ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ. --ފޮޓޯ:އޭއެފްޕީ
12 ފެބުރުއަރީ 2018 - 15:23
ޕްރިޓޯރިއާ (ފެބްރުއަރީ 12) - ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާގެ ކުރިމަގު ކަނޑައަޅަން ވެރިކަން ކުރާ އޭއެންސީގެ ލީޑަރުން ބައްދަލު ކުރަން ނިންމައިފި އެވެ.
ބީބީސީން ބުނީ ޒޫމާ އިސްތިއުފާ ދިނުމަށް އޭއެންސީގެ ނޭޝަނަލް އެގްޒެކެޓިވް ކޮމިޓީ (އެންއީސީ) އިން ހުށަހަޅާނެ ކަމަށެވެ. އޭއެންސީގެ ރައީސް ސީރިލް ރަމަފޯސާ ވިދާޅުވީ ޒޫމާ މަގާމުން ދުރުކުރުން މިހާރު ބޮޑު މައްސަލައަކަށް ވެއްޖެ ކަމަށެވެ. ވެރިކަމުގައި ނުވަ އަހަރު ހޭދަކުރެއްވި ޒޫމާ، 75، ގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކޮށްފަ އެވެ.
ޒޫމާ އިސްތިއުފާ ދެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރަމަފޯސާއާ އެކު މިދިޔަ ހަފުތާގައި ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. ނަމަވެސް އެތައް ޕްރެޝަރެއް ކުރިމަތިކުރަމުންދާ އިރު ވެސް ޒޫމާ ގެންދަވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންނެވެ.
* 2005 - ހަތިޔާރު ވިއްކުމުގެ ޑީލެއްގެ ތެރޭން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރި.
* 2016 - އެ މައްސަލާގައި ކޮރަޕްޝަނުގެ 16 ދައުވާއެއް ކުރަން ކޯޓުން އެންގި.
* 2016 - ހުވަޔާ ޚިލާފަށް ސަރުކާރުގެ ފައިސާ އިން އަމިއްލަ ގެ ހަދާފައިވާ ކަމަށް ކޯޓުން ބުނި.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy