އެސްޓީއޯގެ މައި އޮފީސް ހުންނަ އިމާރާތް: އެ ކުންފުންޏަށް ލިބޭ ފައިދާ އަންނަނީ ދަށްވަމުން.
26 ޖުލައި 2016 - 15:35
މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު ސާފު ފައިދާ އަށް މިލިއަން ރުފިޔާ ދަށްވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން އާއްމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 79.9 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 88.2 މިލިއަން ރުފިޔާ އެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ތެލާއި ގޭސް އަދި ބޭހުގެ ވިޔަފާރިކުރާ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދެވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނު މިންވަރު ވަނީ 33 މިލިއަން ރުފިޔާ ދަށްވެފަ އެވެ.
އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ވިޔަފާރިކުރުމަށް ހިނގި ހަރަދާއި ކުންފުނީގެ ހިންގުމުގެ ހަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި 1.2 ބިލިއަން ރުފިޔާ ވިޔަފާރިކުރުމަށް ހަރަދުކުރިއިރު ދެވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 1.3 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި ހިންގުމުގެ ހަރަދު ވަނީ ފުރަތަމަ ކުއާޓަރަށް ވުރެ 36.5 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުނީގެ ހިއްސާއަކަށް ޖެހޭ މިންވަރު މިދިޔަ ކުއާޓަރުގައި ވަނީ 70.93ރ. އަށް ދަށްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
27 July 2016
އެސް،ޓީ،އޯގެ ބޯޑަށް ވަރަސް ސަލާމް ، ތިޔަބޭފުޅުންގެ ދީލަތި އެހީއަކާއިއެކު ރާއްޖޭގައި އޮލިމްޕިކް ސްޓޭންޑަރޑްގެ ސްވިމިންގް ޕޫލްއެއް އަޅައިދިނުން ވަރަށް އެދެން ،ވަރަށް ގިނަ ފަތާކުދިންއެބައުޅޭ އެކިއުމުރުގެ ، ވީމާ މުސްތަގްބަލްގައި ރާއްޖެއަށް ވަރަށް ރަގަޅުކާމިޔާބެއްލިބިދާނެކަމަށް ފެނޭ ، އެމީހުނަށް އޮތް އެންމެބޮޑު ހުރަހަކީ ފަތާލާނެ ފެންގަނޑެއްނެތްކަން ، ލޮނުގައި ފަތާފައިގޮސް ފެނުގައި ފެތުމަކީ ވަރަށް ތަފާތުދެކަމެށް ، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަކުންވެސް އެކަންކުރާކަށްނޫޅޭ ، އެމީޙުން ބަަލަމީ ބޭރަށް އެމީޙުންނަށް ގިނަދަތުރުކުރެވޭތޯ ؟ ވީމާ އެސް،ޓީ،އޯކަހަލަ ބަޔަކަށް މިކަންކުރެވޭނީ ،، ވަރަށް ސަލާމް
ހަރުދަނާ
27 July 2016
"ދެވަނަ ކުއާޓަރުގައި ވިޔަފާރިކުރުމަށް ހިނގި ހަރަދާއި ކުންފުނީގެ ހިންގުމުގެ ހަރަދު" ބޮޑުވީ ކިހިނެއްވެގެންބާ؟ މިއަށް އަލިއަޅުވާނުލީމާ ވާނުވާއެއް ނޭގުނެވެ. އަވަހަށް ޚަރަދުކުރުމުގެ ފިޔަވަޅު އަޅަން ފަށަންވީނު؟ ކުންފުނިތަކުން ފައިދާއިތުރުވީމާ ދެއްތޯ ޓީބިލް ނުވިއްކާ ސިވިލްސާވަންޓުންނަށް މުސާރަ ދެވޭނީ. އެސް|ޓީއޯ ގެ ވެރިން މިކަމަށް އަވަސް ފިޔަވަޅު އަޅާނެކަމަށް އުއްމީދުކުރަން
ބިސްބުރި
26 July 2016
މަނޒަރު ފެނޭ؟ 7 ފެބްރުއަރީ 7 ފެބްރުއަރީ!!
މޫސަ
26 July 2016
އެސްޓީއޯ ޕުރޮކިއޯމެންޓުގެ މުވައްޒަފުން ޢާދައިގެ ވިޔަފާރި ވެރިއަކަށް ވުރެ މުއްސަދި ވާނެ
އަހްމަދު
26 July 2016
ޕާޓީގެ ބޮޑުނނަށް ކރެޑިޓަށް މުދާކޮޅާއި ލާރިކޮޅު ދިނީމް ފައިދާ ބޮޑުވާތަން މިހާރު ތިފެންނަނީ.
ށަ
26 July 2016
ސަޅި!
އމ
26 July 2016
އެސްޓީއޯ އިން ނިމުނު ކުއަރޓަރގައި ފައިދާގެ ގޮތުގައި 88 މިލިއަން ހޯދިވާހަކަ މޮޅުޚަބަރެއް. އެސްޓީއޯގެ މައިގަނޑު ވިޔަފާރިއަކީ މިގައުމަށް ތެލާއި ކާޑާއި ބޭސް އެތެރެކުރުން. ވުމާއެކު ކޮންމެ 4 މަހަކަށް ރައްޔިތުން އަތުން މިހާރު އެބަ 70 މިލިއަނާއި 90 މިލިއަނާއި ދޭމެދު އަދަދެއް ތިފެލާލެވެނީ. ޢެސްޓީޢޯގެ ފައިދާ ކުޑަކޮށް ކާޑާއި ތެލާއި ބޭހުގެ އަގު ހެޔޮކުރުމަށް އެސްޓީއޯގެ ބޯޑަށް އިލްތިމާސް ދަންނަވަން.
ބޫ
26 July 2016
ވަތްގަނޑުން ލާރިނަގާ ފިހާރައަކުން ފައިދާވޭތަ؟ ތިޔަތަނުން ލިބޭ ލާރިވެސް ޚަރަދުކުރަން މި ޖެހެނީ ސަރުކާރު ދިފާޢުކުރާށާ ރައީސް ޕްރޮމޯޓްކުރަން.
ބަނޑު
26 July 2016
ބަނޑު އަޅަނީ. ވިޔަފާރި ނުވަނީކީ ވެސް ނޫން. ބޭރުން ތެލާއި އެހެނިހެން އެއްޗެތިވެސް ޚާއްޞަ އަގުގައި އެސްޓީއޯ އަށް ލިބޭ. ވިއްކަނީ އެހެން ތަންތަނަށްވުރެ އަގު ބޮޑުކޮށް. ވަނީ ގެއްލުން. އަރަތެއް. ލަދެއްވެސް ނުގަނޭ.
ބަލާލަބަލަ
26 July 2016
މިހާރު ކަނީކާކު....