ކުޅިވަރު

ވެލެންސިއާ ޓެސްޓަކަށް، ޔޫވީ ޕްލޭނަކާ އެކު އުއްމީދުގައި

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނަޒީހު (ކ) އާއި ސޮބާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ސީޒަނުގައި އެންމެ ދަށްކޮށް ދިޔަ ދެ ކްލަބަކީ ޔުނައިޓެޑް ވިކްޓަރީ އާއި ކްލަބް ވެލެންސިއާ އެވެ. އެސްޓީއޯ މާލޭ ލީގުގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމުން ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބެ އެވެ. މި ފަހަރު ސީޒަނުގެ ފުރަތަމަ މެޗުގައި މިރޭ މި ދެ ޓީމު ވާދަކުރާއިރު، ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ހުރީ ރަނގަޅު ޕްލޭނަކާ އެކު ސީޒަނަށް ތައްޔާރުވެގެންނެވެ. ވެލެންސިއާގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ދެކޭ ގޮތުގައި މިއީ ވެލެންސިއާ އަށް ކުރިއަށް ދިއުމަށް ކުރިމަތިވާ ޓެސްޓެކެވެ.

މިދިޔަ ސީޒަނުގައި ގްރީން ސްޓްރީޓްސް ގޮވައިގެން ނުކުމެ ސޮބާ ވަނީ ހައިރާން ކުރަނިވި ނަތީޖާތަކަކާ އެކު މާލޭ ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. މި ފަހަރު ވެލެންސިއާއާ ހަވާލުވެ، އޭނާ ކުރަން ޖެހިފައިވަނީ ތަފާތު މަސައްކަތެކެވެ.

"ގްރީން ސްޓްރީޓްސް ގޮވައިގެން ހަ ހަފްތާ އަށް ވުރެން ގިނައިން ޓްރެއިން ކުރިން. އަނެއްކާ ޕްރީ ސީޒަންގައި ކުޅުނު މެޗުތައް ވެސް ރަނގަޅު. ރަނގަޅު ސީޒަނެއް ކުޅެލެވޭނީ ހުރިހާ ކުޅުންތެރިން ފިޓްކޮށް ތިބެގެން. މިއީ އަޅުގަނޑަށް ވެސް. ވެލެންސިއާ އަށް ވެސް ވަރަށް ބޮޑު ޓެސްޓެއް. ވެލެންސިއާ ކުރިއަށްދާން ވެސް،" ސޮބާ ބުންޏެވެ.

"މި ވަގުތު އަޅުގަނޑުމެންގެ ބަޖެޓާ ބަލާފައި ރަނގަޅު ޓީމެއް ހެދުނު. އެހާ ހިތްހަމައެއް ނުޖެހޭ ރަނގަޅު ޕްރީ ސީޒަނެއް ހަދާލަން ނުލިބުނީމަ. މަދުވެގެން ހަ ހަފްތާ ވެސް ނުލިބޭ. ކުޅުންތެރިންގެ ފިޓްނަސްއާ ބަލާއިރު އެހާ އެހާ ހިތްހަމަ އެއް ނުޖެހޭ،"

މިދިޔަ ސީޒަނުގައި ވެލެންސިއާ އޭއެފްސީ ކަޕް ކޮލިފައިންގައި ވެސް ވާދަކުރި އެވެ. އެހެން ނަަމަވެސް ގްރޫޕް ސްޓޭޖުގެ ޖާގައެއް ނުލިބި މުޅި އަހަރަށް ބަލާއިރު އެ ޓީމު ދިޔައީ ފަހަތަށެވެ. ސޮބާ ބުނީ މި ސީޒަނަށް އަދި ވަކި ޓާގެޓެއް ކަނޑައަޅަން އަވަސް ކަމަށެވެ.

"މީގެ އަޅުގަނޑު ބޭނުމެއް ނޫން އިތުރު އެއްވެސް ވާހަކައެއް ދައްކާކަށް. ހުރިހާ ކަމެއް މިހާރު އޮތީ ޔޫވީ މެޗަށް. އިތުރު ވާހަކައެއް ދެއްކޭނީ ވެސް ކުރަން ހުރި ކަމެއް އެނގޭނީ ވެސް މެޗެއް ނަގައިގެން. އެހެންވީމަ އަޅުގަނޑަށް ނެތް ޓޮޕް ފޯއޭ (ގަދަ ހަތަރެއް) ޓޮޕް ސިކްސް (ގަދަ ހައެއް)އޭ ބުނެވެން. އެއީ މި ޓީމުގައި އެވަރެއް ނެތީ. އަޅުގަނޑު މި ވަގުތަށް ރޭންކް ކުރާ ގޮތުގައި ވެލެންސިއާ އެއީ އަށް ވަނަ ޓީމު،" ސޮބާ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ މެޗާ ކުރިމަތިލާއިރު އޮތް ބިރަކީ ބިދޭސީ ކުޅުންތެރިންނާ އެކު މުޅި ޓީމު ކުރެވުނު ޕްރެކްޓިސް މަދުވުމާއި ކުޅުންތެރިންގެ ފިޓްނަސް އާއި މުޅި ޓީމުގެ ކޮމްބިނޭޝަން ކަމަށެވެ.

މި ފަހަރު އޭ ލައިސަންސް ކޯހުގައި ބައިވެރިވުމުން ޔުނައިޓެޑް ވިކްޓަރީގެ ކޯޗު ނަޒީހަށް ޓީމު ރާވަލުމަށް ބޭނުންވާ ވަގުތު ދިނުމުގައި ދަތިތަކެއް ދިމާވި އެވެ. އެހެން ނަމަވެސް މުޅި އަހަރަށް އޭނާ ހުރީ ރަނގަޅު ޕްލޭނަކާ އެކު ބޮޑު އުއްމީދެއްގަ އެވެ.

