ޚަބަރު / ވިލާ ކޮލެޖް

ބޭނުންވަނީ ތަމްރީން ލިބިފައި ތިބި ޒުވާނުން: އެމްޔޫ މަނިކު

ވިލާ ކޮލެޖާ ގުޅިގެން ޔުނިވާސަލް ފައުންޑޭޝަނުން ހިންގި ސްކޮލަޝިޕް ޕްރޮގްރާމުްގެ ފުރަތަމަ ބެޗުން ނިންމި ދަރިވަރަކަށް، އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޑރ މުހުސިން (ކ) ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ވިލާ ކޮލެޖު

ޓޫރިޒަމް ދާއިރާއަށް ވެސް ބޭނުންވަނީ ތަމްރީން ލިބިފައި ތިބި ޒުވާނުން ކަމަށް، ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ޔުނިވާސަލް ފައުންޑޭޝަނުން ކުރިއަށް ގެންދާ "ޑިސްކަވާ ހޮސްޕިޓަލިޓި އިނީޝިއޭޓިވްގެ ދަށުން ވިލާ ކޮލެޖާ ގުޅިގެން ހިންގި ފުރަތަމަ ސްކޮލޮޝިޕްގައި ކިޔަވާ ނިންމި 15 ކުދިންނަށް ސެޓްފިިކެޓް ދޭން ހޮޓެލް ޖެންގައި ބޭއްވި ހަފުުލާގައި އެމްޔޫ މަނިކު ވިދާޅުވީ، އަމާޒަކީ ޓޫރިޒަމް ދާއިރާ އިން ވީހާވެސް ގިނަ ޒުވާނުން ތަމްރީންކުރުން ކަމަށެވެ.

ފުރަތަމަ ބެޗުގައި ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ އިތުރުން ދެ ވަނަ ބެޗަށް ހޮވި 25 ދަރިވަރަށް ކޯހުގެ ލިޔުން ހަވާލުކުރުން ވެސް އޮތެވެ

އެމްޔޫ މަނިކު ވިދާޅުވީ އެ ދަރިވަރުންނަށް ފަހިވެފައިވަނީ ވަރަށް މުހިއްމު ފުރުސަތެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ކޮލެޖާ އެކު ޓޫރިޒަމް ދާއިރާއާ ގުޅޭ ގިނަ ކަންތައްތަކެއް ދަސްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމަކީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީކަމުނ އެ ދާއިރާއަށް މިހާރު ބޭނުންވަނީ ވެސް ތަމްރީނު ލިބިފައި ތިބި ޒުވާނުންނެވެ.

ވިލާ ކޮލެޖާ ގުޅިގެން ޔުނިވާސަލް ފައުންޑޭޝަނުން ހިންގި ސްކޮލަޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބެޗުން ނިންމި ދަރިވަރުންނާ އެކު، (ކ-ވ) ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒު، ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު، އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ޑރ. މުހުސިން އަދި ޔުނިވާސަލް ފައުންޑޭޝަންގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ވިލާ ކޮލެޖު

"މިތަނުން މިހާ ޒުވާން ކުދިން ފެނުނީމަ ވަރަށް އުފާވެއްޖެ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ފެށުމެއް،" ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށް ވާ އެމްޔޫ މަނިކު ވިދާޅުވި އެވެ.

"ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަނާ ގުޅިގެން ހިންގާ މި ޕްރޮގްރާމަކީ، ވީހާ ވެސް ގިނަ މީހުން ތަމްރީނުކުރަން ހިންގާ ޕްރޮގްރާމެއް."

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒު ވަހީދު ވިދާޅުވީ ތަފާތު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރަން އެ ފައުންޑޭޝަނުން ސްކޮލަޝިޕްތައް ދެމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އެގޮތުން ޑޮކްޓަރުންނާއި ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރަން ގިނަ ސްކޮލަޝިޕްތަކެއް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ޓޫރިޒަމްގެ ދާއިރާގައި ފުރުސަތުތައް ހުރިއިރު، އެކަންކަމުން ކުރިއަށްދާން ތަމްރީނުތައް ދޭން ޖެހޭ ކަމަށެވެ. އަދި ޔުނިވާސަލް ފައުންޑޭޝަނުން ފަހިކޮށްދީފައިވާ ސްކޮލަަޝިޕްގެ ބޭނުން ހިފައި ވީހާ ވެސް ގިނަ ދަރިވަރުން ޓޫރިޒަމް ދާއިރާއިން ކިޔަވަން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖް ގުޅިގެން ކުރިއަށް ގެންދާ ހޮސްޕިޓަލިޓީ އިން ސެޓްފިކެޓް ތިނެއްގެ ކޯހުގެ މުއްދަތަކީ 15 ހަފުތާ އެވެ. ކިޔެވުމުގެ ބައިތައް ވިލާ ކޮލެޖުގައި ކުރިއަށްގެންދިއުމަށް ފަހު، ދަރިވަރުންގެ އިންޓާންޝިޕް ނިންމާފައިވަނީ ޔުނިވާސަލް ކުންފުނީގެ ރިސޯޓުތަކުގަ އެވެ.

