ޑެންގީން ރައްކާތެރިވުމަށް މަސައްކަތްތަކެއް ކުރަނީ.
11 ޖެނުއަރީ 2018 - 17:31
ޑެންގީ ހުން ފެތުރުމުގެ ފުރުސަތު މިދުވަސްރު އޮތުމާ އެކު، އެ ހުމުން ރައްކާތެރިވުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށާއި އާންމުން ވެސް އެކަމަށް ފިޔަވަޅުތަކެއް އެޅުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެތަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި ދުރާލައި ފިޔަވަޅުތައް އެޅުމަށާއި މަދިރި މަދު ކުރުމަށް ފަރުދީ ފެންވަރުގައި ވެސް މަސައްކަތްތަކެއް ކުރަން އިލްތިމާސް ކުރާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު ޑެންގީ އިތުރުވަމުންދާ މިންވަރު މޮނީޓަ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބަލި ފެތުރޭ ރަށްރަށުގައި ބަލި ކޮންޓްރޯލް ކުރުމުގެ ލަފަ އާއި އިރުޝާދު ފޯރުކޮށްދީ މަދިރި އާލާވާ ތަންތަން ނައްތާލަން ކުރިއަށް ގެންދާ ކެމްޕޭން އެކިއެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ބުންޏެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާ އެކު ހުން އައުމާއި ބޮލާއި ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެ އެވެ.
އެޗްޕީއޭ އިން ބުނީ ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމްޕެކްޓު
12 January 2018
ޖީ އެސް ޓީ %3 އިން %6 އަށް ވަނީ މަތިކޮށްފަ މުދަލާ ޚިދުމަތުގެ އަގުތައް ވަނީ ނުބައްދަލް މިންވަރަށް ބޮޑުވެފަ މިހުރިހާކަމަކުން ވާރުގެ ހޮތުގަ ސަރުކާރަށް އެތައް މިލިއަން ދުވާލަކު ވަންނައިރު ޢާއްމުޞިއްޙީ ޚިދުމަތާ މުނިސިޕަލް ޚިދުމަތް އިންތިހާއަށް ދަށުގަ އެއްވެސް ޕްރިވެންޝަން އެއް ނެތޭ
އޮންމައުސް
12 January 2018
ކާނުތައް ޓެސްޓުކުރަންވެއްޖެނުން، ކޮންސްޓްރަކްޝަން ކުންފުނިތަކުން މަގުތައް ފުނޑާލީމާ އެމީހުން ލައްވާ މަރާމާތް ކުރާއިރު އެއްވެސް ފަރާތަކުން ނުހުރޭ ބަލާފާސް ކުރާކަށް އެހެޔޮ ކޮންމެ ގޮތަކަށް ހެދިއަސް.
މަދިރި
11 January 2018
ކާނުތައް ކުނިއެޅި ފުރި ބާރުވެފަ ބޫންބޫން ގޮއްވަމުން މަދިރިގަނޑު ދުވަނީ
މަގޭ
11 January 2018
އިލްތިމާސޭ؟ މުޅި މާލޭގައި މަދިރި ގިނަވެ ނުތަކައިފައި އޮތް އިރުވެސް ބޭސްކޮޅެއް ފޮގު ކޮޅެއް ޖަހާލަންވެސް އަދި ނޫޅޭ ދެން ކޮން ދެއްކުންތެރި އިލްތޮމާސެއް؟؟