ކުއްލި ގޮތަކަށް މަރުވި ރާޔާ.
04 އެޕްރީލް 2018 - 23:55
ކ. ގުރައިދޫ ސްކޫލްގައި ކިޔަވަމުން އައި ދަރިވަރެއްގެ ކުއްލި މަރާއެކު، އެ ރަށަށް ފުން ހިތާމައެއް ކުރިމަތިވެއްޖެ އެވެ.
އެ ރަށު، މަރިޔަމް ރާޔާ ރާމިޒު 14، މަރުވީ އާއިލާ އެކު އިންޑިއާގައި ހުއްޓަ އެވެ. މުޅި ރަށަށް ސިހުން ގެނުވި މި ޚަބަރާއެކު އާއިލާގެ މެމްބަރުންތަކެއް މިހާރު ވަނީ އިންޑިއާ އަށް ފުރައިފަ އެވެ. އާދައިގެ ފަރުވާއަކަށް ދިޔަ ރާޔާގެ މަރު، އެ ރަށުގެ އެތައް ބަޔަކަށް ގަބޫލުކުރަން ދަތިވި އެވެ.
ރާޔާގެ ގާތް އެކުވެރިޔަކު "މިހާރު" އަށް ބުނީ މިދިޔަ ހަފުތާގައި ރާޔާ، އިންޑިއާ އަށް ދިޔައީ ގައިގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން ކަމަށެވެ. ޑޮކްޓަރުގެ ލަފަޔާއެކު ޓެސްޓުތައް ހެދުމަށް ފަހު، މިއަދުގެ ވަގުތެއްގައި ރާޔާ އެނބުރި ރަށަށް އަންނަން ހަމަޖައްސައިފައިވާ ކަމަށް ވެސް އެކުވެރިޔާ ބުންޏެވެ.
"އެކަމަކު، ރޭ ފަތިހުގެ ވަގުތެއްގައި ނޭވާ ލާން އުނދަގޫ ވެގެން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ރާޔާ ބައްޕަގެ އަތް މަތީގައި މަރުވެގެން ދިޔައީ،" އެކުވެރިޔާ ބުންޏެވެ.
ރާޔާގެ މަރުން އެންމެ ބޮޑު ހިތްދަތިކަމެއް ލިބުނީ ގުރައިދޫ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށެވެ. ގުރައިދޫ ސްކޫލްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވާ ގޮތުގައި ރާޔާއަކީ އެ ސްކޫލްގައި ހުރި އެންމެ ހުނަރުވެރި، ވިސްނުން ތޫނު އަދި ކިޔަމަންތެރި ކުއްޖާ އެވެ. ރާޔާ ވަކިވެ ދިޔައަސް އޭނާގެ ރީތި ހިނިތުންވުން އަބަދުމެ ހަނދާންވާނެ ކަމަށް ގުރައިދޫ ސްކޫލުން ފާހަގަކޮށްފައިވެ އެވެ.
"އަހަރުމެން އެންމެން (ރާޔާ) ދެކެ ލޯބިވޭ. ހެޔޮ ދުއާ ކޮށްދޭނަން،" ފޭސްބުކް ޕޭޖްގައި ވެ އެވެ.
ރާޔާގެ އެކުވެރިޔާ ވެސް ބުނީ ރާޔާ އަކީ ކިޔެވުމަށް ވަރަށް މޮޅު، އެންމެންނާ ގުޅޭ މަޖާ ކުއްޖެއް ކަމަށެވެ. ރާޔާ ދެކެ ގުރައިދޫގެ އެންމެން ވެސް ލޯބިވާ ކަމަށް އޭނާ ބުންޏެވެ.
"މީގެ ކުރިން ބަލިކޮށް އުޅޭ ކުއްޖެއް ވެސް ނޫން އެއީ. ވަރަށް ފަހުން ގައިގައި ރިއްސަން ފަށާފައި އެ ވާހަކަ ދެއްކީ. އެހެންވެ ސްކޫލް ބަންދުވި ދުވަސްކޮޅާ ދިމާކޮށް އިންޑިއާ އަށް ދިޔައީ،" އެކުވެރިޔާ ބުންޏެވެ.
ރާޔާގެ ޖަނާޒާ މިރޭ އިންޑިއާގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީކޭކޭ
05 April 2018
އިންނާލިﷲ ވައިންނާ އިލައިހި ރާޖިޢޫން.
ފިއާން
05 April 2018
އިންނާލިﷲ ވައިންނާ އިލައިހިރާޖިޢޫން. މަރުޙޫމާގެ ފާފަފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތްދެއްވާށި. އާމީން.
ސަނާ ސޭޓް
05 April 2018
އިންނާލިﷲ ވައިންނާ އިލައިހި ރާޖޢޫން.
އިބްރާހީމު
05 April 2018
އިންނާލިﷲ ވައިންނާ އިލައިހިރާޖިޢޫން. މަރުޙޫމާގެ ފާފަފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތްދެއްވާށި. އާމީން.
އެކްސް
05 April 2018
އިންނާލިﷲ ވައިންނާ އިލައިހިރާޖިޢޫން. މަރުޙޫމާގެ ފާފަފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތްދެއްވާށި. އާމީން
ކުޑަކަމަނަ
05 April 2018
ތިޔަ ބުނީ ވަރަށްވެސް ބޮޑު ތެދެއް. ގާފަރުގައި ވެސް ތިޔަ ޒާތުގެ ކަންކަން ގިނަވެ ކިޔެވުމަށްށާއި ކުޅިވަރަށް މޮޅެތި ކުދިން ވަރަށް ހާލުގަ މިހާރު އުޅެނީ..
ސަންތިމަރިޔަނބު
05 April 2018
ކޮންމެ މަރަކީ ދިރިތިބީންނަށްވާ އިބްރަތެއް. ރާޔާގެ ފުރާނައަށް މާތްﷲ ސުބުހާނަހޫ ވަތައާލާ ހެޔޮ ރަހުމަތް ލައްވާށ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
ޝިޔާމް
05 April 2018
ކޮންމެ މަރަކީ ދިރިތިބީންނަށްވާ އިބްރަތެއް. ރާޔާގެ ފުރާނައަށް މާތްﷲ ސުބުހާނަހޫ ވަތައާލާ ހެޔޮ ރަހުމަތް ލައްވާށ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
ތުނޑި
05 April 2018
މަރުހޫމާ އަށް ރަހުމަތް ލައްވާށި
ާކުޑާ
05 April 2018
ރާޔާގެ ފުރާނަޔަށް ﷲ ރަޙްމަތް ލައްވާށި! އަދި ޢާއިލާއަށް ކެއްތެރިކަން ދެއްވާށެ.