ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިއުމަށް ބަޔަކު އެއާޕޯޓުގައި: ހިންމަފުށީ ކައުންސިލުން ވަނީ އަންނަ އަހަރުން ފެށިގެން އެ ރަށުގެ ކޮންމެވެސް އެކަކު ހައްޖަށް ފޮނުވަން ނިންމާފައި.- ފޮޓޯ: ހައްޖު ކޯޕަރޭޝަން
18 ޖުލައި 2016 - 19:01
ކ. ހިންމަފުށީ ކައުންސިލުން ކޮންމެ އަހަރަކު، ރަށުގެ ރައްޔިތަކު ހައްޖަށް ފޮނުވުމަށް މިއަދު ނިންމައިފި އެވެ. މިއީ ރަށެއްގެ ކައުންސިލަކުން ބަޔަކު ހައްޖަށް ފޮނުވަން ނިންމި ފުރަތަމަ ފަހަރެވެ.
އެ ރަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޝަރުތުހަމަވާ މީހުން އެކަމަށް އެދޭ ފޯމު އޮގަސްޓު 24 ގެ ކުރިން ކައުންސިލަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ހިންމަފުށީ ކައުންސިލުން ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެން އެ ރަށު މީހުން ހައްޖަށް ގެންދިއުމަށެވެ.
ހައްޖަށްދާ މީހުން ކަނޑައަޅާނީ ކައުންސިލުގެ އުސޫލާ އެއްގޮތަށް ހާއްސަ ކޮމެޓީއަކުން ޝަރުތު ހަމަވާ ފަރާތްތަކަށް ބަލާ ގުރުއަތުންނެވެ. ހިންމަފުށީ މީހުން ހައްޖަށް ފޮނުވަނީ ކައުންސިލްގެ ބަޖެޓުންނެވެ.
ހިންމަފުށީ މީހުން ހައްޖަށް ފޮނުވަން ނިންމީ ހައްޖުގެ އަޅުކަން އަދާކުރުމަށް ހިތްވަރު ދިނުމާއި ދީނީ ކަންކަމަށް ލޯބި އިތުރުކޮށް ދީނީ ރޫހު އާލާ ކުރުމުގެ މަގްސަދުގައި ކަމަށް ކައުންސިލުން ބުނެ އެވެ.
ކައުންސިލުން އާންމުކުރި މުހިންމު އުސޫލުތަކުގައިވާ ގޮތުން ހައްޖަށް ދިއުމުގެ ފުރުސަތު އޮތީ ހިންމަފުށީގައި ރަށްވެހިވެފައިވާ މީހަކަށްވުމާއި ފިރިހެނަކުނަމަ، އުމުރުން 40 އަހަރުވުމާއި އަންހެނަކުނަމަ، އުމުރުން 45 އަހަރުވުމާއި މީގެ ކުރިން ހައްޖު އަދާކޮށްފައިވާ މީހަކަށް ނުވުން ހިމެނެ އެވެ.
ހިންމަފުށީ ކައުންސިލުން ނިންމާފައި ވަނީ ހައްޖު ކޯޕަރޭޝަނާ ގުޅިގެން މީހުން ހައްޖަށް ފޮނުވުމަށެވެ. އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާނަމަ، މީހެއްގެ އަތުން 70،000 އެއްހާ ރުފިޔާ ނަގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
19 July 2016
މިހާރު ކައުންސިލު ތަކުން މިކުރަށް މިއުޅެނީ ކީއްތޯ ؟ ފުރަތަމަ ކައުންސިލުން މީހުން ހައްޖަށް ފޮނުވުމަށް ވުރެން ރަށުގެ އަސާސީ ހައްގުތަށް މުޅި ރަށުގެ ރައްޔިތުންނަ ލިބޭނޭގޮތް ހައްދަވައި ދެއްވުން މާ މުހިއްމުއެވެ. އެގޮތުން ބޯފެން، ފާޚާނާ ، ސިއްޚީ، ތަޢުލީމު މަގުތަށް އަދި ވަޒީފާ ރަށުގައިތިބެގެން ލިބޭނޭގޮތް ހެދުމަށް ފަހު މުޅި ރަށުގެ ރައްޔިތުން ހައްޖަށް ފޮނުވިޔަސް އެއީ އެއްވެސް ކަހަލަ މައްސަލައެއް ނޫނެވެ. އުފާކުރާނޭ ކަމެކެވެ. އެހެން ނަމަވެސް ގިނަ ރައްޔިތުންނަ ފައިދާ ލިބޭނޭކަންކަށް ކައުންސިލުން އިސްކަންދީގެ މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ދެކެމެވެ.
ިއިހޫ
19 July 2016
ޙައްޖަކީ އަޅުކަމެއް.. ޙައްޖު ވާޖިބު ވަނީ މާލީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުޅެދުންތެރިކަން ލިބޭ މީހުންނަށް. އެކަމަކު ރާއްޖޭގައި މިކަން އޮންނަ ގޮތާއި މެދު އަޖައިބު އަންތަރީސްވެ. މިއީ ޚައިރާތަކަށް ކުރަން އޮންނަ ކަމެއް ނޫން. ދަޢުލަތުގެ ޚަރަދުގަ، ނޫނީ ބައެއްގެ ހެޔޮފުޅުކަމުން، ޚައިރާތެއްގެ ގޮތުގައި މީހަކު ޙައްޖަށް ފޮނުވުމަކީ ޙައްޖުވުމަށް އޮންނަ ގޮތެއް ނޫން.
ފަނީ
19 July 2016
ކަައުންސިލުގެ މެންޑޭޓުގަ ހިމެނޭކަމެއްނޫން މީހުން ހައްޖަށް ފޮނުވުމަކީ. ފައިސާހުރިމީހެއްވެއްޖިއްޔާ ހައްޖުކޯޕަރޭޝަން ނުވަތަ އެހެން ޖަމްއިއްޔާމެދުވެރިކޮށް ދާނެ. މިހާރު މިހަދާގޮތަކީ ހައްޖުކޯޓާ ބަހާލައިގެންތިބެ ފިޔާތޮށިމީހުނަށް ޖާގަދެނީ. ސަންޝިޔާމް މީހުން ހައްޖަށްފޮނުވަނީ އޭނަގެ ޕާޓީއަށް ސޮއިކުރީމަ. މީގައުމުގެ ހާލަތު.
އެމް.އެމް.ޖީ އިބޫ
18 July 2016
މިރަށަށް ކިޔަނީ އަރިއަތޮޅު މާމިގިލި، މިރަށު ކައުންސިލަކީވެސް، ސަރުކާރަކީވެސް، ބޭބެއަކީވެސް ހަމަ އެކައްޗެއް، އެނގިއްޖެދޯ؟
ހުސައިން ...
18 July 2016
ހަމައެކަނި 40 އަހަރުން މަތީ މީހުންތޯ ޙައްޖު ފުރުޞަތު އޮތީ، ވަރަށްދެރަ ވެއްޖެ، މަށަކަށް ފޯމެއް ނުލެވޭނެ، އެކަމަކު ވަރަށް ބޭނުންވޭ. ތި އުޞޫލު ބަދަލުކުރުމަށް އެދެން.
ލީމް
01 May 2019
އެކަމަކު ރާފިޔާއަށް 30އަހަރު. އެހެންވީމަ ޝަަރުުުުުތުު ހަމައެއްނުވެއެއްނު.
ވަހީދު
18 July 2016
އަލްހަމްދުލިﷲ ވަރަށް ރަނގަޅު ކަމެއް.