22 ޖެނުއަރީ 2018 - 14:23
ސަރުކާރުގެ ތަނެއް އާންމު ހިދުމަތަށް ކުއްޔަށް ދޫކުރާއިރު ވެސް، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ފެތެން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ސަރުކާރުގެ އިދާރާތަކަށް އަންގައިފި އެވެ.
އެޗުޕީއޭ އިން އެގޮތަށް މި އެންގީ ހާބަރު ސަރަހައްދުގައި އަލަށް ތަރައްގީކުރާ 26 ކެފޭ ކުއްޔަށް ދޫކުރަން އެސްޓީއޯ ފުރުސަތު ހުޅުވާލިއިރު އޭގެ ތެރެއިން 12 ކެފޭއެއްގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް ކަނޑައެޅުމުންނެވެ. ނަމަވެސް އެއީ އޯޕަން އެއާ ކެފޭތަކެއް ކަމުން އެގޮތަށް އެތަން ބާއްވައިގެން ދުންފަތުގެ އިސްތިއުމާލްކުރެވޭ ގޮތަށް ނުހެދޭނެ ކަމަށް، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ބުނެ އެވެ.
އެ ގާނޫނުގައިވާ ގޮތުން ކެއިންބުއިމުގެ ހިދުމަތް ދޭ ތަނެއްގައި ދުންފަތުގެ އިސްތިއުމާލްކުރެވޭނީ އެހެން މީހުންނަށް ދުމުގެ އަސަރުނުކުރާ ގޮތަށް ހާއްސަކުރަން ޖެހޭ ވަކި ބައެއްގަ އެވެ.
އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު އަދި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ތަރުޖަމާނު ހަސަން މުހައްމަދު މިއަދު ވިދާޅުވީ ދައުލަތުގެ އިދާރާތަކުން އެކި ކަންކަމަށް ތަންތަން ދޫކުރާއިރު ދުންފަތުގެ ގާނޫނާ ހިލާފަށް އަމަލު ކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެގޮތަށް އަމަލު ނުކުރަން އަންގަމުން އަންނަ ކަމަށެވެ.
"ހައުސިން މިނިސްޓްރީ ފަދަ [ކުއްޔަށް] ތަންތަން ދޫކުރާ ކަމާ ގުޅުން ހުރި ދައުލަތުގެ އިދާރާތަކަށް އަންގަމުން މިގެންދަނީ އެގަވައިދަށް އަމަލު ކުރަން،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހާބަރު ސަރަހައްދުގެ ކެފޭތައް ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް ކުއްޔަށް ދޫކުރަން ނިންމި ނިންމުން ބާތިލްކުރަން އެސްޓީއޯއަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެސްޓީއޯ އިން އެކަމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ކުރިން ހާބަރު ސަރަހައްދުގައި ހުރި ކަޑަތައް ނެގުމަށް ފަހު ޒަމާނީ ފެންވަރަށް އެ ސަރަހައްދު އެސްޓީއޯ އިން ތަރައްގީކުރަމުން އަންނަނީ އޯޕަން އެއާ ކެފޭތައް ހިމަނައިގެންނެވެ. މިހާރު ކުއްޔަށް ދޫކުރާ 26 ކެފޭއަކީ އެ މަސައްކަތުގެ ފުރަތަމަ ބަ އެވެ. އިތުރު ކެފޭތައް ހެދުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބެ
23 January 2018
އެޗްޕީއޭ އިން ތިޔަ ނިންމީ ހިއްވަރު ގަދަ ނިންމުމެކެވެ. ވަޒީފާ އަށް ބެލުމެއް ނެތިއެވެ.
