އެޓެންޑެންޓް ވެއްޓުނީ ޔުގެންޑާގެ އެއާޕޯޓެއްގައި ޕާކްކޮށްފައި އޮތް އެމިރޭޓްސްގެ ބޯއިން 777 ގެ ބޯޓަކުން. --ފޮޓޯ:ގެޓީ އިމޭޖަސް
16 މާޗް 2018 - 17:23
ކަމްޕާލާ (މާޗް 16) - ޔުގެންޑާގެ އެންޓެބެ އެއާޕޯޓުގައި ޕާކްކޮށްފައި އޮތް އެމިރޭޓްސް އެއާލައިނުގެ މަތިންދާ ބޯޓެއްގެ އިމަޖެންސީ ދޮރުން ވެއްޓުނު ފްލައިޓް އެޓެންޑެންޓް މަރުވެއްޖެ އެވެ.
އަންހެން އެޓެންޑެންޓް މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ވެރިރަށް ކަމްޕާޕާގެ ކިސޫބީ ހޮސްޕިޓަލުގެ އޮފިޝަލަކު ބުނީ އެޓެންޑެންޓުގެ މޫނަށާއި ކަކުލަށް ބޮޑެތި ޒަޚަމްތައް ލިބިފައިވާ ކަމަށެވެ. ބޯއިން 777 ގެ ބޯޓުގެ އިމަޖެންސީ ދޮރުން އޭނާ ވެއްޓުނީ ބޯޑިން އަށް ތައްޔާރުވެފައި ވަނިކޮށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެޓެންޑެންޓް ވެއްޓުނީ އިމަޖެންސީ ދޮރު ހުޅުވަން އުޅެނިކޮށެވެ. ޔުގެންޑާގެ އޭވިއޭޝަން އޮތޯރިޓީން މިހާރު ވަނީ އެ ހާދިސާ ތަހްގީގު ކުރަން ފަށައިފަ އެވެ.
އެމިރޭޓްސް އެއާލައިނުން ނެރުނު ބަޔާނެއްގައި ވެސް ވަނީ ބޯޑިން އަށް ބޯޓު ތައްޔާރު ކުރުމުގައި އުޅުނު އެޓެންޑެންޓަކު ވެއްޓުނުކަން ޔަގީންކޮށްދީފަ އެވެ. އަދި ޔުގެންޑާ އިން ކުރިއަށް ގެންދާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަތްފުނާ
16 March 2018
ދެރަވެއްޖެ.
ހުމާމު
16 March 2018
އެމަޖެންސީ ދޮރު ހުޅުވަން ޖެހުނު ސަބަބެއް އެބަ އޮތްބާ؟
ހޯނު
16 March 2018
އާނ! އެ ހުޅުވޭތޯ ބަލަން ޖެހޭނެ އެެއްނު؟ ދިވެހި ރާއްޖޭގަ އިމަޖެންސީ ދޮރެއް ނުހުޅުވުނަސް ދުނިޔޭގެ އެހެންތަންތާގަ އެ އޯކޭ އެއް ނޫން!
ދެން އަތްޖަހާ
18 March 2018
ޓެސްޓް ކުރާނެ ހުޅުވޭތޯ ދުނިޔޭގެ އެހެން ޤައުމުތަކުގައި،