ލައިފްސްޓައިލް / ބަރުދަން ލުއިކުރުން

އެންމެ ފަލަ ކުއްޖާގެ ބަރުދަން ލުއިވެ ސްކޫލަށް ދާން ފަށައިފި

ދުނިޔޭގެ އެންމެ ފަލަ ކުއްޖާ މިހާރު ވަނީ ވަރަށް ބޮޑަށް ލުއިވެފައި

31 ޖެނުއަރީ 2018 - 06:22

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، 10 އަހަރުގެ އާރްޔާ ޕަރްމާނާގެ ބަރުދަނުގައި 190 ކިލޯ ހުއްޓެވެ. އޭރު ފަލަކަމުން އޭނާއަށް ހެލިފެލިވެ ވެސް ނޫޅެވެ އެވެ. އިންޑޮނީޝިއާގެ މި ފިރިހެންކުއްޖާ އަށް ނުތެދުވެވޭތީ އަބަދުވެސް އޮންނަން ޖެހެނީ އެނދުގަ އެވެ. އަދި ސްކޫލަށް ނުދެވުމުގެ އިތުރުން އޭނާއަށް ހެޔޮވަރު އަންނައުނު ހޯދުމަކީ ވެސް ދަތި ކަމެކެވެ.

އޭނާގެ ބަރުދަން އާދަޔާޚިލާފަށް ބާރަށް އިތުރުވަމުންދިޔައިރު އޭނާގެ މައިންބަފައިންނަކަށް ވެސް އަދި ފަރުވާ ދޭ ޑޮކްޓަރުންނަކަށް ވެސް އޭނާގެ ބަރުދަނުގައި އެއްވެސް މައްސަލައެއް އުޅޭ ކަމެއް ފާހަގައެއް ނުކުރެވުނެވެ.

މިރާ ނޫހުގައިވާ ބުނެފައިވާ ގޮތުން ދުވާލަކު ފަސް އިރު އާރްޔާ ކައެވެ. އަދި ކާ ކޮންމެ ފަހަރަކު ބޮޑު މީހުންގެ ދެ މީހަކު ކާހާ ގިނައިން އޭނާ އެކަނި ކައެވެ. އޭނާ އާއްމުކޮށް ކައި އުޅެނީ ބަތް، މަސްރިހަ، ގެރިމަސް، ތަރުކާރީ ސޫޕް އަދި ސޯޔާ ޕެޓީ އެވެ. ދަރިފުޅު ބަނޑުހައިވާލެއް އަވަސްކަމާއި ކާ ކޮންމެ ފަހަރަކުވެސް ކާލެއް ގިނަކަމުން އޭނާގެ މަންމަ ރުގިއްޔާ ހުންނަނީ ގޮތް ހުސްވެފަ އެވެ.

ވަރުބަލިވެ ނޭވާ ކުރުވާތީ އާރްޔާ އަބަދުވެސް ބޭނުންވަނީ ކައިގެން ނިދާށެވެ. އަމިއްލަ ދަރިއަކު މިފަދަ ވޭނުގައި އުޅޭތަން ދުށުމަށް ވުރެ ބޮޑު ވޭނެއް މަންމައަކަށް އިހްސާސް ނުކުރެވޭނެ ކަމަށް ރުގިއްޔާ ބުންޏެވެ.

އާރްޔާގެ މައިންބަފައިންނަކީ ވަރަށް ފަގީރު ބަޔަކަށް ވާތީ އެމީހުންނަށް ލިބޭ ހުރިހާ އެއްޗެއް ޚަރަދުވަނީ އާރްޔާގެ ކެއުމަށެވެ. އޭނާއަށް ބޭސް ކުރާނެ ފައިސާ ވެސް އެމީހުންގެ އަތަކު ނުހުރެ އެވެ.

