ޓްރަމްޕާ އެކު ގުޅުން ބޭއްވި ކަމަށް ބުނި މޮޑެލް މެކްޑޫގަން.
24 މާޗް 2018 - 16:16
ވޮޝިންޓަން (މާޗް 24) - ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ގުޅުންތަކެއް ބޭއްވި މޮޑެލްއެއް ކަމަށްވާ ކަރެން މެކްޑޫގަލް، ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާގެ ކިބައިން މައާފަށް އެދިއްޖެ އެވެ.
ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ކުރީގެ ޕްލޭބޯއީ މޮޑެލް ބުނީ ޓްރަމްޕާ އެކު 10 މަސް ދުވަސް ވަންދެން ބޭއްވި ގުޅުމަށްޓަކައި މެލަނިއާގެ ކިބައިން މައާފަށް އެދޭނެ ކަމަށެވެ. މެކްޑޫގަލް ބުނީ ޓްރަމްޕާ އެކު ބޭއްވި ފުރަތަމަ ގުޅުމަށް ފަހު ޓްރަމްޕް ހުށަހެޅި ފައިސާއާ މެދު ދަރަވި ކަމަށާއި ގެއަށް ދިޔަ މަގުމަތީގައި ރޮވުނު ކަމަށެވެ.
ރައީސް ޓްރަމްޕާއި ވައިޓް ހައުސް އިން ވަނީ މެކްޑޫގަލްގެ ވާހަކަތައް ދޮގުކޮށްފަ އެވެ.
"އަހަރެން ފަހުން ވިސްނާލުމުން އެނގުނީ މި ކުރެވުނީ ގޯސް ކަމެއްކަން. އެކަމަށް އަހަރެން ވަރަށް ބޮޑަށް މައާފަށް އެދެން،" މެކްޑޫގަލް ބުންޏެވެ.
މެކްޑޫގަލް ވަނީ އޭނާގެ އެ ވާހަކަތައް ޓެބްލޮއިޑް ނޫހަކަށް ކިޔައިދިނުމަށް 2016 ވަނަ އަހަރު 150،000 ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ނަމަވެސް އެ އާޓިކަލް ޝާއިއުކޮށްފައެއް ނުވެ އެވެ. މެކްޑޫގަލް މިހާރު ދަނީ ނޫހާ އެކު ހެދި އެއްބަސްވުން އުވާލަން މަސައްކަތް ކުރަމުންނެވެ.
ބަރަހަނާ ފިލްމުތައް ކުޅެން މަޝްހޫރު ސްޓޯމީ ޑެނިއަލްސް ވެސް ވަނީ ޓްރަމްޕާ އެކު 2006 ގައި ގުޅުންތަކެއް ބޭއްވި ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ވާހަކަތައް އާއްމު ނުކުރާ މަތިން ޓްރަމްޕުގެ ވަކީލް ވަނީ 130،000 ޑޮލަރު ދީފައި ކަމަށް ވެސް ޑެނިއަލްސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަގީދާ ބަލިކަށި
25 March 2018
ޢަގީދާ ބަލިކަށިވެ، އީމާން ކަން ނެތުމުގެ ސަބަބުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވޮޑީގެންވާ ކަން ގަބޫލު ނުކުރެވޭތީ، ވަރަށް ގިނަ ގޯސް ކަންތައްތައް ކުރެވެއެވެ. އަދި ބުލެކް މެއިލް ނުކުރެވޭ ވެރިން ވަރަށް މަދު ވެއްޖެއެވެ.
Jimmy Falcone
24 March 2018
އަދި ހަނދާން ނެތި ޓްރަމްޕް އެ އެއްބަސްވުމުގައި ސޮއެ ނުކުރޭ!