ބޮޑު ވަޒީރު ކަމަށް މުގްތަދާ ސަދުރު ވަޑައިގަތުމުގެ ފުރުސަތެއް ނެތް. --ފޮޓޯ: ރޮއިޓާސް
19 މެއި 2018 - 22:32
ބަޣުދާދު (މެއި 19) - އިރާގުގެ އާއްމު އިންތިޚާބު ޝިއައީގެ ލީޑަރެއް ކަމަށްވާ މުގްތަދާ ސަދުރުގެ ކޯލިޝަނުން ކާމިޔާބުކޮށްފި އެވެ.
އެކަމަކު އިރާގުގެ ބޮޑު ވަޒީރުކަމުގެ މަގާމަށް މުގްތަދާ އަކަށް ވަޑައިނުގެންނެވޭނެ އެވެ. ސަބަބަކީ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ވާދަކުރައްވާފައި ނުވާތީ އެވެ. އެކަމަކު އިރާގުގައި އަލަށް އެކުލަވާލާ ސަރުކާރުގައި މުގްތަދާގެ ނުފޫޒު ވަރަށް ގަދަވާނެ އެވެ.
މިހާރުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީގެ ޕާޓީ އަށް އިންތިޚާބުގައި ލިބިފައި ވަނީ ތިން ވަނަ އެވެ. ހޮނިހިރު ދުވަހު އާއްމު ކުރި ނަތީޖާތައް ދައްކާ ގޮތުން މުގްތަދާގެ ކޯލިޝަނުން ވަނީ 54 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ބޮޑު ވަޒީރު އަބާދީގެ ކޯލިޝަނަށް ލިބިފައި ވަނީ 42 ގޮނޑި އެވެ. ތިން ވަނަ ހޯދި ފަތަހަ އެލަޔަންސަށް ލިބިފައި ވަނީ 47 ގޮނޑި އެވެ.
މިއީ އިސްލާމިކް ސްޓޭޓް (އައިއެސް) ޑިސެމްބަރު މަހު އިރާގުން ބަލިކޮށްލުމަށް ފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ އިންތިޚާބެވެ. މި މަހު 12 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ވޯޓު ދީފައި ވަނީ 44.5 ޕަސެންޓް މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy