ވިޔަފާރި

ހަތަރު އަހަރު ތެރޭ ބީއެމްއެލްގެ ފައިދާ ދެ ގުނަ އިތުރުވެއްޖެ: އެންޑްރޫ

ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ސީއީއޯ އެންޑްރޫ މިރޭ ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފައިދާ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދެ ގުނަ އިތުރުވެ، ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ މިރޭ ވިދާޅުވެއްޖެ އެވެ.

އެ ބޭންކަށް 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.02 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 8 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ އިތުރުން ކަސްޓަމަރުން ޑިޕޮސިޓްކުރި ފައިސާގެ އަދަދު ވެސް 15 ޕަސެންޓް އިތުރުވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 15 ބިލިއަން ރުފިޔާ ޑިޕޮސިޓް ކޮށްފައިވެ އެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކުން ހޮޓެލް ޖެންގައި ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެންޑްރޫ ވަނީ 2014 ވަނަ އަހަރުން ފެށިގެން ބޭންކުން ހޯދަމުން އަންނަ ނަތީޖާތަކަށް އަލިއަޅުއްވާލައްވައިފަ އެވެ.

ބޭންކަށް ލިބޭ ފައިދާ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދެގުނަ އިތުރުވެފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ހަރުދަނާ ގޮތެއްގައި ވިޔަފާރި ފުޅާކޮށް އަދި އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަރަށް ބޮޑަށް ދަށްކުރުމުން ކަމަށެވެ. އެ ބޭންކުން ވަނީ އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް މިދިޔަ ހަތަރު އަހަރުތެރޭގައި 20.3 ޕަސެންޓުން 4.1 ޕަސެންޓަށް ދަށްކޮށްފަ އެވެ.

އެންޑްރޫ ވިދާޅުވީ އެ ބޭންކްގެ ހިއްސާގެ އަގަށް އައި 240 ޕަސެންޓްގެ ކުރިއެރުމާއެކު ހިއްސާދާރުންނަށް އެކަމުގެ ފައިދާ ލިބިފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ބޭންކުން 1.3 ބިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ގޮތުން އެ އަހަރު ބޭންކުން ކަނޑައެޅި ތަސައްވުރަށް ވާސިލްވުމަށްޓަކައި މިހާތަނަށް މާލީ ގޮތުން ހޯދާފައިވާ ކުރިއެރުމާއި ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތަށް ގެނުވުނު ބަދަލާއި މުޖުތަމައަށް ކުރާ އިންވެސްޓްމަންޓާ ގުޅޭގޮތުން އެންޑްރޫ ވަނީ ވާހަކަދައްކަވައިފަ އެވެ.

ކަސްޓަމަރުންނަށް ދޭ ހިދުމަތާ ގުޅޭގޮތުން އޭނާ ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ އަށް ކުރަމުންދާ އިންވެސްޓްމަންޓްގެ އެހީގައި ކަސްޓަމަރުން ހިދުމަތް ހޯދާ ގޮތަށް ބަދަލުގެނެވި ބޭންކުގެ ކަސްޓަމަރުން ހިންގާ ކޮންމެ ދިހަ މުއާމަލާތަކުން ނުވަ މުއާމަލާތް ހިންގަނީ އޮންލައިންކޮށް ކަމަށެވެ. އަދި މީގެ ކުރިން އާންމުކޮށް ކުރަންޖެހޭ މުއާމަލާތްތައް ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ކުރަމުންދިޔަ ނަމަވެސް އެކަމަށް ވަރަށް ބޮޑު ބަދަލެއް ގެނެވި އެ މުއާމަލާތްތައް މިހާރު ކުރަމުންދަނީ މޮބައިލް، އިންޓަނެޓް އަދި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.

އެ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އޮންލައިންކޮށް 30 މިލިއަން މުއާމަލާތްކުރިއިރު މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. އެ މުއާމަލާތްތަކުން ބްރާންޗްތަކުގެ ކިޔު ކުޑަކުރެވިގެންދިޔަ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

"މިދިޔަ އަހަރު މާލޭގައި ހުޅުވި ކަސްޓަމަ ސާވިސް ސެންޓަރާއި ހިދުމަތަށް ގެނައި ބަދަލުތަކާއެކު ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަގަޅު ކުރެވިފައި. ބީއެމްއެލްގެ ކަސްޓަމާ ސެޓިސްފެކްޝަން ލެވެލް މިހާރު ވަނީ ރާއްޖޭގެ އެހެން ބޭންކުތަކަށްވުރެ މަތީގައި. އަދި މި ލެވެލް ހުރީ އޭޝިއާ ގެ ސަރައްހައްދުގެ އެވްރެޖަށްވުރެ 8 ޕަސެންޓް މަތީގައި،" އެންޑްރޫ ވިދާޅުވި އެވެ.

އެ ޖަލްސާގައި އެންޑްރޫ ވަނީ މިދިޔަ އަހަރުތަކުގައި މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން 100 އަށް ވުރެ ގިނަ ޕްރެޖެކްޓް ހިންގާފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި މިދިޔަ އަހަރު އެކަނިވެސް "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމަށް ދިނުމުގެ ގޮތުން ކުރެވުނު މި އިންވެސްޓްމަންޓްތަކުން ދިވެހި އެކި މުޖުތަމައުތަކަށް ވަރަށް ބޮޑު މަންފާއެއް ވަނީ ލިބިފައި. އަދި މިވޭތުވެދިޔަ ހަތަރު އަހަރަށް ބަލާއިރު ބްރާންޗް ވިއުގަ 30 ޕަސެންޓުން ފުޅާކުރެވި، 35 ސެލްފް ސާވިސް ބޭންކިން ސެންޓަރާއެކު އޭޓީއެމްގެ އަދަދު މިވަނީ ދެގުނަ އަށް އިތުރުކުރެވިފައި،" އެންޑްރޫ ވިދާޅުވި އެވެ.

"މިހާރު ކޮންމެ އަތޮޅެއްގައި ބޭންކުގެ ބްރާންޗެއް އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބްރާންޗެއް، އޭޓީއެމް އެއް ނުވަތަ އެޖޭންޓެއް މިވަނީ ގާއިމްކުރެވިފައި."

ހިއްސާދާރުންނާ ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ވަނީ މުވައްޒަފުންނަށް ތައުރީފްކޮށްފައެވެ.

"އަޅުގަނޑު ދެކޭގޮތުގައި ބޭންކުގެ އަމާޒަށް ވާސިލްވުމަށް އަޅުގަނޑުމެން ކަނޑައަޅަފައިވާ ލަނޑުދަނޑިތައް ހާސިލްކުރަމުންދާކަން ތިޔަ ބޭފުޅުން ގަބޫލްކުރައްވާނެ. އަޅުގަނޑުމެންގެ މާލީ ހާލަތު މިވަނީ ހަރުދަނާކަންމަތީގައި، ހަރުދަނާ ކަމާއެކު ރިސްކް ބެލެހެއްޓުމާއި ކަސްޓަމަރުންނަށް ދޭ ހިދުމަތް މިވަނީ ރަނގަޅުކުރެވިފައި. އަދި ބޭންކަށް ލިބޭ ފައިދާ މިދަނީ އަޅުގަނޑުމެންގެ ހިދުމަތްފޯރުކޮށްދޭ މުޖުތަމުތަކަށް އަނބުރާ ދެމުން. މި ފުރުސަތުގައި މިދިޔަ އަހަރު ވަރަށް ބުރަ ކޮށް އަދި އެހާމެ ހީވާގިކަމާއެކު މަސައްކަތަށް އަހައްމިއްޔަތުކަންދީގެން މަސައްކަތްކުރި ބޭންކުގެ މުވައްޒަފުންނަށް ޝުކުރުދަންނަވަން،" އޭނާ ވިދާޅުވި އެވެ.

40 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 5%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންޑޭލާ

14 May 2018

އެމްޑީޕީގަ ތިބެނީ ހެޔޮނުވިސްނޭ މީހުންގިނައީ.

The name is already taken The name is available. Register?

ބުޗް

14 May 2018

ނަމަވެސް ' ހިއްސާ އަކަށް އެންމެ 22ރ ދެއްތޯ؟؟

The name is already taken The name is available. Register?

