ސެލްފް ސާވިސް އޭޓީއެމުން ކަސްޓަމަރުން ޚިދުމަތް ހޯދަނީ. -- ފޮޓޯ: މިހާރު
28 ފެބުރުއަރީ 2018 - 14:30
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްއެމްތަކުން އަމިއްލަ ފަރުދުންނަށް ދުވާލަކު ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދު މާދަމާއިން ފެށިގެން އިތުރުކުރަން ނިންމައިފި އެވެ.
ގައުމީ ބޭންކުން ބުނީ، މި ބަދަލު ގެނައީ އަމިއްލަ ފަރުދުންގެ އެކައުންޓްތަކަށް ކަމަށެވެ. އެގޮތުން މާދަމާ އިން ފެށިގެން، އަމިއްލަ މީހުންގެ އެކައުންޓްތަކުން ދުވާލަކަށް 25،000ރ. ނެގޭއިރު، 50،000ރ. ޖަމާ ކުރެވޭނެ އެވެ.
މިހާރު އޭޓީއެމް މެދުވެރިކޮށް އާންމުންނަށް ނެގެނީ ދުވާލަކަށް 10،000ރ. އެވެ. އަދި ޖަމާ ކުރެވެނީ 25،000ރ. އެވެ.
މިއާ އެކު ޑޮލަރުގެ މުއާމަލާތްތަކަށް ވެސް ބަދަލު އަންނާނެ އެވެ. އެގޮތުން މާދަމާއިން ފެށިގެން އޭޓީއެމް އިން ދުވާލަކަށް 1،600 ޑޮލަރު ނެގޭއިރު، 3،200 ޑޮލަރު ޖަމާކުރެވޭނެ އެވެ.
ބީއެމްއެލް އިން ބުނީ މި ބަދަލާ އެކު މާދަމާއިން ފެށިގެން، މާލޭގެ ބްރާންޗްތަކަށް ނުވަތަ ސެލްފް ސާވިސް އޭޓީއެމްތައް ގާއިމްކޮށްފައިވާ ރަށެއްގެ ބްރާންޗަކަށް ގޮސްގެން 25،000ރ. އިން ދަށުގެ އަދަދެއް ޖަމާކުރާ ނަމަ 75ރ.ގެ ފީއެއް ނަގަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް، ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ނުލިބޭ ބްރާންޗްތަކުން ޖަމާކުރާއިރު، އެ ފީއެއް ނުނަގާނެ އެވެ.
މިދިޔަ އަހަރަށް ބަލާއިރު 24 ގަޑިއިރު ޚިދުމަތް ލިބޭ ބޭންކުގެ އޭޓީއެމް އާއި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް 10 މިލިއަން މުއާމަލާތް ހިންގާފައިވެ އެވެ. މި ބަދަލުތަކާ އެކު މި އަހަރު މި އަދަދު ވަރަށް ބޮޑުތަން ކުރި އަރާނެ ކަމަށް ބީއެމްއެލް އިން ވަނީ ލަފާކޮށްފަ އެވެ.
އޭޓީއެމް ބޭނުންކުރުމުގެ ބަދަލުގައި ބްރާންޗްތަކުން ހިދުމަތް ހޯދަން ދާ އުމުރުން ދުވަސްވީ މީހުންގެ އަތުން، މި ބަދަލުތަކާ އެކު ވެސް، އެއްވެސް ފީއެއް ނުނަގާނެ އެވެ.
ރާއްޖޭގައި ބޭންކިންގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ބީއެމްއެލް އިން ބުނީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. އެ ބޭންކުން މިދިޔަ އަހަރު ވެސް "އަހަރެންގެ ބޭންކް"ގެ ނަމުގައި ހިންގި ކެމްޕޭންގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހޮނު 1
01 March 2018
މިހާރު ކުދި ވިޔަފާރިތަކުން އިތުރަށް ފައިސާ ނަގާނެގޮތެއް ރާވާލީ. ވިޔަފާރިތަކުން ޕެޓީ ކޭޝް ރީއިމްބާސްކުރަން ދޫކުރާ 25000 އިން ދަށުގެ ޗެކަކަށް މިއަދުން ފެށިގެން 75 ރުފިޔާ ޗާޖުކުރާނެ. މީގެ އިތުރުން ޗެކް ފޮތުގެ ގަނޑަކަށް 3 ރުފިޔާ ޗާޖުކުރޭ. މިކަމުންވެސް ބޭންކަށް ފައިދާ އިތުރުވެގެންދާނީ
މުބީ
01 March 2018
ކުރިއެކޭ އެއްގޮތައް މެއިންބުރާންޗުން ޔޫއެޗސް ޑޮލަރު ނެގޭގޮތް ހަދާބަލަ
އަސްލޭ
01 March 2018
ދެން އޭޓީއެމަކު ނުހުންނާނެ ލާރިއެއް. ނިކަމެތި މީހާ އަށް 100ރުފިޔާ ނުނެގޭ ގޮތްވީމަ ކަޑައެއްނު. ތިވަރަށް ފައިސާ ނަގަން ވަކި އޭޓީއެމެއް ކޮންމެ ބްރާންޗެއްގައި ހުންނަގޮތަށް ހަދަންޖެހޭނީ. ބޮޑު ކިޔޫގައި ހުއްޓާ މުއްސަނދި މަހުޖަނު ގޮސް 25000 އެއްފަހަރާ ނެގީމާ އޭޓީއެމް ހުސްވާނެ
ރަދީފް
01 March 2018
ރަނގަޅު ބަދަލެއް.ނަމަވެސް މިކަމުން ފައިދާވާނީ ފައިސާ ހުރި މީހުންނަށް.އަހަރުމެން ތިބެންޖެހޭނީ 100 ރުފިޔާ ހިފައިގެން.
