ލައިފްސްޓައިލް / ޝާހީ ކައިވެނި

މޭގަން މާކަލްގެ ކައިވެންޏަށް ދައުވަތު ދޭން އެއްބަފާ ބޭބެ އާދޭސްކުރަނީ

ޕްރިންސް ހެރީ އާއި މޭގަން: މި މަހުގެ 19 ގައި ކައިވެނި ބައްލަވައި ގަންނަވާނެ.

އެމެރިކާ އަށް އުފަން ބަތަލާ މޭގަން މާކަލްއާ ކައިވެނި ކުރުމަކީ އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އަށް ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށާއި އެކަމަކު އަދިވެސް އެކަމުން ސަލާމަތް ވާން ވަގުތު އެބައޮތް ކަމަށް ބުނި އެއްބަފާ ބޭބެ ތޯމަސް މާކަލް ޖޫނިއާގެ ސިޓީއެއް އަނެއްކާވެސް ތިލަވެއްޖެ އެވެ.

މި ފަހަރު އޭނާ ސިޓީ ލިޔުނީ ސީދާ މޭގަން އަށް އެޑްރެސްކޮށެވެ. "ޑިއާ މެގް" ޖަހާފައި އޭނާ ލިޔުނު ސިޓީ އިން ޓަޗް މެގަޒިން އިން މި ފަހަރު ވެސް ވަނީ ގެނެސްދީފަ އެވެ.

އޭގައި ތޯމަސް ވަނީ މި މަހުގެ 19 ގައި ލަންޑަންގެ ވިންސާ ކާސްލްގައި ބާއްވާ ކައިވެނީގެ ހަފުލާ އަށް އޭނާއަށާއި އާއިލާ އަށް ދައުވަތު ދޭން އެދި އާދޭސްކޮށްފަ އެވެ. އެކަމަކު ކުރިން ތޯމަސް ލިޔުނު ސިޓީގައި ވަނީ ކައިވެނީގެ ހަފުލާ އަށް ދައުވަތު ނުދިނުމަކުން އެކަމާ ކަންބޮޑުނުވާ ކަމަށް ބުނެފަ އެވެ.

މޭގަންގެ ބޭބެ ތޯމަސް: އޭނާ ދައްކާ ވާހަކަތައް ތަފާތު.

"އަދިވެސް އަހަރެމެންނަށް ދައުވަތު ފޮނުވާކަށް ލަހެއް ނުވޭ. އަހަރެން ގަބޫލުކުރަން މެގް އާއި އަހަރެމެންނާ ފާއިތުވެ ދިޔަ ދުވަސްތަކުގައި ގުޅުން ވަރަށް ކުޑަކަން. އެކަމަކު މިއީ ހަމަ އެއް އާއިލާއެއް،" ތޯމަސް ލިޔެފައިވެ އެވެ. "ތިއީ އަހަރެމެންގެ ލޯ ކުރިމަތީގައި ބޮޑުވި ކުއްޖެއް. އެކަމަކު އާއިލާ މަތިން މެގް ހަނދާން ނައްތާލުމަކީ ވަރަށް ހިތްދަތިވާ ކަމެއް."

ހެރީ އާއި މޭގަންގެ ކައިވެންޏާ ބެހޭ ޓްވީޓެއް.

އެ ސިޓީގައި ތޯމަސް، 51، ވަނީ ކުޑައިރު މޭގަން، 36، އާ އެކު އުޅުނު ބައެއް ދުވަސްތަކުގެ މަތިން ވެސް ހަނދާން އާކޮށްފަ އެވެ. އެގޮތުން މާމަ އަށް ޒިޔާރަތް ކުރި ދުވަސްތަކާއި ޕާކްތަކަށް ގޮސް އަސްދޫނިތަކަށް ކާން ދިން ދުވަސްތައް މަތިން އަދިވެސް ހަނދާންވާ ކަމަށް ތޯމަސް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެއްވެސް މީހަކީ "ފާކެޓް މީހެއް" ނޫނެވެ.

"އަހަރެން ވެސް ގަބޫލު ކުރަން އަހަންނަކީ ޕާފެކްޓް މީހެއް ނޫންކަން. އަދި އަހަންނަށް ވެސް ގޯސްކޮށް ކަންތައް ކުރެވިފައި ހުރެދާނެ. ކުރިން އަހަރެން ލިޔުނު ސިޓީގައި ދައްކާފައި ހުރި ވާހަކަތަކަށް މެގް ހިތްބަރު ނުކުރަން އެދެން. އަދި އެ ސިޓީގައި ދެއްކުނު ވާހަކަތަކަށް މައާފަށް ވެސް އެދެން،" ތޯމަސް ޖޫނިިއާގެ ދެ ސޮފުހާގެ ސިޓީގައި ބުންޏެވެ.

Meghan Markle aa kaiveni nukuran Meghan ge beybe Prince Harry ge kibain edhefi

Meghan Markle aa kaiveni nukuran Meghan ge beybe Prince Harry ge kibain edhefi

The most trusted news source in the Maldives

Mihaaru

މޭގަންގެ ބޭބެ ކުރިން ސިޓީ ލިޔުނީ ހެރީ އަށް އެޑްރެސްކޮށް.

މޭގަންގެ އާއިލާގައި ތިބެނީ އެއްބަފާ ބޭބެ ތޯމަސް ޖޫނިއާ އާއި އެއްބަފާ ދައްތަ ސަމަންތާ ގްރާންޓް، 53، އެވެ. އެއްބަފާ މީހުން މޭގަންއާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް ދެއްކި ނަމަވެސް، ބައްޕަ ތޯމަސް މާކަލް ހުރީ ހަގު އަންހެން ދަރިފުޅު އިނގިރޭސި ޝާހީ އާއިލާގެ މެމްބަރަކަށްވާތީ ވަރަށް އުފަލުންނެވެ. އަދި އޭނާ ކައިވެނީގެ ހަފުލާގައި ބައިވެރި ވާނެ އެވެ.

މެގަންއާ ބެހޭ ގޮތުން އެއްބަފާ މީހުން ދައްކާ އެއްވެސް ވާހަކައަކަށް މެގަން މިހާތަނަށް އެއްވެސް ރަދެއް ދީފައެއް ނުވެ އެވެ.

4 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 29%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮން މީހާ

17 May 2018

އިނގިރޭސިންނާއި އެމެރިކާ މީހުން އަދި ފްރާންސް މީއެއްބައެއް. ހަގުރާމައެއް ކުރިއަސް މިތިންބައިމީހުން އެކަތިގަނޑަކަށްވޭ.

The name is already taken The name is available. Register?

މޭގަން

13 May 2018

އަދި ކިރިޔާތަ އިނގުނީ ތި ސިޓީ އެއް ފޮނުވަން ؟؟؟؟؟؟؟؟؟؟؟

The name is already taken The name is available. Register?

ތަވީދު

13 May 2018

ހީވޭ ކަމެއްހެން ،،ދެންދޭ ތަމެން މަހަށް . މަސްވެރިންނަށް ދިހަ ހާސް ދީފަ އެކަމް....

The name is already taken The name is available. Register?

ވަގުއުސައިދު

13 May 2018

މަމެން ވަރަށް ގާތުން މިހަފްލަ ބަލާނަން.އެއީ އިނގިރޭސިވިލާތުގެ މިނިވަން ޖައްވުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454