ވިޔަފާރި / މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު)

ސަރުކާރުން ބޭނުންވާ މަންޒަރު މަގުމަތިން ފެނިއްޖެ!

ޕީޕީއެމުން ބޭއްވި ޖަލްސާގައި، މިނިސްޓަރު ސައީދު ބައިވެރިވެވަޑައިގަންނަވަނީ: ވިދާޅުވަނީ ގޮންޖެހުންތައް ހުއްޓަސް ގަވައިދު ތަންފީޒު ކުރާނެ ކަމަށް -- ފައިލް ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"މާލޭގައި ކުނިގޮނޑެއް އޮތް ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު. ކޮބައިތޯ މިހާރު އެ ކުނިގޮނޑު؟" އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު ސުވާލު ކުރެއްވި އެވެ. "މިއީ ފޮނިކަނޑާ ސަރުކާރެއް ނޫން. އަޅުގަނޑުމެން ހުންނާނީ ނަތީޖާ ދައްކާފައި. އެހެންވެ ޓްރެފިކް މައްސަލަ ހައްލު ކުރެވިދާނެތޯ، މިއީ ވެސް ސުވާލު އުފައްދަން ޖެހޭ ވަރުގެ ކަމެއް ނޫން."

"އަޅުގަނޑުމެން މިކަން ކުރާނަން. މިކަމުގައި އަޅުގަނޑުމެން ބޭނުން ވަނީ އާންމުންނާއި ވިޔަފާރިވެރިންގެ އެއްބާރުލުން."

މާލޭގެ ޓްރެފިކްގެ މައްސަލައަކީ ގޮވަން ކައިރިވެފައި އޮތް "ބޮމެއް" ކަމަށް މިނިސްޓަރު ސިފަ ކުރެއްވި އެވެ. އޭނާ ވިދާޅުވަނީ، އެހެން ސަރުކާރުތަކުން އަޅާނުލައިގެން ދިޔަ މައްސަލަތަކުގެ ތެރެއިން މި ސަރުކާރަށް ވާރުތަވި، ހައްލުކުރަން އެންމެ އުނދަގޫވި އެއް މައްސަލަ އަކީ އެއީ ކަމަށެވެ.

"ރާއްޖޭގައި އިގްތިސާދީ މަސައްކަތްތައް ފެށިގެން 40 އަހަރު މިވީ. މި 40 އަހަރުގެ ތެރޭގައި ދިމާވެފައިވާ މައްސަލަތަކަށް އަޅުގަނޑުމެން ހަތަރު އަހަރުން މި ހައްލު ގެންނަނީ. ޓްރެފިކް މައްސަލައަކީ މީގެ ތެރެއިން އެއް މައްސަލަ،" އިކޮނޮމިކް މިނިސްޓްރީގައި ހޯމަ ދުވަހު "މިހާރު"ގެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވި އެވެ. "ރައީސް ޔާމީން ބްރިޖް މި އަޅުއްވައިދެއްވަނީ. މާލޭގެ މަގުތައް މި ފުޅާކުރަނީ. ހެލްތު ސެކްޓާ އެތައް ގުނައެއް ރަނގަޅުވެގެން މި ދިޔައީ. އެއާޕޯޓް ޑަބްލް ޓްރިޕްލް ވެގެން މި ދިޔައީ. ހުޅުމާލެ އެތައް ގުނައެއް ބޮޑުވެގެން މި ދިޔައީ. ކަންކަން ހައްލު ނުވޭތޯ؟"

ގަވައިދަށް އަމަލު ކުރަން ފެށުމުގެ ކުރިން މިނިސްޓަރު ސައީދު ވިޔަފާރިވެރިންނާ ބައްދަލު ކުރައްވަނީ. - ފައިލް ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ޓްރެފިކް ހައްލު ކުރާނީ ކިހިނެއް؟

މުދާ އުފުލުމަށް ވަކި ގަޑިތަކެއް ހަމަޖައްސައި، އެކަމަށް މިދިޔަ އާދިއްތަ ދުވަހު އަމަލުކުރަން ފެށުމަކީ ޓްރެފިކްގެ މައްސަލަ ހައްލުކުރަން ސަރުކާރުން ފުރަތަމަ އެޅި ފިޔަވަޅެވެ. މިނިސްޓަރު ވިދާޅުވީ، މިއީ ހަމަ އެހެން ތިބެލާފައި ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ އަތުގައި ދިރާސާތައް އެބަހުރި. މިއީ ދުރާލާ ރޭވިގެން ތައްޔާރުވެގެން ފެށި ކަމެއް،" ސައީދު ވިދާޅުވި އެވެ. "މާލޭގެ ސައިޒާއި އާބާދީ އާއި މާލޭގެ ޓްރެފިކަކީ އެތައް ޒަމާނަކުން ފެށިގެން ދެމިގެން އައި މައްސަލަތަކެއް. ރައީސްގެ ވަރަށް ބޮޑު އިކޮނޮމިކް އެޖެންޑާއެއް އެބައޮތް. މިހާރު މި އަންނަ މަޝްރޫއުތަކަކީ އެކަމާ ގުޅިގެން އަންނަ އެއްޗެހި. މި މަޝްރޫއުތައް ހިންގުމަށް ޓަކައި ޓްރެފިކަކީ ވަރަށް ބޮޑު މައްސަލައެއް."

އެ މައްސަލަ ހައްލު ނުކޮށް، މާލެ ތަަރައްގީކޮށް، އިގްތިސާދު ފުޅާކުރުމަކީ ސަރުކާރަށް އޮތް ހުރަހެކެވެ. އެހެންވެ، އެކަމަށް ހައްލު ގެނައުމަށް ޓަކައި ހުޅުލެ އާއި ހުޅުމާލެ އަދި މާލެ ވެސް ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަރަށް ބޮޑު ޕްލޭނެއް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ލޯންގް ޓާމް ސޮލިއުޝަނެއް މިކަމުގައި ނެތީއެއް ނޫން. ލޯން ޓާމް ޕްލޭނެއް އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ. "ޓްރެފިކްގެ މައްސަލަ ހައްލު ކުރުމަށް އާ ގަވައިދަށް އަމަލު ކުރަން މި ފެށީ އޭގެ އެއް ކަމެއްގެ ގޮތުގައި. އަދިވެސް ބައިވަރު ކަންކަން އެބަހުރި. މިހާރު ހުޅުމާލޭގައި ވެސް ސިންގަޕޫރުގެ ތަޖުރިބާކާރުންގެ ލަފަޔާ އެކު އެ ޕްލޭން ކުރިއަށް އެބަދޭ."

"ބައްލަވާ ބްރިޖް ނުވޭތޯ [ޓްރެފިކްގެ] ހައްލަކަށް؟ ހުޅުމާލޭގެ އެކްސްޕެންޝަން، ހުޅުލޭގެ ކާގޯ ސަރަހައްދު ފަސް ގުނަ ބޮޑުކޮށް މި ތަރައްގީ ކުރަނީ. އެކަން ނުވޭތޯ މީގެ ހައްލަކަށް؟ މާލޭގެ އިންޑަސްޓްރިއަލް ޒޯން މި ތަރައްގީ ކުރަނީ ޕާކިންގެ ބޮޑެތި އޭރިޔާތަކާ އެކު. ނުވޭތޯ ހައްލަކަށް؟" މިނިސްޓަރު އެއްސެވި އެވެ. "އަޅުގަނޑުމެންގެ ޕްލޭންތައް އެބަހުރި މި ތޮއްޖެހުންތައް ކުޑަކުރުމަށް. މާލޭ ކޮމާޝަލް ބަނދަަރު ތިލަފުއްޓަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ އަބަދު ވެސް ވިސްނުމެއް. އޭގެ ބައިތައް އަޅުގަނޑުމެން ފަހުން ދަންނަވަމުން ގެންދާނަން."

ގަވައިދަށް އަމަލު ކުރަން ފެށުމުގެ ކުރިން މާލޭގެ މަގެއްގައި ޓްރެފިކް --ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ބޭނުންވާ މަންޒަރު އެބަ ފެނޭ

ދުވާލު މަސައްކަތް ކޮށް، ރޭގަނޑަކީ ހުސް ވަގުތު ކަމަށް ޒަމާނުއްސުރެ ދިވެހިން ދެކެމުން އައި ނަމަވެސް، އާދިއްތައިން ފެށިގެން އެކަން ވަނީ ބަދަލުވެފަ އެވެ. މުދާ އުފުލުން ހަވީރު 6ގެ ފަހަށް ބަދަލުކޮށްލުމާ އެކު ބައެއް އާންމުންނާއި ވިޔަފާރިވެރިންގެ ޝަކުވާ އަކަށް ވެސް ވީ އެކަމެވެ. އެހެން ނަމަވެސް މިނިސްޓަރު ތަކުރާރުކޮށް ވެސް ވިދާޅުވީ ގަވައިދަށް ހޭނިލަން ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.

