ސައުދީގައި ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އަމުރު ކުރައްވާފައި ވަނީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (ކ). --ފޮޓޯ:އޭއެފްޕީ
08 އެޕްރީލް 2018 - 19:53
ރިޔާޒް (އެޕްރީލް 8) - ސައުދީ އަރަބިއާގެ ޕްރިންސުންނާއި ކުރީގެ ވަޒީރުން އަދި ވިޔަފާރިވެރިންގެ ކޮރަޕްޝަނުގެ މައްސަލަތައް އެ ގައުމުގެ ޕަބްލިކް ޕްރޮސެކިއުޓާ ތަހްގީގު ކުރަން ފަށައިފި އެވެ.
ޑިޕިއުޓީ އެޓާނީ ޖެނެރަލް ސައުދު އަލް ހަމަދު ސައުދީގެ އަލް ޝަރްގް އަލް އަވްސަތު ނޫހަށް ވިދާޅުވީ ޓެރަރިޒަމް ނުވަތަ މަނީ ލޯންޑްރިންގެ ތުހުމަތުގައި ދައުވާ ކުރަން ޖެހޭ ކޮންމެ މީހެއްގެ މައްސަލަ ކޯޓަށް ފޮނުވާނެ ކަމަށެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި އެތައް ސަތޭކަ ބަޔަކު ވަނީ މިދިޔަ ނޮވެމްބަރު މަހު ރިޔާޒުގައި ބަންދުކޮށްފަ އެވެ. ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އަމުރަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕްރިންސުންނާއި މަޝްހޫރު ބިލިއަނަރުން ހިމެނެ އެވެ. އޭގެ ތެރޭން ގިނަ މީހުން ދޫކޮށްލީ ސަރުކާރާ އެކު އެއްބަސްވުމެއް ގާއިމްކޮށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން އެއްބަސްވުމުންނެވެ. ސައުދީގެ އެޓާނީ ޖެނެރަލް ވިދާޅުވެފައި ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ބަންދުކުރި މީހުންގެ އަތުން ސަރުކާރަށް 100 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފައިވާ ކަމަށެވެ.
ރިޒް ކާލްޓަން ހޮޓާ މިދިޔަ ފެބްރުއަރީ މަހު ހުޅުވި އިރު އެ ހޮޓަލުގައި ބަންދުކޮށްފައި ތިބީ 56 މީހުންނެވެ. އެއީ ސަރުކާރާ އެކު އެއްބަސްވުމަކަށް ނާދެވުނު މީހުންނެވެ. ސައުދީ ސަރުކާރުން ކުރިން ވެސް ނިންމާފައި ވަނީ އެ މީހުންގެ މައްސަލަތައް ކޯޓަށް ފޮނުވުމަށެވެ.
ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ތަފްސީލް ދިނުމަށް ހަމަދު ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏަން
09 April 2018
ތި ނަމަކަށް ކުރާކަމެއް/މީޑިއާ ސުޓަންޓެއް.
އަކިރި
08 April 2018
އެމީހުން އަސްލުވެސް ކޮރަޕްޝަން ހިންގާ ނާޖާއިޒު ފައިސާ ހޯދާފައިވާނަމަ އަނބުރާ ކޮންމެވެސްވަރަކަށް އެފައިސާ ދެއްކީމަ ކުށެއް ނުކުރާކަމަށްވަނީތަ؟ މިއީތަ އިންސާފުވެރި ޝަރުއީ ނިޒާމެއްގަ މިކަން ހިނގަންޖެހޭ ގޮތަކީ؟. އެހެންވެއްޖެއްޔާ އާދައިގެ ނިކަމެތި ވަގުންވެސް ވައްކަންކޮށްފަ އަތުލެވުނީމަ އެނެގިއެއްޗެއް އަނބުރާ ދިނީމަ އެކަން އެހިސާބުން ނިމެން ޖެހޭނެތާ؟. މީހުން ރަހީނުކޮށްފަ ފައިސާ އަތުލުމަކީ މަގުފޭރުން.
މައިކް
08 April 2018
ކޮބާ ނިހާނު، އަދުރޭ މެން
ރާއްޖެ
08 April 2018
ކޮން ކަމަކާ އެމީހުން ތިހޯދަނީ؟