ސުވާދީބުރާނީ
23 January 2018
ގެއިން ނުކުމެގެން ކަންމަތީ ފިހާރައަށް ދިއުމާ ދޭތެރޭ ހައެއްކަ މީހުންގެ ސިގިރޭޓްގެ ދުން ނޭވާލާ ނިޒާމުގެ ތެރެއަށް ވަދެ މަސްހުނިވޭ. އަދި އޭގެ ވަސް މުޅިގައިން ދުވަންފަށާ. ތަރައްގީގެ ނަމުގައި ތޮއް ޖައްސާފައިވާ މާލެ ސިޓީގެ ހާލަތަކީ މީ. އަދި ކޮބާ! މަގުމައްޗަށް ކުޅުޖެހުމާއި ހޮޓާކާރިއަށް ރަތްކުޅު ޖެހުމާއި، ބިލްޑިންގްތަކުގެ މަތީ ފްލޯރތަކުގެ ބެލްކަނީގެ ތިބެ ކުޅުޖެހުންވެސް މީ ޢާންމުކަމެއް. ސަރުކާރުން މިހާރުން މިހާރަށް ވެސް މަގުމަތީގައި ސިގިރެޓް ނުބޮވޭ ގޮތް ހަދަން ގޮވާލަން އަދި ކެފޭތަކުގައިވެސް އޯޕަން ކޮށް ހުންނަ ތަންތާގައި ސިގިރެޓް ނުބޮވޭގޮތް ހެދުންވެސް މުހިންމު.
ރިނާ
22 January 2018
އަހަރެމެން ސިނގަރެޓް ނުބޮނީ ބޯން ބޭނުން ނުވާތީ. އެކަމަކު މަގެއްމައްޗައް ނުނިކުމެވޭ، ބޮއެފަ އަަހަރެމެންގެ މޫނަށް ދުން. ކިހާ ދެރަކަމެއް މީދެން.
މަރުމޯލު
22 January 2018
މަރިޔާދު ދޮމެސްޓިކް ނުފެންނަ ބޭފުޅެއްތަ މީ ! އެތަނުގަ އިންނަނީ ކުރަހާފަ އިންނަ ލައިނަކުން ވަކި ކޮއްފަ
ކިޔު5
22 January 2018
ސިގިރޭޓްބޯމީހުން މަގުތަކާއި އާންމު ތަންތާގައި ސިގިރެޓް ބޮއެފަ ބޭރުކުރާ ދުމުގެ ނުރައްކަލާއި އުނދަގޫ އާންމު ރައްޔިތުންނަށް މެދުނުކެނޑި ކުރިމަތިވަމުން ދާއިރު އެޅޭ ފިޔަވަޅެއް ނެތް! އެއީ ކެންސަރާއި ނުރައްކާތެރި ބަލިތަކަށް މަގުފހިވާ އެއްޗެއް ކަމަށް އެފޮށީގެ ބޭރުގައި ލިޔެފައި އޮންނައިރުވެސް އެ ވިއްކުން މަނާ ނުކރެވޭ!
ނޯޓޮބޭކޯ
22 January 2018
ފުޑްކޯރޓްގަ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްދަކުރަންޖެހޭ ސަބަބެއް ނެތް. ދުންފަތުގެ ވިހަދުމަކީ ތަރައްޤީކަމަށް ނުދެކެމާ.
ކެފޭބޯއި
22 January 2018
ވަރައް ތާކުންތާކުނުޖެހޭ ގަވައިދެއް.... ކޮންމެ ކެފޭ އެއް ހިންގާފަރާތަށް އެމީހަކު ބޭނުންވަނީ މުޅިކެފޭގައި ސިގިރޭޓް ބޮވޭގޮތަށްތޯ ނޫނީ މުޅިކެފޭގައި ނުބޮވޭގޮތަށްތޯ ނިންމަން ދޫކޮއްލުން މާ ރަނގަޅު ވާނެ ކަމަށް ފެނޭ. އޭރުން ތަން ރަޖިސްޓްރީ ކުރާނީ މުޅިން ބޮވޭގޮތަށް ނޫނީ މުޅިން ނުބޮވޭ ގޮތަށް. ކޮންމެހެން އެޗް.ޕީ.އޭ މީހުން ކެފޭތަށް ފަޅިކޮއްފަ ބޮވޭ ބަޔާ ނުބޮވޭ ބަޔާ ނެހެދިޔަސް އޭރުން އެތަނަކަށް ވަންނަ ކަސްޓަމަރަށް އެގޭނެ ތިމަންނަ މިވަންނަނީ ބޮ ވޭ ތަނަކަށްކަން ނޫނީ ނުބޮވޭ ތަނަކަށްކަން.... ނުވަތަ ވަކި ސައިޒަކަށް ވުރެ ބޮޑެތި ކެފޭ ތަކުގަ ބޮވޭ ބަޔާ ނުބޮވޭ ބައި ހެދުން ވެސް ތަންކޮޅެއް ރަނގަޅު ވާނެ...
