ގްރީންސްޓްރީޓްސްގެ ގޯލްކީޕަރާއި ޑިފެންޑަރެއް ކައިރިން މާޒިޔާގެ ސްޓެވާޓް (ކ) ދެމި ގަންނަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
02 ޖޫން 2018 - 00:41
އެސްޓީއޯ މާލޭ ލީގުގައި މިރޭ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ވައްދާލި ލަނޑާ އެކު މާޒިޔާއާ 2-2 އިން އެއްވަރުކޮށް ދިވެހި ޕްރިމިއާ ލީގުން ޖާގައެއް ހޯދުމާ ފިޔަވަޅަކާ ގާތަށް ކްލަބް ގްރީންސްޓްރީޓްސް އިން ޖެހިލައިފި އެވެ.
ގްރީން އިން 14 ޕޮއިންޓާ އެކު ހަ ވަނައިގައި އޮތްއިރު ރާއްޖޭގެ އެންމެ ބޮޑު މުބާރާތުން ޖާގައެއް ހޯދަން ބާކީ އޮތް ތިން މެޗުން ބޭނުންވަނީ ތިން ޕޮއިންޓެވެ. ނުވަތަ ހަތް ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތް ޔުނައިޓެޑް ވިކްޓަރީ މާދަމާރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުނުވެއްޖެ ނަމަ ގްރީން އަށް ޖާގައެއް ކަށަވަރުވާނެ އެވެ.
އެކަމަކު ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ ހިސާބު ޖަހައިގެން އޭނާގެ ޓީމު ކެޓުމުގެ ފުރުސަތެއް އޮތަސް ގަބޫލުކުރަނީ، ދިވެހި ލީގުން އެ ޓީމަށް ޖާގައެއް ލިބިފައިވާ ކަމަށެވެ.
"އެ ވާހަކަ (ކޮލިފައިވުމުގެ) ކުރީ ދުވަހު ނިމިފައި އެއޮތީ. މި މެޗު މި ކުޅުނީ މާލޭ ލީގުގައި ކުޅެން ޖެހޭ މެޗަކަށް ވާތީ،" ސުޒޭން ބުންޏެވެ. "ދެން މިހިރަ މެޗުތަކުގައި ޔާމީން މެން ކަހަލަ އާ ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުޅެން ވިސްނާނީ.
"ސުޒޭން ބުނީ މިރޭގެ މެޗު އެއްވަރުވިޔަސް މާޒިޔާ އިން ވަރަށް މޮޅަށް ކުޅުނު ކަމަށާއި އެ ޓީމަށް މި މެޗުން ކޮންމެވެސް އެއްޗެއް ހައްގުވާ ކަމަށެވެ. އެކަމަކު ގްރީން އިން ފަހު ވަގުތު ކުރި ހިތްވަރަށް ބަލާއިރު އެ ޓީމު ވެސް ބަލިވުން ހައްގު ނޫން ކަމަށް ސުޒޭން ބުންޏެވެ.
ތާވަލުގެ ދެ ވަނައިގައި 20 ޕޮއިންޓާ އެކު އޮތް މާޒިޔާ މިރޭ މޮޅުނުވުމާ އެކު، މި ހަފުތާގައި ދެން ކުޅޭ މެޗުތަކަށް ފަހު މަގާމް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ލީގު ހޯދުމުގެ ފުރުސަތު އަތުން ދޫވެ އަދި ދިވެހި ޕްރިމިއިާ ލީގުން ވެސް ޖާގަ ލިބުމާ އެކު މިހާރު މަސައްކަތްކުރަނީ ކުޅުން ރަނގަޅުކުރަން ކަމަށެވެ.
"މިރޭ ފުރުސަތު ލިބި ބޭނުންނުކުރެވިގެން މިހެން ދިމާވީ. ފުރަތަމަ ހާފުގެ ޕާފޯމަންސާ މެދު ހިތްހަމަޖެހޭ. އެކަމަކު ނަތީޖާ ނުނެރެވުނީ ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން،" އިންމަ ބުންޏެވެ.
އެލަވަންސް ނުދޭތީ ބައެެއް ދިވެހި ރެފްރީން މެޗުތައް ބޮއިިކޮޓްކުރަން އުޅޭ ކަމަށް އަޑުތައް އަރާފައިވަނިކޮށް މިރޭ ކުޅުނު މެޗަށް އިންސާފުކުރީ ސްރީ ލަންކާގެ ރެފްރީންނެވެ.