އެކަމަކު މި ގަވައިދާ އެކު އެހެން ބައެއް މައްސަލަތައް ވެސް އެބަ ނުކުމެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ މުދަލުގެ އަގު ބޮޑުވުމެވެ؛ މަޖޫރީންގެ މައްސަލަ އެވެ؛ ފެން ކަހަލަ ބައެއް ތަކެތި ލިބުން ދަތިވުމެވެ.

"އެކަމަކު ކީއްވެގެން ކޮން ކަމަކާތޯ މުދަލުގެ އަގު ބޮޑުވާންވީ؟... އެއްވެސް ސަބަބެއް ނެތް،" އެ ސުވާލުތަކަށް ވަރަށް ކުރުކޮށް ޖަވާބު ދެއްވި އެވެ.

"އެސްޓީއޯ އިން ވެސް އެތައް ފަހަރަކު ޕެޓްރޯލް އަގު ހެޔޮކޮށްފި. އެކަމަކު މުދާ އަގު ހެެޔޮވިތޯ؟ ހެވެއް ނުވޭ. ކާކުތޯ އެ ވާހަކަ ދައްކަނީ. އެހެންވީމަ، އުޒުރެއް ދެއްކިދާނެ ރޭގަނޑު މުދާ އުފުލަން ޖެހޭތީ އަގު ބޮޑުވަނީއޭ ކިޔައިގެން. އެކަމަކު އެއީ އުޒުރެއް ނޫން. މިހެން ހެދިޔަކަސް މުދާ އަގުބޮޑުވާން ޖެހޭ ސަބަބެއް ނެތް. އެއްޗެހި ނުލިބޭން ޖެހޭ ސަބަބެއް ވެސް ނެތް."

މުދާ އުފުލުން ރޭގަނޑަށް ބަދަލު ވުމާ އެކު މަގެއްގައި ބަޔަކު ރޭގަނޑު މުދާ އުފުލަނީ -- ފައިލް ފޮޓޯ: ހުސެން ވަހީދު /މިހާރު

ސައީދު ވިދާޅުވީ މާލޭ ބާޒާރުން މުދާ މި އުފުލަނީ ތިން ކެޓަގަރީއަކަށް ކަމަށެވެ. އޭގެ ތެރެއިން އެއް ދާއިރާ އަކީ މާލެތެރެއަށް، ދެން ރިސޯޓްތަކަށް އަދި ރަށްރަށަށް ކަމަށް ވިދާޅުވި އެވެ. އިގްތިސާދާއި ވިޔަފާރި މިހާރު މިއޮތީ ދެ ގުނަ މައްޗަށް ގޮސްފައި ކަމަށާއި އޭގެ މާނައަކީ ޓްރެފިކް ވެސް ޑަބަލްވުން ކަން އާންމުން ގަބޫލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ސަރުކާރުން އެބަ ފިޔަވަޅު އަޅަން ޖެހޭ ޓްރެފިކް ރެޑިއުސް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ. "އެއީ ސަރުކާރުގެ ޒިންމާއަކީ. އެކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަކީ ސަރުކާރުގެ ކަމެއް. ދެމެހެއްޓެނިވި ހައްލަކީ ތިމާވެށީގެ ގްރީން ޕޯސްޓަރެއް ޖަހައިގެން އޭގެ ފަހަތުގައި ތިބެގެން ގައުމު ހަލަބޮލި ކުރުމެއް ނޫން. ދެމެހެއްޓެނިވި ތަރައްގީ އަކީ އިންސާނާ އާއި ތިމާގެ ވަށައިގެން އަންނަ އިމްޕެކްޓް ޒިންމާދާރު ކަމާ އެކު މެނޭޖް ކުރުން. އެކަން މި ސަރުކާރުން މި ކުރަނީ."

މި ހުރިހާ ގޮންޖެހުމާ އެކު ވެސް، މިނިސްޓަރު ވިދާޅުވީ ޓްރެފިކް ގަވައިދު ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ގަވައިދު ވަޔަލޭޓް ނުކުރާނެ ކަމަށެވެ.

