23 ފެބުރުއަރީ 2018 - 10:33
މެޑްރިޑް (ފެބްރުއަރީ 23) - ޓޮޓެންހަމް ހޮޓްސްޕާސްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ހޯދުމަށް ރެއާލް މެޑްރިޑުން ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވާން ރެއާލުގެ ކިޓް ސްޕޮންސަރު އެޑިޑާސް އިން ތައްޔާރަށް އޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 24 އަހަރުގެ ކޭން އަކީ މި ވަގުތު ޔޫރަޕްގައި އެންމެ ފޯމުގައި ހުރި އެއް ފޯވާޑެވެ. މި ސީޒަނަށް ފަހު ކޭން ހޯދުމަށް ރެއާލުން ބޮޑު ބިޑެއް ކުރާނެ ކަމަށް ބެލެވެ އެވެ. ޓޮޓެންހަމުން ކޭން ނުވިއްކާނެ ކަމަށް ބުނަމުން ދިޔަ ނަމަވެސް ރެއާލުން އޮތީ ދޫދޭ ގޮތަކަށް ނޫނެވެ.
ކޭން އަކީ ރެއާލުގެ އެއް ވަނަ ޓާގެޓް ކަމަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ހަވާލާދެއްވައި ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޕެރޭޒް ވަނީ ފާއިތުވި ހަފްތާގައި އެޑިޑާސްއާ އެކު ކޭން އަށް ސްޕޮންސަޝިޕް އެއްބަސްވުންތަކެއް ތައްޔާރުކުރަން ވާހަކަ ދައްކައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ޕެރޭޒްގެ ވިސްނުން ހުރީ ކޭން ރެއާލާ ގުޅިއްޖެނަމަ އޭނާ އަށް އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބޭ ވަރުގެ މުސާރައެއް ދިނުމަށެވެ. އެގޮތުން އެޑިޑާސް މެދުވެރިކޮށް ކޭންގެ މުސާރައިގެ ބޮޑު ބައި ސްޕޮންސަޝިޕް އެއްބަސްވުމެއްގެ ތެރެއިން ދޭން ރެއާލުން ވަނީ ނިންމައިފަ އެވެ.
އެޑިޑާސް އަކީ ފާއިތުވި 20 އަހަރު ރެއާލުގެ ސްޕޮންސަރެވެ. މީގެ ކުރިން ވެސް އެޑިޑާސް އިން ވަނީ ކުޅުންތެރިން ގެންނަން ރެއާލުން ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވެފަ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ގަރެތު ބޭލް އެވެ. ރެއާލުން 2013 ވަނަ އަހަރު ޓޮޓެންހަމަށް 100 މިިލިއަން ޔޫރޯ ދެއްކުމަށް ފަހު ބޭލް ގަތްއިރު، ރިޕޯޓްތައް ބުނާގޮތުން ބޭލްގެ މުސާރައިގެ 30 އިންސައްތަ ދޭން އެއްބަސްވެފައިވަނީ އެޑިޑާސް މެދުވެރިކޮށް ލިބޭ ސްޕޮންސަޝިޕް އެއްބަސްވުންތަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދު
23 February 2018
ކޭންގެންދޭ ގެންގޮސްސަ ބެކަމް ޢާޢި ހަމޭސް ރޮޑްރިގޭޒް ޢާއި އޮވެން ހަލާކޮއްލިހެން ހަލާކޮއްލާ ރެއާލް މެޑްރިޑަކީ ކުޅުންތެރިން ހާަލާކުރާޓީމެއް ބެކަމްވެސް މެންޔޫގަ މޮޅައް ކުޅެކުޅެ ހުއްޓަ ގެންގޮސް ބެންޗުގަ ބައިންދައިން އޭނަގެ ކެރިއަރު ހަލާކުވީ
ބާލައާދަނު
23 February 2018
ބެކަމް އަކީ ރެއާލްގަ ގަވައިދުން ކުޅުނު ކުޅުންތެރިޔެއް. ދެން ތާއަބަދު ޖާގަ ކަށަވަރެއް ނުވާނެ. ކޮންމެވެސް ހިސާބަކުން އެއަށްވުރެ މޮޅު ކުޅުންތެރިޔަކު އައިސް އެޖާގަ އަތުލުމަކީ ދުނިޔޭގެ އާދަ.
ސައިނީ
23 February 2018
އެޑިޑާސްއިން ވެސް މިބަލަނީ ފައިދާއަށް ޓީމް އިސްޕޮންސާރއަށް ވިއްޔަ ލާރި ލާރި
ބޯގޯސްކަލޯ
23 February 2018
ކޮންއިރަކުބާ އަޑިޑާސް ޗެރިޓީއަކަށް ބަދަލުވެ ފައިދާއަށް ބެލުން ހުއްޓާލަން ޖެހުނީ؟
ހުރިއާ ބޭނުން
23 February 2018
ރެއާލުން ކޭން ބޭނުން ހަޒާޑް ބޭނުން ސަލާހް ބޭނުން ނޭމާ ބޭނުން އެމްބާޕޭ ބޭނުން، ކޮންވައްތަރު ހުރިއާ ބޭނުން...