02 އެޕްރީލް 2018 - 11:40
އަލީ އަޝްފާގް (ދަގަނޑޭ)ގެ "ވިސްނުމުގެ" މައްސަލައެއް އުޅޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނި ނަމަވެސް އޭނާގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ނުފެންނަ ކަމަށާއި އޭނާ ހުރީ ހުރިހާ ގޮތަކުން ވެސް ފޯމުގައި ކަމަށް ނިއު ރޭޑިއަންޓުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނެފި އެވެ.
ގައުމީ ކޯޗު ވަނީ ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރުނުވުމުން ކަމަށް ބުނެ އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ ހަފުތާގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ސްކޮޑުން ދަގަނޑޭ ބޭރުކޮށްފަ އެވެ. އިންޓަނޭޝަނަލް ބްރޭކަށް ފަހު ކްލަބް ފުޓްބޯޅަ މިރޭ އަލުން ފަށާއިރު ދަގަނޑޭގެ ނިއު އިން އެސްޓީއޯ މާލޭ ލީގުގައި މިރޭ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.
"ގައުމީ ޓީމުގެ ކޯޗު ބުނެފައި ކަންނޭގެ އިނީ ދަގޭގެ މެންޓަލް މައްސަލައެއް އުޅޭ ވާހަކަ. އެއީކީ އަޅުގަނޑަށް އެހާ ގަބޫލުކުރެވޭ ވާހަކައެއް ނޫން. އަޝްފާގް ހަމަ ބަރާބަރަށް ހުރީ. އަޝްފާގް ހިއްސާނުކޮށް (ވެސް) އިނދެފާނެ ކަންނޭގެ. އަޅުގަނޑަށް ނޭގޭ. އޭތި ބޮޑަށް އެނގޭނީ އަޝްފާގަށް. އެކަމަކު އޭނާގެ ކުޅުމާ ޕާފޯމްނަށް އެއްޗެހިން ޕްރެކްޓިސްތަކުގައި ހަމަ ބަރާރަބަށް ހުރިހާ ކަމެއް ދަނީ. މާދަމާރޭ (މިރޭ) މެޗުގައި އެތަން ދައްކަން ވެސް ބޭނުންވާނެ ކަންނޭގެ" ސަމްޕަތު ބުންޏެވެ.
ދަގަނޑޭއާ އެއްކޮށް ގައުމީ ޓީމަށް ކުޅެފައިވާ ސަމްޕަތު ބުނީ ދަގަނޑޭގެ ފަރާތުން ރަނގަޅު ކުޅުމެއް މިރޭ ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އޭނާ ހުރީ ރަނގަޅު ފޯމެއްގައި ކަމަށެވެ.
"ނިއު ރޭޑިއަންޓުގެ އެއްވެސް މީހަކު ނުބުނާނެ ކަންނޭގެ އަޝްފާގާ ދިމާލަށް މެންޓަލީ މައްސަލައެއް އުޅޭ ކަމަށް. އެޔަށް ވުރެ މާ ބަރާބަރަށް ޓީމް މޯޓިވޭޓްކޮށް އެތާ ހަމަ ހުރިހާ ކުދިންނާ އެކު ވަރަށް ރަނގަޅަށް ކެޕްޓަނެއްގެ ޒިންމާ ނަގައިގެ އަޝްފާގް އުޅެނީ،" ސަމްޕަތު ބުންޏެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ވެސް ވަނީ ގައުމީ ކޯޗު ދެއްކި ވާހަކަތަކަށް އިޝާރާތްކޮށް ދަގަނޑޭގެ ދިފާއުގައި ވާހަކަދައްކައިފަ އެވެ. ނަޒީހު ބުނީ އޭނާ ކުއްލިއަކަށް ފަސް ނަމެއް ހަނދާންކޮށްލާއިރު އަންނަ ފަސް ނަމުގެ ތެރޭގައި ދަގަނޑޭ ހިމެނޭނެ ކަމަށާއި އެވަރުގެ ކުޅުންތެރިޔަކަށް އިހުތިރާމްކުޑަކޮށް ވާހަކަދައްކާއިރު އެކަމަށް ފުޓްބޯޅައިގެ މީހުން ބަސް ބުނަން ޖެހޭ ކަމަށެވެ.