"އެއްވެސް ބަޔަކު ބޭނުންވެގެން، އެއްވެސް ޕްރެޝަރެއް އައިސްގެން މި ގަވައިދު އުވައެއް ނުލާނަން،" ސައީދު ވިދާޅުވި އެވެ. "އަޅުގަނޑަށް ޔަގީން ތި ބޭފުޅާ ވެސް ބޭނުމެއް ނުވާނެ މި ގަވައިދު އުވާލާކަށް. މާލޭގައި އުޅޭ އެކަކު ވެސް ބޭނުމެއް ނުވާނެ މި ގަވައިދު އުވާލާކަށް. ވިޔަފާރިވެރިން ވެސް ބޭނުމެއް ނުވާނެ."

"މިކަމަށް [ޓްރެފިކް މައްސަލަ އަށް] ސޮލިއުޝަނެއް އެބަ އަންނަން ޖެހޭ. މިއީ އެންމެން ވެސް ގަބޫލު ކުރާ ކަމެއް."

ދެ ދުވަހުގެ ތަޖުރިިބާ އިން ސަރުކާރަށް ފެނުނީ ވަރަށް ޗާލު މަންޒަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ބައެއް ދަތިތައް ހުރި ނަމަވެސް، ޖުމްްލަކޮށް ފެނުނީ އުފާވެރި ކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމަކު މި ނިޒާމްގެ ތެރެއަށް ފަރިތަވާން އަދި ވަގުތު އެބަ ބޭނުންވޭ. ކުރިއަށް އޮތް ހަތަރު ފަސް ދުވަހެއްގެ ތެރޭގައި އަދި މިއަށް ވުރެ ބޮޑަށް ވެސް މަގުމަތި ފަސޭހަވެގެން ދާނެ ކަމަށް މި ބަލަނީ،" ސައީދު ވިދާޅުވި އެވެ. "ޔެސް، އަޅުގަނޑުމެން ބޭނުންވާ މަންޒަރު މަގުމަތިން މިހާރު އެބަ ފެނޭ."

54 ކޮމެންޓް, 170 ރިއެކްޝަންސް

icon happy icon happy 34%
icon sad icon sad 1%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަޖޫރީން

09 April 2018

މިއީ ކާންދޭ އަތުގައި ދަތްއަޅާ މީހެއް. ވީއިރު ފަގީރުމީހާޔަށް ހަދާލާނެގޮތް ހިތައްވެސް ނާރާނެ. މިބޭފުޅާގެ ވަޒީފާ ގެއްލޭ ދުވަހަކުން މަޖޫރީންނާއި ކުރިމަތިލާނީ ކޮން މޫނަކައިގެންތޯ.... އެދުވަހަކަށް އިންތިޒާރުކުރަން.. މިނިސްޓަރޫ ބަލަގަ ރިޒުގު ދެއްވަނީ ﷲ. މަޖޫރީންގެ ރިޒުގެއް ތިބޭފުޅާއަށް ބަންދު ނުކުރެވޭނެ. ކޮންމެ މީހަކުވެސް މަރުވާނީ ދައްކަވަން ހުރިތަނެއް ދައްކަވާފަ.. ކޮބާ އަދީބު؟ ކޮބާ ކާާނަލް ނާޒިމް؟ ކޮބާ ކޮމިޝަނަރ ރިޔާޒު؟ ކޮބާ ކަމިޝަނަރ އަރީފް؟ ކޮބާ މައުމޫން؟ ލިސްޓްގެ ފަހަތަށް "ކޮބާ ސައީދު؟" މިހެން ލިޔެފަ އޮންނަތަން ވަރަށް ދެކޭހިތްވޭ..

The name is already taken The name is available. Register?

ހަސީން

07 April 2018

އާދަޔާޚިލާފު ފޮނިބޭކަލެއް.

The name is already taken The name is available. Register?

ޢަލިބޭ

05 April 2018

މިހާރުވެސް ބޮޑެތި ލޮރީތައް އެ ކުންފުނިތަކުގެ މީހުންގޮވައިގެން އެއްތަނުން އަނެއްތަނަށް ދުއްވާތީ ފުރަތަމަ ދުވަހަށްވުރެ މަގުތައް ބާރު ބޮޑުވަމުން އެބަދޭ. އަދި ކުދި ޕިކަޕުތައްވެސް އެބަ ބިނަވޭ. މިކަން ބަލާނެ މޮނިޓަރކުރާނެ ބަޔަކު ނިކުންނަށް އެބަޖެހޭ.

The name is already taken The name is available. Register?

