11 މާޗް 2018 - 18:55
އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން އެންމެ ޕޮއިންޓަކާ އެކު އޮތް މާޒިޔާ އިން މިއަދު ހަވީރު ކްލަބް ވެލެންސިއާ އަތުން 2-0 އިން މޮޅުވެ ހަމަޖެހުމެއް ހޯދައިފި އެވެ.
މި މޮޅާ އެކު މާޒިޔާ އޮތީ ހަތަރު ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ. ވެލެންސިއާ އޮތީ އެއް ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް މާޒިޔާ އިން ވަނީ ގޭމް ކޮންޓްރޯލްކޮށްގެން ކުޅެ ލަނޑު ޖަހާނެ ދެ ފުރުސަތު ހޯދައިފަ އެވެ. ފުރަތަމަ ފުރުސަތުގައި 32 ވަނަ މިނެޓުގައި އަހުމަދު އިމާޒް (އާއްކޮ) ނެގި ހުރަސް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަދި ނާއިޒް ހަސަން (ދާދު) އެރި ނަމަވެސް ދެ ކުޅުންތެރިންގެ ފަޔަށް ވެސް އެ ބޯޅަ ރަނގަޅަށް ނޭރި އެވެ. އޭގެ ފަހުން 41 ވަނަ މިނެޓުގައި ދާދު ހުރަސްކުރި ބޯޅަ އޭރިއާ ތެރެއިން ދާދު އަށް ރަނގަޅަށް ފޮނުވާނުލެވުނެވެ.
ދެ ވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި މާޒިޔާގެ ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ކޯނޭ ފޮނުވާލުމުން ދިޔައީ މަތީ ދަނޑިއާ ދިމާލުން ބޭރަށެވެ.
މާޒިޔާ އަށް 62 ވަނަ މިނެޓުގައި ކުރި ހޯދައިދިނީ މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިސްމާއިލް އީސަ އެވެ. މާޒިޔާ ގޯލަށް ފޮނުވާލަން އުޅުނު ބޯޅައެއް ވެލެންސިއާގެ ގޯލްކީޕަރު ޖުން ކޮޗީ ހޯދުމަށް ފަހު ކުރިއަށް ފޮނުވާލި ވެލެންސިއާ ކުޅުންތެރިންނަށް ކުރިއަށް ނޭރެނީހެވެ. އޭގެ ފައިދާ ނަގައި މާޒިޔާ އިން ބޯޅަ ހޯދައިން ދިނީ ހުސްކޮށް ހުރީ އީސަ އަށެވެ. އޭނާ ވަނީ ބޯޅަ ކޮންޓްރޯލްކޮށްލުމަށް ފަހު މަޑުމަޑުން ގޯލަށް ތިރީ ކަނަށް ވައްދާލައިފަ އެވެ.
މާޒިޔާގެ ދެ ވަނަ ގޯލް ޖެހީ އޭގެ މިނެޓެއް ފަހުން ޔަސްފާދު ހަބީބް (މުލަކޭ) އެވެ. މި ފަހަރު ވެލެންސިއާގެ ޑިފެންޑަރު އިބްރާހިމް ރިޒްވާނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މާޒިޔާގެ ކޯނޭ އުފެއްދި ހަމަލައެއްގައި އޭނާ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ މުލަކޭ ވަނީ އޭރިއާ ތެރެއިން ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) މެޗަށް ފަހު ބުނީ ކުރީ ދެ މެޗުން ވީ ގޮތުން މިއަދު ނުކުތީ އެހެން ހުރިހާ ކަމެއް ބަހައްޓާފައި ތިން ޕޮއިންޓް ހޯދަން ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށެވެ.
"ވަރަށް ޕްރެޝަރުގައި މެޗަށް ނުކުތީ. އެއީ ކުރިން ދެ މެޗުގައި ވެސް ރަނގަޅަށް ކުޅެފައި ނަތީޖާ ނުނެރެވުމުން. އެހެންވެ މިއަދު ނުކުތީ ސީދާ ތިން ޕޮއިންޓަށް އެހެން ހުރިހާ ކަމެއް ދޫކޮށްލާފައި. މި މޮޅާ އެކު ވަރަށް ބޮޑު ކުރިއެރުމެއް މިއީ. މިއަދު ހަމަ ކޮމްބިނޭޝަން ކުޅުމެއް ފެނުނީ ވެސް،" އިންމަ ބުންޏެވެ.
ވެލެންސިއާގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ ބަލިވި އެންމެ ބޮޑު ސަބަބަކީ ޑިފެންސުން ކޮންސެންޓްރޭޝަން ގެއްލި ގޯސްތަކެއް ހެދިގެން ކަމަށާއި ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށެވެ.
"އެކަމަކު އަދިވެސް އަޅުގަނޑުމެން އުއްމީދު ކަނޑައެއްނުލަން. ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު އަތުގައި ނެތް ނެޝަނަލް ޓީމުގެ ހަތް ޕްލެޔަރުންނެއް. އަޅުގަނޑަށް ކުރިން ވެސް އެނގޭ ނުކުމެ ކޮންމެ ޓީމެއްގެ އަތުން މޮޅެއް ނުހޯދޭނެކަން. ހަމަ ނުކެފައި ނިއު ރޭޑިއަންޓާއި މާޒިޔާ ފަދަ ޓީމެއް ބަލިނުކުރެވިދާނެ. އެކަމަކު އެބަހުރި އަޅުގަނޑުމެންނަށް ވެސް ވާދަކުރެވޭނެ، ޕޮއިންޓް ހޯދޭނެ ޓީމުތައް. އެހެންވެ އަދި ގިވްއަޕެއް ނުކުރަން،" ސޮބާ ބުންޏެވެ.
އޭނާ ބުނީ ޓީމުގައި އަނިޔާގެ މައްސަލަ ވެސް ބޮޑު ކަމަށާއި މިވަރުގެ ޓީމަކަށް އަނިޔާގެ ގިނަ މައްސަލަތައް ކުރިމަތިވެއްޖެ ނަމަ އިތުރު އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބާ
12 March 2018
ކޮމެންޓް ކުރަންވާނީ ކުޅިވަރުގެ ރޫހާޚިލާފް ނުވާގޮތަށް އަލީ ސުޒޭނު އެންމެފަހުން ކޯޗްކަންކޮއްދިން ޓީމްވެސްވީ ބަލި ޓީމް ދައްކަމަށް ބަލަންވާނީ ދެޓީމްގަތިބި ކުޅުންތެރިންގެ ފެންވަރު ބަލާފަ މާޒިޔާއަކަށް ކަމެއްނުވި ވެލެންސިޔާގަތިބި ކުޅުންތެރިންނަށް ބަލާފައެއް 2.0 މާބޮޑް ކާމިޔާބެއްނޫން އެހެނަސް 3 ޕޮއިންޓް މިސާލަކަށް ބާސެލޯނާ އާއި އިގިރޭސްވިލާތުގެ ސުވެންސީ ސިޓީ އާއި ބައްދަލުކޮއްގެން ބާސާ ބަލި ވެއްޖެއްޔާމް އެއީ ބާސާގަތިބި ކުޅުންތެރިންގެ ފެންވަރަށް ބަލާފަ ވަރަށްބޮޑް ލަދެއް ތިޔައީއަދި މާޒިޔާގެ ކޯޗް އިސްމާއިލް މަހަފޫޒް ބޮޑވާންޖެހޭކަމެއްނޫން ފުޓްބޯޅާގަ އޮންނާނެ ތިންގޮތް އެއީ ބަތްޔާ މޮޅާ އެއވަރ
ހައްޖަ
12 March 2018
ވަރަށްފޫހި.
ރަދީފް
12 March 2018
2 ޓީމްއަތުންވެސް ޕޮއިންޓްސް ޑްރޮޕް ނުވުން އެއީ ހިތާމަ ހުރިކަމެއް.
ބަސްފޮތް.
