އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަނީ: މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު މަދުކަމަށް ވިދާޅުވި--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
28 މެއި 2018 - 18:08
ފިތުރު ޒަކާތް ދެއްކުމަށް ގިނަ ބަޔަކު ސަމާލުކަން ދިން ނަމަވެސް، މުލަދު ޒަކާތް ދައްކާ މީހުންގެ އަދަދު ނިސްބަތުން އަދިވެސް މަދު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފިތުރު ޒަކާތް ދެއްކުމަށް ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ކަމަށެވެ. ނަމަވެސް އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރޭގައި އޮންނަ ޒަކާތަކީ، މުދަލު ޒަކާތްކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، މޯލްޑިވްސް މީރާއާ އެކު ކުރަމުން އަންނަ މަސައްކަތުން، މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
ރަށްރަށުން ވެސް މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު އިތުރުވެފައި ވިއަސް، ފިތުރު ޒަކާތާ އަޅައިބަލާއިރު މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު މަދު ކަމަށް ވިދާޅުވި އެވެ
"..އަދިވެސް ]މުދަލު] ޒަކާތް ދައްކާ މީހުންގެ އަދަދު ނިސްބަތުން މަދޭ ފިތުރު ޒަކާތް ދައްކާ މީހުންނަށް ވުރެ. މުދަލު ޒަކާތް ފުރިހަމަ ގޮތުގައި ދައްކާ ކަމުގައިވާ ނަމަ އަޅުގަނޑުމެންނަށް މިއަށް ވުރެ ވެސް ބޮޑަށް އެހީތެރިކަން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ،" ޒިޔާދު ވިދާޅުވި އެވެ.
ޒަކާތް ދެއްކުމަކީ ވިޔަފާރިވެރިންނަށް ހާއްސަކޮށްފައިވާ ކަމެއް ކަމަށް ޒަމާނުއްސުރެ ވިސްނިފައި އޮންނަ ކަމަށް ޒިޔާދު ވިދާޅުވި އެވެ. ނަމަވެސް ނިސާބު ހަމަވާ ވަރަށް އެކައުންޓުގައި ފައިސާ ހުރި ނަމަ، ކޮންމެ މީހަކު ވެސް ޒަކާތް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން މިހާރު ވެސް އަންނަނީ ޒަކާތު ފަންޑުން ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެ ގޮތުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު އެތައް ކުދިންނަކަށް ފަހި ކޮށްދީފައިވާ އިރު މަތީ ތައުލީމް ހާސިލްކުރުމަށް ގިނަ ސްކޮލަޝިޕްތަކެއް މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަކީމް
30 May 2018
ޓެކްސް ނެގުމަކީ އިސްލާމްދީންގައި ކޮންކަހަލަ ކަމެއްބާ؟ މިއީ ނެގިދާނެ އެއްޗެއްބާ؟ ފުރަތަމަ މިކަން ސާފުވާންއެބަޖެހޭ. ދައްކާ ފައިސާ އަކަށް ވާގޮތެއް ނޭގޭތީ މީހުން ތިޔަ ތަނަށް ނުދައްކަނީ. ދައްކާ ފައިސާ އެތާތިނބޭ ވެރިންނަށް ފެންނަ ގޮތަކަށް ހަދަނީ
އަސޭލާ
29 May 2018
