މިދިޔަ އަހަރު އިންފްލުއެންޒާ ފެތުރުނު ދުވަސްވަރު، ބަލިން ރައްކާތެރިވުމަށް މާސްކް އަޅައިގެން ތިބި މީހަކާއި ކުއްޖަކު އޭޑީކޭއިން ނިކުމެގެން އަންނަނީ. -- މިހާރު ފައިލް ފޮޓޯ
24 މެއި 2018 - 00:03
ވައިރަލް ހުން ޖެހިގެން މިހާރު ކޮންމެ ދުވަހަކު 100 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން މިރޭ އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން، ހުން ޖެހިގެން ކޮންމެ ދުވަހަކު 100 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަ އެވެ. އަދި 21 ވަނަ ދުވަހު 200 މީހަކު ޑޮކްޓަރަށް ދެއްކި އެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުން، ހުން ޖެހިގެން ޑޮކްޓަރަށްދައްކާ މީހުންގެ އަދަދު މި މަސް ފެށުނީންސުރެ އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މި މަހުގެ 1-16 އާ ދެމެދު 1016 މީހަކު ވަނީ ހުން ޖެހިގެން ޑޮކްޓަރަށް ދައްކައިފަ އެވެ. އަދި 16-21 އާ ދެމެދު އެކަނިވެސް 928 މީހަކަށް ވަނީ ހުން ޖެހިފަ އެވެ.
މިއީ ހުން ޖެހިގެން އޭޑީކޭ ހޮސްޕިޓަލަށް ދެއްކި މީހުންގެ އަދަދު އެކަންޏެވެ. ސަރުކާރުގެ ހޮސްޕިޓަލް އައިޖީއެމްއެޗުން މި މައުލޫމާތު ހާމައެއް ނުކުރެ އެވެ. ނަމަވެސް ހުމާއި ރޯގާ އާންމުވެފައި ވާތީ އެކަމަށް ސަމާލުވުމަށާއި މުހިންމު ބޭނުމެއްގައި ނޫނީ ހޮސްޕިޓަލްތަކަށް ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
If you are coming to this hospital with fever, please go straight to the fever desk at our lobby. Our staff will attend to you. We also advice everyone to take extra measures to prevent spread of viral fevers and flu. pic.twitter.com/CgHGoZXyND
— ADK Hospital (@ADKHospital) May 23, 2018
ހުން ޖެހޭ މީހުން އިތުރުވުމާ ގުޅިގެން އޭޑީކޭ އިން ވަނީ އެކަމަށް ހާއްސަ ކްލިނިކެއް ވެސް ހުޅުވައިފަ އެވެ. އެ ކްލިނިކް ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00 އިން މެންދަމު 12:00 އަށް ހުޅުވާފައި ހުންނާނެ އެވެ.
މިހާރު ފެތުރެމުންދާ އިންފްލުއެންޒާ ޖެހުނު މީހަކު ރޭ އޭޑީކޭގައި މަރުވެފައިވެ އެވެ. މިދިޔަ އަހަރު ވެސް 200 އަށް ވުރެ ގިނަ މީހުންނަށް އިންފްލުއެންޒާ ޖެހުނު ކަމަށް ރެކޯޑް ކުރެވިފައި ވާއިރު އޭގެ ތެރެއިން ހަ މީހަކު މަރުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާނިމް
24 May 2018
ކޮންމެ ދުވަހަކު އެހެންވީމާ 200×300 އެހެންވީމާ ދުވާލަކަށް -/60000ރ ގޯހެއް ނޫން
ހިނާޖް ޝަރީފް
24 May 2018
ސްކޫލްތައް ބަންދުކުރާނީ ކަހާވަރެއްވީމަ ބާ؟
ރޯގާ ވާރލްޑް
24 May 2018
ވެއްޖެނުން ސްކުލްތައް ބަންދު ކުރަން
ގަމަރުގިރި
24 May 2018
ކާނުތައް ސާފުނުކުރިޔަސް ސްކޫލްތައް ބަންދުކުރަނިކޮށް އޯކޭދޯ
އަމީތާބު
24 May 2018
މިފަދަ ބަލިތައް ފެތުރެނީ ރަށް ގޮނޑު ވީމަ އެހެންކަމުން މާލެ ގޮނޑު ވުމުގެ ފުރުސަތު ނުދީ ސިފައިން ނުކުމެގެން ވިއަސް ތާހިރު ކުރުން މުހިއްމު
ކުޑައަލީ
24 May 2018
މިހާވަރުގަދައަށް ހުން ފެތުރެމުންދާއިރު މައި ސަރުކާރުން މިކަމަށް ޓާސްކްފޯހެއް އެކުލަވާނުލާ ގޮތްތަކެއް ނުނިންމާ ތިބުން ރަގަޅުތޯ އެބަ ސުވާލު އުފެދޭ؟ މިއީ އާދައިގެ ހުމަކަށްވުރެ ވަރުގަދަ އަދި އެހާމެ ބާރަށް ފެތުރޭ ރޯގާއެއް. ސްކޫލްތައް ބާއްވާނީތޯ ނޫނީ ބަންދުކުރާނީތޯ މިއީވެސް ވިސްނުމުގައި ބަހައްޓަންޖެހޭ ކަމެއް. އެޗް.ޕީއޭއިން ރައްޔިތުންގެ ސަމާލްކަމަށް ގެންނަންވީ ކަންތައްތައް އެބަހުރި.
ޑޮސީ
24 May 2018
ހުމަކަށް ބަލާތަ އެބަ!!!! އެއްބަޔަކު އުޅެނީ ވެރިކަމުގަ ތިބޭނެ ގޮތެއް އޮތިއްޔާ އެގޮތް ހޯދަން ... އަނެއް ބަޔަކު އުޅެނީ ވެރިކަމަށް އެރޭނެ ގޮތެއް އޮތިއްޔާ އެގޮތެއް ހޯދަން... ނިކަމެތި ރައްޔިތުން ހަނާވަނީ... ދެން އަތްޖަހަމާދޯ.... ނިންމާ ލަމުން ވާނެ އަތްޖަހަން...
ބާވް ކަލޯ
24 May 2018
މި ވެރިކަމުގައި ހާދަހާ ގިނަ ބައްޔޭ ފެތުރެމުން އަންނަނީ
ސީނުކަރަ
24 May 2018
މުހިއްމު ނޫން ބޭނުމެއްގައި ނޫނީ ހޮސްޕިޓަލްތަކަށް ނުދިޔުމަށް އެޗްޕީއޭއިން އިލްތިމާސްކުރުމުގެ ބަދަލުގައި މިހާރު ފެތުރެމުންދާ ރޯގާ ފެތުރެން ދިމާވާ ސަބަބުތަކާއި ރޯގާ ޖެހިއްޖެނަމަ އަމަލުކުރާނެގޮތާބެހޭގޮތުން ހޭލުންތެރިކުރުވަން ޖެހޭ. މިހެން މިބުނަން ޖެހުނީ ދިވެހިންގެ އާދަކާދަ ހުންނަގޮތުން ހުމެއް ރޯގާއެއް ޖެހިގެން ޑޮކްޓަރާއި ހިސާބަށް ދަނީ ގިނަފަހަރަށް ބޮޑުވަރުވީމަ.
ކޮޮބާ
24 May 2018
ކޮބާތަ ޔާމީނު ނެރުއްވާ ކުއްލި ނުރައްކަލުގެ ހާލަތު.....
ނައު
24 May 2018
އައްޑޫ ގަވެސް މިހާލު. ހޮސްޕިޓަލް ތަށް ފުރިފަ. މިއީ ނޯރމަލް ހުމެއްކަމެއް ނޫނީ ސީރިއަސް ހުމެއް ކަމެއްވެސް ނޭނގޭ. :'(