22 މެއި 2018 - 11:00
އެސްޓީއޯ މާލޭ ލީގުގެ ތާވަލް މިހާރު އޮތްގޮތުން، ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދަން އެންމެ ބޮޑަށް ވާދަކުރާ އެއް ޓީމަކީ އަލީ ސުޒޭންގެ ކޯޗުކަމުގައި ކުޅެމުން އަންނަ ގްރީން ސްޓްރީޓްސް އެވެ. މިރޭ ވިކްޓަރީއާ ދެކޮޅާށް ގްރީންސްޓްރީޓްސް ކުޅޭ މެޗަކީ އެކަން ހާސިލްކުރަން އެ ޓީމަށް ވަރަށް މުހިއްމު މެޗެވެ. ލީގަށް ކޮލިފައިވުމަށް ޔުނައިޓެޑް ވިކްޓަރީ އާއި ގްރީންސްޓްރީޓްސް ކުރަމުން އަންނަ މަސައްކަތުގައި ކުރި ހޯދުމަށެވެ.
ގްރީން ސްޓްރީޓްސް އޮތީ ނުވަ މެޗުން ނުވަ ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް ލިބިފައިވަނީ ނުވަ މެޗުން ހަތް ޕޮއިންޓެވެ. ލީގުގައި އެންމެ ފަހުން ގްރީން ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިވިނަމަ އެ ޓީމަށް ހަ ވަނަ ގެއްލުމުގެ ފުރުސަތު އޮތެވެ. އެކަމަކު ގްރީން ސްޓްރީޓްސް އަށް ޕޮއިންޓެއް ލިބުނީ ފަހު ވަގުުތު ޖެހި ގޯލުންނެވެ.
"މި ޕޮއިންޓް މިއީ އިރާދަކުރެއްވިއްޔާ ވަރަށް މުހިއްމު ޕޮއިންޓެއް. މި ޕޮއިންޓް ގުނާނެ ގްރީން ޕްރިމިއާ ލީގަށް ދާއިރުގައި މުހިއްމު ޕޮއިންޓެއް ގޮތުގައި. އެ ގޮތަށް ގަބޫލުކުރަނީ،" ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ސުޒޭން ބުންޏެވެ.
ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު ގްރީން ސްޓްރީޓްސް އަށް އަދި ހަމަޖެހިލެވެން އޮތް ކަމަށް ނުދެކޭ ކަމަށް ސުޒޭން ބުންޏެވެ.
"ގްރީން އޮތީ ފަސޭހަ ކޮށްލެވޭ ހާލަތެއްގައެއް ނޫން. މިހާތަނަށް މި އޮތީ ނުވަ ޕޮއިންޓް. ފަސޭހަ ކޮށްލައިގެން ހުރެވެން އަދި ނެތް." އޭނާ ބުންޏެވެ.
ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް ގްރީން މާލޭ ލީގުގެ ދެ ވަނަ ހޯދި އެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭންއާ އެކު މި ސީޒަނުގައި ނުކުމެ މިހާތަނަށް ގްރީން އަށް ގިނަ މެޗުތަކުގައި ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ލަނޑު ޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ސަބަބުން ނަތީޖާ ނެރުމަށް އުނދަގޫތަކެއް ދިމާވުމެވެ.
އެކަމު މި ސީޒަނުގައި މިހާތަނަށް ޕޮއިންޓް ގެއްލޭނެ ކަމަށް ބެލެވުނު ދަނޑިވަޅުގައި އެންމެ ހިތްވަރުގަދަ ކުޅުމެއް ދެއްކީ ވެސް ގްރީނުންނެވެ. އެ ޓީމު ވަނީ ބަލިވެފައި އޮތް ދަނޑިވަޅުގައި ތިން މެޗެއްގެ ނަތީޖާ ފަހު ވަގުތު ބަދަލުކޮށްލައިފަ އެވެ. އެއީ ފުރަތަމަ ބުރުގައި މާޒިޔާ އާއި ޓީސީއާ ދެކޮޅަށް ކުޅުނު މެޗާއި ދެ ވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗެވެ.
ލީގުގެ ކުރީކޮޅުގައި މެޗެއްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ވަނީ އޭނާ އިރުޝާދުދޭ އެއްވެސް ޓީމަކުން މެޗެއްގެ ފުރިހަމަ ވަގުތު ހަމަނުވަނީސް ބަލިވި ކަމަށް ނުނިންމާނެ ކަމަށާއި ފަހު ސިކުންތާ ހަމައަށް މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެއީ ކުޅުނު ދުވަސްވަރާއި ކޯޗިން އަށް ނުކުތް ފަހުން ވެސް ގަބޫލުކުރާ އުސޫލުކަމަށް އޭރު އޭނާ ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސް އަތުން ވިކްޓަރީ ވަނީ 2-1 އިން މޮޅުވެފަ އެވެ. ލީގުގައި މިރޭ މި ދެ ޓީމު ކުޅޭ މެޗު ފަށާނީ 10 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޒީ
22 May 2018
ޡސްޒޭންގެ ޕްރެކްޓިސް ބަލާލީމަ އެގޭނެ ސްޒޭންގެ ފެންވަރު.. ކޯޗިން ހަދާފަހުރި މީހަކައް އެގޭނެ ވަރައްރަނގަޅައް އެއްވެސްކަހަލަ ޕްލޭނެއްނެތި ޕްރެކްޓިސް ކުރިޔައްދާނީ... ކުޅުންތެރިން ސީޒަނެއް ނިންމާލައިރު މާބޮޑު އިމްޕްރޫވް މެންޓެއް ނުފެންނާނެ... ނަމެއްގަ ދެންގޮސް ޕްރެކްޓިޗް ކޮއްލަނީ
އަސްލުހާލަތު
23 May 2018
އޯކޭތާ އެސޮރު ނެގި ވަރަަށް މަތީފަންތީގެ ތަށިނެގި މީހަކު ނެތޭ މިހާރު މިއުޅޭ ދިވެހި ކޯޗުންތެރޭގަ
އާރީ
22 May 2018
ސުޒޭނަށް މިރޭ ކިސްގެ ޓީމްގެ މަށްޗަށް ކުރިހޯދިންޖިންޔާ މަބުނާނަށް ތީ މޮޅުކޯޗެކޭ. މިހާރުވެސް ދެރަކޯޗެއްނޫން ތީ ރާއްޖޭގެ ނަންބަރވަން ތީ
ރަދީފް
22 May 2018
ގުޑް ލަކް ވިކްޓަރީ.ވ.ވެދުން.-™ރަދީފް®-
ބަސްފޮތް..
22 May 2018
ރަދީފު ބުރޯ ދެން ހާދައޭ ސުޒޭނާ ދެކޮޅީ؟؟ ކަމެއް އޮތީބާ ދެމީހުންގެ ދެމެދުގަ؟ ސުޒޭނާ ޖެހިލީމަ އެންމެ ވާދަވެރި ވިކްޓަރީވެސް މޮޅުވަން އެދެވޭ.. ތިޔަ އިހުސާސް ކޮންމެވެސް ވަރަކަށް ހުރޭ މަވެސް ނިއު ފޭނެއްވީމަ އެ އަންނަ ތަންކޮޅު..ރަދީފަށް ވެސް އެހެންތަ އެވަނީ؟