ހިތަދޫގައި ރޭ ރޯކޮށްލި ކާރު: ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި. ފޮޓޯ: އެމްއެންޑީއެފް
21 މާޗް 2018 - 10:27
އައްޑޫ ހިތަދޫ ގެއެއްގެ ގޯތިތެރޭގައި އޮތް ކާރެއްގައި ރޭ ދަންވަރު ރޯކޮށް އަންދާލައިފި އެވެ.
ރޭ ދަންވަރު 1:30 ހާއިރު، ހިތަދޫ ދިރާމުލިގޭ ގޯތި ތެރޭގައި އޮތް ކާރުގައި ރޯކޮށްލުމުގެ ސަބަބުން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަދި މި ހާދިސާގައި، ގޯތި ތެރޭގައި ހުރި ސައިކަލަކަށް ވެސް ގެއްލުންވެފައިވެ އެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
Addu City Hithadhoo, ge ehgai oiy Carehgai Roavi Alifaan MNDF Southern Area S.Hithadoo Fire Station ge Sifain Nihvaalaifi https://t.co/gXFWe8Q7ix pic.twitter.com/DvJRb2YuK5
— MNDF (@MNDF_Official) March 21, 2018
އެމްއެންޑީއެފްގެ ޓްވީޓް.
އެމްއެންޑީއެފް ސަދަން އޭރިއާ އިން ބުނީ ދިރާމުލިގޭގެ ގޯތި ތެރޭގައި އޮތް ކާރުގައި ރޯކޮށްލިކަން ދަންވަރު 2:00 ހާއިރު އެންގުމާއެކު ހިތަދޫ ފަޔާ ސްޓޭޝަން އެ ގެއަށް ގޮސް އަލިފާން ނިއްވާލި ކަމަށެވެ.
މި ހާދިސާ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ހިތަދޫގައި މި ފަހަކަށް އައިސް ކާރުތަކުގައި ރޯކުރުން ވަނީ އާންމުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަނބިލި
21 March 2018
މިއީ ދެއްތޯ ޑިމޮކްރަސީއަކީ. ޕާޓީ ނިޒާމާއި ޑިމޮކްރަސީ ނޭގޭ ބައެއްގެ ތެރެއަށް މިކަންކަން އައިމާވާގޮތް މިއީ
ކްރޯޑް
21 March 2018
ހެޔޮ ނުވާނެ ޕާޓީ ކަންތަކުގަ މީހުންދެކެ ރުޅި އަޔަސް މީހުންގެ މުދަލަށް ގެއްލުން ނުދީބަލަ ހާދަ މަސައްކަތަކުން ހޯދާފަ ހުންނަ ތަކެއްޗޭ އެއީ ތިމާގެ މުދަލަކަށް އެހެން މީހަކު ގެއްލުން ދިނީމަ ކުރާ އަސަރު އެނގޭނީ
ބެއްޔާ އައްޑޫ
21 March 2018
މިއީ ވަރަށް ދެރަ ހިތާމަވެރި ކަންކަން. މީސްމީހުންގެ މުދަލަށް ގެއްލުން ދިނުން ހަރުކަށި އިބާރާތުން ކުއްވެރި ކުރަން. ފުލުހުން ގާފުރޮޅާނަމޭ ބުންޏަސް ގަބޫލުކުރަންދަތިވަނީ މާޒީގައި އެބޭފުޅުން ގާފުރޮޅައިގެން މިފަދަ ކަމެއްގެ އަސްލު ހޯދިފައި ނުވާތީ. ނަޝީދުގެ ވެރިކަމުގައި އޭރުގެ އެސްޔޫއެލްގެ އެމްޑީ ހުސަން ޝާހިދު ދުއްވި ސަރުކާރުގެ ވެހިކަލެއްގައިވެސް ހަމަ ތިޔަ ގޯތިތެރޭގައި އޮއްވާ ރޯކޮއްލާފައިވޭ.
އައްޑޫ ބަކުރު
21 March 2018
ތީކީމާބޮޑުކަމެއްނޫން ސަބަކީ ތިކަންކުރި ބަޔަކު ހޯދާނިމޭއިރަށް މަތީފަރާތުން އޯޑަރު އައްނާނީ ތިކަންކުރިބަޔަކު ދޫކޮއްލަން ސަބަކައްވާނީ ތިކަންކުރާނީ ކޮންމެވެސް ޒުވާންކުދިން ކޮޅަކައްވީތީ އެމީހުންގެ ވޯޓު 2018 ޔަގީންކުރަން ބޭނުންވާނެތީ.. މިގައުމުގަ ކުއްކުރާމީހާގެ ޕުރޮޓެކްޝަން މާބޮޑުވާނެ ސަބަކީ ސަރުކާރު ދަމަހައްޓަން އެމީހުންގެ ބޭނުން ވަރައްވެސް ބޮޑުވާނެތީ...
ފުންއަސަރު
21 March 2018
މިފަދަ ކަންތައް ކުރައްވާ ބޭފުޅުންނަށް ދަންނަވާލަންއޮތީ، ވަގުތީ ހިތްހަމަ ޖެހުމެއް ލިބުނަސް، ތީ ކުރަން ހެޔޮވާވަރުގެ ކަންތަކެއް ނޫނޭ. މީހަކަށް ގެއްލުމެއްދީފާ ތިމާއަށް މޮޅެއް ލިބޭނޭކަމަށް ހީކުރާ ހީކުރުން ހުއްޓާލާށޭ.