22 މާޗް 2018 - 12:31
މޮނާކޯ (މާޗް 22) – ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް މާރިއޯ ބަލޮޓެލީ އަށް އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ނުދިނުމުން އޭނާގެ އޭޖެންޓް މިނޯ ރިއޯލާ ރުޅިގަދަވެއްޖެ އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕަށް ފަހު ބަލޮޓެލީ އަށް އިޓަލީން ފުރުސަތެއް ނުލިބެ އެވެ. އެކަމަކު މި ސީޒަނުގައި ފްރާންސްގެ ނީސް އަށް 30 މެޗުން 22 ގޯލް ޖަހައިދީފައިވާ ފޯވާޑަށް، އާޖެންޓީނާ އާއި އިންގްލެންޑާ ދެކޮޅަށް ކުޅެން ވަގުތީ ކޯޗު ކުލިޖީ ޑި ބިއާޖިއޯގެ ސްކޮޑުން ފުރުސަތު ލިބޭނެ ކަމަށް އޮތީ ބެލެވިފަ އެވެ.
"ބަލޮޓެލީ އަށް ޖާގަ ދިނުމުގައި ފެއިލްވުމުން އަހަރެމެން މިތިބީ ހިތްހަމަނުޖެހިފައި،" ރިއޯލާ ބުންޏެވެ. "މައްސަލައަކީ ކޯޗެއް ނޫން. ފުޓްބޯޅަ ސިސްޓަމް މީގައި ގޯހީ. އަހަރެމެންގެ އޮތީ ޕްލޭނެއް ނެތި ކުރިމަގަށް ވިސްނުންތަކެއް ނެތި މަސައްކަތްކުރާ ފެޑެރޭޝަނެއް. ގައުމީ ޓީމު ތަމްސީލްކުރަން ޖެހޭނީ އެންމެ މޮޅު ކުޅުންތެރިން. އެހެންވީމާ އެންމެ މޮޅު ކުޅުންތެރިންނަށް ޖާގަ ނުދެންޏާ ދެން (ޓީމު ނަގާ) އުސޫލުތައް އަހަރެމެންނަކަށް ނޭގޭ."
ރިއޯލާ ބުނީ އެހެން ގައުމުތަކުގައި ގައުމީ ޓީމު ކުޅޭއިރު އެއީ އުފަލުގެ ވަގުތު ކަމަށާއި އިޓަލީގައި އެއީ ދެކޮޅުވެރިވާން ފަށަން ލިބޭ ސަބަބެއް ކަމަށެވެ. އަދި އިޓަލީގައި އެއްވެސް ޕްލޭނެއް، އަމިއްލަ ގޮތެއް ކަމަށާއި ކުރާ ހުރިހާ ވެސް ކަމަކީ ކޯޗު ބަދަލުކުރުން ކަމަށް ވެސް ބުންޏެވެ.
ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ޖިއަމްޕިއޭރޯ ވެންޗޫރާ ވަކިކުރުމަށް ފަހު އިޓަލީން އަންނަނީ އާ ފެށުމަކުން ފަށަން ކޯޗަކަށް ބަލަމުންނެވެ. އެކަމަކު ވަގުތީ ކޯޗު ޑި ބިއާޖިއޯ ނެގި ސްކޮޑުގައި ޖިއަންލުއިޖީ ބުފޮން ފަދަ ރިޓަޔާމަންޓާ ކައިރީގައި ހުރި ކުޅުންތެރިޔަކު ހިމެނުމުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އިޓަލީގެ ދާއިމީ ކޯޗަކަށް ގެންނަން މަސައްކަތްކުރާ ކޯޗުންގެ ތެރޭގައި އެންޓޯނިއޯ ކޮންޓޭ އާއި ކާލޯ އަންޗެލޮޓީ އާއި ރޮބާޓޯ މަންޗިނީ ހިމެނެ އެވެ.
