ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން (މ) އަދި އެ ޕާޓީގެ އިސް ބޭފުޅުން ބައިިވެރިވެވަޑައިގަންނަވަނީ: .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
22 މާޗް 2018 - 20:44
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ވެސް ރާއްޖޭގައި ގާނޫނުގެ ބާރު ފުރިހަމަ އަށް ހިނގާ ގޮތް ހެދުމަކީ މުހިއްމު ކަމެއް ކަމަށް އިންޑިޔާ އިން މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ 5 ވަނަ ދުވަހު ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު، 45 ދުވަހަށް ފަހު އުވައިލުމުން އެކަމަށް މަރުހަބާ ކިޔައި އިންޑިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ގާނޫނުއަސާސީގެ ހުރިހާ މާއްދާތަކެއް އަލުން އިއާދަކޮށް ސުޕްރީމް ކޯޓާއި ޝަރުއީ ނިޒާމު ފުރިހަމަކަމާ އެކު ހިންގުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
ނުފޫޒުތަކުން އެއްކިބާވެފައިވާ މަޖިލީހެއް ހިންގުމުގެ ފުރުސަތު ދިނުމަށް ވެސް އިންޑިޔާ އިން ދިވެހި ސަރުކާރަށް ގޮވާލާފައިވެ އެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒުކޮށް ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ބޭއްވުމަށް ވެސް އެ ގައުމުން ގޮވާލައިފައި ވެ އެވެ.
"ރާއްޖޭގެ ގާނޫނުއަސާސީގެ ހުރިހާ މާއްދާތަކެއް އަލުން އިއާދަކޮށް ސުޕްރީމް ކޯޓާއި ޝަރުއީ ނިޒާމު އިންސާފުވެރިކަމާ އެކު ފުރިހަމަ އަށް ހިންގުމުގެ ފުރުސަތު ދިނުމަށާއި ނުފޫޒުތަކުން އެއްކިބާވެފައިވާ މަޖިލީހެއް ހިންގުމުގެ ފުރުސަތު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. އަދި އެއާ އެކު ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ 1ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުކޮށް ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ބޭއްވުމަށް ވެސް ގޮވާލަމެވެ. ދިވެހި ސަރުކާރުން ސިޔާސީ ހަރަކާތްތައް ފުރިހަމަ އަށް ހިންގުމުގެ ފުރުސަތު ދީ ގާނޫނުގެ ބާރު ފުރިހަމަ އަށް ހިނގާ ގޮތް މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ހެދުމަކީ މުހިއްމު ކަމެއް ގޮތުގައި ދެކެމެވެ،" އިންޑިޔާގެ ބަޔާނުގައިވެ އެވެ.
އިންޑިޔާ އިން ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އެޅިދާނެ ފިޔަވަޅެއް ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖުތަމައުން ފާޅުކުރި ގިނަ ކަންބޮޑުވުންތަކަށް އަދި ވެސް ހައްލެއް ނުލިބޭ ކަން ބަޔާނުގައި ފާހަގަކުރި އެވެ.
ސަލާމަތީ ކަންކަން ގުޅިލާމެހިފައިވާ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް އެދެނީ އަމާންކަމާއި އޮމާންކަމަށް ކަމަށް ވެސް އިންޑިޔާ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޅާލާ
23 March 2018
ކޮން އިންތިޚާބުގެ ކުރިން އޭ ކިޔަންތޭ އިންޑިއާ ދަ ނޯކަރު އޮފް މޯލްޑިވިއާނޯސް ދޯ. އިންޑިއާ އިންތިޚާބުގެ ކުރިން ފެބް އެކެއްގައި ނެރުނު ދަ ނަހަލާލު ކޯޓް އަމުރު އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް. ޖަހާ ބެކަށް ދެން.
އަތްފުނާ
23 March 2018
އިންޑިޔާއިން ނޭންގޭނެ މިގައުމުގައި ކަންކުރަންވާ ގޮތެއް.ދިވެހިރާއްޖެއިންވެސް އިންޑިޔާގެ ސަރުކާރަށް ނުގޮވާ ފަގީރު އަވައްތަކަށް ސާފު ބޮޮފެނާއި ރަނގަޅުކާނާ ފޮރިކޮށްދޭކަށް އަދި އިންޑިޔާއިން އަސްކަރިއްޔާއަށް ކުރާ ހަރަދު ކުޑަކޮށްފައި ގައުމުގެ އިންކަމް ރަނގަޅު ކުރާކަށެއްނުބުނޭ އަދި ތިގައުމުގެ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަކުރާކަށެއްނުބުނޭ.
މަހަށްދޭބަލާށޭ
22 March 2018
އިންޑިއާ އިން ބަޔާން ތައް ނެރެލަ ނެރެލާ ތިބެން ޖެހޭނީ ތަމެންނަށް ކުރެވޭނެ ކުރާނެ އެއް ކަމެއް ވެސް ނޯންނާނެއޭ މީމަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. މަމެން ބޭނުން ގޮތެއް ހަދާލާނީ. އިންޑިއާ މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ.
އިންޑިްާ ހޯޕްހޯޕް
22 March 2018
މި ބަޔާނަށް މަރުހަބާ ކިޔަމެވެ.ޗައިނާ އާއެކު އޮތީ 25% ޕަސަންޓް އެވެ 75 % ޕަސަންޓް ވަނީ އިންޑިއާގެ ސަޔާސަތަށް ތާއީދު ކޮށެވެ.ކުރިއަށް ގެންދާށެވެ
ވާލުސޮރު
22 March 2018
ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަނުދޭން ސަރުކާރާ ހުރިހާ ދިވެހިން ފޫގަޅައިގެން ތިބި ދުވަސްވަރެއްގަ މަ އެންމެ ދެރަވަނީ ރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތަކަށް އިހާނެތިކޮށް ބަޔަކު ހިތާފަދައިން ކާއިނާތުގެ ވެރި ރައްބު ހަތް އުޑުމަތިން ބާވާލައްވާފައިވާ އަމުރުފުޅުތައްވެސް (ނޭނގިނަމަވެސް) އިހާނެތިކޮށް ހިތޭތަން ކެނޑި ނޭޅި ފެންނަމުންދާތީއެވެ. ރާއްޖޭގެ ފަތުވާ މަޖިލިހުން މިކަމާ އެއްޗެކޭ ބުނޭތޯ ވަރަށް އިންތިޒާރު އެބަކުރަމެވެ.
ހިންދުކޮޅު
22 March 2018
ބަލަމީއިންޑިޔާގެ އަވަށައްތަ ކަލޯމެން އަމިއްލައައް ކަންތައްތައް ރަގަޅުކޮއްބަލަ
ދަރަނިބޯ
22 March 2018
މިލިޓަރީ ވެރިކަން ކުރާއިރު ކޯޓުއަމުރަށް ތަބާވާކަށް ނުޖެހޭދޯ އެއީ ގާނުނީވެރިކަން ހަހަހަހަ
އެފް އެމް
22 March 2018
އިންޑިޔާ އިން ގޮވާލާ ގޮވާލުންތަކަށް ދިވެހީން ދީލާލުމީ ދިވެހިރާއްޖެ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި ހޭދަކުރި ދުވަސްތައް ތަކުރާރުކުރުން ފަދަ ކަމެއް ދިވެހީންނަށް އެންމެ ރަނގަޅުވާނީ އިންޑިއާއަށް ބާރު ނުފޯރާ ފަށުގައި ދިވެހިގައުމު އޮތުމަށް ކުރެވެން އޮތް މަސައްކަތެއް ކުރުން
ޟޮދި
22 March 2018
ދެން ދިވެހިން މިގޮވާ ގޮވުންތަކޯ
މާނިއު
22 March 2018
ވަކިގައުމަކުން ނޫނީ ވަކިބަޔަކުބުނާތީ އެކަމެއް ނުކޮށްތިބޭނީ މޮޔައިން. އިންޑިޔާނަމަވެސް ކުރާށޭ އެބުނަނީ ދިވެހިރާއްޖޭގަ ނުނިމި ހުރި މައްސަލަތަކުގެ ހައްލު. އެކަންނުކޮށް ގައުމަކަށް ރަނގަޅެއްނުވާނެ. ގައުމަށް ރަނގަޅު ނޭދޭނަމަ "ފުރަތަމަ ގައުމު" ކިޔުމުގެ ބޭނުމެއްކޮބާ.
ޅޮދީ
23 March 2018
ކާކުބާ ގޮވަނީ. 200 މީހުންނަކީ ރިއްޔިތުންބާ