ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ އެމްއެޗް370 ހޯދުމުގެ މަސައްކަތް ކުރާ ސީބެޑް ކޮންސްޓްރަކްޓާ. --ފޮޓޯ:އޭއެފްޕީ
24 މެއި 2018 - 10:52
ކުއާލަ ލަމްޕޫރު (މެއި 24) - ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ބޯޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިންމާލާނެ ކަމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ވިދާޅުވެއްޖެ އެވެ.
އާ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމާ ހަވާލުވި ލޯކް ވިދާޅުވީ ބޯޓް ހޯދުމުގެ މަސައްކަތް ނިންމާލާ ގޮތަށް ކުރިން ހަމަޖެހިފައި ވަނީ އެޕްރީލް މަހު ކަމަށެވެ. ނަމަވެސް މެއި މަހަށް މުއްދަތު އިތުރުކޮށް އަންނަ ހަފުތާގައި އެ މަސައްކަތް ނިންމާލާން ހަމަޖެހިފައިވާ ކަމަށެވެ.
"ބޯޓު ހޯދުމުގެ މަސައްކަތް މި މަހު 29 ގައި ނިމެނޭ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލޯކް ވިދާޅުވި އެވެ.
ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެފައި ވަނީ އެމްއެޗް370 ހޯދަން އެމެރިކާގެ އޯޝަން އިންފިނިޓީއާ އެކު ގާއިމްކުރި އެއްބަސްވުން އަލުން މުތާލިއާ ކުރާނެ ކަމަށެވެ.
އެމްއެޗް370 ހޯދަން، ކަނޑުއަޑި ބަލައި ހޯދުމުގެ އެމެރިކާގެ ތަޖްރިބާކާރު ކުންފުނި އޯޝަން އިންފިނިޓީއާ އެކު މެލޭޝިއާ އިން ސޮއިކުރީ ޖެނުއަރީ މަހު އެވެ. އެމްއެޗް370 ހޯދުމަށް އޯޝަން އިންފިނިޓީން ބަލާނީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 25،000 އަކަ ކިލޯމީޓަރު (9،700 އަކަ މޭލު)ގެ ސަރަހައްދެކެވެ.
ބޯޓު ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭ އަގު ކަނޑައަޅާނީ ބޯޓު ފެނުނު ސަރަހައްދަށް ބަލައިފަ އެވެ. އެ ގޮތުން 5،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދަކުން ފެނިއްޖެ ނަމަ އޯޝަން އިންފިނިޓީ އަށް ދޭނީ 20 މިލިއަން ޑޮލަރެވެ. ބޯއިން 777 ބޯޓު 25،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދުން ބޭރުން ފެނިއްޖެ ނަމަ ދޭނީ 70 މިލިއަން ޑޮލަރެވެ. ބޯޓު ނުފެނިއްޖެ ނަމަ އެއްވެސް ފައިސާއެއް ދޭކަށް ނުޖެހޭނެ އެވެ.
އެމްއެޗް370 ހޯދުމަށް ކަނޑުއަޑީގެ 120،000 އަކަ ކިލޯ މީޓަރު (46،000 އަކަ މޭލު) ގެ ސަރަހައްދެއް މިހާރު ވެސް ވަނީ ބަލައިފަ އެވެ.
މާޗު ،2014 ގައި މެލޭޝިއާ އިން ފުރައިގެން 239 މީހުންނާ އެކު ޗައިނާ އަށް ދަތުރުކުރި ބޮއިން 777 ގެ މަތިންދާ ބޯޓު ގެއްލުނު ފަހުން ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ ހުއްޓާލައިފަ އެވެ. ގާތްގަނޑަކަށް 1،046 ދުވަހަށް ފަހު މަސައްކަތް ހުއްޓާލި އިރު ވަނީ 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީތާބު
24 May 2018
މީގެ ކުރިން ވެސް އެމެރިކާ އަދި ރަޝިއާ ފަދަ ޤައުމުތަކުން ވަނީ މަދަނީބޯޓުތަކަށް ހަމަލާދީ މީހުން މަރާފަ.މިބޯޓު ހޯދުމަށް މިވަރަށް ކަނޑުގެ އެތަންމިތަން އަތްފުނާ އަޅަމުންދާއިރުވެސް ނުފެންނަނީ ކޮންމެސް ބަޔަކު އޭތިފޮރުވިމަ
އަލީީ
24 May 2018
ކުޑަހުވަދޫ މީހުން ދެއްކި އެއްވެސް ވާހަކައެއް މިމީހުން ގަބޫލެއްނުކުރި. އެހާ ގިނަބަޔަކު ހަދަހަދާގެން އެވަރުގެ ބޮޑުވާހަކައެއް ނުދައްކާނެ. އެކަން ގަބޫލުކޮށް އެމީހުން އެބުނި ސަރަހައްދު ބެލިނަމަ މިކަމުގެ ނަތީޖާފެނުމުގެ ފުރުސަތުބޮޑު. މުސްތަގުބަލުގައި ކޮންމެސް ދުވަހަކުން އެމީހުން ދެއްކީ ތެދު ވާހަކަތަކެއްކަން ކަށަވަރުވާނެކަމަށްހީވޭ. އިނގެދާނެތާއެވެ. ދުނިޔޭގަ އޭރު ތިބިބަޔަކަށް މިކަން އިބުރަތަކަށް ވެދާނެ.
ޒުހުރީ
24 May 2018
ބަލަ އައްޔާ. ކަލޭގެ ދިގު އިސްކޮޅާ އަރާ ހަމަނުކުރެވޭ ވަރު ވާހަކަ ނުދައްކަ ބަލަ. ކުޑަހުވަދޫ މީހުނަށް ތިބުނާ ބޯޓު ފެނުނީ އެ ރަށް މަތިން އުދުހިފަ ދަނިކޮށް. ދެން އެ ރަށްމަތިން ފެށިގެން ކިހާ މައްޗެއް ބަލަން ވީ؟