ކަސްޓަމަރ

14 May 2018

މިސީއީއޯ އައު ފަހުން ބޭންކުގެ ޚިދުމަތްތައް ވަރަށް ރަގަޅުވެއްޖެ. އެހެން ނަމަވެސް ބައެއް ޚިދުމަތްތަކުގެ އަގު ބޮޑުވެއްޖެ. ކާޑު ބޭނުންކޮށްފެން އޮންލައިންކޮށް ޓިކެޓެއް މިދިޔަ އަހަރު ޑިސެމްބަރގަ ގަތީ. ޓިކެޓްގެ ފައިސާއިނީ ސްރީލަންކަން ރުޕީސްއިން. ބޭންކް އިން ޓްރާންސެކްޝަނަށް ދައުސާ ކަނޑާލި އިރު ތަންކޮޅެއް ބޮޑުހެން ހީވެގެން ގުޅާލީމާ ބުނަނީ ޑޮލަރ ނޫން އެހެން ކަރަންސީން ހަދާ ޓްރާންސެކްޝަން ތަކަށް  ޗާޖްކުރަމޯ. މަދިޔައީ ތަލިން ކުޅުހިކިގެން. ކާޑް ބޭނުންކޮށްގެން ޑޮލަރުންނޫން އެހެން ކަރަންސީތަކުން ގުންނަ އެއްޗެހި ވަރަށް ގިނައިން ގަންނަން ޖެހޭ. މިސާލަކަށް ޔުނިވާސިޓި ފީބަލައި ގަންނަނީ ކާދުން. ކާދުން ނޫން ގޮތަކަށް ދައިސާ ބަލައި ނުގަންނާތީ އަދި އެހެން ކަރަންސީއަކަށް ވުމުން ޓިއިުޝަންފީއަށް ވަރަށް ބޮޑުއެއްޗެއް އަތުން ޚަރަދުކުރަންޖެހޭ

The name is already taken The name is available. Register?

ހަސީނާ

14 May 2018

އިންޓަރަސްޓޭ ކިޔައިން ވާހަކަ ދައްކާ މީހުނަށް. ލޯނަކީ އިންޓަރަސްޓު އަރާ އެއްޗެއް ދޯ. އެއީ ގަދަކަމުން ބޮލުގަ އަޅުވާ އެއްޗެއް ނޫން. އިންޓަރަސްޓޭ ކިޔައިން ވާހަކަ ދައްކާ އިރު އެބަ ވިސަނަން ޖެހޭ އަމިއްލަ މީހާއަށް ލިބޭ ލާރި ގެންގުޅެން ނޭނގުމުންކަން ލޯނު އެއްޗެހި މި ނަގަން ޖެހެނީ. މަހަކު ފޯނެއް، ސައިކަލެއް މި ގަންނަނީ ހަމަ ލޯނު ނަގައިން. ދެން ކިޔަންވީ އިންޓަރަސްޓޭ. ބުނާއިރު ލޯނޭ ނުކިޔާ ތި ޝީޝާ އަދި އެމް.އެފް.އެލް.ސީ ތަންތަނުން ދޭ އެއްޗެހިވެސް އެއީ ހަމަ ލޯނު. އެކަމު އެ ނަގަން ދިވެހިންނަށް އޯކޭ. މިހާރުވެސް ބީއެމްއެލް ގެ ލުއި ލޯނު ނަގައިން ތި ޝީޝާއަށް ގޮސް ސައިކަލު ނަގާބަލަ. އަތުން ދާ އެތިކޮޅު މަދުވާނެ. ކުޑަކޮށް ދިރާސާ ކޮށްލާފަ ވާހަކަ ދެއްކުން ރަނގަޅުވާނެ. ބީއެމްއެލް ވިޔަސް ތެދު ވާނީ ތެދަށް. ޝުކުރިއްޔާ!

The name is already taken The name is available. Register?

ބޮޑޭމާބޮޑޭ

14 May 2018

އިންޓްރެސްޓު އޮވޭ ހުރިހާތަނެއްގަ ވެސް.އެކަމު އެކަށީގެންވާ މިންވަރަކަށް..ހެސްކިތާފަ ފެލާކަަށް ނޫން.ލުއި ލޯނަކަަށް ވެސް 18 ޕަަސެންޓްވީމަ ފުކެއް ބޮޑުވަރު

The name is already taken The name is available. Register?

ކައްޓޭ

14 May 2018

ފައިދާ ތިކިޔެނީ ލޯނުދޫކޮށްގެން ރައްޔިތުން އަތުންނެގި ފިތްކަނޑައިގެންދާ ވަރުގެ އިންޓަރެސްޓުން ލިބުނު އެއްޗަކަށް

The name is already taken The name is available. Register?

ހަމް

14 May 2018

ދެގުނަ ފައިދާ ވާތީ އާޝޯކެއް ނުވޭ. ޚިދުމަތަށް ނަގާ އަގު ބޮޑުކަން ފާހަގަ ކުރެވޭ. ބެންކް އިން ދޫ ކުރާ ސްޓޭޓްމަންޓަށް ބަލާލިޔަސް ދުވާލެއްގެ މައްޗަށް އެތަކެއް ބެންކް ސްޓޭޓްމަންޓެއް ބެންކުން ދޫކުރޭ. މިއިން ކޮންމެ ސްޓޭޓްމަންޓަކަށް 30 ރުފިޔާ ޗާޖު ކުރޭ.

The name is already taken The name is available. Register?

ކަންބޮޑުވެފައި

14 May 2018

ބޭންކް އޮފް މޯލްޑިވްސްގެ ފައިދާ ބޮޑުވަމުން އަންނަ ހެޑްލައިން ތަށް ކިޔާފައި ވަރަށް ދެރަަވޭ. އަޅުގަނޑަކީވެސް ދިވެހި ރައްޔިތެއް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ތިބޭންކަކީ ދިވެހިންނަށް، ދިވެހި ރައްޔިތުންނަށް ފައިދާ ކުރުމުގެ ބޭނުމުގައި އުފައްދާފައިވާ ބޭންކެއް. ގެއެޅުމަށާއި ގެ ގަތުމަށް %12 އިންޓަރެސްޓަށް ލޯންދީގެން ފައިދާ ހޯދާއި އެކަމުގެ މެޑަލް ޖެހުމަކީ އަހަރެންނަށް ޤަބޫލުކުރެވޭ ކަމެއް ނޫން. ތީބާ ހަމަ ހިއްސާދާރުން އެދޭގޮތަކީ!

The name is already taken The name is available. Register?

ޢައި އައި

14 May 2018

ޢެމް އައި އެކަނި ފޮތް ކިޔާ އުޅުއްވަނީ

The name is already taken The name is available. Register?

ލ.އަތޮޅު

14 May 2018

ލޯނުގެ މަހުގެ ޕޭމަންޓު 20 ސަކަށް ދުވަހަށް ޑިލޭވިއްސް އެމީހެއްގެ ނަން ރެޑްލިސްޓްވީ. އަދިވެސް ދިވެހިންގެ ބޭންކޯ

The name is already taken The name is available. Register?

ދިސްވޭއޭ

14 May 2018

ރާއްޖެ ތަރައްގީ ވާނީ ރާއްޖޭގެ ގައުމީ ބޭންކް ކުރިއަރައިގެން ނެވެ. ރާއްޖޭގެ ގައުމީ ބޭންކް ކުރިއަރާނީ ސިސްޓަމެޓިކް ކޮށް އެތަނުގެ ފައިނޭންޝަލް ސްޓެރެޓެޖީ އެކުލަވާލައިގެން ނެވެ. ރާއްޖޭގެ އިގްތިސާދުގެ ބެކް ބޯރން އަކީ އެއީ ރާއްޖޭގެ ޓޫރިޒަމް ކަމަށް ވާއިރު ރާއްޖޭގެ ކޮންމެ ރިސޯރޓެއްގައި ވެސް އެބަ ހުންނަން ޖެހޭ ބީއެމްއެލްގެ ބިލްޑިންގް އެެއް އަދި ކޮންމެ ރިސޯޓެއް ގައި ވެސް އެބަހުންނަން ޖެހޭ ސަރުކާރު ގަބޫލުކުރާ ހޮސްޕިޓަލް ގެ ބިލްޑިންގް އެއް އަދި ޕޮލިސް އަދި އިމިގްރޭޝަން އަދި ސިފައިން ވެސް އެބަ ތިބެން ޖެހޭ ރާއްޖޭގެ ކޮންމެ ރިސޯރޓެއް ގައި. އެއިރުން ރިސޯރޓްްސް ތަކުގައި ތިބި ބޭރު މީހުން މަދުވެ ދިވެހިން އިތުރުވެ އަދި ރިސޯރޓްސް ތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ތައް ބޭންކް އަށް ލާ ހެދުމުން ބޭންކްގެ ޕްރޮފިޓް ހަގުނަ އިތުރުވާނެ. މީ މަމެންގެ ގައުމު މިގައުމު ގައި ކަން ކުރަން ޖެހޭ ގޮތް އިނގޭނީ މަމެންނަށް ބޭރު މީހުންނަށް ނޫން އިނގެން ޖެހޭނީ. އެމެން ނޭދޭނެ މަމެން ކުރިއަރަން އެއިރުން އެމެން...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454