އިންޑިއާގެ ފޮރިން ސެކްރެޓަރީ (ކ-2) އާއި އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ (ކ-3) ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. - ފޮޓޯ: ފޮރިން މިނިސްޓްރީ
28 މާޗް 2018 - 17:04
ބޭރު ގައުމުތަކުން ރާއްޖޭގައި ކުރަމުން އަންނަ ކަންކަމާ ނުބެހޭނެ ކަމަށް ބުނެ، އިންޑިއާ އަށް ނުރައްކާވެދާނެ ފަދަ ކަމެއް ޗައިނާ އިން ވެސް ނުކުރުމަށް އިންޑިޔާ އިން މިއަދު އިންޒާރު ދީފި އެވެ.
"އިންޑިއަން އެކްސްޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ޗައިނާ ފަދަ ގައުމުތަކުގެ ނުފޫޒުތައް ހުއްޓުވައި، ދެކުނު އޭޝިއާގެ ސަރަހައްދުގެ ބާރުގެ ގޮތުގައި އިންޑިއާ ކުރިން އޮތް ކަމުގައިވިޔަސް، މިހާރު އެކަން މުޅިންހެން ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
"ސަރަހައްދުގެ ބާރަކީ އިންޑިއާއެކޭ ނުބުނެވޭނެ. ޗައިނާ އިން ރާއްޖެ ނޫނީ ނޭޕާލްގައި ކުރަމުން އަންނަ ކަންކަން ނުހުއްޓުވޭނެ. އެކަމަކު، އަހަރުމެންގެ ހިޔާލުތަކާއި އުސޫލުތައް ކިޔައިދެވޭނެ. އެއާ ހިލާފުވާ ނަމަ، އެކަމާ ޒިންމާދާރުވާން ޖެހޭނީ ބެއިޖިން (ޗައިނާ)،" އޮފިޝަލް ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު އާސިމް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ސަލާމް ކުރައްވަނީ.
ދެކުނު އޭޝިއާ ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިގްތިސާދީ ގޮތުން ގަދަވާތީ އަވައްޓެރި އިންޑިއާ އިން ދަނީ އެކަމާ ދެކޮޅު ހަދައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖެ-ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ރާއްޖޭގެ ތަރައްގީގެ ގިނަ ކަންކަމަށް އެ ގައުމުން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް ރާއްޖެ-އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ޗައިނާއާ ޚިލާފަށް ރާއްޖޭގެ ސިޔާސީ މައްސަލަތަކާ ފަހަކަށް އައިސް އިންޑިއާ އިން ބެހި، ގޮތް ކިޔަމުން ދާތީ ދިވެހި ސަރުކާރުގެ ބައެއް އިސް އޮފިޝަލުންގެ ނުރުހުން ވެސް އިންޑިއާ އަށް ވަނީ އަމާޒުވެފަ އެވެ.
އިންޑިއަން އެކްސްޕްރެސްގައިވާ ގޮތުން އެގައުމުގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކްލޭ ކައިރި މުސްތަގުބަލެއްގައި ސްރީ ލަންކާއަށާއި ބަނގްލަދޭޝް އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ އެވެ. އަދި އެ ދަތުރުފުޅު އޮތީކީ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ނޫން ކަމަށް ވެސް އެ ނޫހުގައިވެ އެވެ.
ޗައިނާގެ "ސައުތު ޗައިނާ މޯނިން ޕޯސްޓް" އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފައިސަލް ވިދާޅުވީ އިންޑިއާ އާއި ޗައިނާ އަކީ ރާއްޖެ އަށް އެއްވަރަކަށް މުހިންމު ދެ ގައުމު ކަމަށާއި އެއިން އެއްވެސް ގައުމެއް ދޫކޮށްލައިގެން ދެކޮޅު ނުޖެއްސޭނެ ކަމަށެވެ.
ރާއްޖޭގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން އިންޑިއާ އިން ނެރުނު ބަޔާނުގައިވަނީ ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒުކޮށް ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ބޭއްވުމަށް ގޮވާލައިފަ އެވެ. ރާއްޖޭގެ ގާނޫނުއަސާސީގެ ހުރިހާ މާއްދާތަކެއް އަލުން އިއާދަކޮށް ސުޕްރީމް ކޯޓާއި ޝަރުއީ ނިޒާމު ފުރިހަމަކަމާ އެކު ހިންގުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލޫ
12 August 2020
އިންޑިޔާމީހުންބޭނުމެއްނޫން މިރާއްޖެއައް
ސޯލިހް
12 August 2020
ވީސަޕޯޓް ޗައިނާ ވިތް ރ.ޔާމިން
ވިލޫ
12 August 2020
ޗައިނާއަކީ ދިވެހިރާއްޖެ އައްރަންގަޑެއް
މޫސާ މިނިކް
12 August 2020
މިގައުމްއައްއެމްމެރަގަޅީ ޗައިނާ ވަރައްސާފް
ޢެފްބީއައި
30 March 2018
އިންޑިއާއަކީ ނިއުކްލިއަ ބާރެއް. މީ ވަރަށް ވާހަކަ
ހަސަން ކަލީމް
29 March 2018
އިްނޑިޔާ އާއި ދުރަށް ދިވެހި ރާއްޖެ ދާން ޖެހުނީ އިންޑިޔާ އިން ކަނތައް ކުރާ ގޮތުން މަޖުބޫރުވެގެން،. އިންޑިޔާގެ ބައެއް މީހުނަށް ހީވަނީ މިގައުމަކީ އިންޑިޔާގެ ބައެއް ކަމަށް. އެތާގެ ވިލެޖެއް ކަމަށް. އެކަމަކު ހަގީގަތުގައި މިގައުމަކީ ވަރަށް ޕްރޮގްރެސިވް ގައުމެއް. މިހާރު މިގައުމުގެ ވަރަށް ގިނަ ރައްއްޔިތުން އިންޑިޔާގެ އެއްވެސް ކަމަކާ ގަބޫލެއްނޫން. އިންޑިޔަން ސްޓެންޑަޑްސް ދިވެހީންގެ ވަރަށް ގިނަމީހުނަށް ކަމަކު ނުދޭ. ޚުދު މައަދު ވެރިކަމުގެ ދަހިވެތި ކަމުގަ، އިންޑިޔާ އާއި މާގާތް ގުޅުމެއް ބާއްވާކަމަށް ދައްކަވާ ރައީސް ނަޝީދުވެސް އިންޑިޔާގެ އެއްވެސް ކަމެއް ރަގަޅުކަމަކަށ
ބޮންދު ބޮންދު
29 March 2018
އިންޑިއާ ސަރުކާރުން ހިންގާ ރޭލްވޭގެ 100،000 ވަޒީފާ އަށް 20 މިލިއަން މީހުން ހުށަހަޅައިފައިވާ ކަމަށް ރޭލްވޭ މިނިސްޓްރީން ބުނެފި އެވެ. ލަދުގަނޭތަ؟؟؟؟؟؟
މޫސާ އަބުދުﷲ
29 March 2018
ބައެއްގެ ވާހަކަ ދެއްކޭފަދަ ހާލަތެއްގަ ތިބިބައެއްނޫން އިންޑިއާ އަކީ ދުވަހެއް ދުވަހަކަށް ވަޒީފާނެތް މީހުންގެ އަދަދު ދަނީ އިތުރުވަމުން އިގުތިސާދު ދަނީ ދަށަށް ގައުމުގެ ފައިސާގެ އަގު ދަނީވެއްޓެމުން ކޮރަޕް ސަން އިންތިހާޔަށް ވަނީބޮޑުވެފަ ރޭޕްކުރުމާ ފޭރުން ދަނީ އާންމުވަމުން ދުނިޔޭގެ ނިސްބަތުން ވަޒީފާނެތްމީހުންގެ އަދަދު އެންމެ ގިނައީ އިންޑިޔާގަ
ހުޔާ
29 March 2018
މާލޭގައި އުޅޭ އިންޑިއާ މީހުންނަށް ވިސާ ނުދީ ބޭރުކޮއްލަންވީ
ވަތުބަތާނަ
29 March 2018
ތި ދިނީ ވަރަށް ބިރުވެރި ނުރައްކާތެރި އިންޒާރެއް! ތިބޭފުޅުން ނޫންތޯ މި ގައުމާބެހި އެކަމުން ނެނެއްޓެވިގެން އުޅުއްވަނީ!މި ގައުމުން އިންޑިޔާއިން ކުރި ކޮންކަމަކާތޯ ބެހުނީ؟ މިސާލަކަށް ގެރިމަސް ކަޔޭ ކިޔައިންގެ ކިތަން މުސްލިމުން ހައްދުފަހަނައަޅާފައިވާ ހިންދޫއިން މަރައިފި، ކަޝްމީރުގެ ކިތަކެއް މުސްލިމުން މަރައިފީމު؟ މުސްލިމުންނާ އިދިކޮޅު ކިތައް ރޭވުން ރާވައިފީމު؟ ރާއްޖެއިން އެކަންކަމާ އެއްޗެކޭ ބުނިތޯ؟ ތިބޭފުޅުން ފުރަތަމަ މިގައުމާ ބެހުން ހުއްޓާލައްވާ.
އޭނާ
29 March 2018
އިއްތިހާދު އައުމުން ރަގަޅުވާނެ ...އޭރުން އިންޑިއާ ގެ ރުހުން ލިބޭނެ..މަޑުކޮއްލާ ޔާމީނު ސަރުކާރު ނިމެންދެން.