15 މެއި 2018 - 12:19
މިހާރު އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ނިމިގެން ދިޔަ އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.
ރޭ ބޭއްވި މިހާރު އެވޯޑްސްގެ ފުޓްބޯޅައިގެ ފަނޑިޔާރުންގެ ބައްދަލުވުމުގައި އެންމެ މޮޅު ކުޅުންތެރިޔާ އަށް ޝޯޓްލިސްޓްކުރީ، ނިއު ރޭޑިއަންޓުގެ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު އުމެއިރު އާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިޝާން އިބްރާހިމް (ސައްޓު) އެވެ.
އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ގްރީންސްޓްރީޓްސްގެ މުހައްމަދު ފަރުހާން (ފަރުއްކޮ) އާއި ނިއު ރޭޑިއަންޓުގެ ރިހާމް އަބްދުލްގަނީ (ބޮބީ) އާއި ކްލަބް އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ޖުމައިލް ޖަމީލް އަދި ޓީސީ ސްޕޯޓްސް ކްލަބުގެ އައްޒާމް އަބްދުﷲ އެވެ.
މިދިޔަ އަހަރު ތައާރަފްކުރި މިހާރު އެވޯޑްސްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނިއުގެ ސެންޓޭ އެވެ. އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ މާޒިޔާގެ ނާއިޒް ހަސަން (ދާދު) އެވެ.
ފުޓްބޯޅައިގެ މި ދެ އެވޯޑުގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މިހާރު އެވޯޑްސްގައި ހޮވާނެ އެވެ. މީގެ އިތުރުން ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެއްކޮށްލައިގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާހަކަ
15 May 2018
ކޮންމެ ބުރެއްގެ ގަދަ ފަހެއްގަ މިދިޔަ އަހަރުއްސުރެ އިއްބެ އިންއިރު މިދިޔަ އަހަރުގެ ގަދަ ފަހެއްގަ ނުހިމެނޭ
ޕެނިކު ފަރީދާ
16 May 2018
މިއޮތީ ކޮންމެވެސް މީހަކު ހަނދު ފެނުމުގެ ކުރިން ރޯދަ ހިފާފަ.
ނަގިއްޔާ
15 May 2018
އެމީހަކު ކުޅޭ މަގާމަށް އެންމެ ފޯމުގަ ހުރެގެން ކުޅުންތެރިއަކު ގައުމީޓިމަށް ނަގާނަމަ އެންމެ ފުރަތަމަ ނަގަންޖެހޭނީ ހަންޕް. އެކަމަކު މިތަނުގަ ގަދަ 5 އެއްގަވެސް ނުހިމެނޭ. ކޮންކަހަލަ ފޯމިއުލާއެއްތަ ބޭނުންކުރީ؟
ޢަޒީ
15 May 2018
އުމެއިރު މީ ކިހިނެ ގަދަ ފަހެއއގެ ތެރެއަށް މިޔައީ.... ހަމްޕް މާބޮޑައްވެސް ރަންގަޅު.... ހަންނަ ޒުވާން ކުޅުން ތެރިންގެ ތެރޭގަހުރި އެމްމެ އުމްމީދީ ކުޅުންތެރިޔާ...
ސޮލާހް
15 May 2018
ހަންފް ކުޅޭލެއް މޮޅުކަމުން ނިއުގެ ތަފާތު ބޮޑީ މިހާރު އެހެންޓީމްތަކާއި. މީ ހަގީގަތް..
އާރީ
15 May 2018
ހަންފް އެއީ މިސީޒަނުގެ ކުޅޭ އެއްމެ މޮޅު ކުޅުންތެރިޔާ. ކުޅުންތެރިން ތި ހޮވާ ގޮތާއި މެދު ސުވޭލްއުފެދޭ
ޢަހްމަދު
15 May 2018
އަޅުގަނޑުގެ ނަޒަރުގަ ގަދަ 5 ގެ ތެރޭގައި ހަންޕު ހިމެނެންޖެހޭނެ
ރަދީފްަ
15 May 2018
އަސަދުﷲ ނޮމިނޭޓް ނުވޭތަ؟ މުބާރާތެއްގަ އޭނަ ނުކުޅުނަސް އެފް.އޭ.އެމް އިން އިންތިޒާމް ކޮށްގެން ރާވާ ހިންގާ މުބާރާތެއް ވެއްޖެޔާ ކޮންމެހެންވެސް އަސަދުﷲ ނޮމިނޭޓް ވާންޖެހޭނެ.
ކުދުރޭޑިއޯ
15 May 2018
"މިހާރު" ގެ ފަރާތުން ވިސްނަން އެބަޖެހޭ އެންމެ މޮޅޮ ބިދޭސީ ކުޅުން ތެރިއާ ހޮވަން. 2014 ގަ ދަނގަޑޭއަށް މެލޭޝިޔާއިން އެފަޚުރު ލިބުނީ އެމީހުންވެސް ބޭރުކުޅުން ތެރިން ވެލިއުކޮށް އެކަމަށް އެވޯޑު ދިނުމުން.
މާއްޓޭ
15 May 2018
މަރުހަވާ ސައްޓޫ، ކީޕް ގޮއިން
ޓީސީ ނާދު
15 May 2018
ސައްޓު، ސައްޓު، ޓީސީ، ހެއް ހެއޭ. ސައްޓު އެއީ މަ އެންމެ ސަޕޯރޓް ކުރާ ކުޅެންތެރިއަކީ. ސަބަބުތައްބާވަރު. ސާބަހޭ ސައްޓު