5 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 3%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޯރޔޫފޯރމީ

09 May 2018

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ބޭނުންވާ ދިވެހިން ތަމްރީން ކުރުމަށް ޓަކައި ޔުނިވަރސަލް އިން ކުރާ މަސައްކަތް ތަކަކީ އެއީ މަމެން އުފާ ކުރާ ކަމެކެވެ. ޔުނިވަރސަލް ފަދަ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ފައުންޑަރުން ނަށް އިނގޭނެ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ޕްރޮޕަރޓީ ރަނގަޅަށް. ކަން މިހެން ހުރުމުން މަމެން އުއްމީދު ކުރަނީ ރާއްޖޭގެ ސްކޫލް ތަކުން ކޮންމެ އަހަރަކު ކިޔަވައިގެން ނިކުންނަ 11 ހާސް ކުދިން ތަކުގެ ތެރޭން އަހަރަކު 8 ހާސް ކުދިން ޓޫރިޒަމް އިންޑަސްޓްރީ އަށް އަހުލު ވެރިކުރުމަށް ޓަކައި އެމެން ތަމްރީން ކުރަން މަޓީން ވެސް މަސައްކަތް ކުރާނެ ކަމަށް. މިކަން ކުރެވޭނީ ހުޅުމާލޭގައި ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީ އެއް ހުރެގެން. ގައުމީ ޔުނިވަރސިޓީ އަށް އެކަނި މިކަން ނުވާނެއެވެ. ދެއަރ އާރ ވޭސް ޓު ގެޓް ދެއަރ އިފް ޔޫ ކެއަރ އިނަފް ފޯރ ދަ ލިވިންގް މޭކް އަ ލިޓިލް ސްޕޭސް މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ..

The name is already taken The name is available. Register?

ދިސްއިޒް

08 May 2018

ބޭނުންވަނީ ތަމްރީން ލިބިފައި ތިބި ޒުވާނުން ކަމަށް ޔުނިވަރސަލްގެ ޗެއަރމަން ވިދާޅުވާނަމަ ޔުނިވަރސަަލް އަށް ދޭންވީ ހުޅުމާލޭ ފަޅު ތެރޭން 1 ކިލޯ މީޓަރު ދިގު 1 ކިލޯ މީޓަރު ފުޅާ ފަޅެއް އެތަން ހިއްކަިއގެން އެތަނުގައި ހޮސްޕިޓަލިޓީ އާއި އަދި މެނޭޖްމެންޓް އާއި އަދި އިންޖިނިއަރިންގް ކިޔަވާ ދޭ 3 ޔުނިވަރސިޓީ އަޅަން. އެއިރުން އެފަދަ ޔުނިވަރސިޓީސް ތަކެއް އަޅާ ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީ އެއް ކަމަށްވާ ސިންގަޕޯރގެ ނޭޝަނަލް ޔުނިވަރސިޓީ އަށް ކުއްޔަށް ދިނީމާ ނިމުނީ އެއް ނޫންތޭ. މިއުސޫލުން ރާއްޖޭގައި ތިބެގެން ރާއްޖޭގެ ދަރިންނަށް ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީ ތައް އެބަޖެހޭ މާލެ ސަރަހައްދުގައި ހަދަން. އެއިރަށް މިކަން ކާމިޔާބު ވާނީ.

The name is already taken The name is available. Register?

ހުސައިން އަބުދުއްރަހީމް

08 May 2018

މުހައްމަދު އުމަރު މަނިކުއަށް ވެދުން ސަލާމް އަށްފަހު ދަންނަވަމެވެ. ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން ވަރަށް އުފާވާނެ އެމުވައްޒަފުންނަށް ހައްގުވާ ސަރވިސްޗާރޖު ހަމަޔަށް ރިސޯޓުތަކުން ދެމުންދާނަމަ. މައުލޫމާތު ލިބޭގޮތުގައި ވަރަށް ގިނަރިސޯޓުތަކުން ސަރވިސް ޗާރޖު ހަމައަށް ނުބަހައި ސަރވިސް ޗާރޖު ބޮޑުބައެއް ކުންފުންޏަށް ނަގަނީ.، މިނަގާ ފައިސާއަކީ ހަމަ ކަޑައެޅިގެން ހަރާމް ފައިސާ ބައެއްގެ ހައްގަކަށް އަރައިގަތުން. ސަރވިސް ޗާރޖުހަމަޔަށް މުވައްޒަފުންނަށް ބަހާ މަދު ރިސޯޓުތަކަކީ މުޅިންވެސް ބޭރުކުންފުނިތަށް. ދިވެހިމީހާ ތަނަވަސް ވުމުން ތަނަވަސްވާނީ ދިވެހިއާއިލާ. ދިވެހިއާއިލާ ތަނަވަސްވުމުން ތަނަވަސްވާނީ ދިވެހި ސޮސައިޓީ. ވީމާ މިކަންތައް ހައްލުކުރުމަށް ދަންނަވަމެވެ. މަނިކުފާނަކީ މަޓީގެ ޗެއަރމަންވެސް މެއެވެ.

The name is already taken The name is available. Register?

އަބްދުއްރަހީމް ހުސެއިން

08 May 2018

ހަބަރު ލިބޭ ގޮތުގައި ޔުނިވާސަލްގެ ރިސޯޓްތަކުގައި ސަރވިސް ޗާޖުގެ މައްސަލައެއް ނެތް.

The name is already taken The name is available. Register?

ހުހުހުސައިންނ އަބދުފައއް

09 May 2018

ނޫން ޔުނިވަރސަލް ގެ ވެރިން ހިއްސާވާ ވަރަށް ގިނަ ރިސޯޓުތަކުން ސަރވިސް ޗާރޖު ހަމަޔަށް ނުބަހާ. އަދި ޗަންޕާ ގުރޫޕު ރިސޯޓު ތަކުންވެސް. ހުރަވަޅި ރިސޯޓުގައި އޮންނަނީ ސަރވިސް ޗާރޖު ފިކުސް ކޮށްފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454