ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހިލީވާހަކަ ދައްކަވަނީ.-- ފޮޓޯ: ބީއެމްއެލް
25 ޖެނުއަރީ 2018 - 12:39
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 350 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މިދިޔަ ކުއާޓަރުގައި އެ ބޭންކަށް ފައިދާގެ ގޮތުގައި ލިބުނު މިންވަރަކީ އޭގެ ކުރީ ކުއާޓަރަށް ވުރެ 42 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.
ބީއެމްއެލް އިން ބުނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް މިދިޔަ ކުއާޓަރުގައި ހޯދިފައިވާ ކަމަށާއި ލޯނު ދޫކުރި ނިސްބަތް ވެސް ފާހަގަކޮށްލެވޭ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓް ކުރުމުގެ މަސައްކަތް ނުނިމޭތީ، މުޅި އަހަރުގެ ނަތީޖާ ބޭންކުން އަދި ހާމައެއް ނުކުރެ އެވެ.
އެ ބޭންކުން ބުނީ ހިންގުމުގެ ހަރަދު ބޮޑުވުމާއި "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަން ދެ ގުނަ އަށް އިތުރުކުރި ނަމަވެސް މިދިޔަ އަހަރު ހޯދި މާލީ ނަތީޖާއަކީ އުއްމީދު ކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއަކަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދިޔަ އަހަރު 23،000 އާ ކަސްޓަމަރުން އެ ބޭންކާ ގުޅިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުގެ މިހާރުގެ އަމާޒަކީ މި އަހަރުގެ ތަސައްވުރުގައި ހިމެނޭ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ 60 މަޝްރޫއާއި ބޭންކިން ވިޔުގަ އިތުރަށް ފުޅާކޮށް އަދި ރާއްޖޭން ބޭރަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިދިޔަ އަހަރުގެ ނަތީޖާއާ އެކު ބޭންކްގެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު އިތުބާރެއް ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތްތައް ހަރުދަނާ ކުރެވުމަކީ ދިވެހި މުޖުތަމައަށް ކުރަމުންދާ އިންވެސްޓްމަންޓް ކުރިއަށް ގެންދިޔުމަށާއި ރާއްޖޭގައި ހިދުމަތް އިތުރަށް ފުޅާކުރުމުގެ އިތުރުން ރާއްޖެ އިން ބޭރުގައި ހިދުމަތް ދޭން ފެށުމަށް ވެސް ލިބުނު ރަނގަޅު ފުރުސަތެއް،" ސީއީއޯ ވިދާޅުވި އެވެ.
އެންޑްރޫ ވިދާޅުވީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 60 ޕްރޮގްރާމާއި ބޭންކިން ވިޔުގަ އިތުރަށް ފުޅާ ކުރުމަށް މި އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެ ކަމަށެވެ. އަދި ނިސްބަތުން އާބާދީ ކުޑަ ރަށްތަކަށް ކޭޝް އެޖެންޓުގެ ޚިދުމަތް ފުޅާކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖޭ
25 January 2018
ތިހާ ފައިދާ ބޮޑިއްޔާ އަހަރެންގެ އެކައުންޓްގަ ހުރި އަންކްލިއަރޑް އެމައުންޓް ކްލިއަރ ކޮށްދޭން ވީނު
ޝާހިދާ
25 January 2018
ބީ އެމް އެލް އައް ފައިދާ ވާވަރު އަދިވެސް ކުޑަ.. 2017 ޑިސެމްބަރ މަސް އާދެ، އަހަރު ނިމުނު އިރު 54000 ރ ހުރި އަޅުގަނޑައް ބޭންކު އިންޓަރެސްޓުގެ ގޮތުގައި ލިބިފައިވަނީ 2.76 މިކަމާއި ގުޅިގެން ބޭންކުގެ އޮފިސަރަކު ވިދާޅުވީ އާގަވާއިދުގެ ދަށުން އެއްވެސް ވަރަކައް ބޭންކު އެކައުންޓުން ބޭނުން ކުރެވިއްޖެއްޔާ އިންޓަރެސް ނުލިބޭގޮތައް އާގަވައިދުގައި ވާކަމައް...
އަލި
25 January 2018
އަހަރެމެންގެ ދިޔަފެލީމަ ތިޔަވަރުވެސް ކުޑަ. ލޯނުގެ ނަމަކީ “ލުއި”. 50000 ނެގީމަ 72000 ވަރު ދައްކާލަންޖެހޭ. ކިހާލުއިދޯ.