"މި އަންނަނީ މުހައްމަދު ތަކުރުފާނު، ރައީސް މައުމޫން، (ރައީސް) ޔާމީން، (ރައީސް) ނަޝީދު، ދަގަނޑޭ. އަންނައިރު އޭނާގެ ބޮލަށް އެބަޖެހޭ ބޭސްކުރަން. މިއީ މައްސަލައެއްނޫންތޯ؟ ބޮލަށް ބޭސްކުރަން ޖެހޭވަރުގެ އޯޑިނަރީ ޕްލެޔަރަކަށް އޭނާ ހަދައިފި. އެހެންވީމާ މިހިރަ ކަހަލަ ބައިވަރުކަންތައްތަކެއް މިގައުމުގައި ހިނގަމުންދާ ދަނޑިވަޅެއްގައި އަޅުގަނޑުމެން ފުޓްބޯޅައިގެ މީހުން އެބަޖެހޭ ތެދުވެ ކޮންމެވެސް ވަރަކަށް މިއަށް ބަސް ބުނަން،" ނަޒީހު ބުންޏެވެ.
ނަޒީހު ވަނީ ދަގަނޑޭގެ ކެރިއަރުގެ އެންމެ ހާއްސަ މެޗުގައި އޭނާއާ އެއްކޮށް ގައުމީ ޓީމަށް ކުޅެފަ އެވެ. އެގޮތުން ދަގަނޑޭ ގައުމީ ޓީމަށް ކުޅެދިން ރަސްމީ ފުރަތަމަ މެޗުގައި 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހު މާލޭގައި މޮންގޯލިއާ ކޮޅަށް ރާއްޖެ 12 ލަނޑު ޖަހައި އަދި އޭގެ ތެރެއިން ދަގަނޑޭ ހަތަރު ލަނޑު ޖެހިއިރު ނަޒީހު ފަހު ހާފުގައި އަރައި ލަނޑެއް ވެސް ޖެހި އެވެ.
މިރޭގެ މެޗާ ބެހޭގޮތުން ނަޒީހު ބުނީ ނިއު އަކީ ޔަގީނުން ވެސް ހުރިހާ ގޮތަކުން ވެސް މި ވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އަދި ފެންވަރު ރަނގަޅު ފުޓްބޯޅައެއް ޓީމު ކަމަށާއި މެޗު ފަސޭހަނުވާނެ ކަމަށެވެ.
"ބަލިކުރަން އުނދަގޫ ވާނެ އެކަމަކު ނުވާ ނުވާވަރެއް ނޫން. ރަނގަޅު ދުވަހެއްގައި ރަނގަޅު ނަތީޖާއެއް ނެރެވިދާނެ (އަޅުގަނޑުމެންނަށް ވެސް)،" ނަޒީހު ބުންޏެވެ.
ފުރަތަމަ ދެ މެޗުން މޮޅުވެ ރަނގަޅު ފޯމެއްގައި އޮތް ޔުނައިޓެޑް ވިކްޓަރީ ވަނީ އެންމެ ފަހުން ކުޅުނު މެޗުން ކްލަބް ގްރީންސްޓްރީޓްސް އަތުން 5-0 އިން ބަލިވެފަ އެވެ. ނަޒީހު ބުނީ އެ މެޗުގެ ބޮޑުބައި ރަނގަޅަށް ކުޅެ ފުރުސަތު ހޯދީ އޭނާގެ ޓީމުން ކަމަށާއި އެ މެޗުން ބަލިވީ އޭނާގެ އަމިއްލަ އެދުމުގެ ސަބަބުން ކަމަށެވެ.
ނިއު ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ކްލަބް އީގަލްސްއާ 2-2 އިން އެއްވަރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗަށް ފަހު ނިއު އަށް މޮޅުނުވެވުނު ފުރަތަމަ ފަހަރެވެ.
