ޑެންގީ ހުމާ ބެހޭ މައުލޫމާތު ބަޔަކަށް ދެނީ: ހުން ފެތުރުން މިހާރު ވަނީ އެއްވަރެއްގައި ހިފަހެއްޓިފައި.
24 މެއި 2018 - 17:26
ރާއްޖޭގައި މި ދުވަސްވަރު ހަލުވިކަމާ އެކު ޑެންގީ ހުން ފެތުރެމުން ދިޔަ ނަމަވެސް، ބަލި ފެތުރޭ މިންވަރު މިހާރު ހުރީ އެއްވަރެއްގައި ހިފަހެއްޓިފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ވިއްސާރަ ވެސް ދުވަސްވަރަކަށް ވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގީ ހުން ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންވެ އެކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.
އެގޮތުން މަދިރިން ރައްކާތެރިވުމަށް ކުރެވި ދާނެ ކަންތައްތައް ކުރުމަށް އެ އިދާރާ އިން ވަނީ އިރުޝާދު ދީފަ އެވެ.
އެޗްޕީއޭ އިން ބުނީ އަދިވެސް އަރިދަފުސް ރޯގާ އިންފްލުއެންޒާ ފެތުރުން ދަށްވަމުން ނުދާ ކަމަށެވެ. އެގޮތުން ފާއިތުވި ދެ ހަފުތާގެ ތެރޭގައި މި ބަލިތައް މާލޭގައި އިތުރުކަން ފާހަގަ ކުރެވިފައިވާ އިރު، އަތޮޅުތަކުގައި ޑެންގީ ހުން އިތުރު ކަމަށް ވެސް ބުންޏެވެ.
- އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ކެއްސައި ކިނބިހި އަޅާއިރު ރުމާ/ޓިޝޫ އިން އަނގަމަތި ނިވާކުރުން. - އާންމު ސާފުތާހިރު ކަމަށް އިސްކަން ދިނުން. - ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން.
- ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ވީހާ ވެސް ގިނައިން ދިޔާތަކެތި ބޭނުން ކުރުން. - ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން. - މަދިރިން ރައްކާތެރިވުން.
- ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު، ބަލިމީހާއާ އެކު ވީހާ މަދު މީހުން ހޮސްޕިޓަލަށް ދިއުން.
- ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރި ކުރުމަށް ގޭ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން.
- ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރެއިން އުމުރުން ފަސް އަހަރުން ދަށުގެ ކުދިން، މާބަނޑު މީހުންނާއި އުމުރުން ދޮށީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާ ކުރާ މީހުން އިންފުލުއެންޒާ އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޭގެއޭ
25 May 2018
އިންފްލެންޒާ ވެކްސިން ޖަހާދެނީ ކޮންތާކުންތަ؟
އަލީ ނާޒިމް
24 May 2018
ބަލި ބަލި ބަލި... ނުޖެހޭން ހުންނަ ބަލިތައްވެސް މިހާރު ސެއްލަ ވެގެން މާލޭގަ މި އުޅެނީ! އެކަމަކު މާލެ ތޮކެއް ނުޖެހެޔޯ!!!!!!!
މަދީހާ
24 May 2018
އެހެންވީމާ ސިއްހީ ދާއިރާގެ މީހުން ދެފައި ދަމައިގެން ތިބޭ ދެން އަންގާ އެއްވެސް މީހަކު ބޭރަށް ނުދާން
ޑެން
24 May 2018
އެޗް.ޕީއޭ އުފާވާހެން ބުނާކަހަލަ ޑެންގޫ ހުން އެއްވަރެއްގައި ހިފެހެއްޓިފައޭ ބުނާތީ. އައިޖީއެމްއެެޗްގައި 24 ގަޑިއިރު ހުމުގެ ޚާއްޞަ ކައުންޓަރެއް ހުޅިވިފައި ނުހުންނަންވީ ކީއްވެ އަވަސްމިނުގައި ޑޮކްޓަރަށް ދެއްކޭނެ ނިޒާމެއް ނެތް. އެތައް ގަޑިއިރެއް ވަންދެން ގަދަޔަށް ހުން އައިސްފާ ތިބޭ މީހުންނާއި ކުޑަކުދިން އެއްތަނެއްގައި ތިބެންޖެހެނީ. ކީއްވެތޯ 24 ގަޑިއިރު ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުން ނުތިބެންވީ. ޢަދިވެސް ޞިއްޙީ ދާއިރާ ފެއިލް
މީހާމީ
24 May 2018
އެއީ އެމީހުން ހިފެހެއްޓީތަ ނޫނީ މިހާރު ބަލި ޖެހޭ އަދަދު އެއްވަރެއްގައި ހުރީތަ؟ މިއީ ބޮޑެތި ސުވާލު
ސިޔާސީން600ގައި
24 May 2018
މިޒާތުގެ ނުރައްކައު ހުންތައް މި ފެތުރެނީ ޢާއްމުން ސަމާލުނުވެގެނެއް ނޫން މިކަމެއްް މިހިނގަނީ ކާނުތަކާ މަގުތައް ނުތާހިރުވެ މެއްސާ މަދިރި ގިނަވުމުން ވެމްކޯ ހަބޭސް ސިޔާސީން އަދިވެސް މަދީ
ރަށުމީހާ
24 May 2018
މީގެކުރިން ހެއްދެވިޒާތުގެ އިތުރުފުޅު އެއްވެސްބަޔަކު ނުހައްދަވައްޗޭ ތެދުބަހުންބުނަންވާނޭ ޑރ ނިޔާފުމެންފަދަ ބޭފުޅެއްގެ ޓުވީޓެއްފެނުނީމަ އިނގޭނީ