ކުރީގެ ރައީސް މުހައްމަދު ވަހީދު (ވ) އާއި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު
10 މެއި 2018 - 10:11
މެލޭޝިއާގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުން، އުމުރަކީ މައްސަލައެއް ނޫންކަން ސާބިތުކޮށްދީފި ކަމަށާއި މިއީ ދިވެހިރާއްޖެއަށް ފިލާވަޅެއް ކަމަށް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވަހީދު މިހެން ވިދާޅުވީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު އުމުރުން 92 އަހަރުގައި އިންތިހާބުގައި ވާދަކުރައްވައި ހޯއްދެވި ކާމިޔާބީއަށް އިޝާރާތްކުރައްވަ އެވެ.
ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަންގެ މައްސަލަތަކާ ހެދި ޕާޓީ ދޫކޮށްލައްވައި އިދިކޮޅު ކޯލިޝަނަކާ އެކު ނިކުމެވަޑައިގަތް މަހާތީރުގެ ޕަކަރަން ހަރަޕަން ކޯލިޝަނުން ވަނީ ޕާލަމެންޓުގެ 113 ގޮނޑި ކާމިޔާބުކޮށް އަޣުލަބިއްޔަތު ހޯދައިފަ އެވެ. އެއާ އެކު، މެލޭޝިއާ އަށް މިނިވަންކަން ލިބުނީއްސުރެ ވެރިކަންކުރަމުން އަންނަ ޕާޓީ އަށް ފުރަތަމަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިވެ މަހާތީރު ވެފައި ވަނީ އިންތިހާބީ އެންމެ ދޮށީ ލީޑަރަށެވެ.
ވަހީދުގެ ޓްވީޓްގައި އިޝާރާތްކުރައްވާފައި ވަނީ 65 އަހަރުން މަތީގެ މީހުންނަށް ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަށް ކަމަށް ބެލެވެ އެވެ. އެހެންވެ، ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރުވެސް ތިއްބެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތެއް މިހާރަކު ނޯންނާނެ އެވެ.
Congratulations to Dr. Mahathir and his coalition. Malaysia proves age should not be a factor. Maldives must learn. pic.twitter.com/RGXxZUXzfu
— Mohamed Waheed (@DrWaheedH) May 10, 2018
މަހާތީރަށް މަރުހަބާ ދަންނަވައި ވަހީދު ކުރެއްވި ޓްވީޓް
މަހާތީރު 1981 އިން 2003 އަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު މަގާމު ދޫކޮށްލެއްވީ އަމިއްލަފުޅަށެވެ. ނަމަވެސް އަލުން ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ ޕާޓީ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބޮޑުވުމުން، ގައުމުގެ ޝަރަފު އަލުން ހޯދަންޖެހޭ ކަމަށް ވިދާޅުވަމުންނެވެ.
ސިޔާސީ ގޮތުން ނަޖީބަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކަށް ވީ އިންވެސްޓްމަންޓް ބޭންކް 1އެމްބީޑީގެ ބޮޑު ކޮރަޕްޝަނެވެ. އެ ބޭންކުގައި އޮންނަ، ނަޖީބުގެ އަމިއްލަފުޅު އެކައުންޓަކަށް 700 މިލިއަން ޑޮލަރު ޖަމާކޮށްފައިވެ އެވެ. އެ ފައިސާގެ މައްސަލަ ބޮޑުވުމުން ނަޖީބް ވަނީ އެއީ ސައުދީ އަރަބިއްޔާއިން ދިން ހަދިޔާއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ސައޫދީން ވެސް ފަހުން ވަނީ އެގޮތަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޝަނަލިސްޓް
12 May 2018
އިންތިހާބު ގެ ވާހަކަ ދައްކަން އެހާ އެކަށޭނަ މީހެއް ނޫން ވަހީދަކީ!
ރެކޯރޑު
11 May 2018
ކަލޭމެން ރައީސް ވަޙީދާ ދިމާލަށް ކިތަންމެ ވަރަކަށް އެއްޗެހި ކިޔަސް، މިރާއްޖޭގައި އެެއްދައުރެއްގައި ނާއިބު ރައިސް ކަމާ، ރައީސްކަން ކުރެއްވުމުގެ ރެކޯރޑު އޮތީ ރައީސް ވަޙީދުގެ އަތްޕުޅުގަ އެވެ.
ޑަރޯގާ
11 May 2018
ވަހީދަށް ލިބުނު %5 އަކީ މުޅި ދުނިޔެއަށް ފިލާވަޅެއް
ބޭރުވެލާ
10 May 2018
ޑރ.ވަހީދު ވެރިކަމަށް އިންތިހާބު ކުރުން ~ ދިވެހިންނަށް ސިޔާސީ ގޮތުން ލިބުނު އެންމެ ބޮޑު ގެއްލުން.
އަހުމަދު ސަލީމް
10 May 2018
ޑަކުޓަރު ވެރިކަމަށް ގެނައި އެންމެން މިހާރު ޖަލުގައި.... ކަޑަ؟
ކައްތުބޭ
10 May 2018
ތިޔަ އެގިގެންދަނީ އޭޝިއާގައި ސަވައިވްވާނީ ޑިކްޓޭޓަރުންކަން! މެލޭޝިއާގެ ރައްޔިތުނަ ބޭނުންވަނީ އުމުރުން ދުވަސް ވިޔަސް ޑިކްޓޭޓަރުން ކަން! އާން ފަހެ އެއޮއް ބޮޑު އާބާދީއިންވެސް ދެވަނަމީހަކު ނުފެނުނު ވިއްޔަ!
ބަގާވާތް
10 May 2018
ރާއްޖެ މި ހާލަތަށް ވައްޓާލާފަ ލަދެއްނުގަނޭ ދޯ އަގަ ފޭކުރާކަށް?
ޏަވިޔަނި
10 May 2018
މެލޭގެ މުއައްސަސާތަކަށް ހަވާލާދީ މިގައުމުގައި ހިންގަމުންގެންދާ އަނިޔާވެރިކަމާއި ބެހޭގޮތުން އަވަސް ފިޔަވަޅުތަކެއް އަޅުއްވައި މެލޭ މުއައްސަސާތަކާއި ހަވާލާދީ ދެކެވޭ ވާހަކަތަކުގެ ތެދު ދޮގު ވީ އެންމެ އަވަހަކަށް ހާމަކޮށްދެއްވުމަށް ޑރ. މަހާތީރުގެ އަރިހުން އެދެން
މރ. ޕީއާރ
10 May 2018
ޑރ. ވަހީދު އަކީ ފިލްމިސްޓަރ އެއްފަދަ ބޭފުލެއް. މީހުންގެ ސަމާލުކަން ލިބޭ ކޮއްމެ ދަޑިވަލަކު ވަހީދުގެ އަޑުއިވޭނެ.
ކެރިމާ
10 May 2018
ވަހީދުގެ ކުރިޔަށް ރައީސް އައުމީވެސް " ނަސީބި " މިކަމުގެ ބޮޑުފިލާވަޅެއް
ފޯޒާ
10 May 2018
ހަމަ ގައިމުވެސް މީނަ ކުރި ވެރިކަމެއްގަ 3 ފަހަރެއް މަތިން ތިބުނާ އަބްދުއްލޯ ސައީދުއަކާ އަލީހަމީދެއް އިންތިހާބުގެ ހައްގު 2 ފަހަރެއް މަތިން ނިގުޅައިގަނެފަ ޔާމީނު ހޮވުނީ، ތާރީހު ހެކިދޭނެ، ވަހީދު ރާއްޖޭގެ ނަންމަތީ ނުވަތަ މިތަނާ ބެހޭގޮތުން ވާހަކަ ނުދެއްކުން އެދެން