13 March 2018
ރަދީފު އެދޭގޮތަށް ނުވުމުން ބަަސްފޮތް އުފާކުރަމޭ.. ބަސް ފޮތްއެދެނީ ހަސަދައިގެ މިކަހަލަ ކަންކަމުގަ ބަސްފޮތް އެދެނީ ރަދީފުއެދޭ ގޮތާ އިދިކޮޅަށޭ.. ސުޕީޓޭ ސައިކޮލޮޖީއޭ އަނެކެއްޗެކޭ ކިޔާ މޮޅެތި ކޮމެންޓް ކުރިޔަސް ރަދީފަކީ ރޯނުއއދުރެކޭ އުޑެއް ބުޑެއް ނުދަންނާނެއޭ..އެންމެ ދެކެން ބޭނުމީ ރަދީފު ތަރަތަރަލައިގެން އައިސް އެކި ނަންނަމުގަ މި ކޮމެންޓަށް ރައްދުދޭތަން ދެކުމޭ..ޓާގެޓް ހާސިލްވީއޭ އޭރުން ރަދީފު އަނގަގިއްވީމަ ބަސްފޮތްއުފާވެއޭ. ބިކޮޒް ރަދީފު މާއެނގިގެން އެހެން ޓީމުތަކަށް ހަސަދަލައިގެން އުޅޭތީއޭ
ހަފްސީ
11 March 2018
އެފްއޭމަށް ނޭގެ ޔޯ ދަނޑް ގެ ވިނަގަޑް ހަލާކުވެފަ އޮތްކަމެއް. ބަލަ ހުރިހާ ކޯޗުން ނޫސްކޮށްފަރެސް ގަ ވެސް އެކިޔަނި ދަނޑް ރަގަޅު ނޫން ވާހަކަ. އެފްއޭއެމް ގެ ޒިންމާއެއް ނޫންތަ ދަނޑް ގަ ރޯލްއަޅާ މެޗް ކުޅެވޭނެ ކޮންޑިސަނަކަށް ދަނޑް ބޭންވުމަކީ. ކޮންމެ ކަމަކުން ބޯދަމައި ގަނެވޭތޯ ވިންޔާ ތި އުޅެނި. ކަން ކަން ނުވަންޏާ އިސްތިއުފާ ދީބަލަ..
އުމަރު
11 March 2018
ގަލޮޅު ދަނޑް ގެ ވިނަ ގަޑް ރަގަޅު ކޮށްބަލަ. އެފްއޭއެމަށް ކޮންކަމެއް ތި ވަނީ. ފޮނިއަގަތެޅުން ނޫނީ އިތުރު ކަމެއް ނުވެ. ދަނޑަށް މީހަކު ނުވަދެ. ދަނޑް އޮންނަނި ފަޅަށް ޓިކެޓް އާއި އެއްޗެހި ވިންކަ ބަލަ މެޗްތައް ފްރޮމޯޓް ކޮށް ދަނޑަށް މީހުން ވަންނަ ވަރު ކޮށްފަ
ވައްކޭ
11 March 2018
ނަތީޖާ ގަބޫލުކުރަންދަތި، ވެލެންސިޔާގަ ހުރީ ލަލީގާ ގަ ކޯޗުކަން ކުރެވޭ ފެންވަރުގެ ކޯޗެއް، އެފެންވަރުގެ ކޯޗެއް ހުއްޓާ މާޒިޔާ ކަހަލަ ޓީމެއްގެ އަތުން ބަލިވުމަކީ އަރަތެެއް...އަޅުގަނޑު އެފްއޭއެމަށް ގޮވާލަން މެޗު ހިނގާދިޔަ ގޮތް ތަހުގީގު ކުރުމަށްފަހު އަލުން ރިމެޗެއް ކުޅެން...ވަރަށް ނާދިރު ވެލެންސިޔާ ކަހަލަ ދުވާލަކު 2 ފަހަރު ޕްރެކްޓިކްސް ކުރާ ޓީމެއްް ބަލިވުން
ގަރުދިތަ
11 March 2018
ވަރަށް ޒާތީވެފަ އޮތްކޮމެންޓެއް ކަމަށްފެނޭ. ޒާތީވުމަކީ ކުޅިވަރުގެ ރޫހާ ޚިލާފް ކަމެއް އަދި ރަގަޅުކަމެއްވެސް ނޫން
ހައިކަލް
12 March 2018
ރަގަޅު ވާހަކައެއް އެ ސޮބާ އެބަޖެހޭ ކޯޗެއްގައިގާ ހުންނަށް ޖެހޭ އަހްލާގް ދަސްކުރަން... އަބަދު މަމީ ޖާދޫ ހަދާ މީހެއް ނޫނޯ.... ނައުޝާދު އޯ....