ކުޅިވަރު

ލޯންގް ރަންގެ އެކްސްޕޯ ވެސް މި ފަހަރު ހުޅުމާލޭގައި

ޓީއެފްޖީގެ ރަން އިން ލާމުގެ އެކްސްޕޯ ތެރެއިން. --ފޮޓޯ: ޓީއެފްޖީ

ޓީއެފްޖީގެ ކޮކާކޯލާ ލޯންގް ރަން މި ފަހަރު ހުރިހާ ގޮތަކުން ވެސް މިއޮތީ ހުޅުމާލެއާ ގުޅިފަ އެވެ. އަންނަ ހުކުރު ދުވަހު އެ ރޭސް ހުޅުމާލޭގައި ބާއްވާއިރު މި ފަހަރު ރޭހުގެ އެކްސްޕޯ ވެސް އޮންނާނީ ބުރާސްފަތި ދުވަހު ހުޅުމާލޭގަ އެވެ.

ރޭހުގެ ބައިވެރިންނަށް ރޭސް ކިޓް ހަވާލުކުރުމަށާއި ރޭސް ކިކްސްޓާޓް ކުރުމަށް ބާއްވާ އެކްސްޕޯ އޮންނާނީ ބުރާސްފަތި ދުވަހު ހެނދުނު 9 އިން ރޭގަނޑު 12 އަށް ހުޅުމާލޭ ބާބަކިއު ސަރަހައްދުގައި ގާއިމްކޮށްފައިވާ ރޭސް ވިލެޖުގަ އެވެ. ކޮންމެ ބައިވެރިޔަކަށް ވެސް ލިބޭ ރޭސް ކިޓުގައި އިލެކްޓްރޯނިކް ޓައިމިން ޗިޕެއް ހަރުކޮށްފައިވާ ހާއްސަ ބިބާއި ޓީޝާޓަކާއި ދަބަހެއް އޮންނާނެ އެވެ.

ބުރާސްފަތި ދުވަހު ހެނދުނު 9 އިން ފެށިގެން ހުކުރު ދުވަހު ހެނދުނު 9 ޖަހާއިރު ރޭސް ނިމުމާ ހަމަޔަށް ރޭސް ވިލެޖުގައި ވަރަށް ފޯރި އޮންނާނެ އެވެ. ކިޓް ނަގަން އަންނަ ފަރާތްތަކަށާއި ރޭސް ދުވަހު އެ ސަރަހައްދަ އަންނަ މީހުންނަށް ހާއްސަ ކެފޭއެއް ސަމަސެޓް ހޮޓެލުން އެތަނުގައި ގާއިމްކުރާނެ އެވެ. އަދި ޑީޖޭ އުމަރުގެ ބީޓްތަކުން އެންމެންގެ ލޭކައްކުވާލާނެ އެވެ.

ޑީޖޭ އުމަރު: މި ފަހަރު ވެސް ރޭހުގެ އެކްސްޕޯ އަދި ރޭސް ދުވަހު ހަރަކާތްތެރިވާނެ. --ފޮޓޯ: ޓީއެފްޖީ

މި ފަހަރުގެ ރޭހަށް ޓީއެފްޖީން ހުޅުވާލި 1500 ޖާގަ ވަނީ ފުރިފަ އެވެ. އެއީ ފުލް މެރެތަންގައި 100 ބައިވެރިން، ހާފް މެރެތަންގައި 200 ބައިވެރިން، 10 ކިލޯމީޓަރު ދުވުމުގައި 400 ބައިވެރިން އަދި ފަސް ކިލޯމީޓަރު ދުވުމުގައި 800 ބައިވެރިންނެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް ކުންފުނިން 2013 ވަނަ އަހަރު އެންމެ ފުރަތަމަ މި ދުވުން ބޭއްވި އިރު ހުޅުވާލީ 200 ޖާގަ އެވެ. ޖެހިގެން އައި އަހަރު 300 ޖާގަ ދިން އިރު ފަހުން 500 އަށް ވެސް އިތުރުކުރި އެވެ. އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި އިވެންޓުގައި ފުރުސަތު ދިނީ 800 ބައިވެރިންނަށެވެ.

ރޭހުގެ ބައިވެރިން ހުޅުމާލެ އަށް ދިއުމަށް ހާއްސަ ފެރީއެއް އަދި ޓާމިނަލުން ރޭސް ވިލެޖަށް ދިއުމަށް ހާއްސަ ބަހެއްގެ އިންތިޒާމް އެމްޓީސީއާ ގުޅިގެން ޓީއެފްޖީން ހަމަޖައްސާނެ އެވެ. ލޯންގް ރަންގެ ފުރަތަމަ އިވެންޓް ކަމަށްވާ ހުޅުމާލެ ވަށައި އަށް ބުރު ޖަހަން ޖެހޭ މެރެތަން ރޭސް ފަށާނީ މެންދަމު 2:20 ގަ އެވެ. އެ އިވެންޓުގެ ބައިވެރިންނަށް ހާއްސަކޮށްގެން ބާއްވާ ފެރީ 1 ޖަހާއިރު މާލޭ އެއް ނަމްބަރު ފާލަމުން ފުރާނެ އެވެ.

ހުޅުމާލެ ވަށައި ހަތަރު ބުރު ޖަހަން ޖެހޭ ހާފް މެރެތަންގެ ރޭހުގެ ބައިވެރިންނަށް ހާއްސަ ފެރީ 4 ޖަހާއިރު މާލޭން ނައްޓާލަން ހަމަޖެހިފައިވާއިރު ރޭސް ފަށާނީ 5:20 ގަ އެވެ. ދިހަ ކިލޯމީޓަރު ރޭހުގައި ވާދަކުރާ ދުވުންތެރިންނަށް ހާއްސަ ފެރީ ފުރުމަށް ހަމަޖެހިފައިވަނީ ފަތިހު 5 ޖަހާއިރު އެވެ. ހުޅުމާލެ ވަށައި ދެ ބުރު ޖަހަން ޖެހޭ މި ރޭސް ފަށާނީ 6:20 ގަ އެވެ. ފަސް ކިލޯމީޓަރު ބައިވެރިންނަށް ހާއްސަ ފެރީ ހެނދުނު 6 ޖަހާއިރަށް ޝެޑިއުލްކޮށްފައި އޮތްއިރު ރޭސް ފަށާނީ 7:20 ގަ އެވެ. މި ރޭހުގައި ފުރިހަމަކުރަން ޖެހޭނީ އެންމެ ބުރެކެވެ.

ރަން އިން ލާމުގެ ބައިވެރިޔަކު ކިޓް ނަގަނީ. --ފޮޓޯ: ޓީއެފްޖީ

ރޭސް ނިންމުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ރޭސް ވިލެޖުގައި ހެނދުނު 9 ޖަހާއިރު އޮންނާނެ އެވެ. އަދި ރޭހުގެ ރޫޓް ބަންދުކުރުމަށް ހަމަޖެހިފައިވަނީ 9:30 ގަ އެވެ.

ޓީއެފްޖީން ވަނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ރޭހަށް އެއްވެސް އަގެއް ނުނަގައި 300 ދުވުންތެރިން ތަމްރީންކޮށްދީފަ އެވެ. މީގެ އިތުރުން އެލައިޑް އިންޝުއަރެންސް، ބޭންކް އޮފް މޯލްޑިވްސް، އެމްޓީސީސީ އަދި އެމްޕީއެލްގެ މުވައްޒަފުންގެ ޓީމްތަކަށް ވެސް ޓީއެފްޖީން ތަމްރީން ދިނެވެ.

ޓީއެފްޖީގެ ލޯންގް ރަން އަކީ ރާއްޖޭގައި ބާއްވާ އެންމެ އިންތިޒާމް ފުރިހަމަ އެއް ރޭހެވެ. އެގޮތުން ދުވުންތެރިންގެ ޓައިމިން ވަގުތުން ބަލާލެވޭ ޓައިމިން ޓެކްނޮލޮޖީ އެންމެ ފުރަތަމަ ތައާރަފްކުރީ 2013 ވަނަ އަހަރު ޓީއެފްޖީންނެވެ. އަދި ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް މެޑަލް ދޭން ފެށީ ވެސް ޓީއެފްޖީންނެވެ.

ހުޅުމާލޭގައި ބާއްވާ ލޯންގް ރަންގެ އިތުރުން ރަން އިން މޯލްޑިވްސް ސިލްސިލާގެ ދަށުން އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ވެސް ރޭސްތައް އަންނަނީ ބާއްވަމުންނެވެ.

1 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟަޒަ

17 April 2018

މަމެން ދުވަން ދަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454