"އަޅުގަނޑުމެން މި އޮތީ 85 ޕަސެންޓް ތައްޔާރުވެފައި. މަދުވަނީ ޕްރެކްޓިސް ދެ މެޗެއް ވަރު. އެހެން ނޫންނަމަ ހުރިހާ ކަމެއް ރަނގަޅު. ކްލަބުން ދީފައި އިނީ ޕްރިމިއާ ލީގު ޖާގައެއް ހޯދަން. އަޅުގަނޑު ހަދައިގެން އުޅޭ އެއްޗެއް ޓޮޕް ފޯ (ގަދަ ހަތަރެއް) އެއީ. އެއީ އަޅުގަނޑުގެ އަމިއްލަ ނަފްސަށް އޮތް ޔަގީންކަމެއްގެ ބޮޑުކަމުން. އެ ކޮލިޓީ އެބަހުރި،" ނަޒީހު ބުންޏެވެ.

މިދިޔަ ސީޒަނުގައި ނަޒީހަށް ދިމާވި އެންމެ ބޮޑު ހުރަހަކީ ސީޒަން ފެށި ފަހުން ޓީމާ ހަވާލުވާން ޖެހުމެވެ. މި ފަހަރު ރަނގަޅު ކުޅުންތެރިން ހޯދަން ވަގުތު ލިބުމުން ހިތްހަމަ ޖެހޭ ކަމަށް ނަޒީހު ބުންޏެވެ.

"އެއްވެސް ރީޒަނެއް ދައްކާކަށް ނޫން. އޭރު (މިދިޔަ ސީޒަނުގައި) ވީގޮތަކީ ޓީމެއް ތައްޔާރުނުކޮށް އޮތީ. އެހެންނޫންނަމަ ވެސް ރިޒަލްޓް ރަނގަޅުވީސް. މިދިޔަ އަހަރު ހުރި ބޭރު ސްޓްރައިކަރަށް ޖެހުނީ 14 މެޗުން އެންމެ ގޯލެއް. ގައިމުވެސް ޔޫވީ ހުންނާނެ އެ އަށް ވުރެ ގިނަ ގޯލު ޖެހޭ ވަރަށް ބޯޅަދީފައި. މި ފަހަރު ގެނެސްފައި ހުރި ސްޓްރައިކަރު (ސޯޑެލް) ރަނގަޅު. އެކަމު ލިބުނު ވަގުތު ކުޑައީ. ލިބުނީ ހަތަރު ޓްރެއިނިން ހެދުނީ. އެއީ ވެސް ރީޒަނެއް ނޫން ހަގީގަތުގައެއް،" ނަޒީހު ބުންޏެވެ.

ނިއު ރޭޑިއަންޓާއި މާޒިޔާ ހުރިހާ ގޮތަކުން ބެލިޔަސް ވަރުގަދަ ކަމަށާއި ޔޫވީގެ އަމާޒަކީ މި ސީޒަނުގައި ބޮޑެތި ޓީމުތައް އަތުން ޕޮއިންޓް ހޯދުން ކަމަށެވެ.

"ހަނދަށް އުއްމީދު ކޮށްފިއްޔާ އެއާ ކައިރިއަށް ވެސް ދެވޭނީ. ޕްރިމިއާ ލީގަށް ވަދެވުނަސް އެއީ ލައްކަ ބޮޑުވަރު. މި އުޅެނީ ދެ އަސް ދުވާ ރޭހެއްގައި. މާޒިޔާ އާއި ނިއު ރޭޑިއަންޓާއި ރަނގަޅު ފައިނޭންޝިއަލް ބެކިން އަކާ އެކު މި އޮތީ. އެ ޓިމުން އަރާ 20 ވަަނަ ކުޅުންތެރިއާ ވެސް ތިރީގައި މިއޮތް ހަތަރު ޓީމުގައި ތިބި ކުޅުންތެރިންނާ އެއްވަރު،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ ޓީމެއް ގޮވައިގެން ނުކުންނަން ޖެހޭނީ ކެރިގެން ކަމަށާއި ކުޅުންތެރިންނަށް މިސާލު ދައްކަން ޖެހޭނެ ކަމަށެވެ.

"ފުރަތަމަ ކަމަކަށް ޓީމު ދަށްކޮށްލީމަ ކުޅުންތެރިންގެ ހިތްވަރެއް ވެސް ނުހުންނާނެ. އަޅުގަނޑު ފްރަންޓަށް ނުކުމެ މޭ ދިއްކުރީމަ ނޫންތޯ އެ ކުޅުންތެރިން ވެސް އަންނާނީ. އެހެންވީމަ އެބަޖެހޭ ކުޅުންތެރިން ކިކެއް އަންނަ ކަހަލަ ވާހަކައެއް ކޯޗުގެ ފަރާތުން އަމަލާ ބަހުން ދައްކަން،" ނަޒީހު ބުންޏެވެ.

ޔޫވީ އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

3 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރީ

26 February 2018

ނަޒީހު ގެ ވާހަކަ ކޮޅު ވަރަށް ސަޅި

The name is already taken The name is available. Register?

ނަޒީހަކީ ސުޒޭނެކޭ

26 February 2018

ނަޒީހު ތީ މޭން އެކޭ މޭން އެކޭ މޭންއެކޭ

The name is already taken The name is available. Register?

ލައްވާލީމަ 4ޖީ

26 February 2018

ވެލެންސިޔާގެ ކޯޗު ދިވެހިބަހުން ވާހަކަދެއްކިނަމަވެސް ވެލެންސިޔާގެ ކޯޗަކީ ސްޕެނިޝް ކޯޗެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454