ކުޅިވަރު

ފޯކައިދޫ ބަލިކޮށް މިނިވަން ޗެމްޕިއަންޝިޕް ތިމަރަފުށި ކާމިޔާބުކޮށްފި

މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ތިމަރަފުށި ފައިނަލަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

10 މެއި 2018 - 23:14

3 comments

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިރޭ 3-0 އިން ށ. ފޯކައިދޫ ބަލިކޮށް ތ. ތިމަރަފުށިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މީގެ ކުރިން 2016 ވަނަ އަހަރުގެ ފައިނަލުގައި ތިމަރަފުށި ވަނީ ބ. އޭދަފުށި އަތުން ބަލިވެފަ އެވެ. އެފްއޭއެމުން 2015 ވަނަ އަހަރު އަލުން އަތޮޅުތަކަށް ހާއްސަކޮށްގެން މި މުބާރާތް ފެށި ފަހުން މި މުބާރާތް ކާމިޔާބުކުރީ ތިމަރަފުށްޓާއި އޭދަފުށީގެ އިތުރުން މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި ދ. ކުޑަހުވަދޫ އާއި ސ. ފޭދޫ އެވެ.

ތިމަރަފުށި މި ފަހަރުގެ މުބާރާތް ކާމިޔާބު ކުރިއިރު ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ފައިނަލް ބުރުގެ ފުރަތަމަ މެޗުގައި ނިލަންދޫ އަތުންނެވެ.

ބޯ ވާރޭގެ ތެރޭގައި މެޗު ފެށިއިރު ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި ފޯކައިދޫގެ ހުސެއިން ސޮބާހު އޭރިއާ ބޭރުން ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ރަނގަޅަށް ފައިގައި ލައްވާނުލުމުން އެ ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

މެޗުގެ 12 ވަނަ މިނިޓްގައި ފޯކައިދޫ އޭރިއާ ތެރެއަށް އައި ބޯޅައެއްގައި ތިމަރަފުށީގެ އަހުމަދު ހައިލަމް އަށް ފޯކައިދޫގެ ގޯލްކީޕަރު އަހުމަދު ޝާހިދު ފައުލުކުރި ކަމަށް ބުނެ ތިމަރަފުށީގެ ކުޅުންތެރިންނާއި ބެންޗުން ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ.

ވިއްސާރައިގައި ކުޅެން ޖެހުމުން ދެ ޓީމަށް ވެސް އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫތަކެއް ކުރިމަތިވި އެވެ. މެޗުގެ 26 ވަނަ މިނިޓްގައި އޭރިއާ ބޭރުން ތިމަރަފުށީގެ ހައިލަމް ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

މެޗުގެ 35 ވަނަ މިނިޓްގައި ފޯކައިދޫ ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އެ ޓީމުގެ ކެޕްޓަން ހުސެއިން ފަޒީލް ލިބުނު ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ ފާރިޝް ބޮލުން ފޮނުވާލުމުން ތިމަރަފުށީގެ ގޯލްކީޕަރު ޝާމް އަލީ ވަނީ މަތަކޮށްފަ އެވެ.

މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި ތިމަރަފުށްޓާއި ފޯކައިދޫ ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ފަހުން ތިން މިނިޓް ތެރޭ ތިމަރަފުށިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ތިމަރަފުށްޓައް ކުޅޭ އައިވަރީ ކޯސްޓުގެ ކުޅުންތެރިޔާ ކުއާސީ މެޗުގެ 36 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ހައިލަމް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ޝާހިދު އަތުގައި ޖެހިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ތިމަރަފުށީގެ ދެ ވަނަ ލަނޑު ޖެހީ އަމީން ޝާހު އެވެ. ހާފުގެ މެދުތެރެއިން ލިބުނު ބޯޅައެއް އަމީން ސާހު ވަނީ އެއް ފަހަރުން ޖަހައި ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތިމަރަފުށްޓަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ކުއާސީ އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ.

ތިމަރަފުށިން ދެ ވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. ފުރަތަމަ ފަސް މިނިޓް ތެރޭ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމުން ތަނަވަސްކުރި އެވެ. އެ ގޮތުން ބިދޭސީ ކުޅުންތެރިޔާ ކޮއާސީ ހުސްކޮށް ހުރެ ފޮނުވާލި ބޯޅައެއް ބޭރަށް ދިޔައިރު، ހައިލަމް ފޮނުވާލި ބޯޅަ ފޯކައިދޫ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ.

އޭގެ ފަހުން ފޯކައިދޫ އިން މެޗުގެ ތެރެއަށް އައިސް ރަނގަޅު ކުޅުމެއް ދައްކަން ފެށި އެވެ. މެޗުގެ 57 ވަނަ މިނިޓްގައި ފޯކައިދޫގެ މުހައްމަދު ނަދީމް ފޮނުވާލި ޝޮޓް ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ފާރިޝް ފޮނުވާލި ބޯޅަ ވެސް ގޯލާ ސީދާނުވި އެވެ.

މެޗުގެ ފަހު 20 މިނިޓް ތެރޭ ފޯކައިދޫ އިން ކުރިއަށް ޖެހި ގިނަ އެޓޭކްތަކެއް އުފެއްދި އެވެ. މެޗުގެ 73 ވަނަ މިނިޓްގައި ފޯކައިދޫގެ އަހުމަދު ރަފީއު ފޮނުވާލި ބޯޅަ ތިމަރަފުށިގެ ކީޕަރު ޝާމް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ވެސް ފޯކައިދޫ އިން ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ބޭނުން ނުހިފުނެވެ.

ކައުންޓަ އެޓޭކުގައި ތިމަރަފުށިން ވެސް ދިޔައީ ލިބޭ ފުރުސަތުތަކުގައި އެޓޭކް އުފައްދަން މަސައްކަތް ކުރަމުންނެވެ. ތިމަރަފުށީގެ ތިން ވަނަ ލަނޑު އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ޖެހީ ނައިޖީރިއާގެ ޑިފެންޑަރު އަޔޮޑޭޖީ ޓޫންޑޭ އެވެ. މިއީ އަކީ ކޮއާސީ އަށް ފޯކައިދޫ ކީޕަރު ޝާހިދު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޝާހިދަށް ފައުލާ ގުޅިގެން ރަތް ކާޑު ދެއްކިއިރު، އޭރު ފޯކައިދޫގެ ތިން ބަދަލު ހަމަވެފައިވުމުން ޕެނަލްޓީ ޖެހިއިރު ގޯލުގައި ހުރީ ފޯކައިދޫ ކެޕްޓަން ފަޒީލް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކީ ތިމަރަފުށީގެ މެދުތެރޭގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އަމީން އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ ފޯކައިދޫގެ ފާރިޝް އެވެ.

މިނިވަން ޗެމްޕިއަންޝިޕް ގަދަ ހަތަރެއްގައި ހިމެނިގެން މި ފަހަރު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނީ ތިމަރަފުށްޓާއި ފޯކައިދޫގެ އިތުރުން ބ. ފެހެންދޫ އާއި ފ. ނިލަންދޫ އެވެ. މިރޭގެ ފައިނަލު ބެލުމަށް އެ ދެ ރަށަށް ނިސްބަތްވާ ގިނަ ސަޕޯޓަރުންތަކެއް ވަނީ ދަނޑަށް ވަދެފަ އެވެ. އަދި މެޗު ނިމުމުން ތިމަރަފުށީގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައި ޓީމާ އެކު ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

3 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 26%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެނޮނިމަސް

11 May 2018

ޓިމަރަފުށީގަ މޮޅުކުޅުނެތެރިން އުފެދެ!! ބޭނުންވަނީ ރަށުގަ މަޑު ކުރާނެ މަގެއް. ޥަޒީފާ ނެތީމަ މިޖެހެނީ މާލެ އައިސް ގަނަތެޅެން! މިހެން ގެއްލިފަ ތިބި ކުދިން ބައިވަރު. ޢެބަޖެހޭ ހިއްކާފަ އޮތް ބޮޑުބިމުން އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްކުރަނ. ސަރުކާރުން ނުކުރަންޔާ އަމިއްލައަށްވިޔަސް. އޭރުން ދެމިއޮންނަނިވި ގޮތަކަށް ތިކަންކުރެވޭނީ!! ނޫނީ ހަމަ ދާނީ މީހުން އަހަރަކަށް ވަރު އަހަރެއް މާލެ ބަދަލވެ ރަށްރަށުގަ މަދުވަމުން!! އޭރުން މިހާރު މި އުފެދޭ ގޮތަށް ކުލުންތެރިން ނުެުފެދޭނެ. ޢެހެން ނޫނަސް ބިން ހިއްކަމުން ދާއިރު އޭގެ ބޭނުންވެސް ކުރެވެން އެބަޖެހޭ!! ޙަމަ ހުސް ބިމެއް އޮތަސް ކެއްކޭނެ ރިހަ އެއް ނޯންނާނެ

The name is already taken The name is available. Register?

މަރުހަބާަަ

11 May 2018

މަރުހަބާ ތިމަރަފުށި

The name is already taken The name is available. Register?

ޢެޑަމް

10 May 2018

މަރުޙަބާ ތިމަރަފުށި !! ހަމަ ހައްޤު މޮޅެއްކަން ފާހަގަ ކޮއްލަން !!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454