ކަމަކުނުދޭ
22 January 2018
އެ ޤަވާޢިދުން އެއްވެސް ބަޔަކަށް ރައްކާތެރިކަމެއް އަޞްލުގަނެތް. އެކަމަކު ކެފޭބޯއީގެ ޚިޔާލަށް ތާއީދުނުކުރެވޭ. މިސާލަކަށް އަހަރެންނަށް އެންމެ މީރުކާއެއްޗެހި ހުންނަކެފޭ ސްމޯކިންގއަށް ހަދައިފިއްޔާ ދެން މަ އެދުންބޯންވީ ނޫނީ މަގޭ ފެވަރިޓް ކެއުން ދޫކޮށްލަންވީ. މިތަންތަން މިއީ ކެއުމުގެ ޚިދުމަތަށް ހުޅުވާ އަދި އެގޮތަށް ވިޔަފާރި ހުއްދަވެސް ދީފަ ހުންނަތަންތަން. ދުންފަތަކީއެ ބޯ މީހާއަށްވެސްފައިދާއެއްނެތް އެއްޗަކަށްވީހިނދު އެކަމަށް ދެވިހިފާ އަޅުވެތިވެފަ ތިބި ބަޔަކު އެކަންކުރަންބޭނުންވިއަސް ކުރަންވާނީ އެހެންމީހުނަށް އުނދަގުލާ ގެއްލުން ނުލިބޭގޮތަށް. ބޯމީހުން އެކަން ކުރަންވީ ބަންދު ކޮޓަރިއެއްގަ ނޫނީ އެހެންމީހުނާ އެކަހެރިވެގެން. އެއްގޮތަކަށްވެސް އާއްމު ތަންތަނުގަ މިކަން ނުކުރުން ރަނގަޅީ. ތަހުޒީބު މުޖްތަމަޢުތަކުގައި އެކަން ކުރަނީ އެގޮތަށް. މިއީވެސް ތަހުޒީބު ޤައުމެއްކަމަށް ދަޢުވާ މިކުރެވެނީ. ހަޑިކަންތަކާ ދުރުވަމާ
ސެމއްޮލްްަ
22 January 2018
ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ތަރުޖަމާނު ހަސަން މުހައްމަދު ގެ ޑިގް އަރުވަން ކުރިކަމަކާ ވައްތަރީ . ކަލޯ ހަމަ ހޭގަތަ ތިހުރީ .... މަގުމަތީގައި ދުންފަތު އިސްތިއުމާލު ކުރުން މަނާ ކޮށްދީ ބަލަ ...
ޢަބްދުﷲނާފިޒު
22 January 2018
އެބުނާހެން، އަވަށްޓެރި ސްރީލަންކާގަވެސް މަގުމަތީގަ ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ޤާނޫނީ ކުށެއް.
އަދޫން
22 January 2018
ދުންފަތުގެ އިސްތިއުމާލްކުރާ ގާނޫނު ފާސްކުރިޔަސް ރަނގަޅު ބަދަލެއް އަންނަތަން ނުފެނޭ..ދުންއަރުވާ މީހުން އެހާގިނަ އިރު ދުންއަރުވާނެ ތަނަކަށް މަގުތައް މިއޮތީ.. ފުރަތަމަ ތަންތަން ކަނޑައަޅާފަ މަގުތަކުގައި ދުން އެރުވުން މަނާ ކޮށްބަލަ.
އެޗްޕީ
22 January 2018
އެޗްޕީއޭ އިން ވާހަކަ ތިދައްކަނީ ކަންކަން ހިނގާ ގޮތަކަށް ނޫން.. ހުއްދަ ދީފައިވާ ކެފޭތައް ބަލާބަލަ ބައެއް ކެފޭ ތަކުގައި ޖެހިގެން އިންނަ 2މޭޒް އެއްފަޅީގައި ސިނގަރެޓް ހުއްދަ އަނެއްފަޅީގައި މަނާ..