ޔުނައިޓެޑްގެ ކުރީގެ ކޯޗު ލުއީ ވެން ހާލް އާއި މޮރީނިއޯ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
17 ޖެނުއަރީ 2018 - 09:49
އަމްސްޓަޑަމް، ނެދަލެންޑްސް (ޖެނުއަރީ 17) - މެންޗެސްޓާ ޔުނައިޓެޑްގެ ކިބައިން ބަދަލު ހިފުމުގެ ފުރުސަތެއްގެ އިންތިޒާރުގައި ހުރި ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު ނެދަލެންޑްސްގެ ލުއީ ވެން ހާލް ބުނެފި އެވެ.
ޔުނައިޓެޑުގެ ކޯޗުކަމުން ވެން ހާލް ވަކިކުރީ 2016 ވަނަ އަހަރު އެވެ. ވެން ހާލްގެ ބަދަލުގައި ޔުނައިޓެޑުން ގެނައީ ހޯސޭ މޮރީނިއޯ އެވެ.
ނެދަލެންޑްސްގެ މީޑިއާ އެއް ކަމަށްވާ ވޮލްސްކްރަންތު އަށް ދިން އިންޓަވިއުއެއްގައި ވެން ހާލް ބުނީ ބެލްޖިއަމް ކޯޗަކަށް ވުމުގެ ފުރުސަތު ދޫކޮށްލީ ހާއްސަ ސަބަބަކާ ހުރެ ކަމަށެވެ.
"ބެލްޖިއަމް ކޯޗަކަށް އަހަރެންވި ނަމަ އެއީ އަހަންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެ. ހަގީގަތުގައި ކުޅިވަރުގެ ރޫހު އިސްކުރަން ވިސްނިނަމަ އަހަރެން އެ ވަޒީފާގައި ހުންނާނީ. އެކަމަކު އަހަރެން އެގޮތަށް ކަންތައް ނުކުރީ ހާއްސަ ސަބަބެއް އޮވެގެން. ބަދަލު ހިފުމުގެ ރޫހެއް އޮތުމުން،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ވެސް ކޯޗުކޮށްދިން ވެން ހާލް ބުންޏެވެ.
ވެން ހާލް ޔުނައިޓެޑް ކޯޗުކަމުން ވަކިކުރީ އެ ޓީމާ އެކު އޭނާ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިތާ ދެ ހަފްތާ ފަހުންނެވެ. އޭނާ ބުނީ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރިއިރު އެ ކްލަބުން އޭނާއާ ދެމެދު ކަންތައްކުރީ ވަރަށް ގޯސްކޮށް ކަމަށެވެ.
"މެންޗެސްޓާ ޔުނައިޓެޑުން އަހަންނާ ދޭތެރޭ ކަންތައް ކުރީ ވަރަށް ގޯސްކޮށް. އެއީ ގަސްދުގައި އެމީހުން ހެދި ގޮތެއް،" ވެން ހާލް ބުންޏެވެ.
ޔުނައިޓެޑުގައި ވެން ހާލް ހުރިއިރު އޭނާ އަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އޭނާ އެ ޓީމު ކުޅުވާ ސްޓައިލަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިން ޓީވީ ޕްރޮގްރާމްތަކުގައި ފާޑުކިޔުމެވެ. އެގޮތުން ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ޕައުލް ސްކޯލްސް އަކީ ވެން ހާލް އަށް އެންމެ ބޮޑަށް ފާޑުކީ ކުޅުންތެރިޔާ އެވެ.
"ކުރީގެ ކުޅުންތެރިން ބުނަމުންދިޔަ އަހަރެން ކުޅުވަނީ ވަރަށް ފޫހި ފުޓްބޯޅައެކޭ. ސަޕޯޓަރުން ވެސް ތިބީ މާޔޫސްވެފައޭ. ހަގީގަތުގައި މިއީ އަހަންނަށް ކުރިމަތިވި އެއް ގޮންޖެހުމެއް. ދެން އަހަރެން ޖެހުނު އަަހަރެންގެ އަމިއްލަ ވިސްނުން ވެސް ބަދަލުކުރަން. މިއީ ކޯޗަކަށް ފަސޭހަ ކަމެއް ނޫން،" ވެން ހާލް ބުންޏެވެ.
