ކުޅިވަރު

ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ

އީގަލްސްގެ ލުއިޒް އެޑުއާޑޯ (ކ) ކައިރިން ޔޫވީގެ ނޫރައްދީން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުޅުނު މެޗުން ކްލަބް އީގަލްސްއާ 2-2 އިން އެއްވަރުވުމުން ގަދަ ހަޔެއްގެ ފަހު ޖާގަ ގްރީން ސްޓްރީޓްސް އަށް ކަށަވަރުވެއްޖެ އެވެ.

މި މެޗަށް ނުކުތްއިރު ޔުނައިޓެޑް ވިކްޓަރީ އަށް ގަދަ ހަޔަަކަށް ވަދެވެން އޮތީ މެތަމެޓިކަލް ހަނި ފުރުސަތެކެވެ. މި މެޗުން މޮޅުނުވުމުން އެ ޓީމަށް ވަނީ ގަދަ ހަޔެއްގެ ހުރިހާ ދޮރެއް ބަންދުވެފަ އެވެ. ގްރީން ސްޓްރީޓްސް ހަ ވަނައިގައި އޮތީ 12 މެޗުން 14 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ވިކްޓަރީ އަށް 13 މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ޔުނައިޓެޑް ވިކްޓަރީ އަށް ބާކީ އޮތީ އެންމެ މެޗެކެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާ އެކު އީގަލްސް އޮތީ 13 މެޗުން 22 ޕޮއިންޓް ހަމަކޮށް ލީގުގެ ތިން ވަނައިގަ އެވެ.

މި މެޗަށް ނުކުތްއިރު އީގަލްސް އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ކާޑު ހަމަވުމުގެ ސަބަބުން އެ ޓީމަށް ކުޅޭ ސްރީލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ސަސްޕެންޑްވެފައިވުމެވެ. އޭނާ ނެތުމުން ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު މިފްދާދު އަހުމަދެވެ. ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އިބްރާހިމް މުބީން (މުއްކި) އެވެ.

މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި އޭރިއާތެރެއިން އީގަލްސްގެ މުއްކި ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ފަހަރަށް ލިބުމުން މުއްކި އެ ބޯޅަ ފޮނުވާލި ނަމަވެސް އަމާޒުވީ ހުރަސް ދަނޑިއަށެވެ.

އޭގެ ތިން މިނިޓް ފަހުން އީގަލްސް އަށް ލީޑުނަަގައިިދިނީ ޖުމައިލް ޖަލީލް އެވެ. މެޗުގެ އަށް ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ބޯޅަ ޖުމައިލް ވަނީ ކީޕަރު ތޮލާލަށް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ މިނިޓެއް ފަހުން ލީޑުފުޅާކުރަން ލިބުނު ފުރުސަތުން ޖުމައިލް ފޮނުވާލި ބޯޅަ ކީޕަރު ތޮލާލް ވަނީ މަތަކޮށްފަ އެވެ.

އީގަލްސް އަށް ލިބުނު ފުރުސަތުގެ ބޭނުންނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 10 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީން ނަތީޖާ ހަމަހަމަކުރުމެވެ. ޔުނައިޓެޑް ވިކްޓަރީގެ އަލީ ހައިޝަމް (ޗުމްޕު) ހުސްކޮށްލާފައި އެ ޓީމުގެ ޓްރިންޑާޑްގެ ފޯވާޑް ސެމިއުލް ކޯޑެލް އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އަލުން ލީޑުނަގަން އީގަލްސްގެ ލުއިޒް އެޑުއާޑޯ އަށް ދެ ފުރުސަތެއް ލިބުނެވެ. ފުރަތަމަ ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ކީޕަރު ތޮލާލް މަތަކުރިއިރު، ދެ ވަނަ ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ޔުނައިޓެޑް ވިކްޓަރީ އަށް ލީޑުނަގައިދޭން ބްރެޒިލްގެ މިޑްފީލްޑަރު ސޯސާ ރިބޭރޯ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މެޗުގެ 30 ވަަނަ މިނިޓްގައި ހިލޭ ޖެހުމަކުން ލުއިޒް އެޑުއާޑޯ ފޮނުވާލި ބޯޅަ ކީޕަރު ތޮލާލް ވަނީ މަތަކޮށްފަ އެވެ.

ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު، ހާފު ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓަރީން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން ސެމިއުލް އާއި ރިބޭރޯ ފޮނުވާލި ބާރު ބޯޅަތައް ކީޕަރު މިފްދާދު ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލީ އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އޭރިއާ ބޭރުން ރިޒޭ ފޮނުވާލި ބޯޅަ ކީޕަރު ތޮލާލް ވަނީ މަތަކޮށްފަ އެވެ. މެޗުގެ 63 ވަނަ މިނިޓްގައި އިބްރާހިމް ނޫރައްދީން ފޮނުވާލި ބޯޅައިގައި ހުރަހަކަށްވީ އީގަލްސްގެ ކީޕަރު މިފްދާދު އެވެ.