އިޓަލީގެ ސްކޮޑުގައި މި ފަހަރު ހިމަނާފައިވާ ފޯވާޑުންނަކީ މި ވަގުތު އެންމެ ފޯމުގައި ހުރީ ޗީރޯ އިމޮބިލޭ އާއި ލޮރެންޒޯ އިންސީނޭ އާއި ފޯމް ދަށްވެފައިވާ އަންދްރޭ ބެލޮއްޓީ އާއި ސިމޮނީ ވާޑީ އަދި މެޗެއް ކުޅެފައިނުވާ ފެޑެރިކޯ ޗިއެސާ އާއި ޕެޓްރިކް ކުޓްރޯނޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެރޮގެންޓް ޑޯގް
26 March 2018
ހަމަ ނުޖެހޭނަގާގައް ބަލޮޓެލީ އެއީ ސުމެއް
ކަޑާ
23 March 2018
ޕެއްލޭ ވެސް
ބަލޯ
22 March 2018
ބަލޯ ދެރަ ނުވާތި ބުރޯ.. މީޑިއާއިން މި ކުޅުންތެރިއާގެ އަގު ވައްޓަނީ ނަންކިޔާފަ ތިތަ އުޅޭ ގިނަ މީހުންނަށް ވުރެއް މިސޮރު މާރަނގަޅު ދަނޑު މަތީގަވެސް ދަނޑު ބޭރުގަވެސް
އަސްލުހާލަތު
22 March 2018
ތި ރަޔޯލޯތީ ޔޫރަޕުގެ ފުޓު ބޯޅައަށް ވެސް ހުރި ބޮޑު ހުތުރެއް .ކަލޭ ކަހަލަ ބޯޅައެއްގަ ދުވަހަކު ފައިން ނުޖަހާ ލާރިއަށް ބޫތުކައިފަ ހުރި ވަގު ޑީލު ހަދާ މީހަކަށް ނޫންދޯ އެނގޭނީ އިޓަލީގެ ސިސްޓަމް އޮންނަންވީ ގޮތެއް.. 60 އަހަރުން 1 ފަހަރު ޔޫރަޕްކަހަލަ މޮލިފިކޭޝަނަށް އޮންނަ މަގު އުނދަގޫ އަދި ހާޑް ޒޯނެއްގަ ކުޅެގެން ވޯކްޑްކަޕަށް ކޮލިފައި ނުވުން އެއީ އެ ޤައުމުގެ ފުޓު ބޯޅަ ސިސްޓަމު ފެށުނީންސުރެއް ކަޑަކޮށް އޮތުމެއް ނޫން..ހަމަ އެސިސްޓަމުގެ ތެރެއިންދޯ ޔޫރޯ އާއި އޮލިމްޕިކް ކާމިޔާބު ކޮށް ދުނިޔޭގެ ޗެމްޕިއަންކަން 4 ފަހަރު ހޯދީވެސް. ވާނުވާ ނޭނގޭ ހާލު ހިމޭނުމް ހުރެވޭތޯ ބަލާ
ބަދީޢު
23 March 2018
ފުރެންޑޫ އެސޮރަށް ދިވެހި އެނގޭނެދޯ؟
މޯޑް
23 March 2018
ރިއޯލާ އަކީ ހަގީގަތުގައިވެސް ކަމުދާ މީހެއް ނޫން... ނަމަވެސް އޭނަ ބުންޏަސް އެއީ ރަނގަޅު ވާހަކައެއް... މާރިއޯ އަކީ މިވަގުތު އެންމެ ފޯމުގަ ހުރި އިޓަލީގެ އެއް ފޯވަޑް... މިފަހަރު ނެގި ފޯވަޑުންގެ ތެރެއިން މާރިއޯއަށް ވުރެ އިތުރަށް ލަނޑު ޖެހިފަ ހުރި ހަމައެކަނި ފޯވަޑަކީ އިމޮބިލޭ އެކަނި... ދެން ތިބި ފޯވަޑުންނަށް މިސީޒަންގަ މާރިއޯއާ ގާތް ކުރާ ވަރަށްވެސް ލަނޑު ޖެހިފައެއް ނުވޭ... އިޓަލީ އަކީ ނަސްލީ ތަފާތު ކުރުން ބޮޑު ޤައުމެއް... މާރިއޯ އަކީ ބައިނަލްއަޤްވާމީ ބޮޑު މުބާރަތެއްގައި އިޓަލީ ސީނިއަރ ޓީމަށް ކުޅުނު ފުރަތަމަ ކަޅު ކުޅުންތެރިޔާ... އެވެސް 2012 ވަނަ އަހަރު ޕްރެންދެއްލީގެ ކޯޗުކަމުގަ... އަދި އިޓަލީ ވާރލްޑް ކަމުން ކެޓީ އުނދަގޫ ގްރޫޕެއްގައި އޮތުމަށްވުރެ ޕްލޭ އޮފް ގައި ނިސްބަތުން އިޓަލީއަށްވުރެ ބަލިކަމަށް ބެލިފައިވި ސްވިޑްން އަތުން ބަލިވީމަ ބަލައިގަންނަން ދަތިވި...
އަސްލުހާލަތު
23 March 2018
އެނގޭނެ އެސޮރުގެ އޭޖެންޓްކަމުގަ ތިބޭ ދިވެހިމް މީގެ ތަރުޖަމާ އެސޮރާހަމައަށް ގެން ގޮސްދޭން..ޗެޕްޓަރ ކުލޯޒްޑް
ހަސަންމަނިކުފާނު
22 March 2018
އެޖެންޓަކަސް ނޫން ދެއްތޯ ނަގަންވީ ކުޅުންތެރިން އިނގޭނީ!
އެޑަމް
22 March 2018
އެސޮރު ކަޅުވީމަ އެމީހުނަށް ހުތުރުކަމަކަށްވަނީ... ބައެއް ޤައުމުތަކުގެ ވައްތަރު