މުދަލު ޒަކާތްވިޔަސް ފިތުރު ޒަކާތްވިޔަސް ސަރުކާރުން އަންގާގޮތަކަށް އެފައިސާ ދެއްކީމަ އެނިމުނީ ޒަކާތް ދައްކާމީހުންގެ މައްޗަކަށް ފާފައެއްނެތް އެފައިސާ ނިކަމެތިންނަށް ބެހުމަކީ ސަރުކާރު ހިންގާބައެއްގެ ޒިންމާއެއް ޒަކާތް ނުދަންވެގެން ޢުޒުރު ދެއްކުމަކީ ކަނޑެޅިގެން ހަރާމްކަމެއް މާތް ﷲ ޒަކާތް ނުދައްކާ މީހުންނަށް ވޭންދެނިވި ޢަޒާބް ދެއްވާނެ
ކެމެލް
29 May 2018
ކޮންމެހެން ސަރުކާރަށް ނުވަތަ އިސްލާމިކް މިނިސްޓްރީއަށް ޒަކާތުގެ ފައިސާ ހަވާލުކުރަން ޖެހޭތަ؟ އަމިއްލައަށް އެފައިސާ ބަހާލެވިދާނެ ނޫންތަ؟
ޕޮގުބާ
29 May 2018
ޓެކްސްއެއީ ނަމެއް އެނަމުގަ އިންސާނުން ފައިދާ ނަގަނީ މުދަލުންޒަކާތް އެއީ މާތްﷲ މިއުންމަތަށް فرض ކުރަށްވާފަވާކަމެއް މުދަލުން ޒަކާތް ދައްކާމީހަކު ދައްކަންވީ ނުދައްކާމީހަކު ނުދައްކަންވީ މުދަލުން ޒަކާތް ނުދަށްކާ މީހުންނަށް މާތްﷲ އެމީހަކަށް ވޭންދެނިވި ޢަޒާބް ދެއްވާނެ މުއްސަދިންގެ މުދަލުގަ ފަގީރުންގެ ބައެއް ވާކަން ނުދަންނަމީހަކަށްވުރެ ވަކިން ނުބައި ޖާހިލުކަން ބޮޑީ ފަހެކާކު؟
ވާރުން
29 May 2018
ޖީއެސްޓީ އެއީ މުދަލު ޒަކާތް ކަމަށް ބެލިދާނެބާ
ރަށްދު
29 May 2018
ޓެކްސް އެއީ މުޅިރާއްޖޭގެ ރަށްޔިތުންނަށް ޚަރަދުކުރަން ސަރުކާރަށް ނަގާއެއްޗެއް މުދަލުން ޒަކާތް ނަގަނީ ނިކަމެތި ފަގީރުން ދޭން މުދަލުން ޒަކާތްނުދިނީމަ ﷲ އެމީހަކަށް ވޭންދެނިވި ޢަޒާބް ދައްްކަވާނެ ތެކްސް ނުދެއްކިޔަސް ފާފައެއްނުލިބޭނެ ޖެހޭނީ ޖަލުންގޮޅިއެއް ފުރާލަން އެއީމިހާރު އެހާބޮޑުކަމެއްނޫން 3 މަސްވާނީ
ޝާޢްނާ
29 May 2018
ކޮންމެ އަހަރަކު ބީޕީޓީދައްކަމުންދާއިރު ދެން ދައްކާނެ އިތުރު މުދަލު ޒަކާތެއް އޮންނާނެކަމަކަށް އަޅުގަނޑުގެ ބުއްދިގަބޫލެއްނުކުރޭ ، މުދަލު ޒަކާތަކީ އެގައުމެއްގެ ކަންކަން ހަމަޖެއްސުމާޢި ގުޅިގެން ވިޔަފާރިތަކުން ދައްކަން ޖެހޭ ޖިޒީއެއް ، ވީމާ ބީޕީޓީއާޢި ޓީޖީއެސްޓީއާޢި ޖީއެސްޓީއާޢި ކަސްޓަމްސް ޑިއުޓީއާޢި ލައިސަންސްފީ ދައްކަމުން ދެން އިތުރަށް ދައްކާނެ މުދަލު ޒަކާތެއްއޮތުމަކީ ފުދޭވަރަކަށް ހެއްވާކަމަކަށްވާނީ ، މީތެދެއްކަން އެނގިލައްވާނެ ހުރިހާ ވިޔަފާރިވެރިންނާޢި އަދި ދީނީ އިލްމްވެރިންނަށްވެސް ،
1234
29 May 2018
އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުން. މުދަލު ޒަކާތް ފަސޭހައިން އޮންލައިނކޮށް ދެއްކޭނެގޮތް މުޅި އަހަރު ދުވަހު ހުޅުވުފައި އޮންނަގޮތަށް ހަދާދީބަލަ
ރީސެޓް
29 May 2018
ބަލަ ޓެކްސް އެއީ ކޯއްޗެއްތޯ ބޭފުޅާ؟!
ދދދދ
29 May 2018
މުދަލު ޒަކާތް ސަރުކާރައް ނުދައްކާ ސީދާ ފަގީރުންނަށް ފައިސާ ދޭ ބޭފުޅުންވެސް އުޅޭ
އަބްދުﷲ ޖަލީލު
29 May 2018
ރޮހިންޖާ ފަންޑު ލާރިކޮޅަށް ހެދިގޮތުން ތިޔަ މިނިސްޓްރީއަށް ވަނީ އިތުބާރު ކުރަން ދަތިވެފައި. ވީމާ ޔަގީން ކަމެއް ނެތް ޒަކާތަށް ދައްކާ ފައިސާއަށް އަމާނާތްތެރިވާނެކަމަކަށް.