13 ޖެނުއަރީ 2018 - 05:36
ލަންޑަން (ޖެނުއަރީ 13) - ޗެލްސީގެ ކޯޗުގެ މަގާމުގައި ކޮންޓްރެކްޓް ނިމެންދެން ހުރެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ޗެލްސީއާ ހަވާލުވުމަށް ފަހު ފުރަތަމަ އަހަރު ކޮންޓޭ ވަނީ އެ ޓީމަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދީފަ އެވެ. އެ ކާމިޔާބީއާ އެކު ޗެލްސީން ވަނީ ކޮންޓޭއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އަންނަ ސީޒަނުގެ ނިޔަލަށް ކޮންޓޭގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނެ އެވެ.
މި ސީޒަނުގައި ޗެލްސީ އަށް ކާމިޔާބެއް ނުލިބިއްޖެނަމަ ކޮންޓޭ އަށް އެ ޓީމުގެ ކޯޗުގެ މަގާމު ގެއްލޭނެ ކަމަށް މީޑިއާގައިވަނީ އަޑުފެތުރިފަ އެވެ. އަދި ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީއާ ބައްދަލުކުރިކަމަށް ވެސް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ލީގުގައި މިރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކޮންޓޭ ބުނީ މުސްތަގުބަލާ ގުޅޭގޮތުން ފުރިހަމަ ޔަގީންކަމެއް ދެވެން ނެތް ކަމަށެވެ.
"މި ކްލަބާ އެކު އަހަރެން ހެދި އެއްބަސްވުމުގައި އިތުރު އެއް އަހަރު އެބައޮތް. އެކަމަކު އެންމެނަށް ވެސް އެނގޭނެ ކަންތައްތައް ވަރަށް އަވަަހަށް ބަދަލުވާ ފަހަރު ވެސް އާދޭ. އެއް ވަގުތެއްގައި މި ތަނުގައި ހުއްޓަސް. ދެން ފެންނަ ވަގުތެއްގައި ނެތިވެސް ހިނގައިދާނެ،" ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނީ ކްލަބްގެ ވެރިން ކަމަށެވެ.
"ކްލަބްގައި މަޑުކުރުމާ ގުޅޭގޮތުން އެއްޗެއް ބުނާނަމަ އަހަރެން ބުނާނީ ގޮތެއް ނިންމުމުގެ އިހުތިޔާރު އޮތީ ކްލަބްގެ ވެރިންގެ އަތުގައޭ،" ކޮންޓޭ ބުންޏެވެ.
އޭނާ ބުނީ މިދިޔަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދައި އެފްއޭ ކަޕްގެ ފައިނަލުގައި ވާދަކުރުމަކީ ކާމިޔާބެއް ނަމަވެސް މި ސީޒަނުގެ ފުރަތަމަ މެޗުން ބާންލީ އަތުން ބަލިވުމުން ހުރިހާ ކަމެއް ގޯސްކޮށްލީ މީޑިއާ އިން ކަމަށެވެ.
"ކޯޗެއްގެ ގޮތުގައި އަބަދުވެސް ޕްރެޝަރު އޮންނާނެ. ކާމިޔާބު ސީޒަނެއް ނިންމާލާފައި ޖެހިގެން އައި އަހަރު ފުރަތަމަ މެޗުން ބަލިވުމުން މީޑިއާ އިން ކޯޗު ވަކިކުރަން ޕްރެޝަރު ކުރުމުން މިއީ އަހަންނަށް އާ ކަމެއް. ވެދާނެ މި ކްލަބްގައި އޮންނަ ޕްރެޝަރެއް ކަމަށް. އެހެން ކްލަބްތަކުގައެއް މި ޕްރެޝަރު ނެތް،" ކޮންޓޭ ބުންޏެވެ.
