ޚަބަރު / ރާއްޖެ-އީޔޫ

މިނިވަން އިންތިހާބަށް ހުރަސްތައް ނައްތާލައި ހާލަތު ބަދަލުކުރަން އީޔޫ އިން ހުށަހަޅައިފި

ކައުންސިލް އިންތިހާބުގައި މީހަކު ވޯޓު ލަނީ -- ފޮޓޯ: މިހާރު

ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ރިޔާސީ އިންތިހާބުގެ ކުރިން އެ ހާލަތު ބަދަލުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު ހުށަހަޅައިފި އެވެ.

އީޔޫ އިން މިގޮތަށް ހުށަހެޅީ، މިދިޔަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު މޮނިޓާކުރުމަށް ފަހު، ރާއްޖެއަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަންގެ ދަތުރަށް ފަހު މިއަދު އާއްމުކުރި ރިޕޯޓުގަ އެވެ. ޖެނުއަރީ މަހުގެ 8-11 އަށް ރާއްޖެއަށް ފޮނުވި މިޝަނުން ވަނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާ ބައްދަލުކޮށްފަ އެވެ.

ރާއްޖޭގެ ހާލަތުގެ މައްޗަށް އީޔޫ އިން ނެރުނު ރިޕޯޓުގައި ބުނީ އިލެކްޝަންސް ކޮމިޝަންގެ އިސް ނެގުމަކަށް އިންތިޚާބުތަކާ ބެހޭ ގާނޫނުތަކަށް ގިނަ އަދަދެއްގެ އިސްލާހުތަކެއް އެޓާނީ ޖެނެރަލް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅޭ ކަމުގެ މައުލޫމާތު ރާއްޖޭގެ އިންތިޚާބުތަކާ ބެހޭ ކަންކަން ބެލުމަށް އީޔޫ އިން އުފެއްދި އިލެކްޝަންސް ފޮލޯއަޕް މިޝަން (އީއެފްއެމް) އަށް ލިބިފައިވާ ކަމަށެވެ.

އީޔޫގެ ރިޕޯޓުގައި އެ އިޝާރާތްކޮށްފައި ވަނީ، މި އަހަރުގެ ރިޔާސީ އިންތިޚާބުތަކާ ދިމާކޮށް އިލެކްޝަންސް ކޮމިޝަނުން، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށާއި ރިޔާސީ އިންތިޚާބުގެ ގާނޫނަށާއި ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތަކަށެވެ.

އިންތިހާބުގެ ކަންކަން ބެލުމަށް ފަހު ރިކޮމަންޑޭޝަންގެ ގޮތުގައި ހުށަހެޅި ކަންކަން ތަންފީޒު ކުރަމުން ނުދާ ކަން ފާހަގަކޮށް އީޔޫގެ ރިޕޯޓުގައި ބުނެފައި ވަނީ އަލަށް ގާނޫނުތަކަށް ހުށަހަޅަން އުޅޭ އިސްލާހުތަކުގެ ތެރޭގައި އީޔޫ އިން ހުށަހެޅި ބައެއް ހުށަހެޅުންތައް ހިމެނޭ ކަން އެނގިފައިވާ ކަމަށެވެ.

"ކުރިއަށް އޮތް (ރިޔާސީ) އިންތިހާބާ ގުޅިގެން އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް ބަދަލު ގެންނަން ވާނީ މަޖިލީހުގައި ތިއްބެވި ހުރިހާ މެމްބަރުންނާ މަޝްވަރާ ކުރުމަށް ފަހު،" އީޔޫގެ ބަޔާނުގައި ވެ އެވެ.

އިންތިޚާބާ ބެހޭ ކަންކަން މޮނިޓާ ކުރުމަށް އީއެފްއެމްގެ ވަފުދެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި މިދިޔަ ޖެނުއަރީ މަހު ރާއްޖެ އައިސްފައިވެ އެވެ. އީޔޫ އިން ބުނި ގޮތުގައި އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ނުލިބޭ މައްސަލަ އަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް ސަމާލުކަން ހޯދާފައިވާ ކަންކަމެވެ. އެކަމަކު، އިންތިހާބާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަކީ، އެހާ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިގަނެ ހައްލުތަކެއް ހޯދަން މަސައްކަތްތަކެއް ކޮށްފައި ނުވާ ކަން އީޔޫގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އީޔޫ އިން ހުށަހެޅި މުހިންމު ބައެއް ހުށަހެޅުންތައް:

- ގާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތަށް، މިނިވަން މުއައްސަސާތައް ނުފޫޒެއް ނެތި ހަރަކާތްތެރިވުމުގެ ފުރުސަތު ދިނުން.

- ވޯޓު ގަންނަ މައްސަލަތައް ތަހުގީގުކޮށް، ފިޔަވަޅު އެޅުން.

- ސިޔާސީ މިނިވަންކަން ހަނިކޮށްފައި އޮތް އޮތުން ބަދަލުކޮށް، ހުުރިހާ ޕާޓީތަކަށް އެއް ހަމައެއްގައި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ދިނުން.

- ސިޔާސީ ޕާޓީތަކަށް މިނިވަންކަމާއެކު ކެމްޕެއިން ކުރެވޭނެ މަގު ފަހިކޮށްދިނުން.

- ވޯޓުލާން ތިބި މީހުންގެ ހައްގުތައް ހިމާޔަތްކޮށްދިނުން.

- މީޑިއާތަކުން ނުފޫޒެއް ނެތި މަސައްކަތް ކުރުމުގެ ޖާގަދީ، ނޫސްވެރިން ކުރިއެރުވަން މަސައްކަތެއް ކުރުން.

- އަންހެނުންނަށް ސިޔާސީ މައިދާނުގައި ހަމަހަމަ ފުރުސަތެއް އޮތުން.

- މިނިވަން އިންތިހާބަކަށް މަގުފަހިކުރަން މަސައްކަތްކޮށް، ގާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލުން.

- ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވުން ލާޒިމް ނުކުރަން، ގާނޫނީ އިސްލާހުތައް ގެނައުން.

އީޔޫ އިން ބުނި ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހުން އިސްލާހީ ބަދަލުތަކެއް ފެންނަމުން ނުދާ ކަމަށާއި ކުރިއަށް އޮތް އިންތިޚާބުތަކުގެ ކުރިން ރާއްޖޭގެ ހާލަތު ބަދަލު ކުރަން ޖެހެ އެވެ. ސިޔާސީ ބޭފުޅުންނަށް މިނިވަންކަމާ އެކު ކެމްޕެއިން ކޮށް، މީޑިއާތައް މިނިވަންކަމާ އެކު ހަރަކާތްތެރިވެވެން ޖެހޭނެ ކަމަށް އީޔޫ އިން ބުންޏެވެ.

ރާއްޖޭގެ ހާލަތު ބެލުމަށް ފަހު، އީއެފްއެމް އިން އެކުލަވާލި ރިޕޯޓުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކަށް ގިނަ އަދަދެއްގެ ހުށަހެޅުންތަކެއް ހުށަހަޅާފައިވެ އެވެ. އަދި އެކަންކަން، ތަންފީޒު ކުރަން ވެސް އެ ރިޕޯޓުގައި ގޮވާލާފައިވެ އެވެ.

އީޔޫގެ ބަޔާނުގައި ބުނީ 2014 ވަނަ އަހަރުން ފެށިގެން އިންތިހާބާ ގުޅޭ ކަންކަން އިސްލާހުކޮށް ހަރުދަނާ ނިޒާމެއް ގާއިމް ކުރުމުގެ ބަދަލުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ބޮޑަށް ސަމާލުކަން ދީފައި ވަނީ ރާއްޖޭގައި އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ކަށަވަރު ކުރަން ކަމަށެވެ. އަދި މިއަދާ ހަމައަށް ދިވެހި ސަރުކާރާއި މަޖިލީހާއި އިދިކޮޅު ފަރާތްތަކުން ވެސް އިންތިހާބާ ގުޅޭ ކަންކަން އިސްލާހުކޮށް ހަރުދަނާ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތައް ސަމާލުކަން ދީފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ރާއްޖެ އެއްބަސްވެފައިވާ ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް ރިޔާސީ އިންތިހާބެއް ބޭއްވުމަށް މިހާރުގެ ހާލަތު ބަދަލުވާން ޖެހޭ. އިންތިހާބު ވާދަކުރާ ހުރިހާ ބޭފުޅުންނަށް އެއް ވަރަކަށް އެއްހަމައަކުން ތަފާތުކުރުމެއް ނެތި ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނަ މާހައުލެއް ފަހިވާން ޖެހޭ. އަދި މަދަނީ ޖަމްއިއްޔާތަކާއި މީޑިއާގެ ފަރާތްތަކަށް ހުރަހެއް ނެތި އެ މީހުން މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް ހޯދައިދޭން ޖެހޭ،" އީއެފްއެމްގައި އިސްކޮށް ހުންނެވި، އެޑުއާޑް ކުކާން އީޔޫގެ ބަޔާނުގައި ވިދާޅުވި އެވެ.

މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ރިޔާސީ އިންތިހާބަކީ ހާމަކަން ބޮޑު، މިނިވަން އިންސާފުވެރި އަދި ރައްޔިތުންގެ ބައިވެރިވުން ބޮޑު އިންތިޚާބަކަށް ވާނެ ކަމަށް އެ ކޮމިޝަނުން އަންނަނީ ބުނަމުންނެވެ.

7 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކްޓަރުންގެ ސިޓީ / އައްޑު ސިޓީ

20 April 2018

ރާއްޖެ ކިތަންމެކުޑަވެފައި މީސްކޮޅުމަދުކަމުގައިވިޔަސް 21 ވަނަޤަރުނުގައި އަހަރުމެންވެސް “ހުދުމުހުތާރު ޖައްބާރެއްގެ އަޅުވެތިކަން” ޤަބޫލުކޮށް އަޅުންގެގޮތުގައި ނުތިބޭނަން. . . . އެހެންވެއަހަރުމެން 2008 ވަނައަހަރު މިދައުލަތް ހިންގުމަށް ޤާނޫނުއަސާސީއިސްލާހްކޮށް ބަދަލުތަކަކާއިއެކު މަލްޓިޕާޓީ ޑިމޮކްރޭޓިކް ވެރިކަމަކަށްމަގުފަހިކުރުވިން. . . . . އޭގެދަށުން އިންތިހާބުކުރި “ޑިމޮކްރެޓިކް ފުރަތަމަވެރިކަން ވައްޓާލުމަށްފަހު” 2013 ވަނައަހަރު “އެގޮތްމިގޮތްވި އިންތިހާބެއްގެތެރެއިން” އުފެދުނު ސަރުކާރުވެގެންދިޔައީ “ރައްޔިތުން ބޭނުންވިގޮތަށް” ޤާނޫނު އަސާސީ އޮތުމަށާއި ލާމަރުކަޒީ ނިޒާމަށް ރުޅިއަންނަ އަދި އަމުދުން “ޑިމޮކްރެޓިކް ވެރިކަމެއް ތަހައްމަލްކުރާން ބޭނުންނުވި” ބަޔަކަށް. . . މިއަދު އިންޑިޔާ އިޤިރޭސިވިލާތާއި އެމަރިކާ އަދި ޔޯރަޕް އިއްތިހާދާއި އދ ގެ އެހީތެރިކަން ނުލިބިއްޖެނަމަ އިންޑިޔާ ކަ ޑުގައި ސްޓޯންއޭޖް ގައި އޮތްފަދަ ވެރިކަމެއް އާލާވެ އަށގެންފާނެ. އެއީ ސަރަހައްދަށްވެސް ރައްކާތެރި މުޑުވަކެއްކަމުގައި ނުވާނެ.

The name is already taken The name is available. Register?

ތުނިޔަ

19 April 2018

ތިހެން ޤަރާރު ހުށަހަޅާލަ އަޅާލަ ތިބެންޖެހޭނީ!

The name is already taken The name is available. Register?

އެދުރުބެ

19 April 2018

އީޔޫ އިން އެދުނަސް ތިކަމެއް ނުވާނެ. އަދި އެމްޑީޕީ އިން ތިކަން ޕްރޯމޓް ކޮށްގެން ވޯޓެއްވެސް ނުލިބޭނެ.

The name is already taken The name is available. Register?

މުރާސިލް

19 April 2018

މިތަނުގެ އިންތިޚާބުތައް މިނިވަންވާނެއެވެ. މިކަމާއި ކަލޭމެން ނޫޅޭށެވެ. ވެރިކަމުން އިސްތިޢުފާދީ ފިލައިގެން ގޮސް ހުރި މީހަކަށް ވެރިކަން ހޯދައިދޭން މަރުފަލި ޖެހުމުގެ މާނައެއް ނެތެވެ. އެކަމެއް ނުވާނެއެވެ.

The name is already taken The name is available. Register?

ފައިސާ ފައިސާ

19 April 2018

އީޔޫއަކީ ވަރަށް ހިޔަޅު ބައެއް. މިހާރު އެމީހުން ރާވާފައިއެވަނީ މަޖުލީހުގެ ތެރެއިން މިރާއްޖޭގެ އިސްލާމްދީން ފުހެލާ ފައްޅި އެޅުމުގެ މަސައްކަތް. މިކަމުގެ އަޑީގައި ދިވެހިންގެ ކޮންމެވެސް ބަޔަކު ތިބޭނެ.

The name is already taken The name is available. Register?

ވާލުސޮރު

19 April 2018

މިއީ ދިވެހި ރައްޔިތުން ވަރަށް ވިސްނަންޖެހޭ ވަގުތެއް. އެއީ ބަވަނަ ވެފައިވާ ދުނިޔެއެއްގައި ކުރިމަގު އޮތީ ދުނިޔެއާ އެކަހެރިވެ ބަޔަކު ހެދިހާގޮތަކަށް ރުހިގެން އަތްޖަހަން ތިބެގެންތޯ ނޫނީ ދުނިޔޭގެ ގައުމުތަކާ ގުޅިގެން ރާއްޖެ ވެއްޓިފައިމިވާ ފުން ވަޅުގަނޑުން ސަލާމަތްކޮށް ގައުމު އިސްލާހުކޮށް ތަހުޒީބު ބައެއްގެ ގޮތުގަ ކުރިއަރައިދާނީތޯ މި ދެގޮތުންކުރެ ގޮތެއް އިޚްތިޔާރު ކުރުމަށްޓަކާ. ގޮތެއް ނިންމާނީ ރާއްޖޭގެ ރައްޔިތުން.

The name is already taken The name is available. Register?

މުހައްމަދު ހުވަދޫ

19 April 2018

ދިވެހިން ތަހުޒީބުވުމަކީ ހުޅަނގުގެ އައިރުމުސްލިމުން ބޭނުންހާ ގޮތްގޮތަށް ދިވެހިންނަށް އުޅެވުން ކަމުގައި ވަންޏާ ތިއީ ވަރަށް ބޮޑު މައްސަލައެއް. ނަމެއްގަ ދީނީ މިނިވަންކަން އީޔޫ ޤައުމުތަކުގަ އޮތީ، އެމީހުން ހިތުހުރިހާ ގޮތެއް މުސްލިމުންނަށް ހަދަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454