މީގެ ދެ އަހަރު ކުރިން ފަލަކަމުން އެނދުން ނުތެދުވެވިފައި އޮތް އާރްޔާ އަށް މިހާރު ހިނގާބިނގާވެ އުޅެވޭ

އާރްޔާގެ ވާހަކަ ނޫސްތަކުގެ ސުރުޚީތަކަށް އެރީ 2016 ގައި ބާކްރޮފްޓް ޓީވީން ދެއްކި ޕްރޮގްރާމެއްގައި އޭނާގެ ވީޑިއޯއެއް ދެއްކުމުންނެވެ. ދުނިޔޭގެ ގިނަ ބަޔަކަށް އޭނާގެ ވާހަކަ އެނގުމުން ތަޖުރިބާކާރުންގެ ޓީމަކުން އޭނާއަށް އެހީތެރިވުމަށް ކުރިމަތިލި އެވެ.

އޭގެ ފަހުން ދެ އަހަރު ފާއިތުވިއިރު އާރްޔާ އަކީ މިހާރު ކުރިޔަށް ވުރެ މާ ބޮޑަށް ވެސް ސިއްހަތު ރަނގަޅު ކުއްޖެކެވެ. އޭނާގެ ބަރުދަނުން 76 ކިލޯ ވަނީ ލުއިވެފަ އެވެ. ފުޓުބޯޅަ އާއި ބެޑްމިންޓަން ކުޅުމުގެ އިތުރުން ދުވާލަކު ދެ ކިލޯ މީޓަރަށް އޭނާ ދުވެ އެވެ. އަދި ސްކޫލަށް ވެސް ހިނގާފައި ދިއުމުގެ އިތުރުން ކެއުން ވެސް ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.

މިހާރު އޭނާ ކަނީ ތާޒާ މޭވާ އާއި ތަރުކާރީގެ އިތުރުން ހަތަރު ސަމުސާ ބަތެވެ. ދެން ބޭނުންކުރަނީ ޑައިޓް ކިރެވެ.

އާރްޔާގެ ހަށިގަނޑަށް މިހާ ބޮޑު ބަދަލެއް ގެނެވުނީ ޑައިޓިޝިއަނުންގެ އިރުޝާދާ އެއްގޮތަކަށް އަމަލުކޮށް ބެރިއެޓްރިކް ސާޖަރީއެއް މިދިޔަ އެޕްރީލް މަހު ހަދައިގެންނެވެ. ސާޖަރީ ހެދިތާ އެންމެ ތިން ހަފުތާ ތެރޭ އާރްޔާ 19 ކިލޯ ލުއިވި އެވެ. ހަށިގަނޑަށް އައި ބަދަލާއެކު ފޮނި އެއްޗިއްސާއި ކާބޮހައިޑްރޭޓްސް އާރްޔާ އަކަށް އެއްގޮތަކަށް ވެސް ނުކެވޭނެ އެވެ.

އާރްޔާއަށް އައި ބޮޑު ބަދަލުން އެންމެ އުފާވެފައި ހުރީ އޭނާގެ މަންމަ އެވެ. ދަރިފުޅު ހެލިފެލިވެ ހަރަކާތްތެރި ދިރިއުޅުމެއް އުޅެން ފެށުމުން ވަރަށް އުފާވެރި އިހްސާސްތަކެއް ރުގިއްޔާ އަށް ކުރެވެ އެވެ.

ރުގިއްޔާ ބުނީ މާބޮޑަށް ފަލަވެ ސްކޫލަށް ނުދެވެން ފެށުމުގެ ކުރިން އޭނާގެ ދަރިފުޅަކީ ވަރަށް ކިޔެވުމަށް މޮޅު ކުއްޖެއް ކަމަށާއި އަބަދުވެސް ކްލާހުން އެއްވަނަ ގެންނަ ކަމަށެވެ. އަދި އާރްޔާގެ ބަރުދަން އިތުރަށް ލުއިވެ އެހެން ކުދިން އުޅޭ ކަހަލަ އާދައިގެ ދިރިއުޅުމެއް އުޅޭތަން ދެކެން ބޭނުންވާ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

0 ކޮމެންޓް, 83 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 2%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454