ކުޅިވަރު

ޓީސީ ތަފާތު ދައްކަން ވެލެންސިއާއާ ދެކޮޅަށް ނުކުންނަނީ

އެސްޓީއޯ މާލޭ ލީގުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އިއްބެ (ކ) އާއި ފޭދޫ އިއްބެ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު މިއީ ޓީސީ ސްޕޯޓްސް ކްލަބްގެ ފަރާތުން ތަފާތު ފެނިގެންދާނެ މެޗެއް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

އެސްޓީއޯ މާލޭލީގުގައި ޓީސީ އާއި ވެލެންސިއާ އަށް އަދި މޮޅެއް ލިބިފައިނުވެ އެވެ. ލީގުގެ ހަތް ވަނައިގައި އޮތް ޓީސީ އާއި އަށް ވަނައިގައި އޮތް ވެލެންސިއާ އަށް އަދި ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ލީގުގައި އެންމެ ފަހުން ޓީސީން ކުޅުނު ދެ މެޗުގައި ގްރީން ސްޓްރީޓްސް އާއި ވިކްޓަރީއާ ދެކޮޅަށް އެ ޓީމު ކުޅުނުއިރު ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މެޗު ފަށައިގެން ހާފެއް ނުނިމެނީސް ބަދަލުތަކެއް ގެންނަން ޖެހުމެވެ.

ނިޒާމްބެ ބުނީ މެޗަކަށް ނުކުންނަނީ ކުރިން މެޗުގައި ހެދިފައިހުރި ގޯސްތައް ރަނގަޅުކޮށްގެން ކަމަށާއި އެހެން ނަމަވެސް އަނެއްކާ ވެސް އެކަން ތަކުރާރު މިވަނީ މެޗު ފެށުމުން ކަމަށެވެ.

"ތެދެއް ކޯޗެއްގެ ޒިންމާ ކުޅުންތެރިން ބައްޓަން ކުރުން. ޑިސިޕްލިން ކުރުން އަދި ޓީމު ކުޅޭ ކުޅުން ވެސް. ހަމަ އެ ގޮތަށް ކުޅުންތެރިންގެ ޒިންމާތަކެއް ވެސް އެބައޮވޭ. އެ ރަނގަޅަށް އަދާކުރަން ފަށާ ހިސާބުން ނަތީޖާ ނެރެވެން ފަށާނީ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ މިރޭގެ މެޗަށް ނުކުންނައިރު ކުރިން މެޗުގައި ކުޅުންތެރިންނަށް ހެދުނު ގޯސްތައް އަމިއްލަ އަށް ގަބޫލުކޮށްފައިވާ ކަމަށާއި މިއީ ތަފާތު ފެންނާނެ މެޗެއް ކަމަށެވެ.

"ވަރަށް ޔަގީންކަން އެބައޮތް މި މެޗަކީ ޓީސީ ތަފާތު މެޗަކަށް ވެގެންދާނެކަމުގެ. ޓީސީގެ ފޯމުގައި ޓީސީ ކުޅޭ މެޗަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ. ޓީސީގައި އަބަދުވެސް ކޯޗު ދައްކާ ވާހަކަ ކުޅުންތެރިން ގަބޫލުކުރޭ. ދެން އަނެއްކޮޅުން ކުޅުންތެރިން އަމިއްލަ އަށް ވެސް އެ ކުޅުންތެރިންނަށް ހެދުނު ގޯސް ގަބޫލުކުރޭ. އެހެންވެ އެހާ ޔަގީންކޮށް މި ބުނެވެނީ ކުރިއަށް އޮތް މެޗަކީ ތަފާތު މެޗަކަށްވެގެންދާނެއޭ،" ނިޒާމްބެ ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމުތަކަކީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭ ޓީމުތަކެއް ކަމަށްވުމުން މިއީ ވެސް ސަޕޯޓަރުން ބޭނުންވާ ކަހަލަ ރީތި ކުޅުމެެއް ފެންނާނެ މެޗެއް ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

