ފްރާންސްގައި ކާރަކުން ޖައްސަން އުޅުނީ ޖޮގިންއަށް ނުކުމެ އުޅުނު ސިފައިންތަކެއްގެ ގައިގައި. --ފޮޓޯ:އޭއެފްޕީ
29 މާޗް 2018 - 17:41
ޕެރިސް (މާޗް 29) - ފްރާންސްގެ ދެކުނުގައި ޖޮންގިން އަށް ނުކުމެ އުޅުނު ސިފައިންތަކެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކުން ޖައްސަން އުޅުނު ކަމަށް ބެލެވުނު މީހާ ހައްޔަރުކޮށްފި އެވެ.
ފްރާންސްގެ އިރު ދެކުނުގެ ގްރެނޯބްލްގައި މައުންޓެއިން އާޓިލަރީ ރެޖިމެންޓުގެ ސިފައިންގެ ގައިގައި ކާރުން ޖައްސަން އުޅުނު ނަމަވެސް އެ މީހުން ވަނީ ސަލާމަތްވެފަ އެވެ. ކާރުގެ ޑްރައިވަރު ވަނީ އަރަބި ބަހުން ހަޅޭއްލައްވާފައި ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ. އެ ކާރުގައި އަންހެނަކު ވެސް އިންކަމަށްވެ އެވެ. އަދި އެއީ ވަގަށް ނަގާފައިވާ ކާރެއް ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ގްރެނޯބްލްގެ މާރުކޭޓަކުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފްރާންސް ސިފައިންތަކަކަށް ހަމަލާ ދޭން އުޅެފައި މި ވަނީ އެ ގައުމުގެ ހުޅަނގު ދެކުނުގެ ޓްރެބާގެ ސުޕަމާކެޓެއްގެ ތެރޭގައި ބަޔަކު ރަހީނުކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy