ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ).-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 އެޕްރީލް 2018 - 09:01
ބަންގްލަދޭޝްގައި މިހާރު ކުރިއަށް ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވީ މާ ބޮޑަށް ޕްރެޝަރުގައި ތިބެގެން ކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ނުދެއްކުމުން ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.
ނޭޕާލް އަތުން އިއްޔެ ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-21، 25-17 އަދި 25-15 އިންނެވެ. މި ފަހަރުގެ ޓީމުގައި މިދިޔަ އަހަރުގެ މުބާރާތްތަކުގައި ގަވާއިދުން ކުޅުނު ބައެއް ކުޅުންތެރިން އެކި ސަބަބުތަކާ ހުރެ ނުކުޅޭއިރު، ޓީމުގައި އާ ކުޅުންތެރިން ވެސް ހިމެނެ އެވެ.
ކާއްޓޭ ބުނީ ފުރަތަމަ ދެ ސެޓުގައި ރަނގަޅަށް ކުޅެން މަސައްކަތް ކުރެވުނު ކަމަށާއި އެހެން ނަމަވެސް ފެނިގެންދިޔައީ ކުޅުންތެރިން ޕްރެޝަރުގައި ތިބުމުން އެންމެ ރަނގަޅު ކުޅުން ނުދެއްކުނު މަންޒަރު ކަމަށެވެ.
"ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ޕްރެޝަރުގައި ދެން ނޭނގެ ކީއްވެގެން ކަމެއް. ގައިމުވެސް އަޅުގަނޑުމެން ތައިލެންޑްގައި ތައިލެންޑް ނެޝަނަލް ޓީމާ އެކު ކުޅުނުއިރު ވެސް މި އަށް ވުރެ ވަރުގަދަ ޓީމެއް އެއީ. އެ ޓީމާ އެކު ކުޅުނުއިރު ވެސް އެއްވެސް ޕްރެޝަރެއް ނެތި ކުޅުނު،" ކާއްޓޭ ބުންޏެވެ.
ސެންޓްރަލް ޒޯން މުބާރާތުގައި އެންމެ ފަހުން މިދިޔަ އަހަރު މާޗް މަހު މާލޭގައި ނޭޕާލް ރާއްޖެ ބަލިކުރީ ފަހަތުން އަރައި 3-1 ސެޓުންނެވެ. އެހެން ކަމުން އިއްޔެގެ މެޗަށް ނުކުތްއިރު، އެ މެޗުގެ ބަދަލު ހިފުމަކަށް ވިސްނައިގެން ކުޅުންތެރިން ކުޅުމުގެ ވިސްނުން ހުރުން އެކަށީގެންވެ އެވެ.
"ވެދާނެ މުބާރާތުގެ މެޗެއްވީމަ މޮޅުވާން ބޭނުންވެފައި ތިބި ކަހަލަ ގޮތަކަށް ތިބެގެން ކުޅެގެން ކަންނޭނގެ އެހެން (ޕްރެޝަރު ބޮޑު) އެވީ. އުއްމީދުކުރި ކުޅުމަށް ވުރެ ދަށްކޮށް މި ދިޔައީ،" ކާއްޓޭ ބުންޏެވެ.
މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދަން ރާއްޖެ އަށް ޖެހިފައިވަނީ މިއަދު ހަވީރު ކުޅޭ މެޗުން ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުން މޮޅުވާށެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ވަނީ ތިން ސެޓު އެއް ސެޓުން ނޭޕާލް ބަލިކޮށްފަ އެވެ.
"އެއީ ދެން ވަރަށް ހަނި ފުރުސަތެއް. ދެން މި މެޗުގައި (ނޭޕާލް މެޗު) ފަސް ސެޓަށް ގޮސްގެން ބަލިވި ނަމަވެސް ފުރުސަތު ބޮޑުވާނެ. މިހާރު ދެން އޮތީ (ބަންގްލަދޭޝް މެޗުގައި) ދޫނުކޮށްލާ އެ ހިސާބަށްދާން މަސައްކަތްކުރުން،" ކާއްޓޭ ބުންޏެވެ.
ރާއްޖެ އާއި ބަންގްލަދޭޝް ވަނީ 2016 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކޮށްފަ އެވެ. އެ ފަހަރު ބަންގްލަދޭޝް އިން ވަނީ ރާއްޖެ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުދުރޭޑިއޯ
23 April 2018
މިޕްރެޝަރު މީ ހާދަ ބޭއިންސާފު އެއްޗެކޭ؟ މީހަމައެކަނި ދިވެހިންނަށް އައްނަ އެއްޗެއް!!!؟؟؟
ޕުރެށަރު
23 April 2018
އެހެންވީމަ ކުޅުންތެރިންކައިރީބުނޭ، އަހަރެންބުންޏޭ ދެން މުބާރާުތުގައި ކުޅެންޖެހޭ ހުރިޙާ މެޗުތައް އެއީ ޕުރެކުޓިސް މެޗުތަކެއް ކަމަށް ބަލައިގެން، ޕުރެށަރު ފޯރިއަށް ބަދަލުކޮށްގެން ކުޅޭށޭ....