"ވަރަށް ޔަގީންކަން އެބައޮތް ހަމަގައިމު ވެސް ރަނގަޅު ފުޓްބޯޅައެއް ފެނިގެންދާނެ. މިހާތަނަށް ސޮބާ މިދިޔަ ސީޒަންގައި ގެންގުޅުނު ޓީމު އަދި އޭގެ ކުރީގައި ނިއު ރޭޑިއަންޓް ގެންގުޅުނުއިރު ފަހަތުން މިލާ ޑައިރެކްޓް ބޯޅަތަކެއް ލައިގެނެއް ނޫން ކުޅުވަނީ އެ އަށް ވުރެ ބޮޑަށް ޕޮޒެޝަނަލް ފުޓްބޯޅައެއް މި ކުޅެނީ. އެހެންވީމަ މި މެޗު ތަންކޮޅެއް ރީތިވެގެންދާނެ. ރަނގަޅު ބަލާހިތްވާ ކަހަލަ ޓަފް ގޭމަކަށް ވެގެންދާނެ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ސީޒަނުގެ ކުރީކޮޅުގައި ޓީސީ އަކީ އެންމެ މަތިން ރޭންކް ކުރާ ޓީމަކަށް ނުވުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ހިތްހަމަ ޖެހުމެއް އެބައޮތް. މިދިޔަ ދެ ސީޒަނަށް އަޅާބަލާއިރު ޓޮޕް ޓޫ އަށް. ބޮޑެތި ކްލަބްތަކުން ނުކިޔާތީ. އެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އެކަމަކު ސީޒަން ނިންމާއި ދެން ބަލާނީ ޓޮޕް ވަން ނޫނީ ޓޮޕް ޓޫ އަކީ. އެ ހިސާބުން ކަންނޭނގެ މީގެ ފޯރި ހިފާނީ. އެހެންވީމަ ފުރަތަމަ އެންމެ ރަނގަޅީ އެ ގޮތަށް ނުކިޔުން،" ނިޒާމްބެ ބުންޏެވެ.

މި ސީޒަނުގައި ވެލެންސިއާއާ ހަވާލުވުމަށް ފަހު ސޮބާއާ ޖެހުނީ ޓީމު އާރާސްތު ކުރާށެވެ. ބިދޭސީ ކުޅުންތެރިން ޓީމާ ގުޅުނީ ލަހުން ކަމަށް ވުމުން އިތުރު އުނދަގޫތަކެއް ކުރިމަތިވި އެވެ. ލިބުނު ވަގުތު ކުޑަކަމުން ރަނގަޅު ޕްރީ ސީޒަނެއް ވެސް ނުޖެއްސުނު ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ މިއީ ޓީސީ އެކޭ އެއްގޮތަށް ވެލެންސިއާ އަށް ވެސް ވަރަށް މުހިއްމު މެޗެއް ކަމަށެވެ.

"ކޮންމެ ދުވަހަކު އަދި ފަހުން ރަނގަޅުވާނެއޭ ކިޔާފައި ދޫކޮށްލެވެން ނެތް. ކޮންމެ ގޮތެއް ވިޔަސް ފުރަތަމަ ބުރުގައި ޕޮއިންޓެއް ނުނަގައިފިއްޔާ އުނދަގޫވާނެ ގަދަ ހައެއްގެ ތެރެއަށްދާން. ވަރަށް މަސައްކަތް ކުރާނަން. ކުޅުންތެރިން ތިބީ އެ ރޫހުގައި،" ސޮބާ ބުންޏެވެ.

އޭނާ ބުނީ މިދިޔަ ތިން ވަރަކަށް އަހަރަށް ބަލާއިރު ޓީސީ އަކީ ނިޒާމްބެ އިރުޝާދުގެ ދަށުން އެއް ލެވެލެއްގައި ހިފަހައްޓާފައި އޮތް ޓީމެއް ކަމަށާއި މިދިޔަ އަހަރާ އަޅާކިޔާއިރު ޓީސީން މާ ބޮޑު ބަދަލެއް ނެތް ކަމަށެވެ.

"ޒުވާން ކުޅުންތެރިންތަކެއް އެ ޓީމާ ގުޅުނު ނަމަވެސް. އެހެންވީމަ އެއްކޮށް އޮތް ޓީމެއް އުނދަގޫވާނެ ބަލިކުރަން. ކުރިން ދުވަހު ވިކްޓަރީ އަތުން ޓީސީ ބަލިވެފައި އޮތަސް އަޅުގަނޑު ގަބޫލުނުކުރާނަން ޓީސީ ބައްޔެކޭ. މާޒިޔާ މެޗަށް ވުރެ ވަރުގަދަ އުނދަގޫ މެޗަކަށްވާނެ. ވަރަށް މަސައްކަތް ކޮށްގެން ނޫނީ ނަތީޖާއެއް ނުނެރެވޭނެ،" ސޮބާ ބުންޏެވެ.

ވެލެންސިއާގެ ކޯޗު ސޮބާ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ބުނީ ޓީމުގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން ދަނިކޮށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ މުހިއްމު ފަސް ކުޅުންތެރިއަކަށް އަނިޔާވުން ކަމަށާއި އެހެން ނަމަވެސް މި ވަގުތު އިތުރު ގޮންޖެހުމެއް ކުރިމަތިވެފައި އޮތުމަކީ ދެއްކެން އޮތް އުޒުރެއް ނޫން ކަމަށެވެ.