ޔުނައިޓެޑުން ވެން ހާލް ވަކިކޮށް މޮރީނިއޯއާ ޓީމު ހަވާލުކުރުމަށް ފަހު ބުނީ އެ ކްލަބް ރަނގަޅު މިސްރާބަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މޮރީނިއޯ ވަނީ ފުރަތަމަ ސީޒަނުގައި ޔުނައިޓެޑަށް ޔޫރޮޕާ ލީގާއި ލީގު ކަޕް ހޯދައިދީފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ވަނީ މޮރީނިއޯއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކުރަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުންގާނު
17 January 2018
މެންޗެސްޓަރ ޔުނައިޓެޑުގައި ލުއީ ވެން ހާލް ހުރިއިރު އޭނާ އެ ޓީމު ކުޅުވި ސްޓައިލަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިން ޓީވީ ޕްރޮގްރާމްތަކުގައި ފާޑުކީ ހަމަ ފާޑުކިޔަން ޖެހިގެން، ކުރީގެ ކުޅުންތެރިން ނޫނަސް އަމިއްލަ ޓީމުގެ ސަޕޯޓަރުންނާއި އިދިކޮޅު ޓީމުތަކުގެ ސަޕޯޓަރުންވެސް ވެންހާލް ކުޅުވި ފޫހި ފުޓްބޯޅައަށް ފާޑުކިޔާފަވޭ، އަދި އެފޫހި ސްޓައިލްގެ ސަބަބުބް ސަޕޯޓަރުން ހަމަ ހަޤީގަތުގައިވެސް ތިބީ މާޔޫސްވެފަ، އަދި ޓީމުގަތިބި މުހިއްމު އަދި ނަން މަޝްހޫރު ކުޅުންތެރިންކަމުގައިވާ ޑިމާރިއާ، ވެންޕާސީ، ނާނި، ރަފައެލް ފަދަ ކުޅުންތެރިން ވިއްކާލުމަކީ ވެންހާލް ހެދި ވަރަށްބޮޑު ގޯހެއް. ވެންހާލްގެ ކޯޗުކަމުގަ މެންޗެސްޓަރ ޔުނައިޓެޑަށް އޮތް ހަމައެކަނި ހިންހަމަޖެހުމަކީ އެފް.އޭކަޕް ކާމިޔާބުކުރުމާއި އެންތަނީ މާޝިއަލް ޓީމަށް ގެނައުން. މިދެކަންތައް ފިޔަވާ ރަނގަޅު އެއްކަމެއްވެސް މީނައަށް ކުރެވިފައެއްނުވޭ.
ހައްޖަ
17 January 2018
މަށަކަށް ހަމަ އެކައްޗެއްވެސް ނޭނގުނު.
ފާރގަސަން އަންހެނުން
17 January 2018
ކަލޭ ތިޔަ ރޫހުގައި ނުކުމެ ނުލިބޭނެ ހަމަ އެއްވެސް ކާމިޔާބެއް. ފުރަތަމަ ތި ހުރީ އަޒުމު ހުރި ގޮތް! ކަލޭ ހަދާ އަމިއްލަ ފުޓްބޯޅަ ޓީމެއް! ކިޔާނީ ރިވެންޖް ފުޓްބޯލް ކްލަބު ފޯރ ޔުނައިޓެޑް
ކިސާން
17 January 2018
ތި ކޮމެންޓް ކިޔާފަ އިއްޔޭސުރެ ވެންހާލް ކާއެއްޗެއް އަނގަޔަށް ނުލާ، ބުނީ ދިވެހިން ލިޔުނީމަ ނޫން ހޯ ތިމަންނަޔަށް އެންމެ ބޮޑަށް އެނގޭނީ؟ ތިމަންނާމީ ތިވެހި ބަހުގެ އެކަޑަމީ ގެ ވެސް ރައީސް އެށް ނޫން ހޯ؟
ޏަޏާ
17 January 2018
ކިޔަން އުޅޭ އެއްޗެއް ސާފެއްނުވޭ.
ޙަމީދު ދ
17 January 2018
ޓްރާންސްލޭޝަންގެ މައްސަލައެއްކަމަށް ފެންނަނީ
އަލީ
17 January 2018
ފޮތް ބޮނޑި ހިފާގެން ދަނޑި ދޫނި ފުއްގަނޑެންހެން ތެދުވަން ނޭގިފަ އިންނަ މީހަކަށް ކޮން ކޯޗުކަމެއް ކުރެވޭނީ. ބަދަލެއްވްސް ނޫން ހިފޭނީކީ.