ނަޒީހު ބުނީ އެ މެޗުގައި ނިއު އިން ކުޅުނީ ޕްލޭމޭކަރު ކަންޑޭލާ ނެތި ކަމަށާއި އޭނާ މި މެޗުގައި ހުރުމަކީ ޔުނައިޓެޑް ވިކްޓަރީ އަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށެވެ. އަނެއްކޮޅުން ޔުނައިޓެޑް ވިކްޓަރީގެ ބިދޭސީ ދެ ކުޅުންތެރިންނަށް ނުކުޅެވުމުގެ ކަންބޮޑުވުން އޮތް ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް އީގަލްސް އިން ފަހު ހާފުގައި ނިއު ރޭޑިއަންޓާ އެއްކޮށް އެ ކުޅުނު ބޯޅައެއް ނުކުޅޭނަން (އަޅުގަނޑުމެން). ފަހަތަށް ޖެހިގެން 11 މީހުން ޑިފެންސްކޮށްގެން އެކަމެއް ނުކުރާނަން. ބެލެންސް ފުޓްބޯޅައެއް ކުޅޭނީ،" ނަޒީހު ބުންޏެވެ.
ނިއުގެ އެސިސްޓަންޓް ކޯޗު ސަމްޕަތު ބުނީ އީގަލްސް މެޗުގެ ނަތީޖާގެ އަސަރެއް މި މެޗުގައި ނުކުރާނެ ކަމަށާއި ކަންޑޭލާ އެނބުރި އައުމަކީ ލިބިފައިވާ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. މިދިޔަ އަހަރު ވެސް ރަނގަޅު ފޯމެއްގައި އޮވެފައި ގައުމީ ޓީމުގެ ބްރޭކަށް ފަހު ޓީމުގެ ކުޅުމަށް އަސަރުކުރި ކަމަށް ސަމްޕަތު ބުންޏެވެ. އެކަމަށް މި ފަހަރު ވަރަށް ސަމާލުވާނެކަން އޭނާ ފާހަގަކުރި އެވެ.
"ގައުމީ ޓީމަށް ގޮސް އަންނައިރުގައި ކުޑަ ބަދަލެއް އައިސް އިންނަނީ. އަލުން (ޓީމް) ކޮމްބައިންކޮށްލަން ޖެހޭނީ. މެޗަކަށް ފަހު ރަނގަޅުވާނީ. އެކަމަކު މި ފަހަރު އޭތި އެހެން ވިޔަކަށް ނުދޭނެ. ކޯޗު ވިސްނާފައި އިންނާނީ (އެކަން) ތަޖުރިބާކުރެވިފައި އިނީމާ،" ސަމްޕަތު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލްމަލް
04 April 2018
މެންޓަލް މައްސަލައެއް އުޅެނީ ކޯޗުގެ. މިކަން އެފް.އޭ.އެމް އަށް ވިސްނޭނަމަ. މިއީ ބަޔަކު އަޝްފާޤުގެ ފުޓުބޯޅަ ކެރިއަރ ހަލާކުކޮށްލަން ކުރާކަމެއް..
އައްޑޫ
04 April 2018
ދުނިޔޭގަ ކަނ ހިގާގޮތް ދަސްކުރަންޖެ އޭގެން އިބްރަތްވެސް ލިބި ގަންނަންޖެހޭ ؟؟؟ ދަގޭކީ ރާއްޖޭގެ އުފެދުނު އެންމެ މޮޅު އެއް ޕްލޭޔަރ އެކަމަކު ވެސް އޭނަޔަކަށް ވުރެ ޤައުމު ކުޑައެއްނުވާނެ. ދުނިޔޭގެ ކޮން ކުޅުން ތެރިޔެއްތޯ ޤައުމީ ޓީމަށް ނުނެގީމާ ކުލަބްގަ ގޯލްޖަހާފަ ޤައުމީޓީމުގެ ކޯޗަށް މަލާމާތްކުރީ ؟ ބޮލަޓައްލީ އިޓަލީ ޓީމަށް ނުނަގަނީ ފެންވަރު ނެތިގެންތޯ ؟ ކަރިމް ބެންޒަމާގެ ފެންވަރު ނެތީތޯ ؟ ކަސިޔަސްގެ ފެންވަރު ނެތީތޯ އެއީ އެއްއިރެއްގެ ސްޕޭން ކެޕްޓަން ކިތަށް ތަށި ޤައުމަށް ހޯދަދިނީ ؟؟؟ މިހެންކަމުން ދަންނަވާނީ މީ ޤައުމީ ކޯޗްގެ ވަރަށް ފުރިހަމަ ނިންމުމެކޭ އޭނަ ހުރުމުން ޓީމަށް ލިބޭނެ ގެއްލުން މާބޮޑޭ ؟ ބަކާ މެން ނަމޫނާޔަކަށް ބެލުން ވަރަށް ރަގަޅު