މިރޭގެ މެޗުގެ 14 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ގްރީންގެ ރޮލޭންޑް ރަސެލް ލަނޑު ޖަހައި އެ ޓީމަށް ކުރި ހޯދައިދިނެވެ. މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް ވަނީ 38 ވަނަ މިނެޓުގައި ލަނޑު ޖަހައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ ވަނަ މިނެޓުގައި ލީޑު ނަގަން މާޒިޔާގެ އަސަދުﷲ އަބްދުﷲ އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ. ސްޓެވާޓަށް ވެސް ޖެހެން އޮތް ބޯޅަ އޭނާ އަށް އަސަދުﷲ އަށް ފޯރުކޮށްދިން އިރު، އަސަދުﷲ އަށް ފޮނުވާލެވުނީ މާ މަޑުންނެެވެ. އޭގެ 10 މިނެޓު ފަހުން ސްޓެވާޓް ވަނީ މާޒިޔާ އަށް ލީޑު ނަގައިދީފަ އެވެ. މި ގޯލް ޖެހީ ގްރީންގެ ގޯލްކީޕަރު ކައިރިން ނައްޓާލުމަށް ފަހު އެވެ. އޭގެ ފަހުން ތަފާތު ބޮޑުކުރަން ލިބުނު ފުރުސަތު ސްޓެވާޓް އަތުން ބޭކާރުވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމަލޭ
02 June 2018
ކީސް ގެނެސްބަ. ސީޒަން ނިމޭއިރު މަދުވެގެން އެއްތަށި ހޯދައިދޭނެ.
ސަފޯޓރ
02 June 2018
މާޒިޔާގަ ނުލާހިކު ރަގަޅު ކޯޗަކު ހުއްޓާ ފޮނުވާލައިފަ އިންމަ އައި ހަވާލު ކުރީމަ ވަކި މޮޅުތަކެއް ވެއްޖެއްތަ.
ރަދީފް
02 June 2018
މާޒިޔާ މޮޅު ނުވީމަ ވަރަށް ހިތާމަކުރަން.
ބާބާ
02 June 2018
މާޒިއާ ބޭނުންވެގެން އުޅޭކަން އިންމައަށް ވާނެހެނެއް ހީއެއްނުވޭ.
ފުންއަސަރު
02 June 2018
ސުޒޭންގެ މޭސްތިރިކަމުގާ ނުކުތް ޓީމަށް ހަމަ އައްސަރިބަހާއި ސާބަސް. ގްރީންއަކީ މާ މޮޅުޓީމަކަށް ނުވިޔަސް، ގްރީންއާ ހަވާލުވެހުރި ފަހުލަވާނުގެ މޮޅުކަމަށްޓަކާ ހަމަ ސާބަހާއި އައްސަރިބަސް ރައްދުކުރަމެވެ. ހަގީގަތުގާ ތީކީ ވާވަރުގެ ކަމެއް ނޫނެވެ. އެކަމަކުވެސް ވީނޫންހެއްޔެވެ؟
އާރީ
02 June 2018
ނިއުއަށް މިހާރު ވެސް 28 ފޮއިންޓާ 22 ގޯލް ފައިދާ އެހެންވީމަ ވިކުޓްރީއަށް ފޮއިންޓް ގެ ގޮތުން ހަމަ ކޮށްލެވުނަސް ގޯލްގެ ގޮތުން ހަމަ ކުރެވޭނި މިރަކަލު އަކުން . އެހެންވެ މި ބުނަނި މާލޭލީގު ޗެންފިއަން އަކީ ނިއުރޭޓިޔަންޓޭ. ވަރަށ އުފާވެއްޖެ އިގޭތޯ. ތިބޭފުޅުން އުފަލެއް ނުވޭތޯ.
ވީއަރބުލޫސް
02 June 2018
މަރުހަބާ މަރުހަބާ ނިއުރޭޑިޔަންޓަށް މަރުހަބާ ނިއުގެ ހުރިހާ ފޭނުންނަށް މަރުހަބާ. 2018 މާލޭލީގު ޗެންފިއަަން ނިއުރޭޑިޔަންޓް ސުފޯޓްސް ކުލަބު. މުޅި ގައުމް ފަހުރުވެރިވާ ނިއު ރޭޑިޔަންޓް. ފުޓްބޯޅައި ރަސްގެފާނު. ސަފޯޓަރުންގެ ރަސްގެފާނު.
ހޮދޭ
02 June 2018
ފުޓްބޯޅައަށް ސައުގުވެރިކަމެއް ނެތް ބަޔަކު އެފްއޭއެމްގަ ތިބެގެންނެއް ދިވެހި ފުޓްބޯޅަ އަކަށް ދުވަހަކުވެސް ކުރިއެރުމެއް ނެތް.
އާރީ
02 June 2018
ލީގު ދިފާއު ކުރަށް ނުކުން މީހުން ފަނުފުލުން ތި ދިޔައީ އަހަރަމެން ހަދާން އެބަހުރި ތި މާޒިޔާ އޮފިސަލުން މިދިޔަސީޒަނުގަ ލީގު ނަގައިގެން ނިއުއަށް ޖެންސިވައްތަރު ކޮބާ ރާކަނި މަސް ކެވިއްޖެނު. އެ އޮތީ 3 މެޗް ބާކީ އޮއްވަ ލީގު ކަށަވަރު ކޮށްފަ.
ރެފްރީ
02 June 2018
އެލެވެސް ނުދެނީ އަޑްފެތްރެނީ އަކީ ނޫން މީ ހަގީގަތް މުޅިން އޮޅުވާލަނި ދޭނަމޭ ދޭނަމޭ ކިޔަނި ދުވަހަކު ދެވޭތަނެއް ނައި. މިހާރު ނޫހުގެ ފަރާތުން ރެފްރީން ނާއި ބަންދަލު ކޮށްބަލަ މީ ދޮގެންތޯ ބަލަށް.