ހަސަން
01 March 2018
ބޭރު މީހުންނާ ލައިގެން 4.5 ލައްކަ އާބާދީ އަކަށް އެންމެ 3 ޔޫއެސް ޑޮލަރ އޭ.ޓީ.އެމް ... މީ އަހަރަކު އެތައް ސަތޭކަ މިލިޔަން ފައިދާ ވާ އަހަރެންގެ ބޭންކު ދެކެ އަހަރެން ލޯބިވާ ސަބަބަކީ ...
ހާލަތު
28 February 2018
ކޮންމެވެސް ގޮތަކުން ރުފިޔާ އަތުލާނެ ގޮތެއް ހޯދާތި. ކޮޅުފިއްޔަށް ޖެހިގެން އޭ.ޓީ.އެމް ތަކުގަ މީހުން ފުރޭނެއްނު ދެން. ތޮއްޖެހިފަވާ މާލޭގަ އެންމެ 3 ޑޮލަރު އޭ.ޓީ.އެމް، އެވެސް ކިއުގަ ޖެހިގެން ހުއްޓަ ގިނަފަހަރު ޙިދުމަތް ކެނޑެނީ.
ވާ ވާ
28 February 2018
ސާބަހޭ ރައީސް ޔާމީނު. މީތި ޕޯސްޓް ކޮއްދެވޭނީ ދޯ. ހަހަހަހަ.
ފަހަތުންއަރަންޖެހުނީ
28 February 2018
ހެހެހެ އިސްލާމިކް ބޭންކުން 25 ހާސް ރުފިޔާ ނެގޭތާ ކިތަންމެ އަހަރެއް އެމީހުން މާކުރީގަ މާ އިހުއްސުރެ ދެނޯ
އާދަނު
01 March 2018
25000 ރުފިޔާ ނެގޭތީ ކޮބާތަ މޮޅުކަމެއް. އިންޓަނެޓް ބޭންކިން ސުމެއް. މޮބައިލް ބޭންކިން ސުމެއް. ލާރި ނެގީމަ ނޮޓިފިކޭޝަން ނާންނަތާވެސް ދެއަހަރު ވަނީ.
ހޯރަފުށީ ބުރާންޗު
28 February 2018
ސާބަހޭ ރައީސް ޔާމީނު. ތީ ހަމަ ނަންބަރ ވަން
ހެޔޮފުޅު
28 February 2018
ބީއެމްއެލް އިން ބުނީ މި ބަދަލާ އެކު މާދަމާއިން ފެށިގެން، މާލޭގެ ބްރާންޗްތަކަށް ނުވަތަ ސެލްފް ސާވިސް އޭޓީއެމްތައް ގާއިމްކޮށްފައިވާ ރަށެއްގެ ބްރާންޗަކަށް ގޮސްގެން 25،000ރ. އިން ދަށުގެ އަދަދެއް ޖަމާކުރާ ނަމަ 75ރ.ގެ ފީއެއް ނަގަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް، ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ނުލިބޭ ބްރާންޗްތަކުން ޖަމާކުރާއިރު، އެ ފީއެއް ނުނަގާނެ އެވެ.
ހުޔާ
01 March 2018
އޭޓީއެމް އަށް ގޮއްސަ ޖަމާކުރީމަ ސްލިޕެއް ނާދޭ ގިނަފަހަރަށް. ގުޅާއިރަށް ބުނާނެ 2 ދުވަސް ވާނެއޭ. އެކައުންޓަށް ޖަމާވެސް ނުވޭ! އެކްމްކުވެސް އަހަރެމެންގެ ދިވެހި ބޭންކް!
ށސސސ
28 February 2018
25،000ރ. އިން ދަށުގެ އަދަދެއް ޖަމާކުރާ ނަމަ 75ރ.ގެ ފީއެއް ނަގަން ހަމަޖެހިފައިވާ ކަމަށެވެ. މިޔޯ ؟؟؟ ދެން އަނެއްކާވެސް ދާންވީ ކިޔުގަ ޖެހިގެން ކައުންޓަރު ތަކަށް ؟ ތިޖެހުނީ އެއްފިޔަވަޅު ފަހަތައް ! އެކަމުދެން ތިޔައްވުރެން ކުޑަ ފީއެއް ނަގަން ނޭންގުނީތަ ؟؟
ދެލޯފުޅު
28 February 2018
ދެލޯފުޅާ ރަންކޮޅާ ހެޔޮނުވާނެ ރަނގަޅަށް ކިޔާބަލަ. ކިޔޫ ޖެހިގެން ޖަމާ ކުރާށޭ ފީ ނަގަނީ.
ސފދސފސދ
28 February 2018
ރަނގަޅަށް ޚަބަރު ކިޔާބަލަ. މި ދިވެހިން ހަމަ އެއްބައި ކިޔައިގެން ތިބެ ބަވާނީ. 75ރ ނަގަނީ ބްރާންޗަކަށް ގޮސް 25،000 ރ އަށް ވުރެއް ދަށުގެ އަދަދެއް ޖަމާކުރާނަމަ ނުވަތަ ނަގާނަމަ. އެ ގޮތަށް އެ ފީ ނަގަނީވެސް ތި ވެރިން ބްރާންޗައްނުގޮސް އޭޓީއެމް އިން އެކަން ކޮށްލެވޭނެތީ.
ނާދޮނގޭ
28 February 2018
ރަންކޮޅާ ކިޔޫގަ ނުޖެހިތަ އޭޓީއެމް ތަކަށް ފައިސާ ޖަމާކުރަނީ. އޭޓީއެމް ތަށް ހިދުމަތް ކެނޑިފަ ހުންނައިރު ގިނައީ!!!