ޖީމެއިލް އަށް ބޮޑު ބަދަލެއް ގެންނަން އުޅޭ ކަމަށް ވަނީ ބުނެފައި
18 ފެބުރުއަރީ 2018 - 06:32
ގޫގްލްގެ އީމެއިލް ހިދުމަތް ކަމަށްވާ ޖީމެއިލުން ކުރިއަށް ފިޔަވަޅެއް އަޅަން ވިސްނަމުން އަންނަކަން ހާމަކޮށްފިއެވެ. މިފަހަރު މި ގެންނަން އުޅޭ ތާރީޚީ ބަދަލަކީ އެތައް ބައިވަރު އީމެއިލް އެއް ނައިސް އެއް އީމެއިލެއް އަޕްޑޭޓްވާ ގޮތަށް ހެދުމެވެ.
މިހެން ހެދުމުން ކުރިން ލިބިފައިވާ މެއިލްއަކާ ގުޅޭ އިތުރު ތަފްސީލް އާ މެއިލްއަކުން ލިބުމުގެ ބަދަލުގައި، އެންމެ ފުރަތަމަ އައި މެއިލް އަށް އެ މައުލޫމާތު އަޕްޑޭޓްވާނެ އެވެ.
އެއާލައިނަކުން ޓިކެޓެއް ގަތުމުން އެ ޓިކެޓް ކަށަވަރުކޮށްދޭ އީމެއިލް ލިބުމަށް ފަހު އެ ދަތުރާ ބެހޭ އިތުރު މައުލޫމާތުން އެ މެއިލް މުއްސަނދިވަމުންދާނެއެވެ. ވިޔަފާރިކުރާ ބަޔަކު ވިއްކާ މުދަލަކާބެހޭ އާ މައުލޫމާތު ވެސް މިފަދައިން ފޯރުކޮށްދެވޭނެއެވެ.
މިއީ ގޫގްލްގެ އެމްޕް ޕްރޮޖެކްޓްގެ ދަށުން އަމަލީ ގޮތުން އަޅާ އެންމެ ބޮޑު ފިޔަވަޅެވެ. އެމްޕްއަކީ ފަސޭހައިން ވެބްޕޭޖުތައް ހުޅުވަން އެހީތެރިވެދޭ ޕްރޮގްރާމެކެވެ. ޕިންޓްރަސްޓާއި ޑޫޑްލް އާއި ބުކިން ޑޮޓް ކޮމް ފަދަ ސައިޓުތަކުން ފޮނުވާ މެއިލްތަކުގައި އެމްޕްގެ ބޭނުންކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ގޫގްލްއިން ބުނެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy