މާރިއޯ ބަލޮޓެލީ ލަނޑު ޖެހުމުން އިޓަލީ ކުޅުންތެރިން އޭނާ އަށް މަރުހަބާ ކިޔަނީ. --ފޮޓޯ: އޭއެފްޕީ
29 މެއި 2018 - 11:00
ސެއިންޓް ގަލެން (މޭ 29) – ހަތަރަށް އަހަރަށް ފަހު މާރިއޯ ބަލޮޓެލީ އިޓަލީ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ޖެހި ގޯލާ އެކު ރޭ އެކުވެރިކަމުގެ މެޗެއްގައި ސައުދީ އަރަބިއާ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.
މި މެޗަކީ މި އަހަރުގެ ވޯލްޑް ކަޕުން ޖާގަ ނުލިބޭ އިޓަލީން އާ ކޯޗު ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ. އަދި 1997 ވަނަ އަހަރުން ފެށިގެން ކުޅެމުން އައި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ނެތި ކުޅުނު ފުރަތަމަ މެޗު ވެސް މެ އެވެ. އިޓަލީގެ ގޯލް ބެލެހެއްޓީ އޭސީ މިލާނުގެ ޒުވާން ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އެވެ. ކެޕްޓަން ބޭންޑް އެޅީ ލިއޮނާޑޯ ބޮނޫޗީ އެވެ.
ސްވިޒަލެންޑުގައި ރޭ ކުޅުނު މެޗުގައި އިޓަލީ އަށް ބަލޮޓެލީ ލީޑު ނަގައިދިނީ 21 ވަނަ މިނެޓުގަ އެވެ. އޭނާ މި ގޯލް ވައްދާލީ އޭރިއާ ބޭރުން، ސައުދީގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތިރީ ކަނަށެވެ. އިޓަލީގެ ދެ ވަނަ ގޯލް 68 ވަނަ މިނެޓުގައި ޖެހީ ބަލޮޓެލީގެ ބަދަލުގައި އެރި އަންދްރެއާ ބެލޮއްޓީ އެވެ. ސައުދީގެ ހަމައެކަނި ގޯލް 72 ވަނަ މިނެޓުގައި ޖެހީ ޔަހްޔާ އަލް ޝެހްރީ އެވެ.
އިޓަލީ އަށް ދެން އޮތީ ހުކުރު ދުވަހު ފްރާންސާ ދެކޮޅަށް ކުޅޭ މެޗާއި ހޯމަ ދުވަހު ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލަޓޮއްލީ
30 May 2018
މީނަ ފަހުން ގައުމީ ޓީމަށް ނުނެގީ އިޓަލީ މީހުންގެ ނަސްލީ ތަފާތު ކުރުން ބޮޑުވެގެން. ބަލަޓޮއްލީއަށް އެންމެ ރަނގަޅަށް މިކަން ފެންނާނީ.
އަސްލުހާލަތު
29 May 2018
އިޓަލީގެ އެފްއޭ ކުރީގެ ރައީސްގެ ގާތް ރައްޓެއްސެކޭ ކިޔާފަ ވެންޗޫރާ ނަމަކަށް ކިޔާ މަތީ ފަންތީގެ ފުޓު ބޯޅައިގެ ތަޖުރިބާ ނެތް ފުޓު ބޯޅަ ކޯޗުކަން މަދު ދުވަސްކޮޅަކު ކުރި މީހަކު ގެނެސް ކޯޗަކަށް ލުމަކީ އިޓަލީގަ މީގެ ކުރިން ހިނގިކަމެއް ނޫން.. އޭގެ ހިތި ފެނުނީ.. ދެން އޮތީ ހިތްވަރާއެކު ކުރިޔަށް ދިއުން
ހެންޑެލި
29 May 2018
ބަލޮޓެއްލީ ގައުމީޓީމަށް ނުނެގުމަކީ ކުރީގެ ކޯޗުން ކަމުގައިވާ ކޮންޓޭ އާއި ވެންޗޫރާގެ ވަރަށްބޮޑު މިސްޓޭކެއް. އަދި މިއީ 1997 ވަނަ އަހަރުން ފެށިގެން ކުޅެމުން އައި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ނެތި އިޓަލީ ކުޅުނު ފުރަތަމަ މެޗެއް ނޫން، 2000 ވަނަ އަހަރުގެ ޔޫރޯގައިވެސް ބުފޮން ނުކުޅޭ، އެފަހަރު ބުފޮން އަށް ޔޫރޯގައި ނުކުޅެވުނީ އަނިޔާގެ ސަބަބުން، ބުފޮން އަށް އަނިޔާވެގެން ބަދަލުގަ ނެގި ފްރެންޗެސްކޯ ޓޯލްޑޯ ވަނީ އެމުބާރާތުގަ އާދަޔާ ޚިލާފް މޮޅު ކުޅުމެއް ދަށްކާފަ، އިޓަލީ ވޯލްޑްކަޕަށް ކޮލިފައިނުވުމަކީ ދިވެހިން ވަރަށް ހިތާމަކުރާ ކަމެއް، ޙާއްސަކޮށް ދިވެހި ޒުވާން ޖިންސުއްލަތީފުން، އިޓަލީ ވޯލްޑްކަޕަށް ކޮލިފައިނުވުމުގެ ޒިންމާ ނަގަންޖެހޭނީ އިޓަލީގެ ކުރީގެ ކޯޗް ވެންޗޫރާ އާއި އިޓަލީ ފްޓްބޯލް ފެޑެރޭޝަންގެ ރައީސް. =އިޓަލީ ފޭން= + =ފޯރޒާ އަޒޫރީ ފޯރޒާ އިޓާލިއާ=
ލިން
29 May 2018
އެސޮރު ކަޅުވީމަ ހަމަ ދެރަކޮށްލަން ނުނެގީ ފޯމުގަ ހުރި އިރުވެސް..މިއުޅޭ ކޮންޓޭމެން.. ދެން މާމޮޅު ވެންޗޫރާއެކޭ ކިޔާ ފުޓު ބޯޅައިގެ އަލިފު ބާ ވެސް ނުދަންނަ މީހަކަށް ބޮޑު ސިންގާ ޤައުމީޓީމެއް ހަވާލުކުރީމަ ކިހިނެތް ވޯލްޑްކަޕަށް ކޮލިފަިއވާނީ ތީގެ ޒިންމާ އެންމެ ބޯދަށް ނަގަންޖެހޭނި އެފްއޭގެ ކުރީގެ ރައީސް.