"މި ކުޅުންތެރިންނަކީ އަޅުގަނޑަށް ފުރަތަމަ އެގާރައިގައި ބޭނުންކުރެވޭނެ ކުޅުންތެރިން. ފޮރިން ޑިފެންޑަރުގެ ވެސް އަނިޔާ މައްސަލަ. އެކަމަކު ކޮންމެ ދުވަހަކު ނެތް ބަހަނާތަކެއް ދެއްކެން. އެބަޖެހޭ ނަތީޖާ ނެރެން ވެސް،" ސޮބާ ބުންޏެވެ.

ސީޒަނެއްގައި އެންމެ މެޗަކުން ވެސް މޮޅެއް ވުމަކީ އުނދަގޫ ކަމެއް ކަމަށާއި އެކަން ކުރުމަށް ކުޅުންތެރިންގެ ސަމާލުކަން މެޗުގެ ފުރަތަމަ މިނިޓުން ފަހު ވަގުތާ ހަމައަށް ވެސް ދޭން ޖެހޭނެ ކަމަށް ސޮބާ ބުންޏެވެ. އެހެން ނަމަވެސް ގައުމީ ޓީމުގެ ކުޅުންތެރިން ނޫނީ އެންމެ ޓޮޕް ލެވެލްގެ ކުޅުންތެރިން ނެތުމުން ބައެއް ކަހަލަ މައްސަލަތަކެއް ދިމާވާ ކަމަށް ބުންޏެވެ.

ސޮބާ ބުނީ މި ވަގުތުގެ ހާލަތަށް ބަލާއިރު މި މެޗުން ޕޮއިންޓަކުން ވެސް ފުއްދާލެވެން އެބައޮތް ކަމަށެވެ.

"ނިއު ރޭޑިއަންޓް، މާޒިޔާ ނޫނީ ޓީސީ ކަހަލަ ޓީމެއް އަތުން ވެލެންސިއާ މިހާރު އޮތް ދަނޑިވަޅުގައި ޕޮއިންޓެއް ލިބިއްޖިއްޔާ އެއީ އަޅުގަނޑު ދެކޭ ގޮތުގައި ބޯނަހެއް. އެއީ އެބައޮތޭ ވާދަކޮށްގެން ޕޮއިންޓް ހޯދޭނެ މެޗުތަކެއް. މިސާލަކަށް ޔުނައިޓެޑް ވިކްޓަރީ މެޗު. ގާތްގަނޑަކަށް މިއީ އެއް ހަމައިގެ ޓީމުތައް،" އޭނާ ބުންޏެވެ.

ސޮބާ ބުނީ ވެލެންސިއާ އިން ޓާގެޓް ކަނޑައެޅީ އެ ޓީމު މިހާރު އޮތް ހިސާބުން ކަމަށާއި މާ ބޮޑު ޓާގެޓްތަކެއް ކަނޑައެޅެން ނެތް ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ބޮޓަމް އިން ރަނގަޅު ހިސާބަކަށްދާން. އެއްގޮތަކަށް ވެސް 10 ނޫނީ 12 މިލިއަން ހަރަދުކޮށްފައި އެންމެ ޓޮޕަށް އަރާކަށެއް ނޫން. އެ ފަދަ ހަރަދެއް ކޮށްފައި އައިނަމަ އަޅުގަނޑު ވެސް ދައްކާނީ ލީގުގެ ވާހަކަ،" އޭނާ ބުންޏެވެ.

ވެލެންސިއާ އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

4 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީޕް

19 March 2018

ސޮބާ ބަލިވުމަކީ މަމެންގެ ނިއުރޭޑިއަންޓަށް ލީގު ލިބުމަށްވުރެ އުފާވެރިކަމަކަށްވާނެ.

The name is already taken The name is available. Register?

ހައްޖަ

19 March 2018

ދާދި ހަމަހަމަ ކުޅުމަކަށްފަހު ދެޓީމުވެސް ހަމަހަމަވެގެން ނިމުމަކީ އެދޭ އެދުން.

The name is already taken The name is available. Register?

ރަދީފް

19 March 2018

ޔޭސް، ޕޮއިންޓްސް ޑްރޮޕްވުން އެއީ އަހަރެންވެސް އެދޭ ގޮތް.

The name is already taken The name is available. Register?

އަބޫ123

19 March 2018

ޓީސީ ތަފާތު އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފެންނަނީ ބަންގާޅު ޓީމުތަކާ ދެކޮޅަށް ކުޅޭއިރު، އަދި ކޮންމެ ގައުމެއްގެ ޓީމެއްނަމަވެސް ބަންގާޅުގަ ކުޅޭއިރު، މި ޓެކްޓިކްސް ބޭނުން ކުރަނިކޮށް ޓީސީއަށްވެސް ފަހަރެއްގަ ރާއްޖެއިން ކޮންމެވެސް ތައްޓެއްނެގިދާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454