އިސްލާމިކް މިނިސްޓްރީގައި މީހަކު މިއަދު ފިތުރު ޒަކާތް ދައްކަނީ: މިދިޔަ އަހަރު އަހަރު ރާއްޖޭގައި ފަގީރުންގެ ގޮތުގައި 16،205 މީހުން ރަޖިސްޓްރީ ކުރި.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
20 މެއި 2018 - 12:30
މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން އިސްލާމިކް މިނިސްޓްރީން މިއަދު ފަށައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަންނާނީ ކައުންސިލްތަކުން ކަމަށެވެ.
މާލޭގައި ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީންނެވެ. ހުޅުމާލޭގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ކޮމިއުނިޓީ ސެންޓަރުންނެވެ. ވިލިމާލޭގައި ޒަކާތް ބަލައިގަންނާނީ އެތަނުގައި ހުންނަ ވިލިމާލޭގެ ހައުސިން ޔުނިޓުންނެވެ. ޒަކާތް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން މެންދުރު 1:00 އާ ދެމެދު އެވެ.
އެ ތަންތަނުގެ އިތުރުން އުރީދު އަދި ދިރާގުގެ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ޒަކާތް ދެއްކޭނެ ގޮތް ވަނީ ހަމަޖައްސަައިފަ އެވެ.
އިސްލާމިކް މިނިސްޓްރީ ފިޔަވައި އެހެން ތަންތަނުން ފިތުރު ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ. އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް އިސްލާމިކް މިނިސްޓްރީ އަށް ޒަކާތް ބަލައިގަންނާނެ އެވެ.
އިސްލާމިކް މިނިސްޓްރީގައި މީހަކު މިއަދު ފިތުރު ޒަކާތް ދައްކަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ފިތުރު ޒަކާތުގެ މިންވަރަކީ ބޮލަކަށް 2.4 ކިލޯ ހަނޑުލެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފިތުރު ޒަކާތް ނެރެން ވާނީ އަހަރު ތެރޭގައި އެ ބަޔަކު އާއްމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތަކުންނެވެ. އެގޮތުން މާލޭގައި އުޅޭ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުން ނަމަ 13ރ. ތައިލެންޑު ހަނޑުލުން ނަމަ 43ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ 81ރ. އެވެ.
ރަށްރަށުގެ ކައުންސިލްތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ހަނޑޫ އެ ރަށަކުން ގަންނަން ލިބޭ އަގަކަށެވެ.
ރާއްޖޭގައި ފަގީރުންގެ ގޮތުގައި މިދިޔަ އަހަރު 16،205 މީހުން ރަޖިސްޓްރީ ކުރި އެވެ. އެއީ މާލެ ސަރަހައްދުން 3،142 މީހުންނެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މިިދިޔަ އަހަރު މާލެ ސަރަހައްދުން އެކަނި ވެސް 4.4 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލު
20 May 2018
ބޯހުދު މިނަމުންވެސް މީހާގެ ސައިޒް އެނގިގެން އެބަދޭ ނޫންތޯއެވެ. ވީމާ ހެވާއި ނުބައި ވަރަށް ރަނގަޅަށްވެސް އެނގޭނެ ކަމަށް ދެކެމެވެ. ބިރުގަންނަވީ ހެއްދެވި ފަރާތް ދެކެއެވެ. އޭރުން ހިތަށް ތަސައްލީ ލިބިގެން ހިނގައިދާނެއެވެ.
ބޯހުދު
20 May 2018
މިސަރުކާރަށް ނަގުދު ފައިސާއިން ޒަކާތް ދެއްކުމަކީ މިހާރު ވަރަށް ހިތަށް ތަދުވާ ކަމެއް. ވާނުވާ ނުއެނގޭތީ ... އިތުބާރު ހުރި ފަލަކީ އިލްމަށް ބަރޯސާވެ ހަނދު ސާބިތު ކުރާތީ ... މިލިސަޓް ވަރަށް ދިގު އެހެންވެ ކުރުކޮއްލީ..
ފުރުޓީ
20 May 2018
ފިޠުރުޒަކާތާއި މުދަލުޒަކާތުން އާމިލުންނަށް މިހާރު ފައިސާ ދޭންޖެހޭތޯ. ސާފުކޮށްލަން ބޭނުން.