ކުރީގެ ރައީސް އިބްރާހިމް ނާސިރާއި މަރިޔަމް ސައީދު.
26 އެޕްރީލް 2018 - 14:32
ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާސިރުގެ ކުރީގެ އަނބިކަނބަލުން އަދި ކުޅަދާނަ ޅެންވެރިޔާ މ. ބަގީޗާގޭ މަރިޔަމް ސައީދު މިއަދު އަވަހާރަވެއްޖެ އެވެ.
އެ ކަމަނާ އަވަހާރަވީ އާލާސްކަންފުޅާ ލަންކާގައި އުޅުއްވާތާ ދުވަސްތަކަކަށް ފަހު، އުމުރުފުޅުން 85 އަހަރުގަ އެވެ. އެކަމަނާގެ ހަޔާތްޕުޅުގެ ފަހުކޮޅުގެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވީ ލަންކާގަ އެވެ.
މަރިޔަމް ސައީދަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޅެންވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. މަރިޔަމް ސައީދަކީ ދިވެހި ބަހުގެ އަދީބު ހުސައިން ސަލާހުއްދީންގެ ދަރިކަނބަލެކެވެ.
ނާސިރަށާއި މަރިޔަމް ސައީދަށް ދެ ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އެއީ މުހައްމަދު ނާސިރާއި އަލީ ނާސިރެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އަވަހާރަވެފަ އެވެ.
މަރިޔަމް ސައީދުގެ ބޭބޭފުޅުންނަކީ އިބްރާހިމް ޝިހާބާއި އަދުނާން ހުސައިނެވެ. ދައްތާފުޅު ފާތިމަތު ސައީދަކީ އެކަމަނާގެ ފިރިކަލުން، އަދި ކުރީގެ ރައީސް މުހައްމަދު އަމީން އުފެއްދެވި ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ނަރުގިސްމަލެވެ.
މަރިޔަމް ސައީދުގެ އާއިލާ އިން ބުނީ މަރިޔަމް ސައީދުގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮލަމްބޯގައި ކަމަށެވެ. އަދި އެ ކަމަނާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ބައްޕާފުޅާއި ބޭބޭފުޅު ޝިހާބު ފަސްދާނުލާފައި އޮތް ކޮޕިއަވައްތޭ މުސްލިމް ސަހަރާގައި ކަމަށް އާއިލާ އިން ބުނެ އެވެ.
މަރިޔަމް ސައީދުގެ ޅެންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އަސަރުކުރުވި ޅެމަކީ "އަސްރު ދިޔައީ ގެއްލިގެން" މި ޅެމެވެ. އެކަމަނާ ދިވެހި ޅެންވެރިކަމުގެ ގުލްޝަނަށް ދޫކުރެއްވި އެތައް ޅެންތަކެއް މިއަދު ވެސް ރާއްޖޭގައި ތާޒާކަންމަތީގައި ދެމި އެބަ ހުއްޓެވެ.
މަރިޔަމް ސައީދުގެ ޅެންވެރިކަމުގެ މުދައްރިސަކީ އަމީން ދީދީ އެވެ. އެކަމަނާ ވަނީ ޅެން ހެއްދެވުމުގައި ބައްޕާފުޅު ހުސައިން ސަލާހުއްދީނާއި ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީމާ، އައިމިނަތު ފާއިޒާގެ ފަރާތުން ހިތްވަރު ހޯއްދަވައިފަ އެވެ. އާއިލާގައި ދެން ތިއްބެވީ ވެސް އަދީބުންނާއި ޅެންވެރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްރުދިޔައީއާ ހެދި ހޭބަލިވެފަ
27 April 2018
ޑޮންޓު ޔޫ ރައިޓް އޮބިއުޓަރީ؟ ޚިދަމްތެރިން ނިޔާވީމަ އެހެން ގައުމުތަކުގައި ކުރާކަމެއް. ގިނަފަހަރަށް އެމީހަކު ވަރަށް ދަންނަ މީހަކު ލައްވާ އެމީހެއްގެ މަސައްކަތް އެނގޭ މީހަކު ލައްވާ!
އަހުމަދު، ވިލިމާލެ
26 April 2018
انّالله وانا اليه راجعون
އިސްމަޢީލް
26 April 2018
ގެއްލިގެން އެދިޔައީ އަގުހުރި ދަރިއެކެވެ. މާތް ﷲ މަރުހޫމާއަށް ސުވަރުގެ މިންވަރު ކުރައްވާށިއެވެ. އާމީން
ތިމަންނަ
26 April 2018
اِنَّالِله وَاِنَّااِلَيْهِ رَاجَعُوْنْ މަރުގެ ކޫޒުން ފެންނުބޯ އިންސާނަކީ ފަހެ ކާކުހޭ ، މަރު ގޮވާލީމާ އެއެންމެން އެއްމަގުންތާއޭ ދިޔާ ...
ޗިކުސް
26 April 2018
نَّالِله وَاِنَّااِلَيْهِ رَاجَعُوْنْ .
ވަހީދު
26 April 2018
މަރިޔަމް ސަޢީދުގެ ފާފަ ފުއްސަވައި ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި!
235
26 April 2018
انّالله وانا اليه راجعون
އަލީ!
26 April 2018
اِنَّالِله وَاِنَّااِلَيْهِ رَاجَعُوْنْ މިކަހަލަ ބޭކަނބަލުން މިހާރު ނުއުފެދެނީ ކީއްވެބާ..؟
ޕީޕީޑީ
27 April 2018
ނޫނޭ، އުފެދޭ، ކުރިއަށް އޮތްތާގަ އުފެދޭނެމެވެސް، މިކަމަނާ ފާހަގަ މިހާބޮޑަށް ފާހަގަ ކޮށްލެވެނީ ރާއްޖޭގެ ފަސްޓްލޭޑީ އަކަށްވެފައި، ބައްޕާފުޅަކީ މަޝްހޫރު ހުސައިން ސަލާހުއްދީން، އަދި ޓީޗަރަކީ ރައީސް އަމީން. ދިވެހި ރާއްޖޭގައި ވަރަށް ކުޅަދާނަ އަންހެނުން އެބައުޅޭ، ދޮގަކަށް ނުވާނެ ދިވެހި ހުރިހާ ކުޑަކުދިންގެ ޕްރައިމަރީ ތައުލީމު އެއްކޮށް ކަހަލަ ގޮތަކަށް ބަލަހައްޓަދެނީ އަންހެން ކަބަލުންނޭ ބުންޏަކަސް.
ޤާދިރު
26 April 2018
اِنَّالِله وَاِنَّااِلَيْهِ رَاجَعُوْنْ
ކަނަމަނަ
26 April 2018
انا لله وانااليه راجعون. މާތްﷲ މަރިޔަމް ސަޢީދުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާށި. آمين