މޮޑްރިޗް
03 April 2018
ކޮބާ ކޯޗު އޮސްކާ؟ ސަމްޕަތު މީ ކޮންތާކުން ނިކުމެގެން ކުއްލިއަކަށް އުޅޭ މީހެއްބާ؟
ހާމަ333
03 April 2018
ކަލޯ އިންޑިއާ ނޫޅޭނެ އަޝްފާގާއި އިމްރާނު ދެކެބިރަކުން...އެމީހުންގެ ޒުވާންކުޅުންތެރިން ވޯލްކަޕްގަ ދުނިޔޭގެ އެންމެ ވަރުގަދަ ގައުމުތަކާދެކޮޅަށްކުޅެފި...ނަތީޖާވެސް ގައިމު ގޯހެއްނޫން....ރާއްޖެ ކުޅުނު ނަމަ ބައިކޮޅަށް ލަނޑުގޯންޏެއް ވަންނާނެ....ދެން ތި ދުވަސްވީ ކުޅުންތެރިންނަށް އިހުތިރާމްދީފަ ޒުވާންކުޅުންތެރިންނަށް ފުރުސަތުދީ އާ ޓީމެއް އުފައްދަންވީ ވަގުތުމީ....އަބަދު އެއްބަޔަކު ނޫން ގައުމީޓީމުގަ ތިބެންޖެހޭނީ....
ހާމަ333
02 April 2018
ބައިޗުންގ ބުޓިއާއެއީ އިންޑިއާގެ ފުޓްބޯޅައިގެ ލެޖެންޑް އެއްދުވަސްވަރަކު....މިހާރު ސުނިލް ޗެޓްރީ...ބުޓިއާއަކަށް އިންޑިއާ ޑިޕެންޑެއްނުވޭ...ދަގޭއަށް މަވެސް ސަޕޯޓްކުރަން އެކަމު ގައުމީޓީމު ޒުވާންވާން އެބަޖެހޭ....ޒުވާންކުދިންނަށް ފުރުސަތުދޭންޖެހޭ....ދިވެހި ފުޓްބޯޅައިގެ އުޅޭނެ ދެ ސަޅިބާސާ އެއީ ސުޒޭނާއި ނަޒީހު...އެދެމީހުން ގަބޫލުކުރާގޮތުގައި ދެން އެންމެ ވިސްނެނީ އެމީހުނަށް...ދެން ނިއުގެ ސްޕެއިން ކޯޗު ބަހައްޓާފަ ސަމްޕަތު މި އިންޓަވިއުދީ ބަސްބުނަން މިޖެހެނީ ކީއްވެ..
ގޯ ބްލޫސް
02 April 2018
އަހަރެންމީ އަޝްފާގަށް ވަރަށް އިޙްތިރާމްކުރާ މީހެއް. އަދި ޤައުމީ ކޯޗަށްވެސް އިޙްތިރާމްކުރަން. އަޝްފާގު ޕްރެސްއަށް ނުދިޔައުންއެއީ މައްސަލައެއް. ކެޕްޓަންވިއްޔާ ދާނެ. ދުނިޔޭގެ ހުރިހާ ޕްރޮފެޝަނަލް މޮޅެތި ލީޑާރޝިޕްހުރި ކުޅުންތެރިން ކަންތައްކުރަނީ މިގޮތަށް. އެކަމަކު ޓީމުން ބާކިީ ކުރުންއެއީ ގޯސްކަމެއްކަމަށް ފެންނަނީ. އަދަބަކަށް ކެޕްޓަން ބޭންޑް ނެގިދާނެ. ދެން އަނެއްކޮޅުން ހިތާމަކުރަންޖެހޭ ކަމަކީ އަޝްފާޤުއާއި އެއްފެންވަރު ނުވަތަ އެއާއި ކައިރިކުރާވަރުގެ ކުޅުންތެރިޔަކުވެސް މިޤައުމުގަ އަދި އުފެދިފައި ނެތްކަން. މިހާރު އަހަރެން އެންމެ އުންމީދު ކުރަނީ ނާއިޒުއަށް. އާއިލާ ކުއްޖަކަށްވާތީވެ ދޭންބޭނުންވާ ނަސޭހަތަކީ ފިޓްނަސް ލެވެލް ހިފަހަށްޓައިގެނެ އަބަދުވެސް ކޯޗުނެ ދޭ އިރުޝާދުތައް ކަނުލާ އަޑުއަހައި އެއާ އެއްގޮތަށް ކުޅުން ބައްޓަންކުރަން. ނާއިޒްގެ ސްކިލް އެބަހުރި. ޕޭސް އެބަހުރި. ރަނގަޅު ކޮށްލަންޖެހެނީ ޑިސިޝަން މޭކިންގްއާއި ބޯލް ކޮންޓްރޯލިން. ހީކުރަން އަޝްފާގުގޮތަށް ޤައުމަށް ރީތިނަން ހޯދައިދޭނެކަމަށް.
