ރާއްޖޭގެ ރިސޯޓެއް: ޓޫރިޒަމުން ވަނީ ރިސޯޓްތައް ހަދާނެ އާ ފުރުސަތެއް ހުޅުވާލާފައި.
08 މެއި 2018 - 13:13
ރިސޯޓްތަކުގެ ފަޅު ހިއްކައިގެން އެތަންތަނުގައި ވެސް ވަކިވަކި ރިސޯޓް ހެދޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އާ އުސޫލެއް އެކުލަވާލައިފި އެވެ.
އެ މިނިސްޓްރީން އިއްޔެ ނެރުނު އުސޫލުގައިވާ ގޮތުން މިހާރު ހިންގާ ރިސޯޓުތަކުގެ ފަޅު ހިއްކައިގެން އާ ރިސޯޓެއް ހަދަން ހުއްދަދޭނީ އެކުއިޒިޝަން ކޮސްޓެއް ދައުލަތަށް ދައްކައިގެންނެވެ. އެގޮތުން ހެކްޓަރަކަށް 150،000 ޑޮލަރާއި 600،000 ޑޮލަރާ ދެމެދުގެ އަގެއް ދައްކަން ޖެހޭނެ އެވެ. މިއީ ރިސޯޓުތައް ތަރައްގީކުރަން ދޫކުރާ ރަށްތަކާއި ފަޅުތަކުން މިހާރު ވެސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ނަގާ މިންވަރެވެ.
އާ އުސޫލްގައިވާ ގޮތުން އެންމެ ބޮޑު އަދަދެއް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހެނީ މާލެ އަތޮޅުން ހިއްކާ ތަންތަނަށެވެ. އެންމެ ކުޑަ އަދަދެއް ނަގަނީ އެންމެ އުތުރުގެ ތިން އަތޮޅާއި އެންމެ ދެކުނު ހަތަރު އަތޮޅުން ހިއްކާ ތަންތަނަށެވެ.
އެ އުސޫލްގައި ބުނެފައި ވަނީ އެކުއިޒިޝަން ކޮސްޓް ކަނޑައެޅުމުގައި ސައިޒު ބަލާނީ ވަކިން ކުއްޔަށް ދޭ ސަރަހައްދާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ފާސްކޮށްފައިވާ ކޮންސެޕްޓްގައި ބަޔާންކޮށްފައިވާ ސައިޒަށް ކަމަށެވެ. އަދި ވަކިން ކުއްޔަށްދޭ ސަރަހައްދުގެ އެކުއިޒިޝަން ކޮސްޓް ހިސާބުކޮށްފައި އެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އެއްފަހަރާ ދައްކަން އެންގުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ވެސް އުސޫލުގައިވެ އެވެ.
ވަކިން ކުއްޔަށްދޭ ސަރަހައްދު ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި ކުއްޔަށް ހިފާ ފަރާތާ ދެމެދު ކުލީގެ އާ އެއްބަސްވުމެއްގައި، މީރާއަށް ފައިސާ ދެއްކުމަށް ފަހު، ސޮއިކުރަން ޖެހެ އެވެ.
ވަކިން ހިއްކާ ތަން ތަރައްގީކޮށް ހިންގާނީ ވަކި ރިސޯޓެއްގެ ގޮތުގައި ކަމެއް ނުވަތަ އެ ރިސޯޓާ ގުޅިފައިވާ ތަނެއްގެ ގޮތުގައި ކަމެއް އުސޫލުގައި ބުނެފައެއް ނުވެ އެވެ. އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެފަދަ ތަންތަން ހިންގާނީ ވަކި ރިސޯޓެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުމާރޫގޯރަވ
09 May 2018
ޢާޔޫ ސީރިއަސް
އަނހާ
08 May 2018
ތިޔައީ ކޮންމެވެސް ބަޔަކަށް ޓާގެޓްކޮށްގެން ކުރަން އުޅޭކަމެއްހެން ހާދަ ހީވޭ!
ފަހުތިކި
08 May 2018
ހއ އަލިދުއްފަރު ފަޅު ހިއްކައިގެން ފެންވަރުމަތީ 1 ވަނާގެ ރިސޯރޓަކަށް ހެދޭނެ
ޔާން ހަބޭސް
08 May 2018
ސުނޯކުލިންއައްވެސް ޓާޓާ....100% މެޓީލިޔަލިސްޓުން.....
މޮޔަފުޅު
08 May 2018
ރިސޯޓުތައް 25 ބުރިއަށް ނަގާ ކޮންމެ ބުރިއަކީ ވަކި ރިސޯޓެއް ގޮތަށް ހިންގަންވެސް ހުއްދަ ދޭން ފެނޭ. ތަރައްގީ! ތަރައްގީ!
އަލިފުތު
08 May 2018
ދެން ތިމާވެއްޓޭ ފަރުކޮއި ޕްރޮގްރާމޭ ޕްލާސްޓިކޭ ކިޔާނެ ކަމެއް ނެތް، މުޅިންވެސް ނަންވެލާން ކުރާ ކަންތައް. ފަރުތަކަށް ގެއްލުންދޭން ވީމާ ފަރޮކޮޔެއް ނޯންނާނެ.
ކޮލެޖް ބޯއީ
08 May 2018
ރިސޯޓު ތައް ރިސޯޓުގެ ފަޅުތެރޭން ވެސް ހަދަންވީ. ފޯކަސް އޮތީ ރިޔާސީ އިންތިޚާބަށް. ވީ ނީޑް ސަމް ކޭޝް
2132
08 May 2018
ޑައިވިންއަށް ޓާޓާ.
އަހުމަދުބެ
08 May 2018
ތިޔަ ރިސޯޓް ތައް ހަދައިގެން އާއްމުންނަށް ވާ ފައިދާ އެއް ނެތެވެ. ފްލެޓް ތައް އެހަދަނީ ލޯނު ނަގައިގެންނެވެ. އެންމެ ދުވަހަކުން 15 ހާސް ފޯމް ނަގައިފިއެވެ. ރާއްޖެ ވަންނަ ޑޮލަރު ބޮނޑި ދަނީ ކޮން ތާކަށް ހެއްޔެވެ؟ ސިޔާސީ މީހުންގެ ޖީބައް ހެއްޔެވެ؟ ނޫނީ ރާއްޖެ އިން ބޭރައް ހެއްޔެވެ؟
ދަ ސްޓްރީޓް ލޯޔަރ
08 May 2018
ރާއްޖޭގެ ރީތިކަމަކީ ކަނޑާއި، ފަޅުގެ ރިތިކަން، ހުރިހާ ފަޅެއް ހިއްކީ މަސްމަހާ މެހީގެ ގެދޮރު ނައްތާލީމަ، ދެން ވާނެގޮތް ވިސްނާ، ހިއްކީމަ އޮއިވަރަށް ބަދަލު އައިސް ތިމާވެށީގެ އެތައް މައްސަލައެއް ކުރިމަތިވާނެ! ލާރި ބޭނުން ވިޔަސް ކުރަން ނުވާނެ ކަންކަން ހުންނަންވާނެ!!!!