އީގަލްސް އިން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 74 ވަނަ މިނިޓްގައި ހަސަން ރާއިފް (ހަންނަ) ޖެހި ގޯލުންނެވެ. އޭރިއާ ތެރެއިން ހަންނަ ފޮނުވާލި ބޯޅަ ވަނީ ކީޕަރު ތޮލާލްގެ ފައި ކައިރިން ގޮސް ގޯލުގެ ކައިރީ ކަނަށެވެ.

އޭގެ ފަސް މިނިޓް ފަހުން ޔުނައިޓެޑް ވިކްޓަރީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ތަޖުރިބާކާރު ޑިފެންޑަރު އަލީ ޝަރީފް (އައްޔަ) އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އަބްދުލް ވާހިދު (ވާޑު) އަރިމަތިން ކުޅުންތެރިއަކު ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އީގަލްސް ކުޅުންތެރިންނަށް ރަނގަޅަށް ސަލާމަތްނުކުރެވި އުޅެނިކޮށް ލިބުނީ އައްޔަ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

އީގަލްސް އަށް މައްސަލަ ދިމާވީ މެޗުގެ 85 ވަނަ މިނިޓްގައި އެ ޓީމުގެ ގޯލްކީޕަރު މިފްދާދުގެ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނަ ބަދަލުކުރަން ޖެހުމެވެ. މެޗުގެ ފަހު ވަގުތު ކޮޅުގައި އީގަލްސްގެ ގޯލު ބެލެހެއްޓީ ޖިނާހު ހާރޫން އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މި މެޗަކީ ރެލިގޭޝަން ޕްލޭއޮފްގެ ކުރިން ލިބުނު ރަނގަޅު ތަޖުރިބާއެއް ކަމަށެވެ. އަދި އީގަލްސް އިން މި މެޗުގައި ރަނގަޅަށް ކުޅުނު ނަމަވެސް ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަކުރާކަމަށް ބުންޏެވެ.

އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ފަހަކަށް އައިސް އީގަލްސް އިން ކުޅެމުން އަންނަނީ ޒުވާން ކުޅުންތެރިންތަކެއް ކަމަށާއި މި މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އެއީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވި ދިއުމުންކަން އޭނާ ފާހަގަކުރި އެވެ.

ލީގުގައި މާދަމާރޭ ކުޅެން ހަމަޖެހިފައި އޮތް ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ ބައްދަލުކުރާ މެޗު ވަނީ ހޯމަ ދުވަހުގެރެ އަށް ފަސްކޮށްފަ އެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުރޭގެ ބަފައިބެ

11 June 2018

2013 ވަނަ އަހަރުން ފެށިގެން އިނާމު ފައިސާގެގޮތުގައި ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނިއުއަށް ނުލިބިވޭ! އެފް.އޭ.އެމް އިން ރަމްޒީ ތައްޓެއް ދިނުން ފިޔަވާ އިތުރު އެއްޗެއް ނިއުއަކަށް ނުދޭ، ލީގު ފެށުމުގެކުރިން ޗެމްޕިއަންކަން ހޯދާޓީމަކަށް 3މިލިއަން ރުފިޔާ ދޭނެކަމަށްބުނި އަހަރުވެސް ނިއު ޗެމްޕިއަންކަން ނެގީމަ އެފް.އޭ.އެމްއިން ބުނީ ޗެމްޕިއަންޓީމަށް ލިބޭނީ 3ލައްކަ ރުފިޔާއޯ، އެވެސް އަދިއަދަށް ދާންދެންވެސް ނުދޭ، އެފައިސާ ބަލާދިއައީމަ ބުނަނީ ފަހުން އަންނާށޯ

The name is already taken The name is available. Register?

ސަފޯޓަރސް

10 June 2018

ފްރެމިޔާލީގްގަ ނިއުއިން ބައިވެރނިުވަން ގޮވައިލަން ސަބަބަކީ ނިއު ގެ ކާމިޔާބީތަކާއި ދޭތެރޭ އިދިކޮޅު ޓީމްތަކުން ހަސަދަވެރިވެ އަދި އެފްއޭއެމްގެ އެއްބާރުލުމެއް ވެސް ނުދޭތީ.. ނިއުގެ އަގުވެއްޓޭ ގޮތަށް ނޫސްވެރިން ވެސް އެކަކު ދައްކާ ވާހަކައަކަށް ބުރަވެ ރިފޯޓްލިޔާތީ. ނިއު ނުލާ ކުޅެފަ ތަށި ނަގައިގެން ހެވިފަ ތިބެފާނެންނު..

The name is already taken The name is available. Register?

ގްރީން ބޮކްަސް

10 June 2018

ޗެއާމަން އެބައުޅުއްވާ ތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454