ޗެލްސީ މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ 22 މެޗުން 46 ޕޮއިންޓާ އެކު އެވެ. މިރޭ ލެސްޓާ ބަލިކޮށް ލީގުގެ ދެ ވަނަ އަށް އެރުމުގެ ފުރުސަތު ޗެލްސީ އަށް އެބައޮތެވެ. މިރޭގެ މެޗު ފަށާނީ 8 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީ.އެފް.ސީ
15 January 2018
ކޮންޓޭ ހިޔެއް ނުވޭ ޗެލްސީގަ ހުންނަން ބޭނުން ހެންނެއްވެސް ސަބަބަކީ އިޓަލީގެ ޤައުމީޓީމުން އައިސްއޮތް ހުށަހެޅުން ރަނގަޅުވުން.. ކޮންޓޭއަކީ އެމީޙުން އެންމެ ބޭނުްނވާ 2 ކޯޗުން ތެރެއިން އެކަކު. ބަޓް ކޮންޓޭގެ ޓެކްޓިސްކް ހަމަ ވަރަށ ްމޮޅު ޗެލްސީކަހަލަ ކުލަބަކަށް ބޭނުންވަނީ އަންޗަލޮއްޓީ ނޫނީ ކޮންޓޭ ކަހަލަ މީހެއް..ޓީމުގެ ސްކޮޑް ވަރުގަދަކުރުން މުހިންމު
ކައުންސެލަރު
13 January 2018
ކޮންޓޭ އައުޓް! މިހާރު ދެރަވެގެން ވާހަކަދެއްކުމުގެ ބޭނުމެއްނެތް. ބޭނުންނެތިގެން ކޮންޓޭ ދޫކޮށްލީ އެންމެރަނގަޅަށް ކުޅޭ ކުޅުންތެރިން. ކޮސްޓާ، މަޓިޗް، ޒޫމާ ފަދަކުޅުންތެރިންނަކީ ޗެލްސީގެ މިދިޔަސީޒަނުގެ ތަރިން. އެމީހުން އުކާލުމަށްފަހު ދެންގެނައީ ގޮނޑުންހޮވައިގެން. ހަރާމުންހަރާން ތިޔަގެނައި މީހަކަށްދެއްކޭ މޮޅުކުޅުމެއް! އެހެންވީމާ ކޮންޓޭ އުޅެނީ ޗެލްސީއަށް ހެވެއްއެދިގެނެއްނޫންކަން ވަރަށްރަނގަޅަށް އެނގޭ! މިހިނދުން މިހިނދަށް އައުޓް!
އަސްލުހާލަތު
15 January 2018
ކޮސްޓާ އެއީ ޢައްދާރެއް ކުލަބަށްވަގަށް ޗައިނާ ޓީމަކާ ޑީލުހެދި ކުޅުންތެރިއެއް.. ކުލުންތެރިއަކަސް ވުރެއް ޓީމު ބޮޑުވާނެ.. ކޮސްޓާ ބަހައްޓައިގެންވާ ގެއްލުން މާބޮޑު.. އެހެން ނޫނަސް ކޯޗަށް ދޯ އެނގޭނީ އޭނާގެ ޓެކްޓިކްސްއާ ގޭމް ޕުލޭނަށް މެޗުވާ ކުޅުންތެރިން.. ކޮންޓޭ ބޭނުންވި ކުޅުންތެރިން ނުލިބުނީ ޗެލްސީގަ އޮތް ސްކޮޑާ ބަލާފަ ޓީމުގެ ކުޅުން ރަނގަޅު.. ޗެމްޕިއަންސްލީގު ސްޕޓާމެދު ސުވާލެއް ނޫފެދޭ
ހެންޑެލި
13 January 2018
އިޓަލީ ގައުމީ ޓީމުވަނީ ކޮންޓޭފަދަ މޮޅު ކޯޗަކަށް ބޭނުންވެފަ، އަވަހަށް ޗެލްސީ ދޫކޮށްލާފަ އިޓަލީ ގައުމީ ޓީމާ ހަވާލުވޭ،