ްަޒސޤޢށޤ
02 April 2018
ނަމެއްގައި ޔެސް ޓީވީ ނަމުގައި ކުޅިވަރު ޗެނަލެއް ހުޅުވި އެކަމް މެޗެއް ނުދައްކާ
ރަށުމީހާ
02 April 2018
އަޅުގަނޑުމެން ދިވެހި ފުޓުބޯޅަޔަށާއި އަޝްފާގަށް އޮންނަ ލޯތްބެއްގެ ސަބަބުން މިރޭގެ މެޗު އެއްވެސް ޗެނަލަކުން ފެނޭތޯ ބަލާލިން. މިތާތިބި ބައެއް މީހުންބުނާގޮތަށް ގްރޫޕްހަދާފަ ކަންމަތީ ކުދިންކޮޅެއް ގޮސް ކުޅޭ ކުޅުމަކާ ތިޔޮށްބޮޑު މާލޭލީގަކާ ތަފާތެއް ނެތް. އެހެންނޫންނަމަ ގައިމު މީޑިއާ ޕާރޓްނަރ އެއް އުޅޭނެދޯ. ޔެސް ޓީވީ އަކީ ދިވެހި ކުޅިވަރަށް ހާއްސަ ޗެނަލެކޯ ކިޔާ އަޑުއަހަން. އޭގެން ފުޓުބޯޅަ މެޗު އަންނަގަޑީގަ ކޮންމެސް ބަޔަކު ލަވަކިޔާތަން ނޫނީ ނުފެނޭ.
ރަންބުއްދި
02 April 2018
ހީވަނީ ގައުމީ ކޯޗު ރާއްޖެ އައުމުގެ ކުރިން އިންޑިޔާގެ ފެޑަރޭޝަނުގެ ބަޔަކާ ދިމާވެފަ ހުރިހެން، އެމީހުންނާއެކު ޑީލެއް ހަދައިގެން ރާއްޖެ އައިސް ދިވެހި ޓީމުގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން ބަޔެއް ކުޅުންތެރިން ގުއި ކޮށްލަން މި ކޯޗު އެބަ މަސައްކަތް ކުރެޔޭ ބުނުން ވެދާނެ ތެދަކަށްވެސް، އައިގޮތަށް އައިސް 17 ދުވަސް ތެރޭގައި ސަރަހައްދުގެ ބިރެއްގެ ގޮތުގައި ހުރި އަޝްފާގު ވައިކޮށްލަން ކޯޗު ފެށީ، ދެން ޖެހިގެން ހުރި އަޑުބަރޭ، އިމްރާން ވެސް އެނބުރި ގައުމީ ޓީމަށް ގެންނަން ކޯޗު އުޅުނީ އިމްރާންވެސް ގެނެސްފަ ބޮލުގަ ނުބައި ތާކިހަލެއް އަޅުވާފަ ދޫކޮށްލަން ކަމަށްވުމީ އެކަށީގެންވާ ކަމެއް ކަންކަން މިހިރަ ހިމުންވަމުން އަންނަ މަގުން، އިންޑިޔާ ޖެހިލުންވާނެ އަޝްފާގު ދެކެ، އިމްރާން ދެކެ، އެހެންވެ ސާފް ޗެމްޕިއަންޝިޕަށް މަގު ކޮށައިދޭން ކޯޗު އިންޑިޔާއެކު ޑީލެއް ހެދީކަމަށް ވިސްނުމުގެ ފުރުޞަތު އެބައޮތް
ލީގު
02 April 2018
މާކެޓިންގް ބަޖެޓު ނެތިއްޔާ ކީއްކުރަން ބާއްވާ ލީގެއް. ތިލީގަށް ކިޔަންވީނު ބިކާރީލީގު.