އިސްލާމިކް ޔުނިވަސިޓީން ހުޅުމާލޭގައި އިމާރާތްކުރާ ވަގުފް އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިވަސިޓީގެ ބައެއް އިސްވެރިންނާއި އެޗްޑީސީގެ އެމްޑީ ސައިމަން (ވ-2) އަށް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އިސްލާމިކް ޔުނިވަސިޓީ
07 މާޗް 2018 - 18:25
އިސްލާމީ ޔުނިވަސިޓީން ހުޅުމާލޭގައި އިމާރާތް ކުރާ ވަގުފް ބިނާގެ ބިންގާ މިއަދު އަޅައިފި އެވެ.
"ސަނާބިލް" ގެ ނަން ދީފައިވާ އިމާރާތުގެ ބިންގާ އެޅި ނަމަވެސް އިސްލާމިކް ޔުނިވަސިޓީގެ އޮފިޝަލަކު ވިދާޅުވީ، އަދި ކުރަމުން އަންނަނީ އެތަނުގެ ކުރެހުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ކޮންޓްރެކްޓަރެއް ހޯދަން އިއުލާންކޮށް، އަމަލީ މަސައްކަތް ފެށޭވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަގުފް އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެ ޔުނިވަސިޓީގެ ސެންޓާ ފޯ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްގެ އިސްވެރިޔާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.
މިއީ ރަސްމީ ތަފާތު ކަންކަމަށް ބޭނުން ކުރެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ ހަތް ބުރީގެ އިމާރާތެކެވެ.
އިސްލާމިކް ޔުނިވަސިޓީން ބުނީ، އޮފީސްތަކާއި މީޓިން ރޫމްތަކުގެ އިތުރުން 300 މީހުންގެ ޖާގައިގެ ހޯލަކާއި ފުޑް ކޯޓެއް ހިމެނޭ އިމާރާތަށް 56 މިލިއަން ރުފިޔާާ ހަރަދު ވާނެ ކަމަށެވެ.
ބިންގާ އެޅުމަށް ފަހު ޝަހީމް ވިދާޅުވީ، މިއީ އިސްލާމިކް ޔުނިވާސިޓީ އަށް ފަންޑު އިތުރު ކުރުމުގެ ގޮތުން އިމާރާތް ކުރާ ތަނެއް ކަމަށެވެ. އަދި އިމާރާތުގެ އަމަލީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިލްޑިންގް ނިމުމުން އޭގެ ފައިދާ އިސްލާމިކް ޔުނިވާސިޓީ އަށް ލިބިގެންދާނެ. އަޅުގަނޑުމެން ނެތަސް އެ ދުވަސް ފެނުން އަޅުގަނޑު އުފާވާނެ ދުވަހެއް. އުއްމީދު ކުރެވެނީ މީގެ ހެޔޮކަން އިސްލާމިކް ޔުނިވަސިޓީ އާއި ދަރިވަރުންނަށް ލިބޭނެ ކަމަށް،" ހުޅުމާލޭގެ ސެންޓްރަލް ޕާކް ކުރިމަތިން އޮންނަ 11528 ވަނަ ޕްލޮޓުގައި އަޅާ އިމާރާތާ ގުޅޭ ގޮތުން ޑރ. ޝަހީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތުބަތާނަ
08 March 2018
އިސްލާމިކް ޔުނިވަސިޓީ ހިްނގުމަށްވަުރެ ތިތަނުގެ ވެރިން އުޅެނީ އަމިއްލަ ކަންކަން ކުރަން. ނިމޭ ކޯހެއްގެ ފާސްވާ ދަރިވަރެއްގެ ސެޓްފިކެޓްގަނޑެއްވެސް ދެނީކީނޫން. ކިޔަވައި ދޭތޯ ނުދޭތޯ ވެރިއަކަށް ބަލާނާނެ ފުރުޞަތެއް ނޯވޭ.
އަލީ!
08 March 2018
ކުރެހުން ނުނިމެނިސް ބިންގާ އަޅަނީ..؟؟!
ފޫހި
08 March 2018
މި ޝަހީމު ރަނގަޅުވާނެ ފިނޭންސް މިނިސްޓަރ އަށް ބަހައްޓަން. ޔުނިވަރސިޓީ ހަމަ އެއްގޮތަކަށްވެސް ރަނގަޅަށް ނުހިންގޭ. އެކަމަކު އަބަދުވެސް އުޅެނީ ފައިސާ ހޯދަން އިމާރަތްތައް ނޭޅިގެން.
ޖަނބުރޯލު
07 March 2018
މިކަހަލަ ތަންތަން އެޅުމަކީ ރަނގަޅުކަމެއް. އެކަމަކު އިސްލާމީ ޝަރީޢަތް ޤާއިމުކުރަން ބޭނުންވާ ކަހަލަ ތަނެއް ރާއްޖޭގައި އަދި ވަނީ ނުހެދި. އުންމީދުކުރަން ޝަރުޢީ ހުކުމްތައް މިސާލަކަށް ހައްދު ޖެހުމާއި، ރަޖަމް ކުރުމާއި ދަންޖެއްސުމާއި އަތްކެނޑުންފަދަ ހުކުމްތައް ތަންފީޒުކުރެޥޭނެ ތަނެއް ރާއްޖޭގައި ހެދޭނެކަމަށް.
ޢަބްދުﷲނާފިޒު
07 March 2018
ފޮޓޯގަ ފެންނަންތިބި ބައެއް ބޭފުޅުންގެ އެއްވެސް ނަޒާހަތްތެރިކަމެއް ނެތް، ވަރަށް ދެރަ.
ވާނުވާ....
07 March 2018
ލަސްވާނެ ބިންގާ އަޅަން އަދި ކުރެހުން ނުނިމޭ ތީބޮޑުވަރު..
ޖޯން
07 March 2018
ސާބަހޭ ޝަޙިމް ވަރުގަދަ ހިންގުންތެރިއެއް ،،، ވެރިކަނާ ގާތަށް ރައްޔިތުންގެ ތާއީދު ލިބޭނެ
ރަދީފް
07 March 2018
''އަދި އިމާރާތުގެ އަމަލީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.'' ''އިސްލާމިކް ޔުނިވާސިޓީގެ އޮފިޝަލަކު ވިދާޅުވީ މިހާރު ކުރަމުން އަންނަނީ އިމާރާތުގެ ފައިނަލް ޑްރޯވިންގެ މަސައްކަތް ކަމަށެވެ.'' . މަރުހަބާ.