލިބޭނެ ކަމަށް،" ކޮކަކޯލާ ގްރޫޕްގެ ޑިރެކްޓަރު ރަފެލް އެޒްވެޑޯ ބުންޏެވެ. "އަހަރެމެން ބުނާނީ މިއީ އާ ރަހަތަކެއްގެ ބުއިން ތަޖުރިބާކޮށްލަން ބޭނުންވާ ކޮންމެ މީހަކު ވެސް ވަރަށް ގަޔާވާ ކަހަލަ ބުއިންތަކަކަށޭވެގެން ދާނީ. އަދި މިއީ ޑައިޓް ކޯކަށް ގެނައި އިންގިލާބެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙްމް
11 January 2018
ޕްލީސް ރާއްޖެ ގެނެސްބަމި. މިހާރު އެއްވެސް ޑައިޓް ޑްރިންކެއް ނުހުރޭ.
ތުނިޔަ
12 January 2018
ޔޭޔޭ ބްރޭންޑްގެ ޑައިޓް ކޮފީ ޕެކެޓް ހުރޭނު...ގިރައިގެން ބޯންވީ ހަމަ.