އާރީ
23 April 2018
ކޯޗުގެ ފެންވަރުވެސް ދަށީ. ރަގަޅު ކުޅުންތެރިން ބައިތިންބާފަ ސަނާކިޔާ ކުޅުންތެރިން ގޮވާގެން ގޮސް ކޮން ކާމިޔާބެއް ހޯދޭނި. މާލޭން ފުރަމުން ތި ކޯޗު ދެއްކި ވާހަކަ މިހާރު ކޮބާ. ފްރެސަރޭ ތެޔޮއުދުނޭ ތި ކިޔަނި
ފަރުދު
23 April 2018
ޕުރެޝަރު ނޫން ދުވަހެއް އައިބާ؟
ކައުންސެލަރު
23 April 2018
ލައިވް ކުރޭތަ؟ ކޮންޗެނަލަކުން ލައިވް ކުރަނީ...... #ހަސަންދީ
ކައުންސެލަރު
23 April 2018
" ރާއްޖެ އާއި ބަންގްލަދޭޝް ވަނީ 2016 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ." މިބުނާ އެއްޗެއް މަށަކަށް ހަމައެއްވެސް ވަރަކަށް ނުވިސްނުނު<
އަހުމަދުބެ
23 April 2018
ރާއްޖޭގެ ވޮލީ އަށް ބޭނުން ވަނީ އެމީހުންނަށް ވުރެ ފެންވަރު ރަނގަޅު ބަޔަކާ އެކު ކުޅުމުގެ ގިނަ ފުރުސަތު ތަކެކެވެ.
ރަދީފް
23 April 2018
ޕްރެޝަރުގަ ނެތި ތިބެ ކުޅުނު ދުވަހެއް ނިކަން ބުނެބަލަ.
ސަކީނާ
23 April 2018
ޕެޓްރިއޮޓިޒަމް. އަހެމް އަހެމް.
ރަދީފް
23 April 2018
ސަކީނާ.ކަލޭ ދޭބަލަ މަހަށް.ޕްރެޝަރުގަ ނެތި ކުޅުނު ދުވަހެއް އޮތްތޯ ސުވާލުކުރުމުން ޕެޓްރިއޮޓިޒަމްއާއި މެދު ސުވާލު އުފެދޭނަމަ ކުޅިވަރުތަކުން ބަލިވީމަ އެވާހަކަ ނޫސް / ޓީވީ ތަކުން ފޮނުވައިގެން ވެސް ނުވާނެ.ލަދު ކޮބާ؟؟
ސަކީނާ
23 April 2018
ބަލަ މިދައްކަނީ ހަމަ އެކަނި މިކޮމެންޓްގެ ވާހަކައެއް ނޫން. ކުރިން ޚަބަރަށް ކޮށްފަ އިން ކޮމެންޓާ މެދު ވިސްނާލުމުންވެސް އިނގޭނެ ޕެޓްރިއޮޓިޒަމް އުތުރި އަރަނީކަން. ލަދު އިޒް ވެއަރ އިޓް އިޒް ސަޕޯސްޑް ޓު ބީ..
ދޮންބެއްޔާ
23 April 2018
ވޮލީއަށްވެސް އަދި ބޭނުންވަނީ ތަޖުރިބާކާރު ބޭރު ކޯޗުން.. އޭރުން ތިއަށްވުރެ ބޮޑަށް ޓީމު އެނަލައިޒްކުރެވޭނެ
ހަސަންދީ
23 April 2018
އިއްޔެގެ މެޗްގައި ރާއްޖޭގެ ޓީމު ކުޅުން ދަށް. އަނެއްހެން ބުނާނަމަ ސާރވިސް ރިސީވް ކޮށްފައި ޑިފެންސް ކޮށްފައި ބެކް ކޯޓުން ޖަހާފައި ކުރީ ޓޭޕުން ވެސް ޖަހާފައި އުޅުނީ ހުޒާންޓޭ..ލޯންގޭ ގެ ބޭނުމެއް ނެތް...ވަރަށް ދަށް..ދެން ހުރީ 11 ނަންބަރ ދެތިން ސޮޓެއް ޖެހި..އަސްލު އެސޮރުގެ ފެންވަރެއްވެސް ނުދެއްކުނު.. 2 ސެޓަރުވެސް އިއްޔަ ކަމަކު ނުދޭ.. މާ ފަސޭހަކޮށްލީ 3 ވަނަ ސެޓް..އަނެއްހެން ބުނާނަމަ ރާޢްޖޭ ޓީމުން އިއްޔަ އެންމެ ރަނގަޅަށް ކުޅުނީ ހަމަ ހުޒާންޓޭއޭ ބުނެވޭނީ..ބަންގާޅު 3 ސެޓުން ބަލި ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެ..ވަރަށް ދެރަ ދެން...