ޖައްސާތި
25 January 2018
މަމެންނަށް ފެނެއޭ ގާނޫނަކުން ނަމަވެސް ފާސް ކޮށްގެން ކޮންމެ ރިސޯރޓެއްގައި ބީއެމްއެލްގެ ބްރާންޗެއް ނުވަތަ ބީއެމްއެލްގެ 10 ބުރީގެ އިމާރާތެއް ބަހައްޓާ ގޮތަށް ހަދާ އަދި ކޮންމެ ރިސޯރޓަކުން ވިސާ ކާރޑުން ދިވެހި ރުފިޔާ ނެގޭ ގޮތަށް އޭޓީއެމް ވެސް ބެހެއްޓުން ބީއެމްއެލް ބިލްޑިންގްގައި. އަދި ރިސޯރޓްސް ތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ޖަމާ ކުރަން ޖެހޭނީ ރިސޯރޓް ގައި ހުންނަ ބީއެމްއެލްގެ ބްރާންޗަށް ކަމަށް ވެސް އެފަދަ ގާނޫނަކުން ނިންމަންވީއޭ. އެއިރުން ނޭ ލާރޖް ކޮށް އަދި ބޭންކް އިން ފައިދާ ނެރެވޭނީ ދޯ.
ރަޒްވާން
25 January 2018
ޖައްސާތި ރަށުގޯތި ތެރޭގައި ބީއެމްއެލްގެ ބްރާންޗެއް ބަހައްޓަންވީނު.އަދި ދިރިއުޅޭ ގޯތީގެ ސިޓިނގް ރޫމްގައި އޭޓީއެމްއެއް އަދި ގޯތީގެ ގިފިލީގައިވެސް އޭޓީއެމްއެއް އަދި ނުވިތާކަަށް ގޯތި 10 ބުރިއަށް ހިއްލާލާފަ ކޮންމެ ފްލޯއެއް ފުލްވަންދެން ހުސް އޭޓީއެމް މެޝިން ބަހައްޓަންވީއެއްނު ބޭފުޅާ
އަރަނިބޯ
25 January 2018
ރާއްޖޭގަ އެންމެ ތަރައްގީ ނުވަނީ މިއޮއް އުޅޭ އިސްލާމިކް ބޭންކް އެ ބޭންކްގެ އޭޓީ އެމެއްގަ ނުހުރޭ ފައިސާކޮޅެއް ޖަމާ ކޮށްލެވެންވެސް
ސުނިލް
25 January 2018
12 ޕަރސެންޓު އިންޓަރެސް ނެގީމަ ތިވަރު ކުޑައޭ
ޢަލީ އައްޑޫ
25 January 2018
ބީއެމްއެލް އިން ދޫކުރާ ލޯނުންނަގާ އިންޓަރެސްޓް %20 އަށް މަތިކޮށްލަން ފެނޭ. އޭރުން ފައިދާ 1 ބިލިއަނަށް އަރާނެ.
އައިޖޭ
25 January 2018
ފައިދާވާނެ ދޯ... ލުއި ލޯން ލުއިކަމުން %18 އިންޓެރެސްޓް
ދާލު
25 January 2018
ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކުރަން ނުވޭތޯ މިހާވަރަށް ފައިދާވާއިރުވެސް. މިގައުމުގަ އެޕާޓުމަންޓަތަކަށް އެފޯޑުކުރެވެނީ ހަމައެކަނި މަޖިލިސް މެންބަރުންނާއި ބޮޑެތި ވިޔަފާރިވެރިންނަށް . މަޖީދީ މަގު ބްރާންޗްގަ ބައިވަރު ކައުންޓަެ ހަދާފަ ގިނަ ކައުންޓަރުތައް ހުސްކޮށް. 9 ޖެހިއިރު ގޮސްސިއްޔާ މިތަނުން ހިދުމަތްހޯދައިގެން ގެއަށްދެވޭއިރު ހުންނާނީ 2 ޖަހާފަ. އެތަށް މިލިއަނަކުން ފައިދާވާއިރު މިކަން ރަނގަޅުކުރަން ނުވޭތޯ.
ކާޑި
25 January 2018
އެތައް މިލިއަނުން ފައިދާވާކަމަށްވޭ އެކަމު ކާޑު ގެއްލިގެން ކާޑު ހައްދަން ބުނެގެން 2 ހަފްތާ ވާއިރުވެސް ހަބަރެއް ނުވޭ! ޚިދުމަތް ވަރަށް ކަޑަ!