‫މުރިޝިދު

05 April 2018

‫ޓރެފިިކަށް ގެނައި ބަދަލާއިއެކު މާލޭގެ ވައިވެސް ވަރަށް ބޮޑަށް ސާފުވެެއްޖެ

The name is already taken The name is available. Register?

ޑާޑާޑާޑާޑާ

05 April 2018

ވަކަ މީ ދުރު ނޫން މުސްތަޤްބަލެއްގަ ރައްޔިތުންގެ ކުރުދޮށިން ބައްލަވާނެ މީހެއްކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

05 April 2018

މިނިސްޓަރަށް ސުވާލެއް، ޓްރެފިކަށް ހައްލު ގެންނަން ތިގެނައި ބަދަލަކީ މިނިސްޓަރަށް ފެނިވަޑައިގެން ގެންނެވި ބަދަލެއްތޯ، ނޫނީ ރައީސް ޔާމީނުގެ ވިސްނުންފުޅު ތޫނުކަމުން ގެންނެވި ބަދަލެއްތޯ!؟

The name is already taken The name is available. Register?

މަންސޫރު

04 April 2018

މުޅި މާލެއަކީ ބޮޑު ކުނިގޮނޑެއް. މިނިސްޓަރު ދިރިއުޅުއްވަނީ އަނެއްކާ މިއަދު ކޮން ގައުމެއްގައިބާ؟

The name is already taken The name is available. Register?

ނަގުދު

04 April 2018

ފެނޭތޯ އެނގޭތޯ ބައްލަވަން ފިހާރަ އަކަށް އަޅެ މަސައްކަތުންވެސް ބެލީމަ އެނގިވަޑައިގަންނަވާނެހެން ހީވަނީ ހުރިތަފާތު.

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

04 April 2018

ބުރަމަސައްކަތުން ލޯ ބޯ ފިއްސައިގެން މަސައްކަތްކޮށް ޤައުމުގެ އިޤްތިސޯދު މިހިސާބަށް ގެނެސް ހަމައެކަނި ޓެކުހުގެ ގޮތުގައިވެސް 12 ބިލިޔަން ރުފިޔާ ޔަޤީންވެފައި ވަނިކޮށް “އޮޅުން ބޮޅުން ގަނޑެއްގެ ތެރެއިން ވެރިކަންހިންގުމަށް ހަވާލުވި ބަޔަކު” ހީކުރަނީ “އެމްއެމްޕީއާރުސީގެ ތެރެއިންަ ފައިސާ ހަދާލިހާ ފަސޭހައިން ހަދާލެވޭ އެއްޗެއްކަމަށް” މިދެންނެވި ކަންކަމަކީ. . . . . ﷲ ގެ މިންވަރު ފުޅާއި އެކު “އަހަރުމެން ދިވެހިން ދެކެން ބޭނުން ދުވަސް” އައުމަށް ދެން އޮތީ މަދު ދުވަސްކޮޅެއް. . . . ހައެއް ނުވަތަ 7 މަސް ދުވަހުގެ ތެރޭގައި ރައްޔިތުން ދެކެންބޭނުންވާ ދުވަސް އައިސް ޤާނޫނި ބާރުވެރިކަން އަބުރާ ރައްޔިތުންނަށް ލިބޭނެ.

The name is already taken The name is available. Register?

ފޭކުއިކޮނޮމިސްޓް

04 April 2018

"ރާއްޖޭގައި އިގްތިސާދީ މަސައްކަތްތައް ފެށިގެން 40 އަހަރު މިވީ". އިގުތިސާދާ ބެހޭ މިނިސްޓަރު އަށް ހީވެފައި މިވަނީ ރާއްޖޭގައި މީގެ 40 އަހަރުކުރިން އިގްތިސާދީ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް! ބަލަ އާމްދަނީ ހޯދަން ކުރާ ކޮންމެ ކަމަކީ އިގްތިސާދީ މަސައްކަތް. އިންސާނުން ރާއްޖޭގައި އާބަދުވީއްސުރެ އިގްތިސާދީ މަސައްކަތް ރާއްޖޭގައި ހިނގާނެ. އިގްތިސާދުގެ މާނަ ނޭނގޭ މީހަކު އިގްތިސާދީ މިނިސްޓަރަކަށް ހުރުމުން ގައުމުގެ ހާލަތު ވަރަށް ރަނގަޅަށްވެސް އެބަ ހާމަވޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454